ރާއްޖޭގެ ވެރިކަމާ ހަވާލުވާން ތައްޔާރަށް ތިބި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ކަން ވެސް ކުރެއްވި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި އިގްތިސާދު ނަގައި ކޮޅަށް ޖެހޭނެ ޓީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓީމު ކަމަށެވެ. އަދި އެ ޓީމަކީ ބޮޑެތި މަޝްރޫއުތައް ހިންގި ޓީމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ބްރިޖު، ދަރުމަވަންތަ ހޮސްޕިޓަލް، ކިންގް ސަލްމާން މިސްކިތް، އެއާޕޯޓު ބޮޑު ކުރި ޓީމު،" ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި ހިންގި ބޮޑެތި މަޝްރޫއުތަކުން މިސާލު ނަންގަވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް އުފާ ފާގަތިކަން ދެން ވެސް ހޯދައި ދެވެން އޮތީ މި ޓީމަށް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިއީ ބްރައުން ބްރެޑް" ނުލިބިގެން އުޅެންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި ރައްޔިތުންނަށް މަލާމާތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ޑޮކްޓަރުންގެ ލަފާގެ މަތިން ބްރައުން ބްރެޑް ބޭނުން ކުރަން ޖެހޭ ރައްޔިތުން މަދެއް ނޫނެވެ. ރައްޔިތުންގެ ތެރޭގައި ތިބެނީ ވައިޓް ބްރެޑާއި ބްރައުން ބްރެޑް ބޭނުން ކުރަން ޖެހޭ ރައްޔިތުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

"ތިޔައީ މިހާރު މިނިސްޓަރެއް، އެކްޓިވިސްޓެއް ނޫން،" ޝުޖާއުގެ ޓުވީޓު ނިންމާލައްވަމުން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ފަތުރުވެރިން އައުން މަޑު ޖެހުމުގެ ސަބަބުން ރާއްޖެ އަށް އާމްދަނީ ލިބޭނެ ވަރަށް ގިނަ ދޮރުތައް ވަނީ ބަންދުވެފައެވެ. އެހެންވެ، ގިނަ ގައުމުތަކެއްގެ އެހީއަށް މިހާރު ރާއްޖެ އިން ވަނީ އެދިފައެވެ.

އަދި ބޭރުގެ ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް މާލީ ގޮތުން އެހީތެރިވާން މިހާރު ވަނީ ނިންމައިފައެވެ. އޭގެތެރޭގައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޯޕެކް ފަންޑު ހިމެނެއެވެ. ދިވެހި ސަރުކާރުން ވަނީ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ ބޮޑެތި ބޭންކުތަކުގެ އެހީއަށް އެދުމަށް ވެސް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޣައްޔޫމް

    މިދެންކާކު..ޓިނު އަދުރޭ ކަހަލަ ގަމާރެއް، މިދަނޑިވަޅުގަވެސް ވެރިކަން ހޯދަން..މިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ނު ގެންނުޅެބަލަ ރައީސް ޔާމީން..

    64
    48
  2. ÷ޕޕ

    ÷ިސް ޕިސް އަދިވެސް ވެރިކަން ނުލިބިގެން...?

    53
    41
  3. ނާޒިމާ

    އަޅުގަނޑުމެން ހަވާލުކުރަން ނޫޅެން/މާފުށީ ޖަލުން ދޫކޮށްލާ ބަލިކުދިން ނަށް މަރުހަބާ ކިޔަން ވަޑައިގެން ނެވުމުގެ ފުރުސަތެއް އިންޝާﷲ ދެނެއް ލިބިވަޑައި ނުގަންނަވާނެނެ.ޔާމީނަށް ވެސް މިހުރިހާ ދެރައަށް ލިބުނީ ހަމަ އަރިހަށް ގެނެވުނު ޚިޔާނާތް ތެރިންނަށް އިންތިހާ އަށް ކުރެވުނު އިތުބާރުން.

    49
    11
  4. މަންމާފުޅު އަދުރޭ

    ވެރިކަމާ އެކަނިތޯ ހަވާލުވަނީ؟ ކުރިންކުރި ވައްކަންތަކާ ހަވާލުވާނީ ކޮންއިރަކުންތޯ؟ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ އިސްރާފުކުރުމާ ހަވާލުވާނީ ކޮންއިރަކުންތ؟ ދައުލަތުގެ ހަޒާނާ ފެންފޮދަކާނުލާ ދިރުވާލިކަމާ ހަވާލުވާނީ ކޮންއިރަކުންތޯ؟ ރައްތަކާ، ފަޅުތަކާ، ގިރިތައް 99އަހަރަށް ވިއްކާލާ ލިބުނު ފައިސާތައް އަމިއްލަ ޖީބައް އެޅިކަމާ ހަވާލުވާނީ ކޮންއިރަކުންތޯ؟ އަގުބޮޑު ފުލެޓްތަކާ ނުހައްޤް މުއްސަދިކަން ހޯދިގޮތާ ހަވާލުވާނީ ކޮން އިރަކުންތޯ؟

    59
    41
  5. ތަޚާނުގެ ޢަލިދީދީ

    ކަލޯ ކޮވިޑުކަންތައް މައްޗަށް ދިޔަދިޔައިނުން ބޯގޮވީތަ؟ މިދުވަސްކޮޅު މީހުން ބޯގޮވާނެ ވާހަކަ ޑޮކްޓަރުން އޮތީ މާކުރިން ބުނެފާ. މީ އެކަހަލަ ކޭހަކާ ވައްތަރީ.

    53
    13
  6. ުއުނދުޅި

    ހުވަފެނަކީ ބިލާހެއް

    38
    7
  7. އާމިނަ

    އަމައްޔާއި. މިހިރަ އުޅޭ މީހާ ގަނޑު އުޅޭ ވައްތަރެއް.ހައްހައްހާ.

    45
    12
  8. އާމިނަތި

    އަމައްޔާއި. މިހިރަ އުޅޭ މީހާ ގަނޑު އުޅޭ ވައްތަރެއް.ހައްހައްހާ.

    33
    12
  9. ވަގު ޔާނު

    ހުސްވަގުން މިހާރު އެހެރީ ބޮޑު ވަގު ޖަލުގަ

    46
    21
    • ހިޔާލު

      ބޮޑު ވަގު ދޫކޮށްލަން ތައްޔާރުކުރާތީ ބިންގާ އަޅަން އެއުޅެނީ ރައްޔިތުން ހައްލައިގެން....

      ހެއްލެން ތައްޔާރަށް ތިބޭދެން....

  10. ގޮއެތުއްތު

    ތިޔަބުނާ އޯގާތެރިވެރިކަން ދިވެހިރައްޔިތުން ދެކެފީމު، އެކަހަލަ އަނިޔާވެރި ދުވަސްތަކެއް އަލުން ދިވެހީންނަށް ނުދެއްކެވުން އެދި ﷲހަޒްރަތުގަ ދުއާދަންންވަން... އާމީން

    45
    18
  11. މޯޑް

    މީހަކުނޫޅޭ ވަގުން އަށް ވެރިކަން ހަވާލް ކުރާކަން

    42
    18
  12. ސުޢޫދު

    ޥަރައްބޮޑުތަނުން ފެއިލްވެފަމިއޮތީ ޔަގީންވާކަމަކީ ދެންމިސަރުކާރައް ރައްޔިތުންވޯޓްދިން ކަންތައް
    ޥީވައުދުތައް ފުއްދައެއްނުދެވޭން ? ދުވަހުގެ ވައުދުވެސް އަދިހުރީ މުލިއާގޭ ބާކުކޮއްފަ ޖަޒީރާ ވައުދު އެޖެންޑާ19 ވައުދު ފަތިސްހަނދުވަރު ވައުދު މާލެއަތޮޅުން ޗައިނާމީހުންގެ ބިލްޑިން ޕުރޮޖެކްޓުތައްނިމޭނެ ދެކުނުން އިންޑިޔާ ސަރުކާރުން ގެންދާ މަސައްކައްތައް ނިމޭނެ ދެން މިސަރުކާރަކައް ދިދަދަނޑިއެއްގެ ދަވާދުވެސްނުލެވޭނެ އިތުރައްދަރަނިވެރިނުކޮއް
    އެއްވެސް ކަމެއްގެ މާހަރުދަނާ ޕުލޭނެއް ނެއްކަން ފެއްނާނޭ ކޮވިޑް19 އިންވެސް އަބަދުވެސް އިދިކޮޅުގަ ތިބިއިރު ގޮވާނެ ދައުރުގެ މެދުތެރެއިން އިންތިހާބަކައް މިފަހަރު ކިހިނެއްވާނެބާއެގޮވުމައް

    26
    36
  13. މުހައްމަދު

    މީ އަޅަ ހޭބުއްދި ފިލާފަ ހުރި މީހެއްތަ މިވަރުގެ ކަމެއް ގައުމަށާއި ދުނިއަށް ދިމާވެގެން އުޅޭ އިރު ވެރިކަމާއި ހެދި

    45
    16
  14. އަލްޖިބްރާ

    ކަލޭމެން ކިތަންމެ ވަރަކަށް ވެރިކަން ބޭނުންވެގެން އުޅުނަސް މިރާއްޖޭގެ ވެރިކަން ކަލޭމެނާއި ހަވާލު ކުރާނެ ބަޔަކު މިހާރަކު މީރާއްޖޭގަނެތް ! ދެން ބާރަށް ހަޅޭއްލަވަމުން ދުވިއަސް ކުރާނެ ފައިދާއެއް ނެތް !

    10
    1
  15. ޗާޕު ޚާނާ 2019

    ވަރަށް އަވަހަށް ބިޑަށް ލާން މި އުޅެނީ؟ ކޮރޯނާ ނިމޭ އިރަށް ބިޑު ވިއްކަން ފެށޭނެ!

  16. ބޮކި

    ވެރިކަމެއް ނޫން ހަވާލުވާންވީ ވައްކަން ކުރަން ހަވާލު ވާންވީ..........

    9
    1
  17. އުސައިދު

    ބަލަގަ ކޮއިފުޅާ މީހަކު ނޫޅެޔޭ ކަލޭމެންނަށް ވެރިކަން ހަވާލު ކުރާކަށް.

  18. ސީނު

    އަސްލުވެސް. ނުވަންޏާ ފައިބާ. ކުރެވޭނެ މީހާ އެހެރީޖަލުގަ.

    3
    6
  19. ކަދުރު

    މިބޭފުޅާގެ ނަފްސާނީ މައްސަލައެއް އުޅޭކަމައް ފާހަގަ ކު ރެވޭ. މިބޭފުޅާގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަ ރު ކު ރުމައް ސަ ރުކާ ރައް ގޮވާލަން.

    10
  20. ރާއްޖޭމީހާ

    ވަރަށްވުރެ އަމިއްލަ އެދުން ބޮޑުވިޔަސް ތީބޮޑުަވަރު

    6
    1
  21. ތިމާ

    ކަލޭމެނަށް އެބައޮތްތަ މީހަކާދިމާޔަށް އެއްޗެކޭ ކިޔެން މަގުމައްޗަށް ނިކުންނަން ވީނު ސިފައިން ދޮޅިދަށަށް އަތްބާނަން ލަދުހަޔާތް ކުޑަޔަސް ތިއީ ބޮޑުވަރު މީހަކާ ދިމާޔަށް އެއްޗެއް ބުނެވޭވަރުގެ ބައެއްނަމަ އެންމެރަނ ގަޅުތާ ކޮންމެ ކަމެއްގައިވެސް ވަކަން ކޮގެންނޫނީ ކުރިލިބޭ ބައެއްނޫން ތިއީ ނޫނީ ތަނެއްގެ ބިއްލޫރި ގަނޑެއް ތާޅާލާނެ ތަނެއް ރޯކޮށްލާނެ ނޫނީ ވަޅިޖަހާނެ ކަތިލާމަރާނެތިމާމެންގެ އަމިއްލަ އެނދުމުގެ ދަހިވެތިކަމުގައި މާތްﷲ ނަހީ ކުރަށް ވާފައިވާހައި ހުރިހާކަމެއް ކޮށްގެންނަމަވެސް ކަލޭމެން ބޭނުންވާ ކަންތައް ކުރެވޭތޯ ތިލާދީނީ ބައިގަނޑު ބަލާނެ ތިބައިގަނޑު ނުދަންނަ މީހަކު މިދިވެހި ރާއްޖެއަކު މިހާރަކު ނޫޅޭނެ ތިބައިގަނޑު ފަނާވެ ނިމިދާނީވެސް ތިގޮތުގައި!

  22. ވެރިކަން ވެރިކަން

    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.
    ވެރިކަން ލައްގަޅޭ މައިން މަގަށް ލައްގަޅޭ.

  23. މީހާ

    ޓީމް ވަގު

  24. ޕިންކީ

    ހިނި އާދޭ މިކަހަލަ ލަދުވެތި ވާހަކަ ދައްކާތީ. ވެރިކަމާ ހެދި ބޫތިކައިފަ ތިބިބައެއް، ދޭބަލަ ފަރަށް ބޮލިހިލަން ކަމެއް ނެތިއްޔާ...

  25. ދަލޭކަ

    ޜަނގަޅު ވާހަކައެއް ހިވިދާޅުވަނީ
    މިހާހާތަނައް ރާއްޖޭގަ ކޮއްފާ ހު ރި ބޮޑެތި ވައްކަން ވެސް ކޮއްފާ ހު ރީ ތިޔަ ޓީމް އިން

  26. ގައުމުގެ ދޫ

    ޔާމީނަށް ކަންކަން ކުރާން އެނގޭ ނަމަވެސް އެބޭފުޅާގެ ޓީމުގެ ގަމާރުކަމާ ކޮރޮޕްޓުކަމުން ވެރިކަން ގެއްލި ދިވެހިންނަށް ހުރިހާ ގެއްލުމެއް ލިބުނީ. ޔާމީނުގެ މަސައްކަތު ރޭޓަށް ސަތޭކަ ދޭނަން، ނަމަވެސް ބޭނުންވާނީ އިލްމީ ގާބީލު ޓީމެއް، އަމިއްލައެދުން ވީހާވެސް ކުޑަ، ކޮރޮޕްޓޫނޫން ޓީމެއް. ކޮންމެހެން ޕޯޓިއަމުގާ ހަޅޭނުލެވިޔަސް ވެރިކަން ކުރެވޭނެ.

  27. ިހިޔާލު

    ރައްޔިތުންނާއި ދޭތެރޭ މިހާރުގެ ސަރުކާރުން ކަންކަން ކުރާގޮތަށް ކުރާނެ އިތުރު ބަޔަކު ބޭނުމެއް ނޫން.... މިއުޅެނީ އަނބިދަރިން ކައިރިއަށް ރަށަށް ނުދެވިގެން ވަކި ހާއްސަ ބަޔަކަށް ލިބެން އޮތް ހުއްދައަކަށް ވާތީ.. އަނެއްކާ މިއަދު ފުރަބަންދުގެ މުއްދަތު އިތުރު އެކުރީ... ރައްޔިތުންނާ ދޭތެރޭގައި ވިސްނޭނީ މިވަރަށް!

    މާތްﷲ އަށް ބިރުވެތި ވާ ބަޔެއްވެސް ނޫންމީ....

  28. ޖުހާބެ

    މޮޔަގޮވިޔަސް ތީދެންބޮޑުވަރު ކަލޯ! ޥެރިކަމަކީ ތިހެންހަމަ ބުނާއިރަށް ހަވާލުކުރާއެއްޗެކަމަށް ހީވަންޏާ ކަލޭތީ މިހާރު ރައީސް. ތިހިރީ ހަވާލުކޮށްފަ!!