ޤާނޫނު އަސާސީ އާއި ޚިލާފުވިކަން ކަނޑައެޅުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް ލިބިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުމުން އެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.
މިކަމަށް އިޝާރާތްކުރައްވާ އިންތި ވަނީ ވަޒީރަކު މަޖިލީހަށް އަދާކުރަންޖެހޭ ޤާނޫނި ވާޖިބެއް އަދނުކުރުމުން، އާދާނުކުރިކަން ބުނަން އޮންނަ ތަނަކީ އަވަށު އޮފީސް ތޯ ޝަރީފާއި ސުވާލުކުރައްވާފައެވެ.
"ޤާނޫނު އަސާސީއާ ޚިލާފުވެއްޖެއޭ ނުބުނެ ދެން ކިހިނެއްބާ އެ މައްސަލަ އެއް މަޖިލީހުން ބަލާނީ؟" އިންތި ސުވާލުކުރެއްވި އެވެ.
ޤާނޫނު އަސާސީ އާއި ޚިލާފުވިކަން ކަނޑައެޅުމުގެ ބާރު، ރައީސް ނަޝީދަށް ނޯންނާނެ ކަމަށް ޝަރީފް ވިދާޅުވެފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ޢަހްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލަށް ޖަވާބު ފޮނުއްވާފައިނުވާތީ މިނިސްޓަރ އަމީން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވާއިދާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވެފައި ވަނީ، އެއްވެސް މިނިސްޓަރަކު ޤާނޫނު އަސާސީ އާއި ޚިލާފުވިކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި، އެއީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
މިނިސްޓަރ އަމީންގެ އަރިހުން ޖަވާބު ހޯއްދެއްވުމަށް މެމްބަރު ޚައިތަމް ވަނީ ދިހަ ސުވާލެއް ފޮނުއްވާފައެވެ. އެ ސުވާލުތައް ފޮނުއްވާފައި ވަނީ، ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، އެކަމުގެ އެންމެ ފަހުގެ ޚަބަރުތައް ސާފުކުރެއްވުމަށް އެދިއެވެ.
މަޖިލީހުން މިއަދު ބަޔާން ނެރުމާއި ގުޅިގެން، އޭގެ ފަހުން މެމްބަރު ހައިތަމްގެ ސުވާލުތަކަށް މިނިސްޓަރ އަމީން ޖަވާބު އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. މަޖިލީހުން ބުނެފައި ވަނީ، މިކަމާއި ގުޅޭ ބަޔާން މަޖިލީހުން ނެރެފައި ވަނީ 6:12 ގައި ކަމަށާއި، އޭގެ ފަހުން އިރުއޮއްސި 6:31 ގައި މަޖިލީހުގެ އިދާރާއަށް މިނިސްޓަރ އަމީންގެ ފަރާތުން ޖަވާބު ލިބިފައިވާ ކަމަށެވެ.
އިންތީ، ގާނޫނާ ހިލާފުވުމުން މައްސަލަ ބަލަން ހުންނަ ތަނަކީ ރައްޔިތުންގެ މަޖްލިސް ކަމުގައިވަނީނަމަ ޑިމޮކްރަސީ މިގައުމުގައި އޮތްކަމަށް ބުނެވޭނެތަ؟ އަދި ކޯޓް ތަކަކީ ކީއްކުރާތަނެއްތޯ؟ އުވާލަންވީނު. ރައީސުލް ޖުމްހޫރިއްޔާއަކީ ކީއްކުރާމީގެއް؟ މަގާމުން ދުރުކުރަންވީނު. އިގްތިޞާދު ވެންޓޮލޭޓަރުގަ އޮތީ. 3 ބާރު އެއްކޮށްލާ މަޖްލީހަކީ 3 ބާރަށް ހެދީތޯ؟ ޚަރަދު ވަރަށް ކުޑަވާނެ ދޮތްތޯ؟ އިންތޮގެ ގާނޫނީ ވަކީލު ކަމުގެ ފާސް އަތުލަން ޖެހޭކަމަށް ގަބޫލުކުރެވޭ.!!
މީހަކު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާނީ ހައްދުންމައްޗަށް ގޮސް ހައްދުންމައްޗަށް ދޫކޮށްލާފައި ހުރި މީހެއްވެސް ނޫން. ކެނެރީގޭ ބަދިގެއަކުންވެސް ނޫން.
ރައްޔޮތުންގެ މަޖްލޯހަކީ އަމިއްލަ ޒާތުގައި މައްސަލަ ބެލުމުގެ ބާރު އޮތްކަން އެނގޭނ އެންމެ މާއްދާއެއްވެސް ގާނޫނު އަސާސީގައި އަދި ގާނޫނެއްގައިނނެތް. މަޖްލޯހުގެ ރައީސްއަކީ މަޖްލިހުގެ ނިންމުން ނިންމުގެ ބާރު އޮތް މީހެއްނޫން. ނަޝީދު ހިތުން އޭނާއަކީ ޓްރަމްޕް އޭނާއަކީ ބަހުސްގައިވެސް ބައިވެރިނުވެވޭ މެންބަރުންގެ ނިންމުން އިއްވަން އިންނަ ސްޕީކަރ. މަޖްލީހަކީ ގޮތެއްފޮތެއްނެތް ތަނަކަށް ހެދީ ނަޝޯދު. ހުތުމުހުތާރު ޓައިރަންޓެއްގޮތަށް އަމަލުހުންނަނީ. އިންތި މިކަމަށް ބުނާނީ ކީކޭ؟
ނަޝީދަކީ ކާކު؟ ރޫލް އޮފް ލޯއަށްވުރެ މަތީގަ ހުރުމުގެ ބާރު ގާނޫނަކުން އިންތިމެން ދިނީތަ؟
ނޫން. ރޯނު އެދުރުން ކައިރީގަ. މަ މޮޅޭ މެން ކައިރީގަ. ފުންނާބު އުސް ފައިވާނަށް އެރި މީހުން ކައިރީގަ.
އިންތި އަށް ސުވާލެއް އަވަށު އޮފީސް މިހާރު ހުރޭތަ؟
ގާނޫނު އިންޓަޕުރެޓް ކުރާނީ އަދަބުޗެސް ޖުޑީޝަރީއިން..ޕާލިމެންޓަކީ ގާނޫނު އިންޓަޕުރެޓްކޮއް އެކަމު ގެ ހުކުމް ނެރުމުގެ ބާރު ދީފަ އޮންނަ ގުނަވަނެއްނޫން. ޕާލިމެންޓަކީ ގާނޫނު ހަދާ އަދި އެޔައް ބަހުސް ކުރަން އޮންނަ އިދާރާ އަދި ސަރުކާރުގެ ހިން ގުން މޮނިޓާކުރަން އޮންނަބަޔެއް. ޕާލިމެންޓުން ސަރުކާރެއް ނުވަތަ މިނިސްޓަރެއް ގާނޫނާ ޚިލާފުކަމައް ގަބޫލު ކުރަންޏާ އެކަން ޖެހޭނީ ކޯޓެއް މެދުވެރިކޮއް ނިންމުއަން. ބާރުތައް ވަކިވެފައޭ އޮންނަނީ ބުނަނީ މި ސަބަބައްޓަކާ. މިހާރު މި ފެންނަނީ ޕާލިމެންޓުން ޖުޑީޝަރީއައް ދީފަ އޮތް ބާރު ބޭނުން ކުރަން އުޅޭ މަންޒަރު. ރާއްޖެ އަކީ ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމެއް ނޫން. ޕާލިމެންޓުން ރިޔާސީ ނިޒާމު ގެ ސިފަތަކާއި އެކަހެރިވާން އުޅޭ ކަންކަމަކީ އެއީ ގާނޫނު އަސާސީ މު ގުރުން. ޕާލިމެންޓު މި އަމަލުތަކު ގެ މައްސަލަ ކޯޓައް ހުޝައަޅަނަ ޖެހޭ.މިއީ ރިޔާސީ ނިޒާމެއް....
ބަލަ އެމްޑީޕީ އަކީ އެއްއިރެއްގަވެސް ޤާނޫނަށް ބަލައިގެން ކަންތައް ކުރާބައެއް ނޫނޭ އެމީހުން ބޭނުން ވާކަމެއް ޤާނޫނުގައި އޮތަސް ނެތަސް އެމީހުން ބޭނުންވީމަ އެކަމެއްކުރާނެ އެއީކީ އާކަމެއްނޫނެއްނު!
13 އަހަރަށް ހުކުމް އިއްވާފައިން ބޮޑު ކުށްވެރިޔެއް މަޖިލިސްގެ ރައީސަކަށް އެހެން ވީމާ ދެއް އޭނަބޭނުން އެއްޗެއްނު އޭނަހަނދާނީ އޭނައޭނީ މިހާރު ބަރުލަމާނީވެފަ!
އަޅުގަނޑަކީ ސަރުކާރު ހިންގުމުގެ ބާރު، ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ޤާނޫނު ހެދުމުގެބާރު ، އަދުލޮ އިންސާފުގެ ބާރުވެސް މެ އެވެ. ޝަރީފުމެންނަށް އަދި ނޭގެނީކަންނޭނގެ. ޙުރޭ އެނަޔަށް އެކަން އަންގަދޭނަން .ހިހިހި
އިންތިމެންނަކީ މިހާރު ރައްޔިތުން ބަލައިގަންންބަޔެއްނޫން މުޅިންވެސް ރައްޔިތުންނައްދޯ ދޭތަންމިފެންނަނީ ނަޝީދުވެސްއެބަޖެހޭ ހަމަބިމައްތިރިވާން
ތިންބާރު ވަކިވެފައިވާ ވެރިކަމެއް ކަމަށް ޤާނޫނު ޢަސާސީގައި ލިޔެފައިވާއިރު، ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއަށް ޤާނޫނު ޢަސާސީއާ ޚިލާފަށް މަޖިލީހުގެ ރައީސްވަދެ މިނިސްޓްރީތަކުން ޢަމަލުކުރަންވާގޮތް ސީދާ އަންގާ، ޚާރިޖީ ކަންކަމުގައި ސީދާ ބަސްބުނެ، ޚާރިޖީ ނިންމުންތައް މަޖިލިހުގެ ރައީސް ނިންމާއިރު، މަޖިލީހުގެ ރައީސް ޤާނޫނު ޢަސާސީއާ ޚިލާފު ވެއްޖެއޭބުނެ އެއްޗެކޭ ނުބުނެ އިންތިމެން ތިބެނީ އަވަށު އޮފީހުން ބުނަންދެއްތޯ؟
ކަލޭ ބަރާބަރު އިނގޭ އަންނަ ދައުގަވެސް ޓިކެޓް ހަމަ ފުރީ
އަވަށު އޮފީސް ތަކަކީ މަޖްލިހަށްވުރެ ގިނައިން ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފޯރުކޮށްދޭ ތަންތަން އެތަންތަން ދެރަކޮށްލުމުގެ ބޭނުމުގައިތޯ އަވަށު އޮފީހޭ ތި ވިދާޅުވީ؟ ރައީސުލް ޖުމުހުރިއްޔާ އައްޔަން ކުރާ ވަޒީރެއް ރައްޔިތުންގެ މަޖިލިހުން ރުހުންދިނީ އެހެން ކަމުގައިވާނަމަ ހަމަ އެޕްރޮސީޖަރ އޮންނާނެ ދެއްތޯ؟ އިންތިއަށް ހީވާ ކަހަލަ ތިމަންނަ މެންގެ ތަރިކަ ނޫނީ ވާރުތައިން ލިބިފައިވާ ތަނެކޭ ރައްޔިތުންގެ މަޖިލިހަކީ އެހެނެއް ނުވާނެ މިހާރު ތިޔަ ހިންގާހާ ޖަރީމާތައް އަހަރުމެން މިގެންދަނީ ބަރާބަރަށް ރެކޯޑް ބަލަހައްޓަމުން މާދަމާވެސް ތިޔަ ލިބިފައިވާ ބާރުތައް އަތުން ބީވެގެންދާ ދުވަހަކުން އެކަންތައް ނުފެންނާނެ ކަމަށް ހީނުކުރާތި
މިމީހުންނެކޭ ކުޑަކުދިންނެކޭ އެއްގޮތް. ޕާޓީމީހަކުވިޔަސްރޫހާނީލީޑަރުހިތްހަމަނުޖެހޭއެއްޗެކޭބުނާއިރަށްދެންކަންތަކާއެޖެހުނީ. ކިތަންމެވަރެއްކުރިއަސް ދެއަހަރެއްހާ ދުވަހުގެރައީސްއުޅޭނީ އުޅޭނެގޮތަކަށް. ޢެ ދާއިރާއިންވެސްއަޚްލާގުރަގަޅުދީނަށްޙުރުމަތްތެރިކޮށްހިތާމީހުންކުރިމަތިލާފަތިއްބާ ވޯޓް ދީގެން ހޮވާއިރުމިކަންތައްގަނޑާ ކުރިމަތި ލާންޖެހޭނެކަން ޤަބޫލުކޮށްގެން ތިބުންނޫން ގޮތެއްމިހާރަކުނެތް. އަމިއްލައަށްފޭހިއިލޮށި ގަނޑުލޮލަށްރަގަޅަށް ހެރިނިމިއްޖެ. އަޅުގަޑުގެ ދާއިރާ މެމްބަރު މި އޮތްބޮޑު ކަންތައް ޖެހިގެން އުޅޭއިރު ވެސް ޚަބަރެއްނުވޭ. ކުރީގެމެމްބަރު ހާލު އަހުވާލު ބަލާއެންގުން ތަކަށް ސަމާލުކަން ދޭންނަސޭހައްތެރި ވާކަން ފާހަގަކޮށް އެމެމްބަރަށް ޝުުކުރުދަންނަވަން.
ބަތްކަށްކާ މަޖްލިސް މިދަޑިވަޅަށް ސަސްޕެންޑް ކުރޭ
އަޅުގަނޑުގެ ސުވާލެއް އިންތިއަށް ؟
އިންތި އުޅުއްވަނީ އަންނި އަށް ޕްރޮޕޯސް ކޮށްގެންތޯ؟
އިންތިކަލޭ ޝަރީފްބެއާއި ކުލެންނުއުޅޭތި