ގދ.ތިނަދޫ ހޮސްޕިޓަލްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވިއެއަތޮޅު މަޑަވެލީ މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން ކަމަށާއި، ނަމަވެސް ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަން ނިންމީ އެކަން ކުރަން ތިބި ޖަމާޢަތްތެރިން ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ނިޔާވި ހަސަން އަހްމަދަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ތުހުމަތުކޮށް، އޭނާ އާއި މެދު އަމަލު ކޮށްފައި ވަނީ ހާއްސަ އުސޫލަކުންނެވެ. ނަމަވެސް އޭނާ އާއި މެދު އަމަލު ކުރި ގޮތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ މަބްރޫކް އަޒީޒް ދެންމެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫ ހޮސްޕިޓަލްގައި ނިޔާވި މީހާ ހިނެވުމަކީ ރައްކާތެރި ކަމެއް ކަމަށް ތިނަދޫ ހޮސްޕިޓަލުން ޖަމާޢަތްތެރިންނަށް ލަފާދިން ކަމަށެވެ. އަދި ޖަމާޢަތްތެރިންނަށް ރައްކާތެރިވުމަށް ބޭނުންކުރާ އަންނައުނު "ޕީޕީއޭ" ވެސް ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރުން އެއީ ޖަމާޢަތްތެރިންގެ ނިންމުމެއް." މަބްރޫކް ވިދާޅުވިއެވެ.

ހަސަން އަހްމަދު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން މާލޭގައި ތިބި އޭނާގެ ތިން ދަރިން ރަށަށް ދިއުމުގެ ހުއްދަ އަކަށް އެދި އެތައް ފަހަރެއްގެ މަތިން އެޗްޕީއޭ އާއި ފުލުހުންނާއި އަދި އެހެނިހެން އިދާރާތަކަށް އީމެއިލްކޮށް، ފޯނުކޮށް ގިނަ މަސައްކަތްތަކެއް ކުރުމުން ވެސް އެހުއްދަ ލިބިފައެއް ނުވެއެވެ.

"ވަގުތު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ހަސަން އަހްމަދުގެ މޫނު ބެލުމަށް ތިނަދުއަށް އެރުމުގެ ފުރުސަތު ދިނީ އޭނާގެ ނުވަ ދަރިންނާއި އެއްބަނޑު އެއްބަފާ ބޭބެއަށާއި އަނބިމީހާއަށް އެކަންޏެވެ. އެމީހުންނަށް މޫނު ބަލަން ފުރުސަތު ދިނީ ވެސް އެތައް އިރަކު އެފުރުސަތު ނުދީ މަޑުކުރުމަށް ފަހު އެވެ. އޭގެ އިތުރުން ތިނަދޫގައި ތިބި ހަސަން އަހްމަދުގެ ދެދަރިން ވަނީ އޭނާގެ މޫނު ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގަނބޭ ލަތީފު

    މީ އަހަރެން އަބަދުވެސް ދައްކަމުން އައިވާހަކަ. ކައުންސިލްތަކުގަ ތިބޭ ކަމެއް ދަމެއް ނުދަންނަ ދަމާކަނޑާ މީހުން އެޗްޕީއޭގެ ނިންމުންތަކުގެ ބޭރުން މިކަމުގަ ނިންމުންތައް ނިންމަން ފުރުސަތު ދިނީމަ އެތަކެއްބެއްގެ ރުޖޫޢަ ނުކުރެވޭނޭ އަސާސީ ހައްގުތައް ގެއްލިގެން މިދަނީ. އެއާއިލާގެ މީހުން އެޗެޕީއޭގެ ހުއްދަހޯދައިގެން އެމައްޔިތާގެ ޖަނާޒާ ކަންކަމުގައާއި މޫނުދެކެލަން ތިނަދުއަށް އައީމަ އެއެންމެން ރަށަށް އަރަން ހުރަސް އެޅީ ކައުންސިލުންނާއި ޕޮލިހުން. ކޮބާ ކުރީރޭ ޕްރެސްގަ ފަތްނެތްބޯ ނަވީން ދެއްކިވާހަކަ؟ އެޗްޕީއޭން ހުއްދަ ދީފިއްޔާ ފޮލިހުން ރަށަށް އަރަން ހުއްދަދޭނަމޭ ބުނީ. އަދިވެސް ނޫސްވެރިން ބައްދަލުވުމަށް އަރާތި ފިނިކޮޓަރިތަކުގަ ތިބެފަ ގުރައުންޑްގަ ވާނުވާ ނުބަލަ. މިދެބައިމީހުންނާހެދި އެއާއިލާއަށް މިލިބުނީ ކިހާބޮޑު ދެރަނިކަމެތި ހިތްދަތިކަމެއްތޯ؟ ދެންވެސް ކައުންސިލްތަކުގެ ރޯނުއެދުރުންގެ ނިންމުންތައް ގެންގޮސް އެޗްޕީއޭގެ ނިންމުމަށް ކައުންސިލްތަކުން އަމަލުކުރަން އަންގަން ގޮވާލަން.

    18
  2. ޢާބަކުރު

    ވަރަށް ދެރަކަމެއް! ހޮސްޕިޓަލްގެ ވެރިންނާ ތިނަދޫ ކައުންސިލް އިދާރާ އިން ކަން ކޮށްފައިވަނީ ވަރަށް ހިތާމަވެރި ކަމެއް! އަޅުގަނޑަކީ ވެސް މޫނު ބަލަން ދިޔަ މީހެއް! ޜަށަށް އެރިއާވެސް ނުދިން

    18
    1
  3. ޝާ

    އިންޑިޔާ އަށް ވެ ނިމިއްޖެ....

    13
    1
  4. މަމީ

    ހެޔޮވާނީ ކިހިނެއް؟ މުސްލިމުންނޯ މިވެސް....

    15
    1
  5. ސައިއްޓޭ

    މޯޑީ އެންގީ މަރުވާ މުސްލިމް ދިވެހިންވެސް އަންދަން އެކަމައް ސަރުތުކޮއް މިއަދު 150 މިލިއަންޑޮލަރު ޖަމާކޮއްދިނީ އެކަމް ރައްޔިތުން ކެކި އަރާނެތީ މިވަރުންވެސް މިދިޔައީ އަވަހެއް ނޫންތޯ ގެރި މޯޑީގެ އަމުރު ތަންފީޒްކުރާލެއް ލާޗާރު ބިޗާރު ލާހޫރޭ ވާނުވާ ފެއިލިއަރ ސަރުކާރު ހިންނަވަރު އިބްރާހިމްސްލޯލީ މިހާރުން މިހާރައް އިސްތިއުފާދީ

    13
    1
  6. ނަމަ

    ޖަމާޢަތްތެރިންތާ މިގޯސް ހެދީ މަބްރޫކް ބުނާ ގޮތުން

    11
    2
  7. ޢަހޫ12

    މަބުރޫކަކީ ކަންކަން، އަނގައިން ހިފަހައްޓަން ކަނށައަޅާފަ ހުރިމީމެއް.. އެހެންވީމަ މޮޅު ވާހަކައެއް ބުނީ...
    ތިމަބުރޫކު މާބޮޑުކޮށްގެން އުޅެނީ ބައެއް ނޫސްވެރިން.. މޮޚަށް ދޮގުހެދޭމީހުން، ބޮޑަށް ކަމުދާނީ..

    15
    2
  8. ކަލޭނޭ

    މިރަށް ސިޓީ އަކަށް ވެއްޖެއްޔާ އަދި ކިހާވަރެއްވާނެބާ ؟؟ އަޑުއެހިން ސިޓީއަކަށް ވަނިއްޔޯ! ކަލޯގަޔާ!

    12
    1
  9. ދުންތަރި

    މި ބޮޑޫ މައްސަލައިގައި މަބުރޫކު ހާދަ އީޒީ ޖަވާބެއް ތިޔަދިނީ މައްޔިތާގެ ވާރިސުންގެ ޙާއްޤު ކޮބާ؟ މައްޔިތާއަށް އަދާކުރަންޖެހޭ ޙައްޤުތައްކޮބާ؟ އެއީ ކޮން ބައެއްގެމައްޗަށް ފަރުޟު ވާކަމެއްތަ؟ އިހުމާލެއްވާނަމަ އެފަރާތްތައްކޮބާ؟ އެފަރާޓްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ކޮބާ؟ ވަރަށް މޮޅު ސަރުކާރުގެ ޔަރުޖަމާނު ތިޔަހާ އީޒީ ކޮށްލީމަ މިސަރުކާރުގެ އިހުލާސްތެރިކަން ހަމަވަމުން މިދަނީ

    15
    1
  10. އެދުރު

    ޖަމާޢަތްތެރިންނާ މެދު ފިޔަވަޅުއަޅަންޖެހޭ. މަރުވާ މީހުން ހިނެވުމަކީ ޖަމާޢަތްތެރިންގެ ވާޖިބެއް ، އެއީ އިސްލާމް ދީނުގައި މައްޔިތާއަށް ދެއްވާފައިވާ ޙައްޤެއް ، އެ ޙައްޤު ޖަމާޢަތްތެރިންނަކަށް ނިގުޅައެއްނުގަނެވޭނެ. ތިކަހަލަ މަރުދެކެ ބިރުގަންނަ ފިނޑިން ޖަމާޢަތްތެރިންނަށް ނުވާނީ ، ޑޮކްޓަރުން ވެސް އެދަނީ ކޮވިޑް ޖެހިފަ ތިބޭ މީހުންނަށް ފަރުވާ ދެމުން. ނުފިލާ ދޯ.

  11. ޖުލައި

    މިކަމުގަ އިސްލާމިކް މިނިސްޓްރީ ވެސް އަދި މިނިސްޓްރީ އަށް ލަފާދިން ޑޮކްޓަރުން ވެސް މުޅިން ރަނގަޅެއްނޫން. ހަޅައިކުރިން ކޮވިޑް ޖެހިގެން މަރުވާ މީހުން ނުހިނަވައި ތަޔައްމަމު ކުރާ ގޮތަށް ނިންމުމަކީ ގޯހެއް. ޕީޕީއޭ އަޅައިގެން ރައްކާތެރިގޮތުގަ ހިނެވޭނެ. މުސްލިމް އިންސާނާ މަރުވިޔަސް ދިރިތިބީންގެ މައްޗަށް މައްޔިތާއަށް ކޮށްދޭން ވާޖިބު ކުރައްވާފައިވާ ކަންތައްތަކެއް ވޭ. އެކަމުގައި އިހުމާލުވާނަމަ ލަންކާގެ ބުޑިސްޓުންނެކޭ އަހަރަމެންނެކޭ ހުރި ތަފާތެއް ކޮބާ ؟ނުހިނަވާ ގޮތަށް ނިންމި ނިންމުން ބަދަލުކުރުމަށް ގޮވާލަން.

  12. ރޮބަރޓް

    މިހާރު ފެންނަމުން މިދަނީ މައި ސަރުކާރުގެ ބާރު ކައުންސިލްތަކަށް ނުހިނގާ ކަމުގެ ހެއްކެއް. މިހެން ވާންވެއްޖެނަމަ ދުވަސްކޮޅަކުން ވަލިޔުއްލް އަމްރުގެ ބަސްވެސް ކައުންސިލްތަކުން އަހާފާނެކަމާއިމެދު ޝައްކުއުފެދޭ. ރާއްޖެއަށް އަދި ޚާއްސަކޮށް މިދުވަސްވަރަށް ބަލާފައި އެއްމެ ރަނގަޅުގޮތަކަށްވާނީ، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާބަޔަކު ރަށްރަސުގެ ވެރިންނަށް ތިބުން. މިގޮތުން ކޮންމެ ރަށަކަށް އެކަކު އަދި އަތޮޅަކަށް އެކަކު، ކުރީގެ ސިސްޓަމްއަށް ދިޔުން އެއިރުން ޚަރަދުކުޑަވެފައި އޮޕަރޭޓްކުރަން ފަސޭހަވާނެކަމަށް ފެންނަނީ، ރިކަރަންޓް ޚަރަދުތައް ކުޑަކުރަން ބޭނުންނަމަ މިގޮތަށް ޢަމަލުކޮށްގެން ނޫނީ ޤައުމު ޞަލާމަތެއް ނުކުރެވޭނެ،