ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރުގެ ތެރެއިން މި މަހު ރާއްޖެ ގެނެވެން އަދި އޮތީ 38 ވެންޓިލޭޓަރު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މެޑްޓެކް ޕްރައިވެޓް ލިމިޓެޑާއި ނާޑް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ. އެ ތިން ކުންފުންޏަކީ މިނިސްޓްރީ އަށް ވޭތުވެދިޔަ ތަނުގައި ސިއްހީ ވަސީލަތްތައް ސަޕްލައިކޮށް ދިން، އިތުބާރު ހިފޭ ކުންފުނިތަކެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މި ވެންޓިލޭޓަރުތަކަކީ ވަރަށް އަވަހަށް ހޯދަން ޖެހޭ ތަކެތި ކަމަށްވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ދެ ކުންފުންޏަކަށް ތަކެތި ގެނައުމަށް ހަވާލު ކުރި ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އެ ދެ ކުންފުންޏަކީ އަމީން ވިދާޅުވި ގޮތުގައި މެޑްޓެކް އާއި ނާޑްއެވެ.

ނަމަވެސް ވެންޓިލޭޓަރުތައް ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގައި ގެނައުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އެއީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރެވިފައިވުމާއި އެތަކެތި އުފައްދާ ކުންފުނިތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިވާ ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން ތަކެތި ސަޕްލައި ކުރުމަށް ލަސްތަކެއް ވާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

"މިއީ ކޯޓޭޝަން ހޯދި އިރު، ކުންފުނިތަކުން އުންމީދު ކުރި ގޮތެއް ނޫން ކަން ކުންފުނިތަކުން ވަނީ އަންގާފައި،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ކުންފުނިތަކުން ވެންޓިލޭޓަރުތަކުގެ އަގު ދައްކާފައިވާ އިރު، ވެންޓިލޭޓަރު މެނިފެކްޗަ އަތުން ލިބުމާއި ސަޕްލައި ކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަސް ގޮތެއްގައި ތަކެތި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކޮށް ކުންފުނިތަކުން އެދުނު ލިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި ދެ ކުންފުންޏާ ހަވާލު ކުރި ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވެދާނެ ކަމަށް ގަބޫލު ކުރެވޭތީ، ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލު ކުރެއްވި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މެކްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި ރާއްޖެ ގެނެވޭނެ ކަން އެ ކުންފުނިން ވަނީ އަންގައިފައެވެ. އަދި އިތުރު 10 ވެންޓިލޭޓަރު މެއި މަހުގެ 15 ގައި ގެނެވޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ވާހަކަ އަންގާފައިވާ ކަަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަދި ނާޑް ޕްރައިވެޓް ލިމިޓެޑުން ގެންނަން ނިންމި 20 ވެންޓިލޭޓަރު، އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި އޮތުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް އަންގާފައި އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަދި އެގްޒެކިއުޓާ އާ ހަވާލުކޮށްފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މެއި އެކެއްގައި ރާއްޖެ ގެނެވޭނެކަން އަންގާފައި އޮތް ކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ައަންނިބެ

  ރާއްޖޭގަ ބަލިފެތުރެންފެށީމަ ތިކަމާ އުޅެންތިޔަފެށީވެސް.

  11
  1
  • އަލީ

   ސާބަސް ކަލެޔަށް. އިއްޔެތަ އުފަންފީ

 2. ?ސަރުކާރު ފެއިލް ވެއްޖެ

  ޔާ ﷲ ކޮވިޑްގެ ނު ރައްކަލުން އަޅަމެން ސަލާމަތް ކު ރައްވާ ދޭ امين

  17
 3. ދިވެހިން

  ސަރުކާރުފއެިލްވީދޯ؟

  17
 4. އަލީ

  ސަރުކާރުން ތިޔަވެންޓިލޭޓަރުތައް ގެންނާބެކަމައް އެތައްތާރީހެއްދީފި މިހާރުމިވީ ހަމަސަޅިބައިސާއައް ޓެކްސްފައިސާއިން ހަރަދުކުރި 500މިލިޔަންފައިސާ ވަކލާރިޔާއެކު ތަފްސީރައްޔިތުންނައް ހާމަކޮއްދެއްވ.

  19
 5. މާމީ

  ތި ފައިސާ ދިންފަރާތް ވެންޓިލޭޓަރެއް ލިބޭ ކަމަކަށް ނުވާނެ އަދި ފައިސާ އެއް ވެސް ނުލިބޭނެ ކުރިން ވެސް ޝިއުނާ ކިއާ އަންހެނަކަށް ދިން ތިގޮތައް ބޭސް ގެންނަން މިލިއަނުން ރުފިޔާ ކޮންކަމެއްވީ

 6. ބާާރީ

  ފެޅި ކަރާ ދޮންވާން ފެށީ .... ހުސް ކަރާފަޅާ ސަރުކާރު