ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 277 އަށް އަރައިފިއެވެ.

އެހެންކަމުން މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް 27 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ.

މިއަދު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި އެކަކު ފިޔަވާ އެންމެންނަކީވެސް ދިވެހިންނެވެ. މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ބިދޭސީ މީހާއަކީ ޕާކިސްތާނު މީހެކެވެ. އެއީ އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ސަރުކާރުން ހާމަ ކުރެއެވެ.

މިއަދު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ރަޝީދު ކާޕެންްޓްރީގެ ކްލަސްޓާއާ ގުޅުންހުރި ދިވެހިންނެވެ. އޭގެ ތެރޭގައި ކޮވިޑް ވިލޭޖްގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 126 އަށް އަރާފައެވެ. އަދި ފައްސިވި ބިދޭސީންގެ ޢަދަދު 152 އަށް ވަނީ އަރާފައެވެ.

އަދި މާލެ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް މާލެ އިން ދަނީ ކޮވިޑް-19 ޖެހިގައިވާ މީހުން ފެންނަމުންނެވެ.

މީގެ އިތުރުން މާލެ ދަތުރުކުރާ ށ.ނަރުދޫގެ "އަމާޒު" ބޯޓުގެ ކެޕްޓަން ހިމެނޭހެން ނަރުދޫންއިން އަށް މީހަކާއި އަމާޒު ބޯޓުގައި ދަތުރުކުރި އެ އަތޮޅު މިލަންދޫ މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަދި މާލޭގައި ހުރެފައި އުލިގަަމަށް ދިޔަ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު