އިސްލާމްދީން ދޫކޮށް، ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާތީ ގދ. ތިނަދޫން ހައްޔަރުކުރި ރުސްތުމް މުޖުތަބާގެ މައްޗަށް އަދުލް އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރުސްތުމްގެ މައްޗަށް އަދުލް އިންސާފް ގާއިމްކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރަން މި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ރުސްތުމްގެ މައްޗަށް އަދުލް އިންސާފް ގާއިމްކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރަނީ ކީއްވެ ކަމެއް ޕީޖީ އޮފީހުން އަދި ހާމައެއް ނުކުރެއެވެ. ޤާނޫނުލް އުޤޫބާތު ބުނާ ގޮތުގައި ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއް ކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެ ގޮތް ހެދުމާއި، ދޮގު ހެކި ބެހެއްޓުމާއި، ދޮގު މަޢުލޫމާތު ދިނުން؛ ނުވަތަ މައްސަލައިގެ އަސާސާގުޅޭ މަޢުލޫމާތު އަތުގައިހުރެ ޤައުމު ދޫކޮށް ދިއުން ނުވަތަ އަމިއްލައަށް ފިލައިގެން އުޅުން އެއީ އަދުލްއިންސާފު ގާއިމް ކުރަން ހުރަސް އެޅުން ކަމުގައި ބެލެވޭނެއެވެ.

އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ކުރުމަކީ ވެސް ޤާނޫނުލް އުޤޫބާތު ބުނާ ގޮތުން ކުށެކެވެ. މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމަކީ ކުށެއް ކަމަށް ޤާނޫނު އުޤޫބާތު ބުނެއެވެ.

ފުލުހުން ރުސްތުމް ހައްޔަރުކުރީ ވެސް އިސްލާމް ދީނަށް ފާޑުކިޔައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ނުއުފުލި ސަބަބެއް ސާފެއް ނުވެއެވެ.

އިސްލާމްދީނަށް ފާޑުކިޔާތީ މިދިޔަ އަހަރު ވެސް ރުސްތުމް ހައްޔަރުކުރި އެވެ. އެ މައްސަލަ ކޯޓާ ހަމައަށް ދިޔަ ނަމަވެސް ރުސްތުމް އޭރު ސަލާމާތްވީ ފުލުހުންގެ ތަޙްޤީޤުގައި ޤާނޫނީ ގޯސްތަކެއް ހަދާފައި ހުރުމުންނެވެ. ފުލުހުންގެ ބަންދުން ދޫކޮށްލި ފަހުން ވެސް ދީނަށް ފުރައްސާރަ ކުރަން ފެށުމުން މިދިޔަ މާޗު މަހު އަލުން އޭނާ ހައްޔަރު ކުރިއެވެ. އޭނާ އަދި ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ރުސްތަމް އެކަނިތަ މިގައުމުގައި މުރުތައްދުވެ އިސްލާމްދީނަށް ފުރައްސާރަކުރި މީހަކީ، އޭނައަށް އެކަނި ތިޔަދައުވާ ކުމުން ފުދޭކަމަކަށްނުވޭ، މިސަރުކާރާއި ގުޅިގެންތިބެ އިސްލާމްދީނަށް ފުރައްސާރަކުރި އެމްޑީއެމްގެ ބައިގަނޑު ކޮބަިތަ؟؟ ޕްރޮސިކިއުޓަރ ޝަމީމުގެ އަނބި ޝަހިންދާ ވީމަތަ އެ ލާދީނީ ބައިގަނޑު މިލިސްޓަށް ނައަރުވަންވީ؟؟،ބޭއިންސާފު ނައްތާލާފަ އަދުލުއިންސާފު ގާއިމިކުރަން އައިސަރުކާރުގެ ފެންވަރަކީ މިއީތަ؟؟ އިންސާފަކީ ހަމައެކަނި ނިކަމެތިމީހާއަށް ޝަރީއަތްހިންގާ ހަވަރަށް ދިނުންތަ؟؟ އެލާދީނީ ގުރޫޕު ގައުމުން ބޭރުކޮށް ފުރުވާފައި އެތިބީ ސަރުކާރުން ފާޅުގާ ހިންގިޖަރީމާއެއް

    12
    2
  2. ޗާލު

    "އިސްލާމްދީނާއި އިދިކޮޅު އަމަލުތައް ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ނުއުފުލި ސަބަބެއް ސާފެއް ނުވެއެވެ." އެއީ ލާދީނީ ސަރުކާރެއްވީމައެވެ.

