00:07

23:22

23:18

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: މާފުށި ޖަލުގައި ހިންގި އޮޕަރޭޝަންގައި ފޯނުތައް ވަނީ ފެނިގެން ގޮސްފައި.

23:16

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: މަހިބަދޫގައި ހުރި ލޯންޗުތަކުގައި ރޯކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ. އެކަމަކު ތުހުމަތު ކުރެވޭ ފަސް ތަނެއް ވަނީ ބަލައި ފާސްކޮށްފައި.

23:15

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: އދ. މަހިބަދޫގައި ލޯންޗުތަކަކާއި ޑިންގީއެއްގައި އަލިފާން ރޯކޮށްލި މައްސަލަ މިދަނީ ތަހުގީގު ކުރަމުން. އެ ކަން ކުރީ ޑިންގީއެއްގައި ރަށަކަށް ކައިރި ކުރި ބައެއް ކަން އެނގޭ. އެމީހުން ފުޅިއަކަށް އަލިފާން އަޅައިގެން އެ އުޅަނދުފަހަރަށް އުކި ކަމަށްވޭ. އެ ތަނުން އެއް ފުޅި ފެނިފައި ވަނީ ރަށުގެ ފަޅު ތެރެއިން.

23:13

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: މި ހަމަލާއަކީ މާލެ ސަރަހައްދުގައި އުޅޭ ހަރުކަށި ފިކުރުގެ ސެލްއަކުން ހިންގި އަމަލެއް. މިއީ މަޑުއްވަރީގައި ހިންގި އޮޕަރޭޝަނާ ގުޅިގެން އެކަމާ މެދުގައި މެސެޖެއް ދިނުމަށާއި އެކަމާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވުމަށް ކުރި ކަމެއް.

23:12

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ހުޅުމާލޭގައި ބިދޭސީންތަކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައިގައި އަށް މީހަކު ހައްޔަރު ކުރި. އެމީހުންނަށް ހަމަލަ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ހަތަރު މީހެއް. އެމީހުން ބޭނުން ކުރި ސައިކަލްތައް ވަނީ ހޯދާފައި.

23:10

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް: ފެބްރުއަރީ 20 ވަނަ ދުވަހު، ހުޅުމާލޭގައި ތިން ތަނެއްގައި ބިދޭސީންތަކަކަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައިގައި ދައުވާ ކުރުމަށް އަޅުގަނޑުމެން ވާނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި. މިއީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ބަދަލު ހިފުމެއް ކަމަށް ތަހުގީގަށް އެނގިފައިވޭ.

23:09

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް: މިހާރު ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް 48 ގަޑިއިރު ފަހުން، ހުއްދަ ބާތިލްވެގެން ދާނެ. ވިޔަފާރީގެ އުސޫލުން އެކި ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ހުއްދަތަކެއް. އަލުން ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައި. އެއީ ވިޔަފާރި ކުރަން ދީފައިވާ ހުއްދަތަކެއް ނޫން.

23:04

ފުލުހުންގެ ފަރާތުން އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެއް ކުޑައިރުކޮޅެއްގެ ތެރޭގައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ފެށޭނެ.

22:57

22:54

https://twitter.com/VaguthuOnline/status/1255555867405021184

22:52

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބައްދަލުވާ މީހުންގެ ޑައިރީއެއް ހެދުން ވަރަށް މުހިންމު. އޭރުން ކޮންޓެކްޓް ޓްރޭސިން މަސައްކަތުގައި ފަސޭހަވާނެ.

22:51

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންނަށް ގުޅުން މުހިންމު. އެކަކު އަނެކަކާ ދެމެދު އޮތް ގުޅުން ބަދަހި ކުރުން މުހިންމު. އެއީ މިހާރު ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގައި ބޭނުން ކުރެވޭނެ އެންމެ ބޮޑު ހަތިޔާރަކީ.

22:49

ޑރ. އިބްރާހިމް އަފްޒަލް: އިޖުތިމާއީ ގައިދުރު ކުރުން ވަރަށް މުހިންމު. ކުރިއަށް އޮތް ތަނުގައި ޑެންގީ އިތުރުވެދާނެ. އެކަން ވުމުގެ ކުރިން ހަފްތާއަކު އެއް ފަހަރު ގޭތެރެ ސާފުކޮށްލާށޭ. މަދިރި އުފެދޭ ތަންތަން ނައްތާލާށޭ.

22:41

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ފަރުކޮޅުފުށި އަލުން މަރާމާތުކޮށްފައި ބޭނުން ކުރެވޭނެ. އެ ތަނުގައި ފުރާޅުން ފެން ފޭބުން ފަދަ ކަންކަން ހިނގަމުންދާތީ. އަޅުގަނޑުމެން ބަނޑޮސް ބޭނުން ކުރަން ފެށީ ޕްލޭން ބީގެ ގޮތުގައި.

22:33

ޑރ. އިބްރާހިމް އަފްޒަލް: ރޭންޑަމް ސާމްޕަލް ކުރިއިރު، އެންމެ މީހަކު ވަނީ ޕޮޒިޓިވްވެފައި.

22:33

22:25

ޑރ. އިބްރާހިމް އަފްޒަލް: އަމާޒު ބޯޓު ކްލަސްޓާއާ ރ. އިނގުރައިދޫ މި ވަނީ ވަދެފައި. ކޮންޓެކްޓް ޓްރޭސިން މަސައްކަތް ވަނީ ކުރަން ޖެހިފައި.

22:23

ޑރ. އިބްރާހިމް އަފްޒަލް: މިއަދުގެ އެންމެ ބޮޑު ކްލަސްޓާ އަކީ އެމްއެންޑީއެފް ކްލަސްޓާ. އޭގައި 14 މީހަކު ހިމެނޭ. އެހެންވެ، މިއީ ވަރަށް ބޮޑުވެދާނެ ކްލަސްޓާ އަކަށް ވެދާނެތީ ވަރަށް އިސްކަންދީގެން އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެބަ ކުރަމުން ގެންދަން.

22:20

22:18

ޑރ. އިބްރާހިމް އަފްޒަލް: މިހާތަނަށް އުމުރުން 12 އަހަރުން ދަށުގެ ނުވަ މީހަކަށް ޖެހުނު، އުމުރުން 12 އަހަރާއި 40 އަހަރާ ދެމެދުގެ 168 މީހަކަށް ބަލި ޖެހުނު. 40 އަހަރާއި 65 އަހަރާއި ދެމެދުގެ 50 މީހަކަށް ބަލި ޖެހުނު. އަދި 65 އަހަރުން މަތީގެ ދެ މީހަކަށް ބަލި ޖެހުނު.

22:18

22:13

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ރަޝިޔާ އިން 11 ދިވެހިން އައީ. ރެޖިސްޓްރީ ކުރީ 84 މީހެއް. ހުރިހާ އެންމެންނަށް އެންގިން މާލެ އާދެވޭނެ ވާހަކަ. ރާއްޖެ އައީ އަމިއްލަ އަށް ޓިކެޓު ނަގައިގެން.

22:12

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ގދ. ތިނަދޫގައި ދެ ވަނަ މީހެއް ވަނީ ނިޔާވެފައި. އެއީ 78 އަހަރުގެ މީހެއް. ފުއްޕާމެއަށް އުނދަގޫވެގެން އުޅުނީ. ވެންޓިލޭޓަރަށް އެމީހާ ލެވުނު. އެޗްޕީއޭ އިން ވެސް އެންގީ ހިނެވުމުގެ ކަންކަން ކުރުމަށް. ދިގު މުއްދަތަށް ބޭސް ކުރަމުން ދިޔަ މީހަކު ވަނީ ނިޔާވެފައި. ކޮވިޑް-19 ގެ ކޭސްއަކަށް ވެދާނެތޯ ނުވަތަ ނޫންތޯ ބެލުމަށް މާދަމާގެ ފަރާތުން ޓެގް ޓީމްގެ ފަރާތުން ބައްދަލު ކުރާނެ. މިހާތަނަށް މަރުވި ތިން ކޭސްގެ ނަތީޖާ ނުލިބޭ.

22:09

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ގދ. ތިނަދޫގައި ނިޔާވި މީހާއާ މެދުގައި އެޗްޕީއޭ އިން އެންގީ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް. ޖަމާއަތްތެރިން ނިންމީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރުމަށް ފަހު، މައްޔިތާ ވަޅުލުމަށް.

