ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތާވެފައިވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް އެޗްޕީއޭ އިން މިއަދު ތަޢާރަފު ކޮށްފިއެވެ.

މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ޙާއްޞަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭގޮތަށެވެ.

މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ.

މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ. ބީކަންއެއް ފެނިއްޖެނަމަ، "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ.

މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާނެއެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، ވެބްސައިޓް (https://trace.hpa.gov.mv/privacy.html) ގައި ޝާއިޢު ކޮއްފައި ވާނެއެވެ.

އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓުކުރާނެއެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.

މިފަދަ އެޕްތައް ދުނިއޭގެ އެހެން ޤައުމުތަކުގައިވެސް މިވަގުތު ބޭނުން ކުރެވެމުން އެބަދެއެވެ. އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. ޙާއްޞަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސާފެއްނުވި

    މި އެޕް އަޅައިގެން އުޅޭއިރު އަބަދުވެސް ޖެހޭނީ ބުލޫޓޫތު އޮންކޮށްގެން އުޅެންތޯ؟

  2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ގޭގަ އެންމެން ބަންދުކޮށްގެން މިހެންއުޅޭއިރު ތި އެޕުގެ ބޭނުމެއް މަށަކަށް ނޭންގުނު. ކިހާވަރެްް ތި އެޕުހަދަން ދައުލަތުން ހަރަދުކުރިބާ؟

    6
    1
  3. ޓްރަމްޕް

    ގުޑް ޖޮބް!

    4
    3
  4. އަންތަރީސް

    ދެން ކީއްވެތޯ ލޭނަގައިގެން ވެސް 3 ނުވަތަ 4 ފަހަރު ޓެސްޓް ހަދައިގެން ވެސް ނަތީޖާ ކަށަވަރު ނުވެގެން މިއުޅެނީ.. އަގުބޮޑެތި މެޝިނަރީ ނުލިބިގެން މިއުޅެނީ ކީއްވެތޯ.. އާނ.. ރަނގަޅު މިލިޔަނުން މީހުން މި އެޕް ޑައުންލޯޑް ކުރީމާ ވާވަރަށް ލާރި ލިބުނީދޯ އެޕް ހެދި މީހުންނަށް .. ގޯހެއްނޫން.

  5. ޑިމޮކްރަޓިސްޓް

    ތި އެޕް އެޗްޕީއާ ކަނެކްޓްވަނީ ކިހިނެއް؟ މޯބައިލް ޑޭޓާ ބޭނުން ކުރާކަން ނުކުރާކަން ރައްޔިތުންނަށް އެނގެންޖެހޭ. ދިވެހިންނަކީ ގަމާރުންނެއްނޫން. ބުލޫޓޫތުން އެހެން ފޯނުތަކާ ކަނެކްޓްވާވާހަކަ ދެއްކިޔަކަސް އެނިމުނީއެއްނޫން. އަނެއްބައިގެ ވާހަކަވެސް ދައްކަންޖެހޭ. ޑޭޓާކާލާނެ އަނެއްކަމެއް ހިންގާލަނީ.

    4
    1
  6. ސްޓިކް ހައުސް ޒަކިއްޓޭ

    ޔޫސްޑް ލެސް.
    ތިކަމަށް އަހަރެމެން ބޭނުން ކުރަނީ ﷲ އަށް ވަކީލުކުރުމާއި ސަބަބުތަކުގައި ހިފުމާއި ﷲ އަށް ތައުބާވެ ދުޢާކުރުން. އަހަރުން އެޕް ލެސް. އެޕް ކާންޓް ޕްރޮޓެކްޓް މީ އެންޑް މައީ ފެމިލީ. އައި ހޭޓް ބޭކާރު އެޕްސް. ޑޯންޓް ވޭސްޓް އަވަރ ޓައިމް ގުޑް ބައި

    7
    21
    • އަބޫ ގަލަންބޯ

      ސަބަބު ތަކުގަ ހިފުމޭ ބުނެ، ހަމަ އެ ނޭވާގަ ސަބަބުގަ ނުހިފަން ބަހަނާ ތި ދައްކަނީ. ދީން ކިޔަވަނީ އެއްފަޅިން ދޯ؟

      19
      1
  7. ޛސ

    ޥަ ޓް އަ އޭސްޓް

  8. ޝާރިފް

    ހާހެހާ މީހުން ތިރަންގަޅަ ބޭނުން ކޮށްފާނެ....މޮޅު ފޯނުގެން ގުޅުނަސް އޭގެ ހަގީގީބޭނުން ނުހިފާނެ ދިވެހިން....???

  9. އަލިބެ

    ކޮންތާކުތަ ތިބުނާ އެއްޗެއް އިނީ

  10. އަބޫ ގަލަންބޯ

    ވަރަށް ސަޅި އެޕެއް. ވަރަށް ބޭނުންތެރި އެޕެއް. ޕްރައިވެސީ ސްޓޭޓްމަންޓް ފެންނަގޮތަށް ހުރީމަ ވަރަށް ރަނގަޅު. އެހެން ދިވެހި ޑިވެލޮޕަރުންވެސް މިގޮތަށް އަމަލު ކުރާނެ ކަމަށް އުއްމީދު ކުރަން. އައި އޯއެސް އެޕްވެސް ފެންނާނެ އިރާދަކުރެއްވިއްޔާ.