މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫން ކަމަށާއި، މިފަދަ ކަންތައްތަކީ ވަކި ކަމެއްް ދިމާވެގެން ވާކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ފައުންޑޭޝަނުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ދިނާއި ދުނިޔެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ތެރޭގައި އެންމެ ރީތި އަދި އެންމެ ހަރުދަނާ ސިފަތައް ކުރިއަށް ނެރެން ޖެހޭނެ ކަމަށެވެ. އެއީ އަހުވަންތަކަމާއި، އެއްބަނޑު އެއްބަފާ ކަން ކަމަށެވެ.

""މުސްލިމުންނަކީ އަހުންތަކެއް، މާތްﷲ އަޅުގަނޑުމެން ލައްވާފައި ވަނީ އަހުންތަކެއްގެ ގޮތުގައި، މިގޮތަށް އަޅުގަނޑުމެން ތިބޭއިރު، އެހެން މީހުންނަށް ދިމާވާ ކަންތައްތައް އަޅުގަނޑުމެން ތަސައްވަރު ކުރަން ޖެހޭނެ، އެހެން މީހުންނަށް ދިމާވާ ކޮންމެ ކަމެއް އެއީ އަޅުގަނޑުމެންނަށް ދިމާވާ ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ"

އެކަމާއި ގުޅޭ މިސާލު ޖައްސަވަމުން ރައީސް މައުމޫން ވިދާޅުވީ، ކޮވިޑް-19 ޖެހިފައިވާ މީހަކު ގަންނާނެ ބިރާއި، އޭނާގެ ފަރާތުން އޭނާގެ އާއިލާއަށް މި ބަލި ޖެހިދާނެ ކަމަށްޠަކައި ކުރާ ހިތާމަ ކަންބޮޑުވާނެ މިންވަރު ހިތްޕުޅަށް ގެންނެވުމަށް އެދޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، މިފަދަކަމުން ސަލާމަތް ވެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެންމެން ގުޅިގެން އެއް ރޫހެއްގައި، އެއް އަޒުމެއްގައި މަސައްކަތްކޮށްގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"އެގޮތުގެ މަތިން މަސައްކަތްކޮށްފިއްޔާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލަހެއް ނުވެ، މިކަމުން ސަލާމަތް ވެވޭނެ"، މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، މިފަދަ ކަންތައްތަކީ ވަކި ކަމެއްް ދިމާވެގެން ވާކަމެއް ނޫން ކަމަށެވެ.

""އެހެން މި ދެންނެވީ ދުނިޔެވީ ހަޔާތުގެ ތެރޭގައި މާ ކުރިންސުރެ ވަމުން އަންނަ ކަމެއް އެއްބައި ދުވަސްތައް ވާނީ ހިތްހަމަ ޖެހޭ އުފާވެރި ދުވަސްތަކަކަށް، އަނެއްބައި ދުވަސްތައް ވާނީ ހިތާމަވެރި ދުވަސްތަކަކަށް، މިއީ މިކަން އޮންނަގޮތް، މިއީ ކަމެއް އަޅުގަނޑުމެން ކުރީމަ ވާ ކަމެއް ނޫން، މިއީ ﷲގެ ކޯފާއެއް ނޫން" ރައީސް މައުމޫން ވިދާޅުވިއެވެ.

އެކަން އިނގެނީ ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުން ކަމަށްވެސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

އެ އާޔަތުގެ މާނަ

"ހަމަކަށަވަރުން ތިމަން ރަސްކަނލާންގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނު ކަމުގެ ތެރެއިން ކަމެއް ކުރިމަތި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ނަފްސުތަކާއި މޭވާތަކުން ބައެއް އުނިކުރެއްވުމުންނެވެ".

މައުމޫން ވިދާޅުވީ، މިކަހަލަ ކަންތައްތައް ދިމާވާނެ ކަަމަށް ގުރުއާނުގައި އަންގަވާފައިވާ ކަމަށެވެ. އަދި މިބާވަތުގެ ކަންތައްތައް ކުރިންވެސް މުސްލިމުންނާއި ދިމާވެފައިވާކަން ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފައެވެ.

"ކީރީތި ރަސޫލާ އަސްހާބުންގެ ޒަމާނުގައި ޠާޢޫނު ބަލި ފެތުރިގެންދިޔަ، އަދި އެ ޠާޢޫނު ބަލި ޖެހިވަޑައިގެން އަވަހާރިވި އެއް ބާކަލަކީ މާތްﷲ ސުވަރުގެ ވައްދަވާނެ ކަމުގެ ވައުދުގެ ބަސްފުޅު އިއްވަވާފައިވާ 10 ބޭކަލުންގެ ތެރެއިން ބޭކަލެއް". ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މި ވައިރަސް އަށް ފައްސިވެފައި ވަނީ 250 މީހުންނެވެ. މީގެ ތެރެއިން 18 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

77 ކޮމެންޓް

  1. ހުދުހުދު

    އެއްކަލަ މުސްކުޅިބެ. މީނަ ދައްކާ ވާހަކަ މީހުން މިހާރު ގަބޫލެއް ނުކުރެއޭ. 12:35 ގައި ހުކުރު ބަންގި ގޮވާ ބޮޑު ކާފު ލީމަ ވޯޓަށްވެ ކުޑަ ކާފު ލީމަ ވޯޓެއް ނޫނޭ ބުންޔަސް މީހާރު މީހުން ގަބޫލެއް ނުކުރާނެ ބެއްޔާގެ ވާހަކަ އެއް. ވާހަކަ މަދު ކޮށް ހެޔޮ އަމަލު ބެއްޔާ މިހާރު ގިނަ ކުރަންވީ

    185
    27
    • ނަސްރީނާ

      އަންހެނުން ބުރުގާ އަޅާކަށް ނުޖެހޭނެއޭ ބުނީވެސް މިކަލޭގެ! ކީރިތި ޤްުރުއާނަކީ ހުއްޖަތެއް ނޫނޭ ބުނީވެސް މިކަލޭގެ ! ކީރިތި ޤްރުއާން ގެ މާނަ އެމީހަކު ބޭނުންގޮތަކަށް މާނަ ކުރެވިދާނެއޭ ބުނީވެސް މިކަލޭގެ ! މިހާރު ލާދިނީ ނަޝީދު ފަހަތުގައި އޭނާގެ ދިފާއުގައި. މުރުތައްދު.

      129
      12
      • ގަލަން

        ކުށެއްއިނީމަ ރަނގަޅު ކޮށްލާނަން. އޭނާ ބުނީ ޤުރްއާނުގެ ތަރުޖަމާ އަކީ ޙުއްޖަތެއް ނޫނޭ. ތެދެއް ޤުރްއާނަކީ ޙުއްޖަތެއް އެކަމަކު މީހަކު ކުރާ ތަރުޖަމާ ޙުެްޖަތަކަށް ނުވެދާނެ. އެހެނަސް އޭނާގެ އެ ބުނުމަކީ ނުބައި މަޤްޞަދެއްގައި ބުނި އެއްޗެއް.

        41
        2
      • ސަންދޯއް

        އޮޅުވާލަން އުޅުނަސް ތީ ބޮޑުވަރު. ކީތިތި ޤުރުއާނަކީ ހުއްޖަތެއް ނޫނެކޭ ނޫން ބުނީ. ކީރިތި ޤުރުއާނުގެ ތަރުޖަ މާއަކީ ހުއްޖަތެއް ނޫނޭ.

        20
        12
    • Anonymous

      ބޮޑު ތޯޢޫތު.

      48
      6
  2. ދިވެހިން

    ބަލާފަދޯތިއައީ؟

    111
    7
  3. ޖިންނި

    ކަލޭ ތީ މި ދިވެހި ޤައުމުގެ އިސްލާމީ ވަހުދަތު ހަލާކުކުރި މީހާ ކަލޭ އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ނުދައްކާ ހުރޭ

    196
    10
    • މއ

      ތީހަނދުކޭތަ ދެއްކިމީހާ ރަނގަޅެއްނުވާނެ

      78
      3
  4. ޙަަަސަނު

    އެ އާޔަތުން އެ ވަޙީ ކުރެއްވީ ކޯފާއެއް ނޫނޭ ބުނެވޭނެތަ ، ކޯފާ ފޮނުއްވުން އިންސާނާއަށް ކުރިމަތިކުރައްވާ ކޯފާ އަކަށް ނުވަނީތަ !

    147
    7
  5. ކާފަދ

    މި ބީތާތަ ﷲ ތަޢާލާގެ މިންވަރުފުޅުގައިވާ ކަންކަމުން ކޯފާއާއި އެހެނިހެން ކަންކަން ވަކިކޮށް އަންގަނީ. މުރުތައްދު ނުވެހުރެބަލަ އުމުރުގެ ފަހު ދުވަސްތަކުގަ.

    158
    13
    • ޞީލާ

      ބީތާއޭ! ހޫން! މިހާރު ތިހުރީ ނިންމަތީގަ “މާތްމީހާ” ލިޔެވިފަ!! މުރުތައްދު ކަނޑައަޅަން ކަލޭތީ ކާކު؟

      51
      42
      • ޒަވާޖް

        ޝީލާ ނިކަން ވިސްނަބަލަ.. މުސްލިމުންނަށް ކުރާ ޖަރީމާ އަދި ގުރުއާން ފޮތް އަންދާ ވީދާ ކަންކުރަންޏާ ﷲގެ ކޯފާއަންނާނެ އެކިސިފަސިފައިގައި.. މައުމޫނަކަށް ނޭގޭނެ ތިއީ ކޯފާއެއް ނޫނޭ ބުނާކަށް

        113
        1
        • ޝީލާ

          ޢޭގެ މާނައަކީ މުރުތައްދުވި މީހެއްގެ ގޮތުގައި ކަނޑައެޅިދާނެއޭތަ؟!؟

          4
          3
      • ޙައުލާ

        ﷲ ތަޢާލާއަށާ ނަބިއްޔާ އަށް ފާޅުގަެި ފުރައްސާރަ ކުރި ދިވެހިންގެ އެއަމަލު ކުއްވެރިކުރަން ނުކެރުނު މީހަކު ދައްކަަވާހަކަ އަޑު އަހާކަށްނުވާނެ. ޤއިބުގައިވާ ކަންކަން އެނގޭކަމަށް ބުނުމަކީ ހަމަ މުރުތަދުވުން. މިއީ ކޯފާއެއްކަން ނު ަތަ ނޫންކަން ދެނެވޮޑިގެންވާނީ ﷲ ތަޢާލާ. މިއީ ވަހީއަންނަ ޒަމާނެއްނޫން.

        42
        • ގަމާރުމޯލްޑިވިއަން

          އެ ކަމަކު ކަލޭ ތި ބުނަނީ ކޯފާ އެ ކޭ. ކިހިނެއް ކަލެޔަށް އެނގުނީ

          3
          2
          • ރިޔާޒް ޙަސަން

            ކޯފާއެކޭ މިތާގަނުބުނޭ ބަޔަކު..ހަލާދަނޑީގެ ދެކޮޅު ބަލާބަލަ. މި ކިޔަނީ ކޮވިޑް19 އަކީ ކޯފާއެއް ނޫނޭ ނުބުނެވޭނެކަން..

          • Anonymous

            ދިވެހި ފަހުމުނުވަނީތޯ؟ އެއޮތީ ބުނެފައި އެކަން ދެނެވޮޑިގެންވާނީ ﷲ ސވޢ އޭ!!

  6. ޔާލް

    ސޫރަތު ބަޤަރާ 155 ވަނަ އާޔަތުގެ ތަފްސީރު ބައްލަވާ ލައްވާށެވެ.އެ އާޔަތް ބާއްވާލެއްވުނު ހާލަތާއި ސަބަބު ވަރައް ރަނގަޅަށް ސާފުވާނެއެވެ. މައުމޫނު މީ ކާކުތަ އެއީ ﷲ ގެ ކޯފާއެއް ނޫނޭ ބުނަން. މި ބަލި ފެތުރިގެން އައީ ކާފަރުންގެ ތެރެއިން. މި ބަލި ފެތުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން ޗައިނާ މީހުން ބުނި މުސްލިމުންނަކީ ނައްތާލަންޖެހޭ ވައިރަހެކޭ. އެމީހުން އުޅުނީ ޤުރުއާން ވެސް ބަދަލްކުރަނީ. ﷲ ސ.ވ އެވަނީ އެބައިމީހުންގެ މައްޗަށް ކޯފާލައްވާފައި. އެ ކޯފާ ކާފަރު ގައުމުތަކުން ފެތުރެމުން އައިސް އެ ގައުމުތަކުގަ ދިރިއުޅޭ މީހުންގެ ފުށުން މިއޮތީ މުސްލިމުންނާއި ހަމައަށް ފޯރާފައި. ތައުހީދުގެ އަހުލުވެރިން ނައް މި ބަލި އިމްތިހާނަކައް ވިޔަސް ޑިމޮކްރަސީ ގެ އަހުލުވެރިންނައް މީ ހަމަ ﷲ ގެ ކޯފާ.

    195
    9
    • ސްްއް

      ރަނގަޅުވާހަކައެއް!!

      54
      1
    • ގަމާރުމޯލްޑިވިއަން

      ހުވާ ހީހީ ހަލާކު.ތީ ކަލޭގެ އަމިއްލަ ނިންމުން ދޯ.

      16
      6
  7. އއ

    އަލް އުސްތާޒަށް ނޭނގޭބާ الله ވަޙީކުރެއްވިބަސްފުޅު؟
    އަދިތިޔަބައިމީހުންނަށް ޖެހޭ މުޞީބާތްތަކަކީ ތިޔަބައިމީހުންގެ އަތްތަކުން ކުޅަ ކަންތައްތަކުގެ ސަބަބުން ޖެހޭ މުޞީބާތްތަކެކެވެ.
    މިއީ އިމްތިޙާނެއް އަދި ތަދުމަޑުކަމެއްކަން އެންމެނަށްވެސް އެނގޭ، އެހެންކަމުން އަހަރުމެންގެ މައްޗައްއޮތީ ނަފްސު ޙިސާބުކުރުން.

    145
    2
  8. ހާފިޒް އަބުދުލް ގަނީ

    ޕޮލިޓީޝަނުން ރައިޔަތުންނާއި މުސްލިމުން ނަށް ދުނިޔެމަތީ ބާރުތަކެއް ލިބުނީމަ ކަންތައް ކުރެވޭގޮތުން ދުނިޔެމައްޗައް ފޮނުވި ކޯފާޔަކާ ވަތަރީ ބޮޑައް .....

    92
    4
  9. ގާލް

    އެންމެހާ މުވައްހިދު އަޚުންނާއި އުޚުތުން މި ބަލިން ރައްކާތެރި ކޮށްދެއްވާ ކާފަރުންނާއި މުރުތައްދުންނާއި މުނާފިޤުން މި ބަލީގައި ނެތިކުރައްވާންދޭވެ.
    آمين يا رب

    120
    5
    • ޣުރާ

      ބަދުދުއާ ކުރުން ކަލޭގެ މައްޗަށް ހަލާލުކުރެއްވީ ކާކުބާ؟

      19
      47
      • ގަމާރު

        ދަންނަ ނުދަންނަ ކަލޭގެ

        39
        1
      • އއ

        ކަލެއަށް ފުރަތަމަ ތައުހީދަކީ ކޯންޗެެއްކަން އެނގިގެން ވާހަކަދައްކަން ދަސްކޮށްބަލަ!

        23
        5
        • ފަރުގާލް

          ތައުހީދު އެނގޭނީ ކަލެއަށް އެކަނި! ދެންތިބީ ހައްސުފަހަނައަޅާފަ ދީނުން ބޭރުވެފަ ތިބޭ މުނާފިގުން ހުސް! ކަލޭމެންގެ ނިންމުން ހުންނަނީ ޒާތީއަށް ގޮސް ހުސްވެފަ!

          5
          1
    • Anonymous

      آمين يا رب

      28
      1
      • ޖެމްސް

        އާމީން ސުންމަ ޢާމީން

        10
        2
    • ޮކއ

      آميييين..

      8
      1
    • ޙުދު

      ޢެއްވެސް މީހަކަށް ބަދު ބަހެއް ބުނުމަކަށް މީހަކަށް ބައްޔެއް ޖެހުމަކަށް މީހަކު މަރުވުމަކަށް އެދި މުހައްމަދު ސއވ ދުއާކުރުމަކަށް ނޭދޭ! ޢެއްވެސް އިންސާނަކު ނެތިކުރައްވާކަށް ދުއާކުރާކަށް ނާންގަވާ! ޢަދި އެފަދަ ކަމަކަށް ހިތްވަރެއްވެސް ނުދެއްވާ!

  10. ދާދްރާ

    އެކިކަންކޮޅުތަކުގައި އަސީރު ކުރެވިފައިވާ މުސްލިމުންނާއި އަނިޔާ ލިބެމުންދާ މުސްލިމުންގެ ބަދު ދުއާ ގެއަސަރު.

    88
    5
    • ކުލަ

      ހުވާ؟!؟ ގަދަ ކަލޭ!!

      20
      13
  11. ދިދަ ދަނޑި

    އެއްކަލަ އެންމެ އިނގޭ ބެއްޔާ..

