އުމުރުން ދުވަސްވީ ތިން ދިވެހިންގެ މަރު ކޮވިޑް-19 އާއި ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެއީ ތިނަދޫ އިން ނިޔާވި އުމުރުން ދުވަސްވީ ދެމީހަކާއި މާލެ އިން މިއަދު ނިޔާވި މީހެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުުވިއެވެ. ތިން ވަނަ މީހަކީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހެކެވެ.

ތިން މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ ސާމްޕަލް ނަގާފައެވެ. މަބްރޫކް ވިދާޅުވީ ތިން މީހުންގެ މައުލޫމާތު މާދަމާ ހާމަކުރައްވާނެ ކަމަށެވެ.

ތިނަދޫން ނިޔާވި ދެމީހުންގެ ތެރެއިން އެކަކު އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ކުރިތާ ދެދުވަސް ފަހުން އޭނާ އާއި މެދު ހޮސްޕިޓަލުން ވަނީ ތަފާތު އުސޫލަކުން އަމަލު ކުރަން ފަށާފައެވެ. އެއީ އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ ކަމަށް ބުނެއެވެ. އޭނާ ވަޅުލުމާއި ޖަނާޒާގެ ކަންކަން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންނާއި މެދު އަމަލު ކުރާ އުސޫލުންނެވެ.

ރާއްޖެ އިން މިހާތަނަށް 277 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢޭނާ

    މަރުވީމައެއް ނޫން ބަލަންވީ. ހޮސްޕިޓަލްގައި އެޑްމިޓް ކުރެވޭ އިރަށް ފުރަތަމަ ވެސް ބަލަންވީ. ތިނަދޫ ހޮސްޕިޓަލް ވަނީ ފެއިލް ވެފައި. ފަރުވާކުޑަ ކުރި ދެ ކޭސް މި ވީ

  2. ދުންތަރި

    އެމީހުން ވަނީ ނިޔާވެ ވަޅުލާފަ ތިނަދޫ ހޮސްޕިޓަލުން ނިޔާވި މީހާ ކަފުންނުކޮށް ވަނީ ވަޅުލާފަ އެކަމަކު އެމީހާއަކީ ކުރިންފެށިގެން ބަިމީހެއްކަމަށްވަނީ އެމީހާގެ ސާންޕަލް ނުނަގާ އޮތީ ކޮވިޑަށް ޕޮޒިޓިވްވާފަދަ އެއްވެސް މީހަކާ ގުޅުމެއްނުވާތީ ނަމަވެސް އެމީހާގެ ކަށުކަމާކެމީގެ ކަންތައްކޮށް ވަޅުލިގޮތާމެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށް އެމައްސަލަ ހޫނުވެފައިވާތީ ނިޔާވުމުން ނެގި ސާމްލަޕް ޕޮޒިޓިވްކަމަށް މާދަމާރޭ އިއުލާނުކުރީމާ އާއިލާއިން ކުރިހާޝަކުވާތަކަށް ނިމުމެއް އައީ އެއީ ތިޔަ ގަންނަ ގަނޑަކީ ދައްކާ ވާހަކަޔާ އަމަލަކާ ދިމައެއްނުވޭ ކަންހިނގާ ގޮތާ ސަރުކާރުގެ ތަރުޖަމާޏު ދައްކާ ވާހަކަޔާ ދެކޮޅު ދިމާނުވޭ

  3. ދިވެހިން

    މަބުރުކު ކަލޭއިސްތިއުފާދީ ހަދަނީދުސްދޮގު ފަތުރަނީ ފޭކުހަބަރު