22:07

22:06

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ނަރުދޫން ޕޮޒިޓިވް ވި މީހުން ދޮންނަކުޅިއަށް ބަދަލުކުރުމުގެ މަސައްކަތް އެބަކުރޭ. ކުރިއަށް އޮތް ތަނުގައި ޕޮޒިޓިވްވާ މީހުން ބަދަލު ކުރެވޭނީ ބަނޑޮސް ކަރަންޓީން ފެސިލިޓީއަށް.

22:05

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބަލި ޖެހުނު މީހުންގެ އަދަދު 277 އަށް ވަނީ އަރާފައި. އެއީ 125 ދިވެހިން، އަދި 152 ބިދޭސީން. 258 މީހަކަށް ދަނީ ފަރުވާ ދެމުން. މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ޓްރޭސިން ހެދި އިރު، ފާހަގަ ކުރެވުނު. މިހާތަނަށް 7،7776 މީހެއްގެ ސާމްޕަލެއް ނެގި އިރު، 6،732 ސާމްޕަލެއް ވަނީ ނެގެޓިވްވެފައި. އަދި 876 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ.

 

21:41

19:36

19:10

18:16

17:52

16:33

16:27

16:09

15:45

15:42

15:29

އިންޑިއާއިން އިތުރު 135 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 31332އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 1008 މީހުން.

15:27

ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 135 މީހަކު މަރުވެ، އެގައުުން މަރުވި މީހުންގެ އަދަދު 1569 އަށް އަރައިފި. މިހާތަނަށް އެގައުމުން އިތުރު 1223 މީހަކު މި ބައްޔަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 16752 އަށް އަރާފަ.

15:27

ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 170 މީހަކު މަރުވެ، އެގައުުން މަރުވި މީހުންގެ އަދަދު 7501 އަށް އަރައިފި. މިހާތަނަށް އެގައުމުން އިތުރު 525 މީހަކު މި ބައްޔަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 47859 އަށް އަރާފަ.

15:24

ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން އިތުރު 20 މީހަކު މަރުވެ، އެގައުުން މަރުވި މީހުންގެ އަދަދު 5083 އަށް އަރައިފި. މިހާތަނަށް އެގައުމުން އިތުރު 336 މީހަކު މި ބައްޔަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 73235 އަށް އަރާފަ.

15:23

ޗައިނާއިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ، އެޤައުމުން މިހާތަނަށް ޖުމްލަ 82858 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައި

15:22

ރަޝިއާއިން އިތުރު 105 މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 972 އަށް އަރައިފި. އެގައުމުން އިތުރު 5841 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 99399 އަށް އަރާފަ.

މިއީ މި ވައިރަސް ޖެހިގެން އެ ގައުމުން އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން މަރުވި ފަހަރު

14:56

14:51

14:31

14:05

13:42

13:32

12:56

11:29

09:20

04:29

04:09

03:29

03:25

ސްވިޑެން އިން އިތުރު 2355 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 91 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 19621 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 695 މީހަކު ވަނީ މަރުވެފައި.

03:25

އިކުއެޑޯ އިން އިތުރު 1018 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 208 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 24258 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 871 މީހަކު ވަނީ މަރުވެފައި.

03:22

ޕެރޫ އިން އިތުރު 2491 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 72 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 31190 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 854 މީހަކު ވަނީ މަރުވެފައި.

03:21

އިންޑިއާއިން އިތުރު 1909 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 69 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 31360 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 1008 މީހަކު ވަނީ މަރުވެފައި.

03:20

ތުރުކީން އިތުރު 2392 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 92 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 114653 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 2992 މީހަކު ވަނީ މަރުވެފައި.

03:20

ފްރާންސުން އިތުރު 23660 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 367 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 165911 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 23660 މީހަކު ވަނީ މަރުވެފައި.

03:19

އިޓަލީން އިތުރު 2091 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 382 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 21505 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު، އޭޣެތެރެއިން 19522 މީހަކު ވަނީ މަރުވެފައި.

03:18

އެމެރިކާގައި އިތުރު 5503 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 517 މީހަކު މަރުވެއްޖެ. މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ފައްސިވި މީހުންގެ އަދަދު 27389 އަށް އަރާފައި ވާއިރު، މި މުއްދަތުގައި މަރުވި މީހުންގެ ޖުމްލަ އަދަދު 1843 އަށް އަރާ.

މިހާތަނަށް އެމެރިކާއިން ޖުމްލަ 1029878 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 58640 މީހަކު ވަނީ މަރުވެފައި. އެމެރިކާއަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހި، ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމު.

