މަސްތުވާތަކެއްޗާއެކު ފުލުހުން އިއްޔެ ހައްޔަރުކުރީ ވީމީޑިޔާގެ ކުޅިވަރު ނޫސްވެރިއާ ލީވާން އަލީ ނާސިރުކަން އެނގިއްޖެއެވެ.

ލީވާންގެ އިތުރުން މި މައްސަލައިގައި ފުލުހުން ވަނީ އިތުރު މީހަކު ވެސް ހައްޔަރުކޮށްފައެވެ. ދެން ހައްޔަރުކޮށްފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި މީގެކުރިން މަސައްކަތް ކޮށްފައިވާ އަންހެނެކެވެ. އޭނާގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ އިން ފޮށިގަނޑެއް ހިފައިގެން އަންނަނިކޮށެވެ. އެ ފޮށިގަނޑުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިން "ރާއްޖެ ޓީވީ" ގައި ވެސް މަސައްކަތްކުރި ލީވާން ހައްޔަރުކޮށްފައިވާއިރު މިއަދު ހަވީރު މުއްދަތު ޖަހަން އޭނާ ކޯޓަށް ވެއްދި މަންޒަރު "ވަގުތު" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް ކޯޓުން އޭނާ އާއި މެދު ނިންމި ގޮތެއް އެނގިފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅޭ މައުލޫމާތު ފުލުހުން އަދި ދީފައިނުވާއިރު އާއްމުކޮށް ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޢަލީ.

    ތިކަމުގަ ފުލުހުން ނުބައިބައި ކުޅެނީ ޓާގެޓަކީ ސަރުކާރައް ޗެލެންޖަކައްވާ ހުރިހާމީހުން ފުރޭމްކޮއް ޖަލައްލުން

    • ޙާމް

      ޙޭބަލިވޭ ބުރޯ

    • އަޒާ

      އަޅެ. މީހަކު އަންތަރީސްވާނުވާނެތަ..؟ ދެލޯކޮޅާ އެއޮތީ ރެޑްހޭންޑްކޮށް ހިފި ވާހަކަ، ސަރުކާރުން އޭނާ ފްރޭމް ކުރަން ޑްރަގު އޭނާގެ އަތަށް ދޭއިރު ކީއްކުރަންތަ އޭގަ ހިފަންވީ...

    • ރިޝްވާން މުޙައްމަދު

      އިދިކޮޅޭމެން މަސްތުވާ އެއްޗެހި ވިއްކަގެން، ވައްކަންކޮށްގެން މީހަކު މަރައިގެން ހައްޔަރުކުރިޔަސް އެއީ ސިޔާސީ ކުށްވެރިއެއް. ތި މީހާ ވެސް ދެން ބޮޑު ލީޑަރަކަށް ވީ. މަހޭހެން ރިޔާސީ އިންތިޚާބު ހުވަފެންުނ ފެނިގެން މައިންބަފައިންލައްވައި ކެންޕޭނުކުރާން ފަށާންވީ. މީހަކު އަޅެ ހައިރާނެއް ނުވާނެތަ؟

    • މަސްކަނޑާ

      ނޫނެކޭ އެމްޑީޕީ ދެމާފިރިޔަކު ވަރިވެގެންގޮސް ވަކިވެއްޖެއްޔާވެސް ނުބައިބައި ކުޅުނީ ފުލުހުންދޯ! އެމްޑީޕީ މީހަކު ރޯގާޖެހިފަ ހުންއައިސް ބަލިވެއްޖެނަމަވެސް އެއީވެސް ފުލުހުންނާ ސަރުކާރުންކުރިކަމެކެވެ! އެމްޑީޕީ މީހަކު ނުވަތަބަޔަކު ބަނޑު ދިޔާވެ މާގިނައިން ޕުއްޕު ލެވެން ފަށާފިނަމަވެސް އެއީވެސް ސަރުކާރާ ފުލުހުން ކުރިކަމެއް! އެމްޑީޕީ ލޮޖިކް މިހުންނަނީ ބޯހަމަޖެހޭ ބަޔަކު ދައްކާ ކަހަލަ ވާހަކަތައް ހުންނަ ޒާތަކަށް ނޫންދޯ! އަންނަނީ ހަމަ ހިނި!!

  2. ޙަފްޞާ / މާލެ

    މަސްތުވާތަކެއްޗާއެކު ރެޑްހޭންޑުކޮށް އަތުލާގަތުންވެސް މީ ބިރުދެއްކުންތަ ދެލޯފުޅާ؟

  3. މަމީ

    މަސްތުވާ ތަކެތި ކާންއިންދާ އަތުލިއަސް ބިރުދެއްކުން.

