މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާތީ އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) މުއްދަތު 14 ދުވަހަށް އިތުރުކޮށްފި އެވެ.

ހެލްތް ޕްރޮެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި މުއްދަތު އިތުުރު ކުުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެ އެންގުމުގައި ވެއެވެ.

އަދި ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން އެޕްރީލް 17 ވީ ހުކުރު ދުވަހު އިއުލާނު ކުރި ފުރަބަންދުގެ މުއްދަތު 14 ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައި އެކަން އަންގާ ކަމަށް އެ އެންގުމުގައި ވެއެވެ.

މާލެ ސިޓީ ފުރަބަންދު ކުރަން ނިންމުމާއި ގުޅިގެން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ކަމާބެހޭ ފަރާތްތަކަށް މައިމޫނާ ވަނީ އަންގަވައިފައެވެ.

އެ ތިން ފިޔަވަޅަކީ:

1- މާލެ، ހުޅުމާލެ، ވިލިމާލޭގައި އުޅަނދު ދުއްވުމާއި އާންމުން ނުކުތުން މަނާކުރުން.

2- މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހުއްޓައިލުން.

3- މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުން.

މާލެ ސަރަހައްދު ފުރަބަންދު ކުރި ނަމަވެސް ބައެއް މީހުން މަގުމަތީގައި އުޅުމަށް ހުރަހެއް ނެތެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ:

1- ސިފައިންނާއި ފުލުހުން.

2- ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އެމީހުންގެ އުޅަނދު.

3- އެމްބިއުލާންސް.

4- އެންއީއޯސީ ގެ ފާސް ލިބިފައިވާ މީހުން.

5- އެންއީއޯސީގެ ފާސް ލިބިފައިވާ މީޑިއާތައް.

6- މޯލްޑިވްސް ޕޮލިސް ސާވިސް އިން ހުއްދަދޭ މީހުން.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ފެނިފައި ވަނީ 250މީހެއްގެ ގައިންނެވެ. އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 ފެނުނު ފަހުން، ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އެތައް ބަޔަކު ދަނީ މި ބައްޔަށް ފައްްސިވަމުންނެވެ.މީގެ ތެރެއިންވެސް ގިނަ ބަޔަކު ފައްސިވަމުން ދަނީ މާލެ ސިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ?????????

  ވަރުގަދަ ބައެއްނުމި
  އަހަރެމެން ފޮނުވާށޭ ރަށައް ބޮޑު ކަމެއްނު މި ދެން
  ލާރި ނެތި ދިން ކުއްޓިވެސް ހަމ ވާނީ މިތާތިއްބަ

  34
  3
 2. ސިން

  ފުރަބަންދުގެ މުއްދަތު އިތުރު ކުރި އިރު މާލޭގައި ތާށިވެފަ ތިބި މީހުންނަށް ރަށަށް ދެވޭނެ އިންތިޒާމެއް ނެތްދޯ؟

  ހުއްދަލިބޭ ވަކި ބަޔަކު ވޯޓް ދޭންވެސް ހޯދާތި ހުއްދަމިހާރު ތިދޭ މީހުން....

  40
  3
 3. ??

  حسبنا الله ونعم الوكيل

  30
 4. އަށްޑޫ ފުވައްމުލައް

  ިމގޮތައް ތިބޭތާ މާދަ މާ އަށް 16 ދުވަސް ސަރުކާރުން ރަށްރަށުގެ އަހުލުވެރިން ރަށަށް ފޮނުވާލަދެއްވާ ރަށަށް ނުދެވި ފުރަ މާލެ މިތިބީ ތާށިވެ ލާރި ކޮޅުހުސްވެ ކެއިން ބުއި މުގެ ކަންތައް ހަ މަޖެއްސު މަސް ވަނީ ދަތިވެފަ އަޅުގަނޑު މެން ޓިކެޓު ނަގާގެން މިތިބީ އާދޭސް ކޮށްފަ ބުނަން ފޮނުވާލަ ދެއްވާ ޓެސްޓު ހަދާފަ ނަ މަވެސް ބަޑައްޖެހިއްޖެ

  37
  1
 5. ޔާޔާ

  ވަރަށް ރަގަޅު. ވަރަށް އުފާވެއްޖެ.

  7
  26
 6. ނީމް

  ފުރަބަންދު ނުކޮށް ބަންގާޅިން ހުސްކޮށްބަލަ! އެމީހުންގެ ސަބަބުން ބޮޑު ބައި އިތުރު ވަނީ!

  35
  2
 7. ??

  ތިހިން ބުނާއިރު އެމީހުންގެ ސަބަބުން ކާއެތިކޮޅު ޑެލިވާ ވަނީވެސް

  1
  3
 8. ާއޭނަ

  ޢާންމު ނުރައްކާ ކޮބާ؟ ޢެހެން ގައުމު ތަކުންވެސް ކުރާތީ އޭ ކިޔާފަ ކުރަނީ؟ ވައިރަހާ ހެދި ކިތައް މީހުން ހާލު ދެރަވީ؟ ޢާންމު ނުރައްކަލަކީ ސަރުކާރުން ރައްޔިތުންގެ ހައްގުތަށް ހަނިކުރުން. ޢެހެން ނުހަދާ.

  2
  3
 9. ފައްލަންބޭ

  ފުރަބަންދު އިތުރުކުރާކަށް އަސްލު ނުޖެހޭ، އެކަމަކު ކީއްކުރާނީ އަޅުކަމާދުރު ބަޔަކު ރާވައިގެން ކުރާކަމެއް.

  6
  3
 10. އައްޑޫ ލެއި

  އާންމު ސިއްޚަތު ސަލާމަތް ކުރުމުގެ ގޮތުން ފުރަބަންދު ކުރުން ރަނގަޅު. އެކަމަކު ޓެސްޓް ހަދާފަ ނަމަވެސް އަހަރުމެން ރަށަށް ފޮނުވާލަދީ ހެޔޮނުވާނެ. މިތާތިބެތިބެ މޮޔަވެދާނެ

 11. ހާމަ

  ރަށްރަށަށް ދާން ބޭނުންމީހުން ފޮނުވާލާ އެރަށަކަށް
  އޭރުން ކަރަންޓީނު ކުރަންވެސް ބޮޑެތި ތަން އޮންނާނެ

  5
  1
 12. އެދުރުތަކުރު

  ހެޔޮނުވާނެ ރަށަށް ދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވާ. މާލެ އައީ ރޯދަޔަށް ކާބޯތަކެތި ގަންނަން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  9
  1
 13. އެދުރު

  ހެޔޮނުވާނެ ރަށަށް ދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވާ. މާލެ އައީ ރޯދަޔަށް ކާބޯތަކެތި ގަންނަން. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  7
  1
 14. އަލީ

  ކޮބާ މިހާރު ފުރަބަންދު ކުރާތީތަ ރުޅިތިއަންނަނީ. ކުރިޔަސް އެވަރު ނުކުރިޔަސް އެވަރު. ކަލޭމެން އިތުރަށް އުފާކޮށްބަލަ

  5
  1
 15. ހާލަތު

  މި ބަލި މަޑުކަން ރައްޖެތެރެއައް ފެތުރިއްޖެ ނަމަ ހާލު ގައިޖެހޭނީ ރާއްޖެ ތެރޭމީހުން އެހެންމީހުން ނަށްވެސް ވިސްނާލުން ރަގަޅު ރަށް އޮއްވައެއްނު މާލޭގައިއުޅެނީ ފިލަންނޫޅެބަަލަ މިއުޅެނީރަށުންމާސްކު އެއްނ،ުލޮބގެން މީހުން އިސްލާހު ވާންވީ

  6
  1
 16. ދިވެހިން

  އަހަރެމެން ރަށަށްފޮނުވާ.