23:50

23:16

23:09

23:04

ޑރ. އިބްރާހިމް އަފްޒަލް: އަޅުގަނޑު ދަންނަވާނީ ލިމިޓާ އެކީގައި ވެސް މި ބަލި ރާއްޖޭގައި އޮތީ ކޮންޓްރޯލްގައިއޭ.

23:03

ޑރ. އިބްރާހިމް އަފްޒަލް: އަޅުގަނޑުމެން ލަފާ ކުރި ކަންތައްތަކެއް މިހާރު ހިނގަމުން މިދަނީ. އަޅުގަނޑުމެން މި ދަންނަވަނީ އިތުރު ކޭސްތައް ފުރުސަތު އޮންނާނެއޭ. ޕޮޒިޓިވްވާ މިހާ އެންމެ މަދުވެގެން 15 މީހުންނާ ބައްދަލުވުމުގެ ފުރުސަތު އޮންނާނެ. އެއަށް ވުރެ މަދު ވެސް އަދި ގިނަ ވެސް ވެދާނެ. އޭގެ ތެރެއިން 10 މީހަކު ބަލިވިޔަސް، ކޮންޓެކްޓް ޓްރޭސިން އިން 150 އަށް އަރާނެ މީހުންގެ އަދަދު.

22:56

22:55

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޓްރީ ޓޮޕުން އެދިފައި ވަނީ، އެ ހޮސްޕިޓަލްގައި މިހާރު ފަރުވާދޭ މީހުން އެހެން ތަނަކަށް ބަދަލު ކުރަން. އަޅުގަނޑުމެން ނިންމާފައި މިއޮތީ އައިޖީއެމްއެޗަށް ބަދަލު ކުރަން. މިހާރު މިއޮތީ ޓްރީ ޓޮޕް އެކްޓިވޭޓް ކުރަން ޖެހޭ ހާލަތުގައި.

22:42

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: 280 އަކީ 126 ގެ ޕްރައިމަރީ ކޮންޓެކްޓެއް. 25 ވަނަ ދުވަހު ޕޮޒިޓިވްވެފައި ވަނީ 126 ވަނަ މީހާ. އަދި ޕްރައިމަރީ ކޮންޓެކްޓެއް ކަން 280 އެނގުނީ ހަމަ އެ ދުވަހު. 280 ގެ ސާމްޕަލް ނެގީ 28 ވަނަ ދުވަހު. އެ ކަން ހިނގައި ދިޔަ ގޮތް މި ދަނީ ބަލަމުން. ތަހުގީގު ނިމުމާ އެކީގައި މިކަން ކިޔައި ދޭނަން. ޔަގީން ކަމާ އެކީގައި އެނގެން ޖެހޭ އެބަ ދެ ދުވަހެއް ހިނގާފައި އޮތް ކަން. އަދި އަޅުގަނޑު ގަބޫލު ކުރަން ދެ ދުވަސް ލަސް ކަމަށް ސާމްޕަލް ނުނަގާ.

22:38

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޑައިރެކްޓް ކޮންޓެކްޓްވާ އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގައި އާ އެސްއޯޕީއެއް ހެދުމަށްޓަކައި ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ.

22:36

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ޓްރީ ޓޮޕް އަދި އެކްޓިވޭޓްކޮށްފައެއް ނުވޭ. އެކަމަކު، މަޝްވަރާ ކުރިއަށް އެބަދޭ. މާ ގިނަ ދުވަހެއް ނުވެ، އެ ތަން އެކްޓިވޭޓްކޮށްފާނެ.

22:35

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ހުރީ ކަރަންޓީނުގައި. އެ ތަންތަނުގައި 1085 މީހަކު ހިމެނޭ. ކަރަންޓީނުގައި ހުރުމުން އެތަންތަނުގައި ތިބި މީހުންގެ ކަންކަން ރެޑްކްރެސެންޓުން ދަނީ ބަލަހައްޓަމުން.

22:33

22:31

22:26

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: 95 ވޭދަނަ (ކޭސް) އަކީ ބިދޭސީން އުޅޭ ތަނަކުން ފެނުނު ވޭދަނަތަކެއް. އަޅުގަނޑަށް އެނގޭ ކުރިއަށް އޮތް ތަނުގައި މި ތަންތަނާ ބެހޭ ގޮތުން މޫވްމަންޓްތަކެއް އެބަހުރިކަން. އެކަން ފަހުން އަންގާލާނަން.

22:24

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިއަދު ބަލި ޖެހުނު 95 މީހުންނަކީ އެއް ތަނެއްގައި ތިބި ބައެއް.

22:23

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވި ގޮތުގައި ރޭގައި ނިޔާވީ ވޭދަނަ (ކޭސް) 280. މިއީ އެމްއެޗްއޭގެ ކްލަސްޓާގައި ހިމެނޭ މީހެއް ކަމަށާއި 83 އަހަރުގެ އެ އަންހެން މީހާ އަކީ ދިގު މުއްދަތަކަށް ބޭސް ކާ މީހެއް.

22:18

ޑރ. އިބްރާހިމް އަފްޒަލް: މިއަދު އެންމެ ގިނަ އަދަދަކަށް ފެނުނީ ކޮވިޑް ވިލެޖް ކްލަސްޓާ އިން.

22:16

ޑރ. އިބްރާހިމް އަފްޒަލް: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 119 މީހެއްގެ ގައިން ކޮވިޑް-19 ވަނީ ފެނިފައި. އެންމެ ބޮޑު ކްލަސްޓާގެ ގޮތުގައި އޮތީ ބާޒާރުމަތި ކްލަސްޓާ. އެ ކްލަސްޓާގެ އިތުރު މީހުން ދަނީ ފެންނަމުން. ކޮވިޑް ވިލެޖްގެ ކްލަސްޓާ އާއި އެމްއެންޑީއެފްގެ ކްލަސްޓާ ވެސް ބޮޑު.

22:13

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ނިޔާވި މީހާގެ ފިރިމީހާ ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދޭ. އޭނާއަށް ނޭވާލާން އުނދަގޫވެގެން ފަރުވާ ދެވުނު. އެކަމަކު، މިހާރު އޭނާގެ ހާލު ސްޓޭބަލް.

22:12

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ނިޔާވި މީހާ އުފުލި އެމްބިއުލަންސްގައި ތިބި ކްރިއު އިން ތިބީ ޕީޕީއީ އަޅައިގެން. ނިޔާވި މީހާ ތަޔައްމަމް ކުރެވުނު. ޓެގް އާއި އިސްލާމިކް މިނިސްޓްރީން މަޝްވަރާކޮށްފައި، މިނިސްޓްރީން ފަތުވާ ނެރެފައި ވަނީ ޕޮޒިޓިވް ކޭސްތަކާއި ޝައްކު ކުރެވޭ ކޭސްތަކުގައި ތަޔައްމަމް ކުރަން.

22:09

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: ކޮވިޑް-19 ބަލީގައި މަރުވި މީހާގެ މައްސަލައިގެ ތަހުގީގެއް ވަނީ ފަށާފައި.

22:08

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 3،501 މީހުން ފާހަގަ ކުރެވިފައިވޭ. އައިސޮލޭޝަންގައި 320 މީހުން އެބަތިބި. އަދި ކަރަންޓީން ފެސިލިޓީތަކުގައި 1000 އަށް ވުރެ ގިނަ މީހުން އެބަތިބި. 123 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައި.

 

22:06

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް: މިހާތަނަށް 8،008 ސާމްޕަލެއް ނެގިފައި ވަނީ. 6915 ސާމްޕަލެއް ނެގަޓިވްވެފައި ވަނީ. 697 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައި ވަނީ. މިވަގުތާ ހަމައަށް 396 ސާމްޕަލެއް ޕޮޒިޓިވްވެފައި ވަނީ. އެއީ 142 ދިވެހިންނާއި 254 ބިދޭސީން.

 

22:01

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

21:13

21:01

ފިލިޕީންސް އިން އިތުރު 276 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 10 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 8488 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 568 މީހަކު ވަނީ މަރުވެފައި.

21:00

ސާބިއާ އިން އިތުރު 285 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 6 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9009 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 179 މީހަކު ވަނީ މަރުވެފައި.

21:00

ޑެންމާކުން އިތުރު 150 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 9158 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 454 މީހަކު ވަނީ މަރުވެފައި.

20:59

އިންޑޮނީޝިއާ އިން އިތުރު 347 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10118 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 347 މީހަކު ވަނީ މަރުވެފައި.

20:58

ޔޫކްރޭނުން އިތުރު 540 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10406 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 261 މީހަކު ވަނީ މަރުވެފައި.

20:57

ރޯމޭނިއާ އިން އިތުރު 262 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 12 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 12240 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 262 މީހަކު ވަނީ މަރުވެފައި.

20:56

ޔޫއޭއީ އިން އިތުރު 552 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 7 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 12481 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 105 މީހަކު ވަނީ މަރުވެފައި.

20:55

ޕޮލޭންޑުން އިތުރު 141 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 4 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 12781 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 628 މީހަކު ވަނީ މަރުވެފައި.

20:54

ބެލަރަސް އިން އިތުރު 846 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 14027 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 89 މީހަކު ވަނީ މަރުވެފައި.

20:52

ޗިލީން އިތުރު 1138 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 16023 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 227 މީހަކު ވަނީ މަރުވެފައި.

20:51

ޕާކިސްތާން އިން އިތުރު 592 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 16117 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 358 މީހަކު ވަނީ މަރުވެފައި.

20:50

ސްވިޑެން އިން އިތުރު 790 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 124 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 21092 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 2586 މީހަކު ވަނީ މަރުވެފައި.

20:49

ސްވިޒަލޭންޑުން އިން އިތުރު 179 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 29586 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 1737 މީހަކު ވަނީ މަރުވެފައި.

20:48

ޕޯޗުގަލް އިން އިތުރު 540 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 16 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 25045 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 898 މީހަކު ވަނީ މަރުވެފައި.

20:47

ސައުދީ އަރަބިއްޔާ އިން އިތުރު 1351 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 5 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 22753 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 162 މީހަކު ވަނީ މަރުވެފައި.

20:45

ނެދަލޭންޑްސް އިން އިތުރު 514 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 84 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 39316 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 4795 މީހަކު ވަނީ މަރުވެފައި.

20:44

ބްރެޒިލް އިން އިތުރު 885 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 80246 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 5541 މީހަކު ވަނީ މަރުވެފައި.

20:43

ސްޕެއިން އިން އިތުރު 2740 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 268 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 239639 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 24543 މީހަކު ވަނީ މަރުވެފައި.

20:35

20:00

19:32

19:04

18:32

17:29

17:15

17:12

ސުޕްރިޑެންޓް އޮފް ޕޮލިސް ސަމީރު: ޑެލިވަރީއަށް ދޫކޮށްފައިވާ ފާސްތައް ބަދަލު ކުރަން ވަނީ ނިންމާފައި. ޕޯޓަލް މެދުވެރިކޮށް އަލުން ޑެލިވަރީ ޕާމިޓަށް އެދެވޭނެ. ޑެލިވަރީ ކުރާ ވެހިކަލަށް ވަކި ފާހެއް، އަދި ޑެލިވަރީ ކުރާ މީހުންނަށް ވަކި ފާހެއް ލިބޭނެ. އަދި ފިހާރަތަކުގައި އުޅޭ ސަޕޯޓު ސްޓާފުންނަށް ވަކި ފާހެއް ލިބޭނެ.

16:34

16:16

16:12

15:59

15:38

ޗިލީން އިތުރު 250 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15135 އަށް އަރާފައި.އެ ގައުމުން މިހާތަނަށް މި ބަލީގައު މަރުވީ 216 މީހުން.

15:36

ސިންގަޕޫރުން އިތުރު 528 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 16169 އަށް އަރާފައި.އެ ގައުމުން މިހާތަނަށް މި ބަލީގައު މަރުވީ 14 މީހުން.

15:35

ޗައިނާއިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 82862 އަށް އަރާފައި.އެ ގައުމުން މިހާތަނަށް މި ބަލީގައު މަރުވީ 4633 މީހުން.

15:34

ކޮވިޑް-19 ޖެހިގެން ޖަޕާނުން އިތުރު 12 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 425 އަށް އަރާފައި. އެ ގައުމުން އިތުރު 70 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 13965 އަށް އަރާފައި

15:34

15:33

ކޮވިޑް-19 ޖެހިގެން އޮސްޓްރިއާއިން އިތުރު ހަތަރު މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 584 އަށް އަރާފައި. އެ ގައުމުން އިތުރު 50 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15452 އަށް އަރާފައި

15:32

ކޮވިޑް-19 ޖެހިގެން ޕާކިސްތާނުން އިތުރު ތިން މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 346 އަށް އަރާފައި. އެ ގައުމުން އިތުރު 234 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15759 އަށް އަރާފައި