  4. ޢަލީ ހަމީދު

    މަސްތުގެ ހާލުގަ މަގުމަތީ ދުވާމީހާ ހައްޔަރު ކުރުންވެސް އެއީ ސިޔާސީ މީހެއްވިއްޔާ ބިރުދެއް ކުން.. ލިވާނަކީ ސިޔާސީ މީހެއް އަދި ޑުރަގު ގެންގުޅު ނު މީހެއް

  5. މަޒް

    ތިޔައީ ފުލުހުން އަޑީގައި ތިބެ ކުރި ކަމެއް ކަމަށް ލަފާ ކުރެވެނީ.. ހާދަހާވާ ނުބައި ބައެކޭ

  6. Anonymous

    ކަލޯ ޒުވާނުންނަކީ ތިއީ. މަސްތުވާ ތަކެތި ވިއްކުމާއި ހަށި ވިއްކުމާއި ޒިނޭ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި މުޖުތަމައު ފަސާދަ ކިރުން.

  7. ޖޮއްބެ

    ލަނޑަޔާވާނީ ލަނޑަޔާ މިމީހުންގެ މީހަކު ކިތަންމެ ނުލަފާ ޖަރީމާއެއް ހިންގަނިކޮށް ހިފުނަސް އެއީ ފްރޭމް ކުރުން. އަޖައިބެއް ކަހަލަ ނުލަފާ ޖައްބާރު ބައިގަނޑެކޭ މި ރީނދޫ ބައިގަނޑަކީ އެހެންތާވާނީ މިމީހުންގެ ދީނަކީވެސް މިއްލަތަކީވެސް މަޒްހަބަކީވެސް ކެރަފާ ނަޝީދު.

  8. ބޮއްބޮ

    އެމްޑީޕީގެ މީހުން ނޫސްވެރިކަންވެސް ކުރަނީ މިގޮތަށޭދޯ އެހެންތާވާނީ ގުރޫޖީ މިއޮއްގެން ގޮވަނީ ބޯންޖެހެޔޭ ބޮވެންވެސް ޖެހެޔޭ.

  9. ތޮށަލިތަކުރު

    ބިރުދެއްކުން ހުއްޓާލާށޭ....؟ ނާރަނގަޅަށް.

  10. ހަސަން

    މިމީނުން މިކަމާ އެއްބަހެނުވާނެ ބުނާނެ ފުރޭމްކުރަނީއޭ ރެޑްހޭންކޮ ހިފީމަވެސް

  11. ދިޔާން

    އަޅުގަނޑަކީ ހ މިތާވެށި އަބްދުﷲ ބާގިރު.

    މިހިސާބުން މި ހުންނެވީ ހަނު.

    ދެން މަށާ ވާހަކަ ދައްކައިގެން ނުވާނެ

  12. ސާދު

    ލީވާން މަ ހިޔެއް ނުކުރަން ތިހެން މަށަށް ހަދާނެ ކަމަކަށް ?

  13. 3ނިރު

    އެމްޑީޕީ މީހުންނަކީ ކުއްކުރާކަމަށް ގަބޫލުވެސް ކުރާބައެއްނޫން ކޮންމެކަމެއްވެސް ސިޔާސީ ކުރަނީ ވެރިކަމާހެދި ގޮތްހުސްވެފަތިބި ޖާހިލު ބައެއް އެމްޑީޕީ މީހުންނަކީ

  14. ރަށްދު

    ހަޔާތްކުޑަ މީހެއް ބިރުދެއްކުން ހުއްޓާލާ

  15. މުހައްމަދު

    އެހެންތާވާނީ އެވެރިންގެ ރީހާނީ ލީޑަރުގެ އިރުޝާދަކީ ބިރަކާނުލާ މަޖާކުރުމުގެ ފުރުސަތު މިރާއްޖޭގައި އޮތުން. އެގޮތަށް އަނެއް ރާއްޖެއަށް ދިއުމާށްފުރައިގެން އުޅޭ ދަތުރުގެ ބައިވެރިން އެ އުޅެނީ! އަޅެ ފަހެ ރެކެން ވާހަކަ ދައްކާމީހުން ލަދުގަނޭތަ!

  16. ޔާނު

    ފިސްތޯލަވެސް ފެނުނެއްނު. ކަޅުފޮށިވެސް. ވެދާނެ އެކަހަލަ ކަމަކަށްވެސް.

  17. ބޮލި މުލައް

    އޭނަވެސް ވާނީ ސިޔާސީ ކުށްވެރިޔަކަށް ދޮތަ؟