ފިޝަރީޒް މިނިސްޓަރ އަންގަވައިގެން، ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގއ.ފަރެހުޅެދޫއަށް ފުލުހުން ގަވާއިދާއި ޚިލާފަށް އެރި މައްސަލަ ހޫނުވެ މިނިސްޓަރ ޒަހާ ވަހީދު މަޤާމުން ދުރުކުރަން ހުށަހަޅުއްވަން ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ އެ ރަށަކީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ފަޅުރަށްތައް ބިޑަށް ހުޅުވާލުމުން، ބިޑް އުސޫލާއި އެއްގޮތަށް އެންމެ މަތީ އަދަދެއްގެ ފައިސާ ބިޑް ކުރައްވައިގެން ހޯއްދެވި ރަށެއް ކަމަށެވެ. އަދި ކުލީގެ ގޮތުގައި 3 ލައްކަަ ރުފިޔާ އެތަނަށް ދައްކަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އެތަނުގައި ކުރަމުން ދަނީ ޑީކޯ ޗެމްބަރ އިންސްޓޮލޭޝަންގެ މަސައްކަތް ކަމަށާ، ފުލުހުން އެ ރަށަށް އެރީ މިއަދު މެންދުރު 12 ޖަހާކަށްހާއިރު ކަމަށް ޖާބިރު ވިދާޅުވިއެވެ.

"12 ޖަަހަން އުޅެނިކޮށް ފުލުހުންގެ ބޮޑު ޓީމެއް އައީ. ދެ ލޯންޗް ފުރާ މީހުން އައި. އަޅުގަނޑު ވަރަށް ރަނގަޅަށް އެ މީހުންނަށް ކަމޭހިތިން. އެ މީހުންވެސް އަޅުގަނޑަށް ކަމޭއްހިތި ވަރަށް ބޮޑަށް. އެމީހުން އައިސް ބުނި ތިރަށަށް ގަވާއިދާއި ޚިލާފަށޭ އަޅައިގެން އުޅެނީ. އަޅުގަނޑު ދެއްކިން ދެން ހުރިހާ އެގްރިމެންޓަކާއި އެއްޗެހިވެސް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޮވިޑް-19 ގެ ކަންކަން ދިމާވުމާއި އެކު މިހާރު މަސްވެރިކަމާއި ދަނޑުވެރިކަން ބޮޑަށް ކުރިއަރުވަން ޖެހޭ ކަމަށާ، މަސްވެރިންނަށް ބޭނުންވާ ޑީކޯ ޗެމްބަރެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެފަދަ ކަމެއް ކުރިއަށް ދަނިކޮށް ބަލަންވީ މިންވަރަށް ނުބަލާ ދައުލަތުގެ މުދަލާ ވަސީލަތާއި، ފުލުހުންގެ ހަކަތަ ބޭކާރުކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ހޯމް މިނިސްޓަރ އާއި ވެސް އަޅުގަނޑު ވާހަކަދެއްކިން. ކީރިތި ގުރުއާނުގައި އޮންނަ ގޮތް ވެސް އޭނާއަށް ކިޔާދިނިން. މީހުންގެ މުދަލަށް ވަންނަ އިރު، ސަލާންގަލާން ގޮވަން ޖެހޭނެ ކަމަށާ. އެހެންވީމަ ފިޝަރީޒް މިނިސްޓަރ ގަވާއިދާއި ޚިލާފަށް ފުލުހުން އޮޕަރޭޓް ކުރި މައްސަލަ ޓޫފޯވަން ކޮމިޓީއަށް ވެސް ހުށަހަޅާނަން. މަޤާމުން ވަކިކުރަން ވެސް ހުށަހަޅާނަން. ކޯޓަށް ވެސް ދާނަން." ޖާބރިު ވިދާޅުވިއެވެ.

މި މައްސަލައިގައި ޓޫފޯވަން ކޮމިޓީއަށް ޖާބިރު ފޮނުއްވާފައިވާ ސިޓީ

ގއ. ފަރެހުޅެދޫއަށް ފުލުހުން އަރާފައި ވަނީ ފިޝަރީޒް މިނިސްޓަރ އެ ރަށް ޤަވާއިދާއި ޚިލާފަށް ބޭނުން ކުރާ ކަމަށް ބުނެ ފުލުހުންނަށް އޮޅޭގޮތަށް މައުލޫމާތު ދެއްވައިގެން ކަމަށާ، އެއީ ވަރަށް ޢައިރު ޒިންމާދާރު އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެރަށަށް އެރި ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތްނަމަވެސް ފުލުހުންނަށް އެއްބާރުލުހުން ދެއްވާފައިވާނެ ކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. ޖާބިރު ވަނީ ފުލުހުން ބެހެއްޓި ޕްރޮފެޝަނަލިޒްމް ފާހަގަކުރައްވާ އެކަމަށްޓަކާ ޝުރުކުރު އަދާކުރައްވާފައެވެ.

ތިރީގައި މިވަނީ ގއ. ފަރެހުޅެދޫ ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޖާބިރު އާއި ދެމެދުވެފައިވާ އެއްބަސްވުމުގެ އެއްބައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޒަރާ

  ޙަމަހިނިއަންނަނީ ކީއްތޯ ކުރާނީ ހޯމްމިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށް ވިއްޔަ ޖާބިރު އެކިޔައިދިނީ ޤުރްއާނުގަ އޮންނަގޮތް

  19
  11
 2. މައިޒާން

  ކީއްވެ މުޅި އެއްބަސްވުން މިއަށް ނުލީ. ވަރުވާ އަށް ނަގާ ރައްރަށުގައި ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް ހުންނާނެ. ރިޔާސީ ވައުދެކޭ ކިޔާ ދަޅަދަށްކާފަ ބޭނުންހާ ކަމެއް ނުކުރެވޭނެ. މިނިސްޓަރ އެ ހެދީ ރަނގަޅަށް.

