ތިނަދޫގައި ނިޔާވި މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން

ގދ.ތިނަދޫ ހޮސްޕިޓަލްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވިއެއަތޮޅު މަޑަވެލީ މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން ކަމަށާއި، ނަމަވެސް ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަން ނިންމީ އެކަން ކުރަން ތިބި ޖަމާޢަތްތެރިން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ނިޔާވި ހަސަން އަހްމަދަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ތުހުމަތުކޮށް، އޭނާ އާއި މެދު އަމަލު ކޮށްފައި ވަނީ ހާއްސަ އުސޫލަކުންނެވެ. ނަމަވެސް އޭނާ އާއި މެދު އަމަލު ކުރި ގޮތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. … Continue reading ތިނަދޫގައި ނިޔާވި މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން