ރާއްޖޭގައި އޯލެވެލް އިމްތިހާނު މި އަހަރު ނުބާއްވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ވިދާޅުވީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައް ވެސް އަލުން މުރާޖަޢާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

"މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާ ވާހަކަ ވެސް ދެންނެވީމެވެ. މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށެވެ. އަދި މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރުބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާވާހަކަވެސް ދެންނެވީމެވެ." ބަޔާނުގައި ވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ މިނިސްޓްރީގެ އިޚްލާސްތެރި ދުޢާއަކީ ދުނިޔެއިން މިބަލިމަޑުކަން ފިއްލަވައި އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކުރެއްވުމެވެ. މިބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ކިޔަވާކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި އެކުދިންނަށް ތަޢުލީމުދިނުމުގައި އެކި މިންވަރަށް އެހީތެރިވާ އެންމެހާފަރާތްތަކަށް ދުޅަހެޔޮ ހަށިހެޔޮ މާދަމައެއް މިންވަރުކުރެއްވުމަށް ދުޢާ ކުރާކަމަށް ވެސް ބަޔާނުގައި ވެއެވެ.

އަދި މިހާރު އިން ގޮތުން ގްރޭޑް 11 އަދި 12ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އޮކްޓޯބަރު/ނޮވެމްބަރު ގައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ސްކޫލްްތައް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަދު

    ބައަލަވާ ދެންއަންނަ އަހަރޯ. ގައުމު ދެން ލޮކްޑައުން އިން ސަލާމަތްވާން އޮތީ ވެކްސިނެއް ލިބިގެނޯ. ވެކްސިން ހަދަން ފަސް އަހަރު. ވީމާ ފަސް އަހަރު ލޮކުގައި.

    1
    5
  2. ޖސޖސ

    ދެރަ habare

  3. ދިވެހިން

    ދެންކީއްވެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް އިމްތިހާނުވެސް އޮންލައިން ކުރަން އެޑިއުކޭޝަނުން ހުއްދަދިނީ؟ އޯލެވެލް އިމްތިހާނުވެސް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ.

    3
    16
    • ސިޒޫ

      ހާދަ ފަހަތުގައޭ ދޯ ތޮއުޅެނީ..އެއީ ހާދަ އުނދަގޫ ކަމެކޭ.

      12
      1
  4. ޑީޑީ

    އިނގިރޭސި ބޮޑުވަޒީރު އޯލެވެލްއާއި އޭލެވެލް ކެންސާލްކުރިތާ މިހާރު ދެމަސްމިވީ! މިތަނުން ކެންސަލްކުރިޔަސް ނުކުރިޔަސް ތިއިމްތިހާން ނޯންނާނެކަންއެނގޭ