  22
  9
 3. ބޮޑުސަތަރު

  ސާބަހޭ އިއްޒަތްތެރި ޖާބިރު. މަސްވެރިކަމުގެ މިނިސްޓަރަށް މަސްވެރިންނަށް ނުހަނު މުހިންމު ޑީކޯ ޗެމްބަރެއްގެ ޚިދުމަތް ތަނަވަސްކޮށް ނުދެވުނުތާ އެޚިދުމަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވަން އިސްނެންގެވި އިއްޒަތްތެރި ޖާބިރުއަށް ނޮހޮރޮއްޕާން ކުރަން ގާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުންގެ ބޭނުންހިފާ ދިވެހި މަސްވެރިންގެ ހައްގުގައި ކުރައްވަމުންއައި މުހިންމު މަސައްކަތަކަށް ބުރުއަރުވާލި މައްސަލާގައި ވަޒީފާއިން ދުރުކުރުމުގެ ކުރިން މިނިސްޓަރު އިސްތިއުފާ ދޭންޖެހޭ.

  18
  9
 4. ޙައްގުބަސް

  ޖާބިރު ދައްކާ ވާހަކައިގެ އެެއްބައި ރަގަނޅު!! ރަގަނޅު ބަޔަކީ ކުރީގެ ރައިސް ޔާމީނުގެ ދައުރުގައި އެގްރިމަންޓެއްގެ ދަށުން 2017 ޖެނުއަރީން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ޖާބިރަށް އެރަށްދީފައިވޭ!! އެގްރިމަންޓްގައިވާގޮތުން އެގްރިމަންޓާ ޚިލާފް ވެއްޖެނަމަ ވަކިކުރެވޭ އުސޫލުން ޖާބިރު އެރަށުގެ ވަރުވާ ނުދައްކައިގެން އޭރުގެ އެގްރިކަލްޗަ މިނިސްޓްރީގެ 2018/514 ނަމްބަރު ސިޓީ (ތާރީޚު 26 އެޕްރިލް 2018) ޖާބިރަށް ފޮނުވާ އެރަށް އޭނާގެ ކިބައިން ވަކިކުރެވިފައިވާ ވާހަކަ ޖާބިރު ނުދައްކާ އެއޮޅުވާލަނީ!! އެހެންކަމުން ޖާބިރުގެ ރަށެއްނޫން އެރަށަކީ!! ބޮޗޭ ކަލޭވެސް ހަމަހޭގަހުރެ ގަބޫލުކުރަންޖެހޭ އެކަން! މިހާރު ޖާބިރު އެރަށަށް އަރާ އެރަށް ހަލާކުކޮށް ތަންތަން ބިނާކުރަމުން އެދަނީ ގާނޫނުތަކާ ޚިލާފަށް!! ފުލުހުން އެރަށަށް އެރީ ގަވާޢިދުން!! ފުލުހުން އަމަލުކުރީވެސް ގަވާއިދުން!! އަދި ހައްޔަރުކުރަން ވީމަ ހައްޔަރުވެސް ކުރާނީ ގާނޫނީ އިމުގެތެރެއިން!! ހޮނޑައިދޫ ބީޗުގަ ސަންސެޓް ބަލަން ހުއްޓާވެސް ޖާބިރު ހައްޔަރުކުރީވެސް ގާނޫނީ އިމުގެތެރެއިން!! މިނިސްޓަރުންނަށާ ފުލުހުންނަށް ވަރުނުބާލާ ވަގުތު އޮތްވާ ރީތިކޮށް ތިރަށުން ފައިބައިގެން ދާންވީ!! އެހެންނޫނީ ހުތުރުގޮތް ޚިޔާރުކުރޭ!! ވަރަށް ސަލާމޭ ޖާބިރު!!

  20
  9
 5. އަރުވާލި އާދަނު

  ތިޔަ ޒަހާތީ ވަރައް ހިފިނުހުރެގެން އުޅޭމީހެއް އެހެން ވާނީވެސް ހިތައްވެސް ނާރާވަރުގެ މަގާމެއް ލިބުނީމަ

  16
  14
  • ދިވެހިން

   ޖާބިރުބެއަށް އެނގޭނެ ހިޕިނުހުންނަމީހުން ހިފިހުންނާނެ ގޮތްހަދަން.

   13
 6. ޣޯސް

  މުޅިގައުމުގައި ހުރީ ޖާބިރުމެން ގެ ރަށްތައް. ރަނގަޅަށްވިއްާ އެންމެ ލޯލާރިއެއްވެސް ދައުލަތަށް ނުދޭނެ. ދެން އެތާ އެގްރިމެންޓްގައުވާ މަސައްކަތެއްވެސް ނުކުރާނެ. އެކަމަކު ރަށެއްވެސްބއަތުނުލެވޭނެ. ދެން މީނާދާނީ ކޯޓަށް ކޮންމެވެސްމާއްދާ އަކާ ހިލާފުވެގެންނޭ ކިޔާ އެތައްބައިވަރު ފައިސާހޯދަންކޯޓަށް.

  5
  1
 7. އަލިބެއްޔާ

  ގަވާއިދާ ހިލާފަށް ރިސޯޓްގައި ސޭޓް ކުރަމުންއެދާ މަސައްކަތް ބަލާލަބަލަ، ބޮޑު މަސްކާރުހާނާއެއް އަަޅަނީ. އެއްކޮޅުގަ ގެސްޓުން އަނެއްކޮޅުަގަ މަސްކެއްކުން، މުސާރަ، އިނާޔަތް ނުދޭ.

  5
  2