03:15

02:44

01:17

00:41

އެމެރިކާއިން އިތުރު 1326 މީހަކު މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 58123 އަށް އަރައިފި. އެގައުމުން އިތުރު 14019 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1024375 އަށް އަރާފަ.

00:39

ކޮވިޑް-19 ޖެހިގެން ނެދަލޭންޑުން އިތުރު 48 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 4566 އަށް އަރައިފި. އެގައުމުން އިތުރު 171 މީހަކު ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38416 އަށް އަރާފަ.

00:25

ކޮވިޑް-19 ޖެހިގެން ކެނެޑާއިން އިތުރު 64 މީހަކު މަރުވެ، އެގައުުން މަރުވި މީހުންގެ އަދަދު 2769 އަށް އަރައިފި. މިހާތަނަށް އެގައުމުން އިތުރު 540 މީހަކު މި ބައްޔަށް ފައްސިވެ، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 49،040 އަށް އަރާފަ.


ކޮވިޑް-19 މާލެ އިން ފެނުމާއި އެކު ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަތޮޅުތަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތުމުންނެވެ. ހުރިހާ ކަމެއްގައި ހުރިހާ ރަށަކުން މާލެ އަށް ބަރޯސާ ވާން ޖެހިފައި ވާއިރު މާލެ އަށް ދަތުރު ކުރާނަމަ މާލެ އިން އަތޮޅުތަކަށް ބަލި ދިއުމުގެ ފުރުސަތު ބޮޑެވެ.

މިހާރު މާލެ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ ނަރުދޫންނެވެ. އެރަށުން އަށް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މުޅި ރަށް މިހާރު ވަނީ ހަމަހިމޭން ވެފައެވެ.

މިއަދު ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު ގދ.ތިނަދޫ އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ މީހަކު ނިޔާވުމުން ކަންތައް ކުރި ގޮތާއި މެދު ސުވާލު އުފެދި، ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3.1 މިލިއަނަށް މިހާރު ވަނީ އަރާފައެވެ. ބައެއް ގައުމުތަކުގައި ފާއިތުވި ދެދުވަހު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މަދުވި ނަމަވެސް މިއަދު ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާމިދު އަބޫ

    ޙއ.ދިއްދޫ ގަ ކަރަންޓީިނު ގަ ބެހެޓި މީހުން މަގުމަތީ އުޅޭ

  2. i

    ލޮބުވެތި އަޙުންނާއި އުޙުތުންނޭ ކޮވިޑް 19 ނޫނީ އެހެންކަމެއް އުޅުނަސް މީހަކު ހާސްވާން ނުޖެހޭ މިންވަރަށް ހާސްވުމަކީ ރަނގަޅުކަމެއްނޫން. ދީނުގަ ނެތެއްނޫންތޯ އަޅުގަނޑުމެން ހަމައެކަނި ހާސްވާށޭ އެއް. އަޅުގަނޑުމެން ބަލަންޖެހޭނީ ރައްކާތެރިވެ ތިބެވޭތޯ ބައްޔެއްވިއަސް ފަރުވާ ހޯދޭތޯ އިންޝާﷲ. ހަނދާންކޮށްލަމާ މާތްﷲ ކޮންމެބައްޔަކާއެކު ޝިފާ ބާއްވައިލެއްވެވި ކަން. އަލްހަމްދު ލިﷲ. ގުދުރަތީ ބޭސްތައް ފަދަ ކަޅުދިރި، މާމުއި، ލޮނު، ލުނބޯ، ފޮނިތޮށި، ހޫނުކޮށް ފެން މިއިން ކިތަންމެ އެއްޗެއްމެ ހެޔޮގޮތުގަ ބޭނުންކޮށް މި ކޮވިޑް އަދި އެހެންވެސް އެންމެހާ ބަލިތަކުން ރައްކާތެރިވާން މަސައްކަތް ކުރެވިދާނެ ނޫންތޯ. އަދި ބޭކާރު ވާހަތަކާ ސިއްހަތަށް ގެއްލުންދޭ ކެެއުންތަކާވެސް ދުރުވުން. އަޅުގަނޑުމެން ހަމަ މުހިންމުކަންކަން ނުކޮށްތިއްބަވައިގެން ހާސްވާންވީކީ އެއް ނޫނެއް ނޫންތޯ ބޭކާރުގޮތުގަ.
    ފާފަ ކުރެވިފަވާ މީހުންވެސް ފާފަތަކާ އަބަދަށް ދުރުވެ ހިތްސާފުވަންދެން ތައުބާވުމަށް މަސައްކަތްކުރަންޖެހޭ. ހިތްސާފުވާ ވަރަކަށް މީހާއަށް ހިއްހަމަޖެހުން ލިބޭނެ ޔަގީން. މާތްﷲ އަޅުގަނޑުމެން މިހާތަނަށް ކިތަންމެ ނުރައްކާތެރި ބައްޔަކުންވެސް ރައްކާތެރި ކުރެއްވެވި އަލްހަމްދު ލިﷲ. މިވަގުތުވެސް އެކަލާނގެއަށް އިތުބާރު ކުރަންވީ މަސައްކަތްކުރަމުން މުސްލިމުންކަމުގަވީތީ. .
    ގަބޫލްކުރަންވީ އަމަލާއި ބަހުން ޝުކުރު ކުރާމީހުންނަށް އެކަލާނގެ އިތުރުކޮށްދެއްވަވާނެކަން. މުސްލިމުންކަމުގަވީތީ އުއްމީދު އެބަކުރަންޖެހޭ ހެޔޮ ރަނގަޅު އަބަދުވެސް. އިލާހީ ގާނޫނުތަށް ދަސްކޮށް ގަބޫލުކުރަންވާނެ އަބަދުވެސް ތިމާކުރާކަންކަން ތިމާއާ ބައްދަލްކުރާނެކަން އެއީ ހަމަ އާޙިރަތުގަވެސްއޮތް ހަގީގަތަކީކަން.
    އެކަލާނގެ ހެޔޮރަހުމަތްފުޅުން މިވައިރަހުގެ އަސަރެއް ދުވަހަކު ނުކުރިޔަސް ނޫނީ މުޅިދުނިޔެއިން ފިލާދިޔައަސް ހަނދުމަކުރަންވީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކޮންމެވެސް ދުވަހަކުން މަރުވާނެކަން ޔަގީން. މަރުވުމަށްފަހު އާހިރަތުގެ ގޮވަތި އެ ރިވެތި ތޯ މީ އަސްލް އަޅުގަނޑުމެން ވިސްނާ މަސައްކަތް ކުރަންޖެހޭނެ ކަމަކީ އިންޝާﷲ.
    މިއަގެއްނެތް ދުނިޔެއަށް ގެއްލުމެކޭ ވަގުތީ ފާލަމަކާ ދަތުރުމަތީގައި ހިތާވެވުން ކަހަލަ ނޫންތޯ. ވކޮންމެ ސިކުންތެއްމެ އެބަ ދާއިމީ މަންޒިލާ ކައިރިކުރުވާ އެހެންވީމަ މިކަމާ ވިސްނަވާ ރަނގަޅު ކުރަންޖެހޭކަންކަން ރަނގަޅު ކުރަންއެބަޖެހޭ. ވިސްނަވަންވީ އަޅުގަނޑުމެންގެ އަސްލް ދުޝްމަނު ކަމުގަވާ މި އާރެއްބާރެއްނެތް މޮޔަ ޝައިތާނަކަށް އެއްވެސް ގޮތަކުން އެއްވެސް މީހެއްގެ ހިތަށް ހަގީގީ ހިތްހަމަޖެހުން ހޯދާދިނުމުގެ ބާރުދެއްވަވާފައެއް ނުވާކަން. ހަގީގީ ހިއްހަމަޖެހުމެއްނޫންތޯ އަޅުގަނޑުމެން ބޭނުންވަނީ އިންޝާﷲ

  3. ކުޅަނދު

    މައްސަލަ މި ދިމާވީ މާލޭގެ ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅު އަތޮޅުތެރެއަށް އެޅުމުގައި އިހުމާލު ވުމުންނެވެ. . ދެންވެސް މާލެއާ ރާއްޖެތެރެ ތަފާތު ނޮކޮށް ފަރުވާ ދޭން މަސައްކަތް ކޮއްދިނުން އެދެމެވެ. ގަބޫލު ކުރައްވާށެވެ. ހިނގާފައި މި ވަނީ. ރައްޔިތުންގެ އިހުމާލެއް ނޫނެވެ. ޔާﷲ އަޅަމެން އެންމެނަށް ރައްކާތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން