ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އެއަތޮޅު މަޑަވެލީ މީހާ އާއި މެދު ހޮސްޕިޓަކުން އަމަލުކޮށްފައި ވާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިރޭ އެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ނެރުނު ނޫސް ބަޔާނެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، މަޑަވެލީ ސިއްޙީ މަރުކަޒުން އެ ހޮސްޕިޓަލަށް ބަލި މީހާ ބަދަލު ކުރެވުނުއިރު، އޭނާގެ ކިބައިން "ސާރީ" (ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން) ގެ އަލާމާތްތައް ހުރި ކަމަށާއި، އެކަމާއި ގުޅިގެން އެޗްޕީއޭއަށް އެ މަޢުލޫމާތު ޙިއްސާކޮށްފައި ވާނެ ކަމަށެވެ.

އަދި އެޗްޕީއޭގެ އިރުޝާދުގެ ދަށުން މިމަހު 26 ވަނަ ދުވަހު، ސަވައިލެންސްގެ ބޭނުމަށް، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި އޭނާގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އެޗްޕީއޭ އާއި ގުޅިގެން ސާމްޕަލް ޓެސްޓު ކުރުމަށް މާލެ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް 27 ވަނަ ދުވަހުގެ ރޭ އޭނާ ނިޔާވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފައި ވެއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފައިވަނީ، "ސާރީ" ގެ އަލާމާތްތައްކާއެކު ބަލި މީހާގެ ސާމްޕަލް ނެގުނު ހިސާބުން ފެށިގެން އައިސީޔޫގައި މަސައްކަތްކުރި އެންމެހާ މުވައްޒަފުން، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އަދި މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް ގދ. މަޑަލެއްޔަށް ގެންދަން އާއިލާއިން އެދުމުން، އެ ހާލަތުގައި މައްޔިތާ އާއި މެދު ޢަމަލުކުރަން އެޗްޕީއޭއިން ނިންމާފައިވާ ނިންމުން ޢާއިލާއާއި ޙިއްސާ ކުރެވިފައިވާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފައި ވެއެވެ.

"އަދި ދަންނަވަމެވެ. މައްޔިތާ އާއިލާއާއި ހަވާލުކުރުމަށްފަހު ހޮސްޕިޓަލުން ވާނީ ޖަމާޢަތްތެރިން ހޯދުމުގައި އާއި ވަޅުކޮންނާނެ އިންތިޒާމްތައް ތިނަދޫ ކައުންސިލާއި ގުޅިގެން ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މައްޔިތާ ހިނަވާގެއަށް ގެންދިއުމުގެ ކުރިން ޖަމާޢަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޖަމާޢަތްތެރިން ހޮސްޕިޓަލަށް ގެނެސް، މައްޔިތާ ހިނެވުމަށް ލާންޖެހޭ (ޕީޕީއީ) ސޫޓްގެ ބޭނުމާއި، ސޫޓް ލާންޖެހޭ ގޮތް، ހޮސްޕިޓަލުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އެހީތެރިކަމާއެކު ވަނީ ކިޔާދެވިފައެވެ." ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލުން މިކަމުގައި ޢަމަލުކޮށްފައިވާނީ އެޗްޕީއޭއިން ކޮވިޑް-19 އާއި ގުޅިގެން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ. ހޮސްޕިޓަލުން މި ބަޔާން ނެރެފައި މިވަނީ، އެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްފަހު ހިނެވުމެއްނެތި ތަޔައްމުމުކޮށްފައި ވަޅުލި މައްސަލައެއް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19: ތިނަދޫގައި ނިޔާވި މީހަކު ތަޔައްމަމު ކޮށްފައި ވަޅުލި މައްސަލަ ހޫނުވެއްޖެ

ނިޔާވި މީހާގެ އާއިލާ މެންބަރަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އެޗްޕީއޭ އިން ތިނަދޫގައި ހަރަކާތްތެރި ވުމަށް ހަދާފައިވާ ޓާސްކްފޯސް މެންބަރުންނާއި ތިނަދޫ ކައުންސިލް އިސްވެރިން ހަސަން އަހްމަދާއި މެދު ކަންތައް ކުރިގޮތުން ނުހަނު ހިތާމަކޮށްދެރަވެ އެކަން ކުށްވެރިކުރާކަމަށެވެ.

ނަމަވެސް ތިނަދޫ ކައުންސިލުން މިކަމާއި ގުޅިގެން ބުނެފައިވަނީ، މިކަމާއި ގުޅިގެން އާއިލާ އިން ދައްކާފައި ވަނީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.

އެޗްޕީއޭއިން މިކަމާއި ގުޅިގެން މިރޭ ވިދާޅުވެފައި ވަނީ، ނިޔާވި މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން ކަމަށާއި، ނަމަވެސް ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަން ނިންމީ އެކަން ކުރަން ތިބި ޖަމާޢަތްތެރިން ކަމަށެވެ.

ތިނަދޫގައި ނިޔާވި މީހާ ހިނެވުން ރައްކާތެރި ކަމަށް ހޮސްޕިޓަލުން ލަފާދިން

މި މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުން މާލޭގައި ތިބި އޭނާގެ ތިން ދަރިން ރަށަށް ދިއުމުގެ ހުއްދަ އަކަށް އެދި އެތައް ފަހަރެއްގެ މަތިން އެޗްޕީއޭ އާއި ފުލުހުންނާއި އަދި އެހެނިހެން އިދާރާތަކަށް އީމެއިލްކޮށް، ފޯނުކޮށް ގިނަ މަސައްކަތްތަކެއް ކުރުމުން ވެސް އެހުއްދަ ލިބިފައެއް ނުވެއެވެ.

ތިނަދޫގައި ނިޔާވި މީހާގެ މޫނު ބަލަން ފުރުސަތު ދިނީ 11 މީހަކަށް

"ވަގުތު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އޭނާގެ މޫނު ބެލުމަށް ތިނަދުއަށް އެރުމުގެ ފުރުސަތު ދިނީ އޭނާގެ ނުވަ ދަރިންނާއި އެއްބަނޑު އެއްބަފާ ބޭބެއަށާއި އަނބިމީހާއަށް އެކަންޏެވެ. އެމީހުންނަށް މޫނު ބަލަން ފުރުސަތު ދިނީ ވެސް އެތައް އިރަކު އެފުރުސަތު ނުދީ މަޑުކުރުމަށް ފަހު އެވެ. އޭގެ އިތުރުން ތިނަދޫގައި ތިބި އޭނާގެ ދެދަރިން ވަނީ އޭނާގެ މޫނު ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުފައްކިރު

  ޝައްކު ވެގެން ސާމްޕަލް ނެގުނީ ނަތީޖާ ނުލިބޭ. އުފެދޭ ސުވާލަކީ:
  1. ޝައްކުބވި ސަބަބު
  2 ކޮވިޑް ހާލަތހަށް އައީ ކިހިހިނެތްތޯ؟
  3 ދަތުރު ކުރި މީހެއްތޯ؟
  4 ކަރަންޓީން ރަށެއްތޯ
  5 އެރަށުގަ މިބަލި އޮތްތޯ؟
  6 އެރަށުގަ ބަލި ނެތް ނަމަ ކޮވިޑް ވާސިލްވީ ކިހިނެއްތޯ؟

  21
  1
 2. ސުޢޫދު

  ޓެސްޓު ގެނަތީޖާނުލިބެނީސް ގޮއްނިއްމުމުން ހިއާލުތަފާތުވުމު ގެފުރުސަތު ލިބުނީ ތިކަން ހައްލުކުރުން ވަރައްއުދަ ގޫވާނެ ޕޮޒިޓިއުވެއްޖެނަމަ ރާއްޖެއިން މިބަލީ ގަމީހަކުނިޔާވިކަން އިއުލާންކުރެވޭނެ ފުރަތަމަފަހަރައް ދެވަނަކަމަކީ އާއިލާއިން ކުރާތުހުމަތުތަކައް މާކުރިންޖަވާބުދެވިފަ ވާތީ ގޮއްތަކެއް ނިއްމަންއުދަ ގޫވާނެ ދެކޮޅައްވެސް އެއްކޮޅައްވެސް އެއީ ވޯލްޑްހެލްތްއޯ ގަނައިޒޭޝަން އައްރިޕޯޓް ކުރަންޖެހޭނެ ކޮވިޑް19 ގެހުރިހާކަމެއް.

 3. ޑައެލޯގް

  ރީދޫ ސަރުކާރަކީ ޔަހޫދީންނާ ވަރަށްގާތްސަރުކާރެކެވެ. މިހެންވެ ދުނިޔޭގެ ބާރުތަކުން އަބަދުވެސް ނެރޭނެ ރާއްޖެގެ ކަންތައްދަނީ ބަރާބަރަށޭ، އަދި ސެޓިފިކެޓްވެސްދޭނެއެވެ. އަންނި ވެރިކަމަށްއެރިތަނުން އެމެރިކާ ޑެންމާކު، އޮސްޓްރޭލިޔާ އަންނިއަށް މެޑެލިދިނެވެ. ދިނީ ތިމާވެށީގެ ދާއިރާއިންނެވެ.އެއިރު އަދި މިއުޅެނީ ވެރިކަމަށް 3 މަސްނުވެ އިންދިގަހެއް ރާއްޖެއަކުނެތެވެ. ވީމާ ޑަބްލިޔުއެޗްއޯވެސް މިސރުކާރު ކަންކަމަށްނެރޭނީރަގަޅުކަމަށެވެ. އެކަމު ރައްޔިތުންދާނީ ހަނާވަމުންނެވެ.

 4. އިދުރީސް

  މަޑަވެލިން ބަލިމީހާ ތިނަދުއަށް ގެންދިޔަ ސީއެންބިޔުލާންސްގައި ތިބިކުދިންވެސް ތިނަދޫތެރޭ މިނިވަންކަމާއިއެކު، އަދި އެކިރަށްރަށައްވެސް ހޮސްޕިޓަލުގެ ފަރާތުން އެބަ ފޮނުވާ. މަރުވިމީހާ ކައިރީގައި ތިބި އޭނަގެ ދަރިންވެސް އެކަހެރި ނުކުރޭ، ދެން ކިހިނެއް ޓާސްފޯސްތަކުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދަދޭނީ. ބޯގޯސް ބައެއް.

 5. ހައިރާން

  އެޗްޕީއޭއައް ދީނީކަންކަންވެސް ބަދަލުކުރުމުގގ ގެ ބާރުވެސް ލިބިގ ގެން ވަނީބާ

  • ކަށަވަރުކުރުން

   އަމިއްލަ އަތުން ހެދި ގާނޫނުތަކަށް އަމަލު ކުރަނީ،
   ޖަޒީރާ ރާއްޖެ އަށް މުހިއްމުވާނީ ޖަޒީރާތައް އިންޑިއާގެ ދަށަށް ދިޔުން، އަދި އިސްލާމްދީނާއި ޚިލާފަށް ކަންކަން ކުރިޔަށްދާކަން ކަށަވަރުކުރުން.

 6. ޖޮނަތަން

  ބޮލުން ރެކެން ކޮންމެހެން ދޮނގުތަކެއް ހަދާނެކަމެއްނެތް.ތިނަދޫ މީހުންނަކީ އަހަރުމެން ނުދަންނަބަޔެއްނުން.މީހުންނަށް އެއްވެސް ރަހުމެއް ހުންނަ ބަޔެއްނުން.ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.ކޮރޯނާގެ ބަލިމީހެއްކަން ކަށަވަރުނުވަނީސް މައްޔިތާމެދު އެފަދަގޮތަކަށް ކަންތައްކުރުމަކީ ހިތާމަހުރިކަމެއް.މަރުވާ ކޮންމެމީހަކީ އެބަލި ހުރިމީހެއްކަމަށް ނިންމައިގެން ނުވާނެ.