ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތައްޔާރު ކުރަމުން ގެންދާ ކޮވިޑް ވިލެޖްގެ މަސައްކަތުގައި އުޅުނު ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް ވިލެޖްގެ މަސައްކަތުގައި އުޅުނު ދެބިދޭސީ އަކު މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ވިލެޖްގެ މަސައްކަތުގައި އުޅެނިކޮށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އެކަހެރިކޮށް ފަރުވާދޭން ހަދާ 300 އެނދުގެ އެތަން ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ސިފައިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ.

ކޮވިޑް ވިލެޖުން ބައެއް މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު