ރާއްޖޭގެ ކުރީގެ ރައީސް، ސުމުއްވުލް އަމީރު އަލްމަރްހޫމް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މ. ބަގީޗާގޭ މަރިޔަމް ސައީދުގެ ތައުޒިޔާ ދަފްތަރެއް ދިވެހި ބަހުގެ އެކަޑަމީ އިން ހުޅުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑެމީ އިން ވިދާޅުވީ ތައުޒިޔާގެ ފޮތުގައި ސޮއިކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.

ތައުޒިޔާގެ މެސެޖު ލިޔުއްވަން ބޭނުންވާ ފަރާތްތަކުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް ދިވެހި ބަހުގެ އެކެޑެމީ އަށް ވަޑައިގެން ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެކެޑެމީ އިން ވިދާޅުވިއެވެ.

އަލްމަރްޙޫމާ މަރިޔަމް ސަޢީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

އަލްމަރްޙޫމާ މަރިޔަމް ސަޢީދަކީ ޅެންވެރި ޢާއިލާއަކަށް ލިބިވަޑައިގެންނެވި ޅެންވެރި ބޭފުޅެކެވެ. މިގޮތުން، އަލްމަރްޙޫމާ މަރިޔަމް ސަޢީދަށް ޅެންވެރިކަމުގެ ގޮތުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމް 1983 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލީ ނާސިރާއި މުހައްމަދު ނާސިރެވެ.

ކިޔުންތެރިންގެ ހިޔާލު