    16
    1
  3. ދިވެހިން

    މީނަރަޖަމްކުރޭ

    14
    1
  4. ލާދީނީ

    ތި މުރުތައްދުގެ މައްޗައް މި ލާދީނީ ސަރުކާރަކުން

    10
    1
  5. ޢެމް ޑީ

    ފުލުހުން ތި ކުރަނީ އެހެން ދަޢްވާއެއް !! ކޮބާ!! ޢޭނަ އިސްލާމް ދީނަށް ފުރައްސާރަ ކޮށް މުރުތައްދު ވި ދަޢްވާ؟؟ ހެ ހެ ހެ... މިގާއުމްގަ އޯކޭ ދޯ އިސްލާމް ދީނަށް ފުރައްސާރަ ކުރިޔަސް!! ކޮބާ!! ތުބުޅިލާފަ ތިބޭ މާބޮޑަށް ދީން ވެގެން އުޅޭ ޢެމް ޑީ ޕީ ބައިގަނޑު؟؟ ޢިޔާޟް ކިޔާ މީހަކާއި، އަދިވެސް އުޅޭނެ އެހެން ގޮލައެއް ހޭބުއްދި ފިލާފަ ހުރި!! ޢާނ ފަހެ!! މި ސަރުކާރުން ލާދީނީ ޖަމާޢަތެއް އުވާލި ގޮތް މޮޅުވެގެން އެދޭތިވެސް އެތިބީ ހޭކުޑަވެފަވވިއްޔާ ލާދީނީ ޖަމާޢަތުގެ މީހުން މަގާމް ތަކުގްއި ބައިތިއްބައިގެން ބޮޑު މުސާރަ ދޭއިރުވެސް! ޖާހިލު ޝޭޚުންތައް!! މި ރުސްތުމް ކިޔާ ކަލޭގެ އަށްވެސް މި ކުރީ އެހެން ދަޢްވާއެއް!! ސޯލިހޫ!!! ޢިސްލާމް ދީން ތިހާވަރަށް ހިމާޔަތް ނުކުރޭ!! ބަލަ ކިނބުލާ !! ﷲ ގެ ޙަޟްރަތުގައި އިތުރު ދީނެއް ނެތޭ!! ޢެއީ ޗޮއިސް އެއް ނޫނޭ!!!

    10
    1
  6. އަލީ ނާޒިމް

    ފާޅުގައި މުރުތައްދުވުމުން އަދި ތަހުޤީޤުން އެކަން ފެންނަން އޮވާ! ޕީޖީއިން ދައުވާ މިކުރަނީ ޢަދުލް އިންސާފަށް ހުރަސް އަޅައިގެން! އޭރުންތާ އެދައުވާ ސާބިތުނުވާނީ! އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުއްތަކާ މެދު ޕީޖީއިން އަބަދުވެސް އަމަލުކުރާގޮތް! ޒިނޭއަށް ޤާޒީ ކުރިމަތީ އިއުތިރާފު ވިޔަސް، ދައުވާކުރާނީ ބަދުއަހުލާޤީ! ޤާޒީ ހުކުމް ކުރީމާ ޤާޒީ ގޯސްވާނީ! އިސްތިއުނާފުން ސަލާމަތްވާނެ!

  7. އަލީ ނާޒިމް

    ފާޅުގައި މުރުތައްދުވުމުން އަދި ތަހުޤީޤުން އެކަން ފެންނަން އޮވާ! ޕީޖީއިން ދައުވާ މިކުރަނީ ޢަދުލް އިންސާފަށް ހުރަސް އަޅައިގެން! އޭރުންތާ އެދައުވާ ސާބިތުނުވާނީ! އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުއްތަކާ މެދު ޕީޖީއިން އަބަދުވެސް އަމަލުކުރާގޮތް! ޒިނޭއަށް ޤާޒީ ކުރިމަތީ އިއުތިރާފު ވިޔަސް، ދައުވާކުރާނީ ބަދުއަހުލާޤީ! ޤާޒީ ހުކުމް ކުރީމާ ޤާޒީ ގޯސްވާނީ! އިސްތިއުނާފުން ސަލާމަތްވާނެ! ބ