ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލްގެ މަސައްކަތާއި މެދު ޚިޔާލް ތަފާތުވެ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އެކަކު އަނެކަކާއި ބޭ އަދަބީ ބަހުން މުއާމަލާތްކޮށްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ދެ މެމްބަރުންގެ މެދުގައި ޚިޔާލްތަފާތުވުން އުފެދުނީ މެމްބަރު އާޒިމް މި ބިލްގެ މަސައްކަތް އަވަސް އަރުވާލާކަމަށް ދެކިވަޑައިގަންނަވާ އިރު، ޝަރީފް އެ ބިލްގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ. މަޖިލީހުގެ ތަޅުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަތަކަށް ފަހު މަޖިލީސް ބްރޭކަށް ދިޔަ ވަގުތު އެ ދެމެމްބަރުން ވަރަށް ހަޑިކޮށް އެކަކު އަނެކައި މުހާތަބުކުރި ކަމަށް ނަން ހާމަކުރަން ބޭނުން ނުވާ މެމްބަރަކު ވަނީ ވިދާޅުވެފައެވެ.

އެ ޒުވާބުގައި އެކަކު އަނެކަކަށް ކުޑައިމީސް ބަސްބުނެ، އިޖްތިމާއީ މިންގަނޑާއި ޚިލާފަށް ވާހަކަދައްކަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށާ، ޚާއްސަ ހާލަތުގައި އަޅަން ޖެހޭނީ ޚާއްސަ ފިޔަވަޅުތައް ކަމަށް ވިދާޅުވެފައެވެ.

ހިނގަމުން އައި ނިޒާމަށް ބުރުލެއް ނާރާ ކުރިއަށް ދާނެ ގޮތެއް، ހޯދުމަށް ވުރެ މުހިންމު ކަމެއް ނެތް ކަމަށާ، އެ ބިލްގެ މަސައްކަތް ލަސްކުރަން އެކި ހުއްޖަތުތައް ދެއްކުމަކީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ޝަރީފްވަނީ ފާހަގަކުރައްވާފައެވެ.

"ބިލާއި އެކުގައި މިހާރު ހުރި ކައުންސިލްތަކާއި މެދުގައި ވާނެ ގޮތަކާއި މެދުވެސް ސުވާލު އުފެދޭ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު މި ބޯޓު ރޮކްކޮށް ފައްތާލަން އުޅުމުގެ ބަދަލުގައި މިހާރު ތިބި ކައުންސިލަރުން އެ މީހުންގެ މަޤާމުގައި ބޭތިއްބުމަކީ ޤައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމާއި އަމާންކަމާއި މިހާރުވެސް ހިނގަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ފުރުސަތު ފަހިވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

ޝަރީފް ހުށަހެޅުއްވީ ބިލް ކޮމިޓީން ހުށަހެޅުއްވި ގޮތަށް ބަދަލު ނުގެނެސް ފާސްކުރުމަށެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވަނީ ކަންކަން ފުރިހަމައަށް ކުރަން ބޭނުންވާ ކަމަށްވާ ނަމަ އިތުރަށް ދިރާސާކޮށް، ބައްދަލު ކުރަން ޖެހޭ ފަރާތްތަކާއި ބައްދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި 18 ވަނަ މަޖިލީހުގައި ކޮމިޓީތަކަށް ބިލް ފޮނުވުމުން ދިރާސާކުރަން ޖެހޭ ވަރަށް ދިރާސާނުކޮށް، މަޝްވަރާކުރުމަކާއި ނުލާ ބިލް އަނބުރާ މަޖިލީހަށް ފޮނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

"މަޝްވަރާ ނުކޮށް ބިލް މަޖިލީހަށް އަނބުރާ ފޮނުވީމަ ޖެހިގެން އަންނަ ދުވަހު މިޖެހެނީ އެއަށް އެތައް ބައިވަރު އިސްލާހުތަކެއް އެއަށް ލާން. ހަމަ މިއަދުވެސް އެކަހަލަ ގޮތަކަށް އަޅުގަނޑުމެން އަވަސް އަރުވާލާފައި، ކަންކަން ކުރުމުން އެ ދިމާވާގޮތަކީ ހަމަ އެ ރިޕޯޓްލުމާއި އަނެއްކާ ޖެހިގެން އަންނަ މިނިޓްގައި އަނެއްކާ އެ ބަދަލުކުރަން އަޅުގަނޑުމެން ހުށަހަޅަންޖެހޭ ހުށަހަޅަން ޖެހުން މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫން." އާޒިމް ވިދާޅުވިއެވެ.

އަދި ކޮމިޓީން ނިންމި ގޮތާއި މެދު މައްސަލަތައް ހުރި ކަމަށް ކޮމިޓީ މެމްބަރުންވެސް ޤަބޫލުކުރާ ކަމަށާ، މިހާރަށް ވުރެ ބޮޑަށް އެ ބިލް ދިރާސާކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނޫނީ އެއް ކަމެއް ތަކުރާރުކޮށް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ ޝަރީފް ވިދާޅުވީ ހަގީގަތް އޮޅޭގޮތަށް ކޮމިޓީތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ދައްކަވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް ވަނީ އެއީ ނިޒާމީ ނުކުތާއެއް ކަމަށް ބެލެވެން ނެތް ކަަމަށް ވިދާޅުވެފައެވެ.

ޝަރީފަށް ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ނުދެއްވުމުން، ޝަރީފް ވަނީ އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. ރައީސް ނަޝީދުވަނީ ޝަރީފްގެ ނިޒާމީ ނުކުތާއަށް ފުރުސަތު ދެއްވަމުން، އެއީ ސަރުކާރުން ބޭނުންވާކަންކަން ވިޔަ ނުދިނުމަށް ޝަރީފް ކުރައްވާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ

"އިއްޒަތްތެރި މެމްބަރު ކުރައްވާކަމަކީ ސަރުކާރުން ބޭނުންވާ މަސައްކަތް ކުރިޔަ ނުދެއްވުމަށް އެހެން ގޮތަކަށް، ފިލި ބަސްތައް ކުރައްވަނީ. އެހެން ނުހައްދަވާށޭ. މިކަން ކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް ދެއްވާ. އިއްޒަތްތެރި މެމްބަރުގެ ބުއްދިވެރިކަމުންނާއި އެކު މެމްބަރު ހައްދަވާގޮތަކީ ލަސްކުރަން ވެގެން ނިޒާމީ ނުކުތާ ނަންގަވަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްވި ދެވަނަ ފުރުސަތުގައި މެމްބަރު ޝަރީފް ވިދާޅުވީ ހަގީގަތާއި ޚިލާފަށް ކޮމިޓީތައް ބަދުނާމުކުރާތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އެއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ބަލައި ނުގަންނަކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

އެ ބިލަށް މެމްބަރުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ގިނަ މެމްމަރުން ވަނީ ކޮމިޓީގެ މަސައްކަތް ބަލައިގަންނަކަމަށް ވެސް ފާހަގަކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުދި

    ބަކަރި ކޮށި ކަންތަހުނާނީ ތިގޮތައް

    47
  2. ހުސޭނުބޭ

    ތީހަމަ އަދި އެކްޓް! އަހަރެމެން ޤަބޫލުކުރާނީ ދޮޅިދޮށަށް އަތްގަޅާލާ ހިސާބަށް ދިއުމުން!

    25
  3. Anonymous

    އަންނި ވަރުގެ ދެފުށް ދެގޮތް ފުރިހަމަ މުނާފިޤު މީހެއް މިފަހުގެ ތާރީޚުގައި ނުދެކެން.
    އަޑަށް ބާރުލަމުން ސަރުކާރަށް ފަސޭހަކޮށްދޭށޭ ބުނެ ރައްޔިތުންނަށް އެއަޑު އިއްވައި ސަރުކާރަށް ދުއްތުރާކުރުމުގެ ގޮތުން ކުރެވެންހުރި ހުރިހާކަމެއް މިދަނީ ކުރަމުން. ކޮވިޑުގެ ނުބައިކަމުންނާއި އަންނިގެ ނުބައިކަމުން މިގައުމު ސަލާމަތް ކުރައްވާށި. އާމީން.

    48
    1
  4. ތޯތޯ

    ފިލިބަސްކުރުމަކީ ކޮބައިތޯ؟ އާބަހެއް އުފައްދާލީތޯ؟

    17
  5. ފަރީޝާ

    ކޮން އިރަކުތޯ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ވީ.. އެއްކަމެއް ނުކުރިޔަސްވެސް.. އެއީ ބޭކާރު ލާރިތަކެއް.. މަޖިލީހުގެ ކެއުން ކަނޑަވީ

    މީ ޓެކްސް ޕޭޔަރުންނަށް ބޮޑު ބުރައެއް.. އަނެއްކޮޅުން މި ދޭ މުސާރަޔަކީ އިގިރޭސި ޕާރލަމެންޓަށްވެސް ނުދޭވަރުގެ ބޮޑު މުސާރައެއް.

    ދައުލަތުން ދަރަންޏަށް ފައިސާ ނަގައިގެން ޕޭކުރާއިރު މިކަހަލަ ބޮޑު މުސާރަނަގައިގެން މުޅިގައުމު ދަރުވަނީ މީ ހާދަ ހަާވާ އަމިއްލަ އެދު ބޮދު ބަޔެކޭ

    36
  6. ސަަަަަސަ

    އަޅުގަޑުމެންނަކީ އިއްޒައްތެރިމެއްބަރުއް ވީމާމުސާރަކުޑައެއް
    ނުކުނެވޭނެ ރައްއިތުއްސަލާޖެހިއަސްއޯކޭ އަހަރެމެންގޮޑިހޯދީ
    ވޯޓުގަނެގެއް ޑެކުސްލާޜިއްއަހަރެމެންނަންމުސާރަދޭޖެހޭނެ

  7. މވމ

    މާތްވެގެންވާ ރޯދަމަހު މި މީހުން އެމަހުގެ ހުރުމަތް ކެޑޭގޮތައް ރަސްމީ އިދާރާއެއްގެ ތެރޭގައި ޒުވާބު ކުރިކަމައްޓަކާ ހައްޔަރުކޮއް ދައުވާކުރަންޖެހޭ. އަހަރެމެންގެ ގައުމަކީ ސެކިއުލާ ގައުމެއްނޫން..ސެކިއުލާ ވިސްނުމުގައި ޕާލަމެންޓު ހިންގާކައް ތިބެވެނާ ނުދޭނަން.

  8. ސުޖާ

    ށާރީފުގެ ހަރަދުގަ އާޒީމް ދަތުގަ ނަރުގަނޑު އަޅުވަންފެނޭ ތިޔަގޮތައް އަޑުގަދަކުރި އަޅުގަނޑުގެ އަހު ރޑވވ ސަލީމުވެސް މިހާރު ދަތުގަ ނަރުގަނޑު އަޅުވާދީފަވީ

  9. އާދަމުގެދަރި

    ހައްދަވައިބޮޑުކުރެއްވި ވެރި ރަސްކަލާކޮ! މިއޮތް ރައްޔިތުންގެ މަޖިލީހުގެ ބަލާމުސީބާތުން އަޅަމެންގެ ރާއްޖެއާއި އަޅަމެން ސަލާމަތްކުރައްވައިފާނދޭވެ! އާމީން.

  10. ދިވެހިން

    އެންމެން ޝަރީފްބެޢާއި ދިމާކޮށްގެން ތެޅެނީކީއްވެ؟

  11. ރާއްޖެތެރޭ މީހާ

    އެންމެން ޝަރީފްބެޢާއި ދިމާކޮށްގެން ތެޅެނީކީއްވެ؟

  12. ދަރަނި ދަންތުރަ

    ލަނޑަޔާވާނީ ލަނޑަޔާ ކަމަށް އެއްމެ ގިނައިން ބުނަމުންއައީ ރީދޫ ގުރޫޕު ކުދިން ސަރީފަށް ސާބަސް ދެރައީ އަދިވެސް ކެނެރީގޭ ނަސީދަކީ ކާކުކަން މަވޯޓާއަށް ނޭގޭތީ އެއީ ހިޓުލަރ އެއީ ކައްޒާބު އެއީ ތޮށަޅިތަކުރާ ޖެހުނު ވިގަނި ، މިކަން ސަރީފު ގަބޫލުކުރިޔަސް ނުކުރިޔަސް ވަރަށް ވެދުން...