ރާއްޖެއިން އިތުރު 13 ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 269 އަށް އަރައިފިއެވެ.

ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންނެވެ.

އެޗްޕީއޭިން ބުނީ، ފަހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ހުސް ދިވެހިންނެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވާ އެންމެންނަކީ އާރުއެސްސީ ކްލަސްޓާއަށް ނިސްބަތްވާ ބައެކެވެ.

މިއާއެކު ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ. އަދި މިއަދު ފައްސިވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީވެސް ފިރިހެނުންނެވެ.

މިއަދު މީގެ ކުރިން ރާއްޖެއިން މި ވައިރަސް އަށް ފައްސިވެފައިވަނީ ފަސް ދިވެހިންނާއި ޕާކިސްތާނު މީހެކެވެ. އެ ޕާކިސްތާނު މީހާއަކީ އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 269 މީހުންގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ.

މިއަދު ރާއްޖެއިން މި ބައްޔަށް ފައްސިވި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔޖމފގޖ

    ވިންނާ ފިކުުރުކުރޭ

    16
    3
  2. Anonymous

    ހާދަ ފޭކް ކޮށް އަދަދު އިތުރުވަނީ. އަންނި ބުނީ ކޮވިޑް ރާއްޖެ އެރީ އެސޮރޔ ބުނީ ބަލިޖެހޭ މީހުން ގިނަވީ. ދެން ބުނި ބަޔަކު ބުނީ ދެން އޮތީ ރާއްޖެ ތެރެ އަށޭ ދެން އެ އަދަދު ގިނަވީ

  3. ާގަމްޖާބޯލް

    އެވެރިންގެ ކޯޑުތައް ޑީޓެއިލް ކޮއްލައްވާ އާރުއެސްއީ ބުނީމަ އެއީ އަމާޒުބޯޓްކަމެއް ނަށީދުގެ ބޮޑުދައިތާގެ ކަމެއް ނޭނގެ