    62
    3
  12. ސައިންޓޭ

    155 ވަނަ އާޔަތުގެ މާނައިން ދޭހަވަނީ ކޯފާއެއްކަން ނޫންތޯ؟

    58
    4
  13. ނަވްބެ

    ދިވެހިންގަނޑު އަނގަބަންދުކުރޭ. ކަލޭމެން އަބަދުސް އެއްޗެއް ބުނާނީ ޕާޓީގެ ދިފާއުގަ. ހަމަތެދަށް މި ބުނީ. ތީނަ ބެއްޔާ އަންނައަހަރު ތިމާ ޕާޓީއަށް ސަޕޯޓުކުރާ ހިސާބުން އޭނާ ބުނި އެއްވެސް އެއްޗެއް ނޯންނާނެ އަދި ދެފައިޖަހާފަ އޭނައަށް ތާޢީދުކުރާތަން ފެންނާނީ.....

    30
    4
  14. އަލްޖިބްރާ

    އަންހެނުން ބުރުގާ އަޅާކަށް ނުޖެހޭނެއޭ ބުނީވެސް މިކަލޭގެ! ކީރިތި ޤްުރުއާނަކީ ހުއްޖަތެއް ނޫނޭ ބުނީވެސް މިކަލޭގެ ! ކީރިތި ޤްރުއާން ގެ މާނަ އެމީހަކު ބޭނުންގޮތަކަށް މާނަ ކުރެވިދާނެއޭ ބުނީވެސް މިކަލޭގެ ! މީ ﷲގެ ކޯފާއެއް ނޫނޭ ބުނަން މިކަލޭގެއަށް އެގުނީ ކިހިނެއްތަ ؟ މިއީ ވަޙީ ބާވާލައްވާ ޒަމާނެއް ނޫން ! ކަލޭ ކިތަންމެ ކިޔަވައިގެން ހުޢްޓަސް ކަލެއަކީ ކިޔަވައިގެން ހުރި ޖާހިލެކޭ ބުނަންޖެހެނީ ތިޒާތުގެ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާތީ ! ކަލޭ އެގޮތަށް ޤަބޫލުކޮށްގެން ހުއްޓަސް އެހެންމީހުންގެ ދުލުގާ ހިފައިގެން ދަމަންޏާ އެހެންމީހުންގެ ދުލުގެ ނުބައިކަމުން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ !

    47
    4
    • އއ

      މައުމޫނުބުނީ ކީރިތި ޤުރުއާނުގެ ތަރުޖަމާ އަކީ ޙުއްޖަތެއްނޫނޭ އޭތި މީހަކު ބޭނުން ގޮތަކަށް މާނަކުރެވޭނޭ.. މީ އެ ޕްރޮގްރާމުގައި ބުނި އެތި ހަނދާންވާގޮތުން.

      18
      6
  15. ހިސާން

    މމ މަައު މޫނުއާ، އައްޑޫ ހިތަދޫ ގާ އުޅުނު ބޯޑެއްޔާ އާ ވަރަށް އެއްގޮތް.

    22
    2
  16. ސާލިހް

    ކޯފާ ނޫން ދެންކޯޗެއްބާ؟ މިގައުމުގަ ރަސޫލާ އަށާއި ހެއްދެވިފަރާތައް ހަޖޫޖަހާ ލާދީނީކަމައްގޮވާލާ ވޯކްޝޮޕްތައްބާއްވަމުން ދިޔައިރު އަހަރެމެނައްފެނުނުތޯ؟ މުސްލިމް ގައުމުތައް ސުންނާފަތިކޮއް މުސްލިމުން ޝަހީދުކުރަމުން ދިޔައިރު އަހަރެމެނައް އެކަން ބޮޑުކަމަކައްވިތޯ؟ މިނުބައިކަންތައް ކުރަމުން ދިޔައިރުވެސް އަހަރެމެންދިޔައީ އެބައިމީހުންނައްތާއިދުކޮއް އެބައިމީހުންދައްކާ ދަޅަތަކައް ހެއްލެމުން. އެއަނިޔާ ލިބުނު މީހުން އެބައިމީހުންގެ ރައްބައް ދުއާނުކުރާނެކަމައް ދެކޭމީހަކީ ހަމަޖެހޭމީހަކައްވާނެތޯ؟ އަހަރެމެން އަދިވެސް އިސްލާހުވާކައްނުވޭތޯ؟

    51
    1
  17. އެޑްމުންޑޯ

    މިކޮމެންޓް ތަށް ބަލާލީމާ ހަމަކޮސްވޭ ، ކޮމެންޓް ކޮއްފައިތިބީ ހުސްރޯނުއެދުރު އިލްމުވެރިން ،ތިމާމެންނަށް ނޭގޭ ކަންތަކުގައި ބަސްބުނާ މީހުންނަކީ ހަމަ ޖާހިލުން ، ކިތަންމެ ރުޅިއަޔަސް އިލްމުވެރިޔަކުވާނީ ހަމަ އިލްމުވެރިއަކަށް

    12
    44
  18. ހުސޭނުބޭ

    ﷲތަޢާލާގެ ކޯފާއެއް އަޔަސް ކަލޭމެން ބުނާނޫ އެއީ މަތިމައްޗަށް ހުރި ވިލާގަނޑެކޭ! ޤުރުއާނުގައި ތިކަހަލަ މީހުންގެ ވާހަކަ ނަންގަނެފައި އޮންނަނީ މިގޮތަށް!

    44
    1
  19. ޙެޔޮ

    އުސްތާޒް ތައުބާވާން ގޮވާލަން ، ނޫނީ އުސްތާޒްކަމުގެ ސަނަދު އަތުލަންވީ ، ޤުރްއާންއަކީ ﷲ ގެ ކަލާންފުޅު ، ޤުރްއާންގައިވަނީ ﷲ ގެ އަމުރުފުޅުތައް ، އަހަރެމެންނަށް އެޔަށް ތަބާވުން ،

    51
    2
  20. ނީމް

    މައުމޫން ވިދާޅުވީ ތެދުފުޅެއް! ދުނިޔޭގަ ބަލި ތައް ފެތުރޭނެ ދުވަސްކޮޅު ކޮޅު ކޮޅުން އެއީ ތަބުއީ ޤާނޫން! ދުނިޔޭގަ މިހާ ތަނަށް ކިތައް ބަލިމަޑު ކަން އާއްމު ވިތޯ! މީހުން މޮޔަ ނަހައްދާ ތި ކޮމެންޓް ތަކުން! އެއީ ކޯފާ އެއްނުން

    8
    43
  21. ައަހްމަދު

    މައުމޫނުތަ ﷲ ތަޢާލާގެ މިންވަރުފުޅުގައިވާ ކަންކަމުން ކޯފާއާއި އެހެނިހެން ކަންކަން ވަކިކޮށް އަންގަނީ. !!!! މުރުތައްދު ނުވެހުރެބަލަ އުމުރުގެ ފަހު ދުވަސްތަކުގަ

    42
    1
  22. އާދެ

    އެއްބަޑު އެއްބަފާ ކަމާއަޚުވަންތަ ދަމަހަށްޓަންޖެހެނީ ކަލޭނޫން އެހެންމީހުންތޯ ކަލޭ ގިޅުންކަނޑާލާފާވާ ޔާމީން ޖަލުގައި އޮތްއިރު އެއީ ކަލޭ އެއްބަފާ ލޭގެ ގުޅުން އޮތްމީހެއް ނޫން ތޯއެވެ ލޭގެގުޅުން އޮންނަންވީ ކަލޭ ނޫންމީހުންދޯ އެވެ. ލަދެއްވެސް ނުގަނޭ ދޯއެވެ

    45
    3
  23. ޙަސަނާ

    12.35 ގަ ހުކުރު ކުރަންފެށީ މައުމޫނު ވެރިކަމުގަތަ ހަސަދަވެރިކަން ތިހުންނަނީ ހައްދުންނައްޓާފައެއްނު..ދީނުގެ ކަންކަމުގަ އެކިމީހުން އެކިއެތި ކިއަމުން ދާތީ އޭގެ ނާޖާއިޒު ފައިދާނަގާ ލާދީނީ ގުރޫޕެއް އެއޮތީ ރައީސްއޮފީހުގެތެރޭ ހާލިހަދާފަ އަދިވެސް ހޭއަރާކައްނުވޭތަ

    33
    1
  24. ހުސެން ރަހާ

    ރައީސް މައުމޫނަށް ޝުކުރިއްޔާ. ތިޔަ ހާމަކުރެއްވީ ވަރަށް ފުރިހަމަ ޙަޤީޤަތެއް. ކޮވިޑް 19 އަކީ ﷲގެ ކޯފާއެއް ކަމަށް ބައެއް ޢިލްމުވެރިން އެބަ ވިދާޅުވޭ. އިހުގެ އުންމަތްތަކަށްވެސް ވަރަށް ވަރުގަދަ ކޯފާތައް ފޮނުއްވެވި. ނޫޙްގެފާނުގެ ޤައުމުގެ މީހުންނަށް ކޯފާ ފޮނުއްވެވި. ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ކޯފާ ފޮނުއްވެވި.
    ރައީސް މައުމޫން، އެއީ ކޯފާއެއް ނޫނޭ ވިދާޅުވީމާ، އެކަމާ ދެކޮޅު ހަދާ މީހުން އަޅެ މި ކަމާ ވިސްނާލަ ބަލަ. ﷲ ފޮނުއްވާ ކޯފާއެއް ޖެހިއްޖެ މީހަކަށް އެ ކޯފާއިން ސަލާމަތް ވެވިދާނެބާ؟ ނޫޙުގެފާނުގެ ޤައުމަށް ފޮނުއްވެވި ކޯފާ ޖެހުނު އެންމެ މީހަކަށްވެސް (ނޫޙުގެފާނުގެ ދަރިފުޅުވެސް) ސަލާމަތެއް ނުވެވުނު. ލޫޠުގެފާނުގެ ޤައުމަށް ފޮނުއްވި ކޯފާ ޖެހުނު އެކަކުވެސް އެ ކޯފާއިން ސަލާމަތެއް ނުވި. ނަމަވެސް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރުވެސް ނިސްބަތުން ގިނައީ، ބޭސްކޮށްގެން އެ ބަލިން ޝިފާ ލިބުނު މީހުން. ކޮވިޑް 19 އަކީ ކޯފާއަކަށް ވާއިރު، އެ ކޯފާ ޖެހުމުން، ބޭސް ކައިގެން އެ ކޯފާއިން ސަލާމަތް ވުމުގެ ބާރާއި ޤާބިލްކަން އިންސާނުންނަށް ލިބިގެންވޭތޯ ނިކަން ވިސްނާލާފަ، ރައީސް މައުމޫނަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ؟

    25
    31
  25. ނަމަ

    ރައީސް މައުމޫން އަކީ ބޯހަމަޖެހޭ މީހެއްނޫން ޑރ.ޖޫން

    52
    4
  26. ހައްދުގެތެރޭގަހުންނަވާ

    މައުމޫނެއް ކަމަކު ވަކިކަމެއް އެއީ الله سبحانه وتعالى ގެ ކޯފާއެއް ނޫންކަމަށް ކަނޑައެޅުމުގެ ޙައްޤެއްް ނޯންނާނެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި الله سبحانه وتعالى.

    57
    2
  27. ކޮކްޓޭލއަލިބެ

    ތިޔަހެންބުނީ ކުރީގަވެސް ބުރުގާޔަކީ ހުއްޖަތެއްނޫނޭ މިގައުމުގެ ރައްޔަތުންނައް ބިކަހާލުގަ ޖެއްސި ވެރިޔަކު މިގައުމުގެ ތާޜީހުން ފެންނަން ހުރިތޯ ބައްލަވާ ރައްޔަތުން ކުއްޔައް އުޅެންޖައްސާ މިގައުމުގެ ރައްޔަތުންގެ މިލްކިއްޔާތުގަ އޮއް 98 އާގް ބޯޓް ވީތނެއްވެސް ނޭންގުނު ދެން ބައްޔާ ދޭތެރޭގަ ކީކޭތޯ ކިޔާނީ ޗައިނާގައި ގުރުވާން ބަދަލް ކުރަން އުޅުމުން ފޮނުއްވި އެއްޗެއްމީ މުޅިދުނިޔޭގައި ނިކަމެތި ރައްޔަތުން މަރާ އާއިލާތައް ބިކަކޮއް ގެދޮރުސުންނާފަތިކޮއް ތިމާމެންނަކީ މާބާރުގަދަ ބަޔކައް ވެގެން އުޅުމުގެ ނަތީޖާ ކޮބާތޯ މިއަދު އެބާރުތައް ދެންވެސް މާތް ﷲ އައް ބިރުވެތިވެ ތައުބާވެވޭތޯ އެއްނޫންތޯ ބައްލަވަންވީ

    35
    5
  28. ކޮކްޓޭލ އަލި

    ތިޔަހެންބުނީ ކުރީގަވެސް ބުރުގާޔަކީ ހުއްޖަތެއްނޫނޭ މިގައުމުގެ ރައްޔަތުންނައް ބިކަހާލުގަ ޖެއްސި ވެރިޔަކު މިގައުމުގެ ތާޜީހުން ފެންނަން ހުރިތޯ ބައްލަވާ ރައްޔަތުން ކުއްޔައް އުޅެންޖައްސާ މިގައުމުގެ ރައްޔަތުންގެ މިލްކިއްޔާތުގަ އޮއް 98 އާގް ބޯޓް ވީތނެއްވެސް ނޭންގުނު ދެން ބައްޔާ ދޭތެރޭގަ ކީކޭތޯ ކިޔާނީ ޗައިނާގައި ގުރުވާން ބަދަލް ކުރަން އުޅުމުން ފޮނުއްވި އެއްޗެއްމީ މުޅިދުނިޔޭގައި ނިކަމެތި ރައްޔަތުން މަރާ އާއިލާތައް ބިކަކޮއް ގެދޮރުސުންނާފަތިކޮއް ތިމާމެންނަކީ މާބާރުގަދަ ބަޔކައް ވެގެން އުޅުމުގެ ނަތީޖާ ކޮބާތޯ މިއަދު އެބާރުތައް ދެންވެސް މާތް ﷲ އައް ބިރުވެތިވެ ތައުބާވެވޭތޯ އެއްނޫންތޯ ބައްލަވަންވީ ކި

  29. މާމީ

    މިކަލޭގެ އަދި ދުނިޔޭގަ އެބަހުރި ދޯ؟ ވަރަައް ފިލާގެންދޯ އުޅެނީ.

    32
    4
  30. ކަލާ123

    ރައީސް މައުމޫނުގެ ވާހަކަފުޅު ބަރާބަރު! ބަލާބަލިމަޑު ކަމަކީ ޠަބައީ ގާނޫނުގެ ދަށުން ، ހުރިހައި ޒަމާނެއްގައި ވެސް ހިނގަމުން އަންނަ ކަންކަން. މިގޮތުން ހިލޭ ދަރަނގަނޑުގަނޑުގައި
    އިހުގައި ރާއްޖޭގެ ބައެއް ރަށްރަށް ފަޅުވެފައި ވެސް އެބަހުރި!

    1
    9
  31. މާސިންގާ

    ބޮޑުމުނާފިގަށް ކޯފާއެއްނޫންކަން އެގެނީ ކޮންގޮތަކުން! އެއީތިޔަކަހަލާ ނުލަފާމީހުްގެ ސަބަުން އައިކޯފާއަކަށް ވުމަކީ ވެދާނެކަމެއް! ދީނަށް ފުރައސާރަކުރި މީހުންނަށް އެއްވެސްވެސް އެއްޗެކޭނުބުނެ މހާރު ބަކުވާސް ކުރަނީ ކިއްވެތަ!

    12
  32. މޭން

    އަލްހަމްދްﷲ ވަރަށް އުފާވެއްޖެ ހަޤީގަތް ކިޔާދެއްވީތީ! ﷲގެ ކޯފާއެއްނަމަ މިސްކިއްތަކާ މާތްވެގެބްވާ ކައުބަތުﷲ ގެފުޅު ބަންދުކުރާކަށް ނުޖެހުނީސް! ހައްދުފަހަނައުޅި ބަގާތައް މިއުޅެނީ ފަޔަށް ހިނިއެރީމަ އުޅޭވައްތަރަށް!'ތިހާ ގަޓުހުރިއްޔާ ވެކުސިން ނިކުތީމަ އެނުޖަހަ ތިބެންވީނު!

    5
    11
  33. ސާދާގަރު

    ކޮން މެ ބަލިމ މަޑުކަ މަކީ ކޯފާއެއް ނޫން. ހުސްވާހަކަ ދެއްކު މުގެ ބަދަލުގައި ކޯފާއެއްކަ މަށް އޮތް ދަލީލެއް ދައްކަބަލަ. އެއްވެސް ކޮ މެންޓަކުން ނުފެނުނު.

    4
    8
  34. ޢަލީ

    ވަރައްވެސް ފުރިހަމަ ވާހަކަތަކެއް. ޥވވވ ރަނގަޅު ވަާހަކަ ކޮޅެއް.

    3
    9
  35. ފައްތާހު

    އެހެންވިއްޔާ الروم ސޫރަތުގެ 41 ގައި ވާ ކަންކަމާއި މެދު ބުނަނީ ކީކޭތޯއެވެ. އިހަށްދުވަހު ގުރުއާން ބަދަލު ކުރުމަށް ޗައިނާއިން އުޅުނީ. ދުނިޔޭގައި ތާ އަބަދުމެ ބޮޑެތި ބާރުތަކުން މުސްލިމުންނަށް އަނިޔާދެނީ . މި މޫސުމްކީ ކޮންމެ އަހަރަކު އިސްރާއީލުން ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާދޭ މިންވަރު އިތުރުވާ ދުވަސްވަރެއް.

    14
    1
  36. އެކްޓަރ

    ރ. މައުމޫނު ކޯފާ އާއި ބަލިމަޑުކަން ރައްޔިތުންނަށް އިނގޭ..ރ.ނާސިރުގެ ވެރިކަމުގައި ޤުރުއާންގެ ދިވެހި ތަރުޖަމާ ކޮށްފަ އޮއްވާ ބޮޑް ތަޅުލާ ފޮރޮވާފަ 25 އަހަރު ބޭއްވިޔަސް މިއަދު ޓީވީ އޮންކޮށް ނުވަތަ ފޯނުން ދަންނަ ބޭކަލުންގެ ވާހަކަތައް އަޑުއަހާލެވޭ ރާއްޖޭގެ ދަންނަ ޒުވާން ޝެއިޚުން ރެއާއި ދުވާލު ހިލޭ ސަބަހަށް ދީން އޮޅުފިލުވައި ދެއްވާ ..ރ.މައުމޫނު ސިޔާސީ ކަންތަކާއި ބޫތުކައިގެން އުޅުއްވާ....

    12
  37. ވމބ

    މާތް ރަސްކަލާނގެ ކޯފާ ފޮނުއްވާނީ އެކި ގޮތްގޮތައް.. އެއީ ބައްޔެއްގެ ސިފާގަވެސަ ފޮނުއްވަފާނެ.. ވިލާގަނޑެއްގެ ސިފާގަވެސް ފޮނުއްވަފާނެ. މައުމޫނު ބަލަ ކިޔެވީ ކޯޗެއްތަ..؟

    16
    1
  38. ށީދާ

    އެތައްލަކްކަ ބަޔަކު މުރުވެގެންދާއިރު އެއީކޯފާއަކައް ނުވާނެގޮތެއް މައުމޫނު ބުނެދީބަލަ

    10
    1
  39. ކަޅުފޮށި

    އިންޑިއާ ގައި ކިތައް މިސްކިތް އަންދާލީ ކިތައް މުސްލިމުން ކަތިލާ ކޮށާ ފުނިފުނި ޖަހާފަ އެންދީ ކިތައް ކުޑަކުދީން ރޭޕުކޮށް މަރާފަ އެއްލާލީ ހިންދޫނަށްވުރެ މުސްލިމުން މަދުކުރަން އިޑިއާ ގެރިމޯދީ ކުރާކަންތައް ނުފެނޭތަ ހުދު ތިމާމެން ނުހައްޤުން ނިކަމެތި އިންސާނަކު ޖަލަށްލައިގެން ތިކުރާ އަނިޔާ ތިމާމެންގެ ނުބައިނުލަފާ ޖާހިލުކަމުން މާތްﷲ ހުރިހާދޮރެއް ބަންދު ކުރެއްވީ ރައީސްޔާމީން ނުކުރާ އެތައްކަމެއް އެމަނިކުފާނުގެ ބޮލުގައި އަޅުވައި އެތައް ބަދުނާމެއްކޮށް ޖަލަށްލާފަ ރީތިކޮށް ވެރިކަން އެބަކުރެވެއެއްނު ކަލޯ ނާސިރަށް ހެދިގޮތް ޔާމީންއަށް ހަދާނަމޭ ހިތާދޯ ތިއުޅެނީ ހަމަހިލާ އެކަމެއް ނުވާނެ ﷲއޭގެކުރިން ކަލޯ ނެތިފަނާކުރެއް ވުންވެސް އެކަށީގެން ނުވޭތަ ހަނދާން އެބަހުރިތަ ރާއްޖެ ބޮއިކެޓް ކުރަން ގޮވީ ކޮންބައެއްތަ ރާއްޖެ ހިފަން ގޮވީ ކޮންބައެއްތަ ކަޅު ފޮށީގެ ވެރިޔަކީ ކާކުތޯ

    13
    1
  40. ރިހި ރާންބާގަސް

    ﷲގެ ކޯފާއެއްކަން ނުވަތަނޫންކަން ކަނޑައެޅިގެން ބަޔާންކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ރަސޫލުބޭކަލުންނަށް.

    10
  41. ރިހި ރާންބާގަސް

    ﷲގެ ކޯފާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ބަޔާންކޮށްދެއްވަން އެނގިވަޑައިގަންނަވާނީ ވަހީ އިއްވަވާ ބޭކަލުންނަށް

    11
  42. ޟުހަމާ

    ސުނާމީ އަކީވެސް ކޯފާއެއް ނޫން ދޯ!

  43. ޢެކުވެރިން

    މިފަދަ ބޮޑު ކަމަކަށް ރީތިނަމެއް ކިޔާނެ!ބިންހެލުމަކާ އެކު މުޅިހުރި ހާގައުމެއް ރާޅުއަރާ މީހުން ތަކާއެކު ދޮވެލެވިގެން ދިޔައީމަ ކީނަމަކީ ސުނާމީ ! ދެންކީ ކެޓުރީނާ ! ދެން މިގޮތައް ކިތަމެ ނަމެެއް ކިޔާނެ ! ކޮވިޑު19 މިހާރު މިއައީ ! ޢަހަރެމެން ނަށް ވިސް ނޭ ގޮތުން ވިޔާ ބަލިމަޑު ކަމާ ތޫފާން ތަ ކާ ބިންގަނޑު ހެލި ގަތުމާ ނަގޫރޯޅި އެރުމާ ވާރޭވެހި ފެންބޮޑު ވުން ރާޅުއެ ރުން އެެއީ މާތްﷲ މީސްތަކުން ނާ ކުރިމަތި ކުރައް ވާ މުޟީބާތް ތައް އެކަލާން ގެ ކޯފާ ! ޙޮނުގުގުރި ޖެހުމާ ހޮނނު އެޅުމާ މިފަދަ ބިރުވެރި ކަން ކަމީ އެކަލާންގެ އިންޒާރުފުޅު ! ޥީމާ މާތްﷲ ގެކިބަފުޅަށް ތައުބާވެ ޢީމާން ވެ އެކަލާނކެ ރުއްސަވާ މަގުޙިޔާރު ކުރުން އެއީ އެންމެ ހެޔޮވެގެން ވާ ގޮތް ! ޢަހަރެމެން އެންމެނައް މާތްﷲ ހެޔޮރަހުމަތް ލައްވާށި! ޢާމީން!

    16
  44. ވަޒަން

    މައުމޫނެއް ކަމަކު ވަކިކަމެއް އެއީ الله سبحانه وتعالى ގެ ކޯފާއެއް ނޫންކަމަށް ކަނޑައެޅުމުގެ ޙައްޤެއްް ނޯންނާނެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި الله سبحانه وتعالى. މާ ދަންނަމީހުން މިހާރު މާގިނަ. މިހާރު އޮޅުވާލެވޭކަށްނޯންނާނެ.

  45. Anonymous

    މިގައުމަށް ވާ ކޯފާ ވެސް އެނގެނީ މީނައަށްތަ؟

  46. ދުންތަރި

    ރުޅިއަޔަސް ނުރުހުނަސް ޙައްޤު ބަސް ބުނުން ރަނގަޅު މައުމޫނު ވެރިކަމުގަ ކަންކަން ގޯސްކޮށް ނުދެއެކޭ ނުބުނަން އެކަމަކު ދިވެހިރާއްޖޭގަ އިސްލާމްދީން އާލަކޮށް ދިވެހިންގެ ހިތްތަކުގަ އިސްލާމީ ރޫހު އަށަގެންނެވީ މައުމޫނު 1978 ވަނަ އަހަރު މައުމޫނު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ޙާލަތަށް ވިސްނާލިޔަސް ފުދޭނެ ރާއްޖޭގައި ސްކޫލް މަދުރަސާތައް އަޅައި ތަޢުލީމު ލިބޭނެ ގޮތްތައް ހަދައި މާލޭގައި ސްކޫލްތަކާއި މަދަރުސާތައް އަލައި ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ އިސްލާމީ ތަޢުލީމަށް ހާއްސަކޮށް މަދުރަސާތައް އަޅައި އެތަންތަނުން ތައުލީމުހޯދައި އަދި އިސްލާމީ ޤައުމުތަކަށް ދަރިވަރުން ފޮނުވައި އިސްލާމީ މަތީ ތައުލީމް ހޯއްދަވައިދެއްވައި ކޮންމެ ރަމަޟާނަމްހު އިހުޔާކޮށް ދީނީ މައުލޫމާތު ފަތުރައި މުޅި މުޖުތަމަޢު ގައި އިސްލާމީ ނޫރު އަލިގަދަކޮށްދިނީ ކެނެރީގޭ ނަޝީދެއްްނޫން ހަމަ ތިޔަ ބުނާ މައުމޫނު 1978 ވަނަ އަހަރު ދިވެހިންގެ ހާލަތާ ދިވެހިންގެ ޢިލްމީ ފެންވަރާއި 2008 ވަނަ އަހަރާހަމައަށް ދިވެހިރައްޔިތުން ހޭލުންތެރިމިންވަރާއި ދީނީ ހޭލުންތެރިކަން އިތުވެގެން ދިޔަ މިންވަރާއި ދީނީ ޢިލްމުވެރިން ރާއްޖޭގައި އިތުރުވެފައިވާމިންވަރު އެއީ އެއްވެސް މީހަކަށް އޮޅުވާލެވޭނެ ކަމެއްނޫން ނަފުރަތުކުރިޔަސް ޙައްޤުބަސް ބުނުން ރަނގަޅުވާނެ ހަސަދަވެރިކަމަކީ ތިމާގެ ނުކުޅެދުންތެރިކަމުގެ މިސާލެއް

    2
    2
  47. ޒިލޭބި

    މައުމޫނުއަކީ ކޯފާ ކަނޑައެޅޭ ވަރަށް ވުރެ ޖާހިލު މީހެއް. ބުރުގާ އަކީ ވެސް ޗޮއިސް އެއްކަމަށް މި ނުބައިމީހާ ވަނީ ލައިވް ޕުރޮގުރާމެއްގަ ބުނެފަ.

    3
    1
  48. ރަދީފްހުސެން

    މީކޯފާއެއް ނޫން ދެންމީ އާއުސްމިނަކައް ދިއުންބާ. މިދުނެޔެ މަތީގާ އެއްއިންސާނަކައް އަނެއް އިންސާނާއެއީ މުނާފިގެއްކަން ކަށަވަރު ވާނެ ގޮތެއްވެސް ﷲ ތައާލާ ފާޅުކުރައްވާފާނުވެ. އެެހެންނޫންނަމަ އެމީހުނާ ދުރުހެެލިވާން އަނެއް އިންސާނާއައް ކިހާފަށޭހަވިސް.

  49. ޔުމުނާ

    މީނާ ވ މޮޅު

  50. ޒާ

    ﷲގެ ކޯފާއާއި ކޯފާނޫންކަން ކަނޑައަޅަން މައުމޫނަށް އެނގެނީކިހިނެއްތޯ؟

  51. އަލީ

    މޮޅު ބެއްޔާ

  52. ނަައީމް

    ތިޔަމީހާ ދައްކާވާކަހަކަ އަޑުއަހާގަބޫލް ނުކުރާށެވެ ތިކަލޭގެނުންތަ ބުނީ ކެނެރީގޭ އާއިލާއަކީ ބާގީންނޭ އެމީހުނާ ދުވަހަކުވެސް ބައިވެރިނުވާނަމޭ މިހާރު އެވަރެއްނެތް ގައުމުދެކެ ހަމައެކަނި ލޯބިވަނީ ހަމައެކަނި ކެނެރީގޭ އަންނީ މީމިބޭކެ ވާހަކަ ދެކޮޅުޖެހޭތާާާާ

  53. ކެނެރީ

    މީނަ ދައްކާވާހަކަ ޤަބޫލު ކުރާނީ ނާދިރާ އަދި އަނީސާ މި ރާއްޖޭގައި މިހާރު ތި މީހާ ދައްކާވާހަކަ އަހާނެ މީހަކުނެތް