ކޮވިޑް-19އާ ގުޅިގެން ފުލުހުންގެ ތެރެއިން. ރެއާއި ހަމައަށް 130 އޮފިސަރަކު ކަރަންޓީންކޮށްފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، އެކި ކޭސްތަކާއި ގުޅިގެން ވަރަށް ގިނަ ފުލުހުން ކަރަންޓީން ކުރެވިފައިވާނެ ކަމަށެވެ.

"އެހެން ނަމަވެސް ފުލުހުންގެ ތެރެއިން ޑައިރެކްޓްލީ އިނގޭ މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ޔަގީން ކުރެވި، ޔަގީން ކުރެވުނު މީހުންގެ އަދަދަކީ 130" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އަލަށް ފެންނަމުންދާ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ބަޔަކު ލެވުނަސް، އެއީ ކޮން ބައެއްކަމާއި، އެ މިހާއާ ގުޅޭ މައުލޫމާތު ލިބެނީ އެއް ދުވަސް ފަހުން ކަމަށެވެ.

"މިހާތަަނަށް ޔަގީން ކަމާއެކު 130 މީހަކު ކަރަންޓީން ކުރެވިފައިވޭ ފުލުުހުންގެ ތެރެއިން". މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިގޮތަށް ވިދާޅުއިރު، ރާއްޖެއިން ހަތަރު ސިފައިން ކޮވިޑް-19 އަށް ފައްސިވެގެން ދަނީ ފަރުވާދެމުންނެވެ. ސިފައިންގެ އޮފިސަރުންނާއި ފުލުހުންވެސް ދަނީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ބައިވެރިވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 250 މީހުންނެވެ. މީގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    شفاكمﷲ

  2. ކޮވިޑް

    ފުލުހުންވީ މަ ބަލި ނުޖެހެންވީ ތަ

  3. ޤައުމީ ދަރިން

    شفاكمﷲ