ރަޝިއާއިން 11 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، 11 ދިވެއްސަކު ވަނީ ރަޝިއާއިން ރާއްޖެ އައިސްފައިވާ ކަމަށާއި، 84 ރަޖިސްޓަރޑް ދިވެހިން މިވަގުތު ރަޝިއާގައި އެބަ ތިބި ކަމަށެެވެ.

"ރަޝިއާގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް މި ފްލައިޓް އޮތްކަން އެނގި އެ ފްލައިޓުން އާދެވޭ ބޭފުޅުން މި 11 ފަރާތެއް އަންނަން ބޭނުންވާ ކަމަށް އަޅުގަނޑުމެންނަށް ރިޕޯޓް ކުރުމުން، މި 11 ފަރާތް ރާއްޖެ އާދެވިފައި މިއަދު މި ވަނީ"

މި މީހުން ރާއްޖެ ގެނެސްފައިވާއިރު، މި މީހުންގެ ޓިކެޓް ކަންތައް ހަމަޖައްސާފައި ވަނީ އަމިއްލައަށެވެ.

މި މީހުން ރާއްެޖެ އައިސްފައި ވަނީ، ރާއްޖޭގައި ތިބި ބިދޭސީން ބަލައި އައި ފްލެޓެއްގައެވެ.

ރަޝިއާއިން 11 ދިވެއްސަކު ރާއްޖެ ގެނެސްފައިވާއިރު، މި މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރާނެއެވެ. އަދި މި މީހުން ދޫކޮށްލާނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނައްސި ވުމުންނެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ، އިނގިރޭސިވިލާތް ބަންގްލަދޭޝް އާއި ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައެވެ. އަދި މީގެ ތެރެއިން ބައެއް މީހުން ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ދޫކޮށްލާފައިވާއިރު، އަދި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންތަކެއް ކޮވިޑް-19 އަށް ވަނީ ފައްސިވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދިވެހިން

  ތިކަމަށްވެސް 4 މިލިއަން ހަރަދުވާނެދޯ

  1
  1
 2. ޭއެލްޕީޔޫ

  އިންޑިޔާ ޕަންޖާބްގައި ތިބިދިވެހިން މަތިން ހަނދާން އެބަހުރިބާ ދ.ސަރުކާރަށް މިދިވެހިން ގެންދެވޭނެ ގޮތް ނެތުމަކީ ލަދުގަންނަންޖެހޭ ކަމެއް..

  1
  1
 3. އަހްމަދު

  އަދި ވެސް ގިނަގިނައިން ބަލި ފަތުރާނަމޭ ހިތާތަ ރާއްޖެއައް މީހުން އެތެރެ ކުރަނި.

  1
  2
 4. ???

  ރާއްޖެއައް މީހުންގެނެވެ ބަލި ހުރި ތަންތނުން
  އެކަމު މާލޭގަ ތިބި މީހުން އެމީހުންގެ ރައްރށައް ނުގެންދެވެ