15:30

ކޮވިޑް-19 ޖެހިގެން އިސްރާއީލުން އިތުރު ހަތަރު މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 219 އަށް އަރާފައި. އެ ގައުމުން އިތުރު 36 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 15870 އަށް އަރާފައި

15:29

ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 163 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1732 އަށް އަރާފައި. އެ ގައުމުން އިތުރު 1047 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 17799 އަށް އަރާފައި

15:28

ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 93 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7594 އަށް އަރާފައި. އެ ގައުމުން އިތުރު 660 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 48519 އަށް އަރާފައި

15:27

ކޮވިޑް-19 ޖެހިގެން ބްރެޒިލްއިން އިތުރު ދެ މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5513 އަށް އަރާފައި. އެ ގައުމުން އިތުރު 324 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 79685 އަށް އަރާފައި

15:26

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 101 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1073 އަށް އަރާފައި. އެ ގައުމުން އިތުރު 7099 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 478594633 އަށް އަރާފައި

15:24

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 13 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 61669 އަށް އަރާފައި. އެ ގައުމުން އިތުރު 378 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1064572 އަށް އަރާފައި

15:19

14:58

14:57

14:00

13:49

13:20

13:12

12:44

12:20

12:12

11:36

10:44

ޗައިނާ އިން އިއްޔެ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ ހަތަރު މީހުން. އިއްޔެ ވެސް ޗައިނާ އިން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައެއް ނުވޭ. ޗައިނާގައި މިހާރު ތިބީ ބަލި ޖެހިފައި ތިބި 619 މީހުން. ޗައިނާގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން ހާލު ސީރިއަސް މީހުންގެ ގޮތުގައި ތިބީ 41 މީހުން.

10:37

10:28

05:00

04:55

ޖަރުމަންވިލާތުން އިތުރު 1285 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 91 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 161197 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 6405 މީހަކު ވަނީ މަރުވެފައި.

04:54

އެމެރިކާއިން އިތުރު 6207 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 24 ގަޑިއިރު ތެރޭގައި އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު 24227 އަށް އަރައިފި.

އެޤައުމުން އިތުރު 425 މީހަކު މި ބަލީގައި މަރުވެފައިވައިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މަރުވި މީހުންގެ އަދަދު 2242 އަށް އަރާ.

މިހާތަނަށް އެމެރިކާގައި ޖުމްލަ 105992 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ. އޭގެތެރެއިން މިހާތަނަށް ޖުމްލަ 61508 މީހަކު ވަނީ މަރުވެފައި. އެމެރިކާއަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސްމެ.

04:05

03:00

02:50

02:43

02:17

ޑރ. އަލީ ލަތީފް: ކެއްސާ ނަމަ، ނޭވާ ކުރުވާ ނަމަ، އެކަން އަޅުގަނޑުމެންނަށް އެނގެން ޖެހޭ. އަޅުގަނޑުމެން ބަހައްޓަން ބޭނުންވަނީ ސެލްފް ސާޕޯޓިން މެކޭނިޒަމެއް. ބަލީގެ އަލާމާތެއް ފެންނަ ނަމަ، ރިޕޯޓު ކުރަން މި އޮންނަނީ.

02:17

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މޮނިޓަރިން ހާލަތުގައި ކުރަން ޖެހޭ ކަމެއް ނުކުރެވިގެން އުޅޭ ކަމެއް ފާހަގަ ކުރެވިފައެއް ނުވޭ. އައިޖީއެމްއެޗްގައި ތިބި ހުރިހާ ބަލި މީހުންނާ ގުޅޭ ޑައިރެކްޓް ކޮންޓެކްޓުން ހޯދައި ސާމްޕަލް ނެގިފައި ވާނެ ކަމަށް ގަބޫލު ކުރަނީ. މިއަދު ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ނިމިފައިވާ ކަން ނުވަތަ ނޫން ކަން ނޭނގޭ. ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކަން ހާމަވާނެ.

02:14

ޑރ. އަލީ ލަތީފް: ނިޔާވި އަންހެން މީހާ ގެންދިޔަ އެމްބިއުލަންސްގެ ޑްރައިވަރު ވާނީ ލޯ ރިސްކު. އޭނާގެ ރިސްކު ވަރަށް ކުޑަ. އޭނާ ހުރީ އަންގި އާއި މާސްކް އަޅައިގެން.

02:13

ޑރ. މޫސާ ހަސަން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

02:13

02:13

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި. --- ފޮޓޯ: ރައީސް އޮފީސް

02:07

ރާއްޖެ އިން މިހާތަނަށް 280 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި.

02:04

ޑރ. އަލީ ލަތީފް: ހައި ރިސްކް ބަލި މީހުންގެ ސާމްޕަލް ނަތީޖާ ނުލިބުނަސް، ބަލަން ވާނީ ޕޮޒިޓިވް ކަމަށް. ފުރަތަމަ ނަތީޖާ ނެގެޓިވްވިޔަސް، 14 ފަހުން އެބަހުރި ޕޮޒިޓިވްވެފައި. ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ، މިސާލަކަށް ކެއްސާ ނަމަ، އަޅުގަނޑުމެން އަންގަން ވާނެ. ނަތީޖާ ނާންނަ ނަމަ، ކަންބޮޑުވާނެ ކަން އެނގޭ. ޓެސްޓްގެ ނަތީޖާ ލަސްވިޔަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ބަލަން ޖެހޭ ޕޮޒިޓިވްވެފައި ހުރި މީހަކާ ކޮންޓެކްޓްވެފައި ހުރި ނަމަ.

02:03

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އާންމުކޮށް ހަ ގަޑިއިރުގެ ތެރޭގައި ސާމްޕަލްގެ ނަތީޖާ ލިބެނީ. އެކަމަކު، މި ފަހުން އަދަދުތައް އިތުރުވަމުން ދިއުމާއި ކޮންޓެކްޓް ޓްރޭސިންގެ އިތުރުން އަޅުގަނޑުމެންގެ ތެރޭގައި ބަލި ހުރި މިންވަރު ބެލުމަށް ސާމްޕަލްތައް ނެގޭ. ބޭރުގެ ފަރާތްތަކުގެ ތެރޭގައި އާދަޔާ ހިލާފަށް އިތުރުވާތީ އެމީހުންގެ ސާމްޕަލްތައް އެބަ ނެގޭ. ސާމްޕަލްތައް ނެގުމުގައި ރިވައިސް ކުރޭ.

02:00

ޑރ. މޫސާ ހަސަން: އައިސީޔޫގައި އޮތް ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިން. ދެން އޮތީ ބިދޭސީއެއް.

01:59

ޑރ. އަލީ ލަތީފް: ކަރަންޓީން ފެސިލިޓީ ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއްގައި ހުއްޓައި ހާލު ބޮޑުވެއްޖެ ނަމަ، ދަރުމަވަންތައަށް ބަދަލު ކުރަނީ. އައިސީޔޫ އަށް ބަދަލު ކުރާ އިރު، ކޮންމެ މީހަކު ވެންޓިލޭޓަރަށް ލާކަށް ނުޖެހޭ. އެކަމަކު، އައިސީޔޫ އަށް ލައިގެން ވަރަށް ރަނގަޅަށް ފަރުވާ ދެވޭނެ.

01:57

01:56

01:54

އަލީ ލަތީފް: އަޅުގަނޑުމެން ހަމަޖައްސާފައި އޮންނާނީ ހާލު ބޮޑުވާ މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމަށް.

01:53

ޑރ. މޫސާ ހަސަން: ދަރުމަވަންތަ ހޮސްޕިޓަލްގައި ފަސް މީހުން އެޑްމިޓްކޮށްފައިވޭ. ތިން މީހުންނަކީ އެހެނިހެން ބަލިތައް ތަހަންމަލް ކުރާ މީހުން. އޭގެތެރޭގައި ހަކުރު ބަލި، ލޭ މައްޗަށް ދިއުން އަދި ސްޓްރޯކް ޖެހުނު މީހުން. 80 އަހަރުގެ މީހާ އަށް އޮކްސިޖަން ދިނިން. އަދި މިރޭ 70 އަހަރުގެ މީހަކު ވަނީ ދަރުމަވަންތަ އަށް ބަދަލުކޮށްފައި. ދެން އޮތީ 40 އަހަރުގެ ދެ މީހުންނާއި 60 އަހަރުގެ މީހެއް. އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލަން. ތިން މީހަކު އޮތީ އޮކްސިޖަން ސަޕޯޓުގައި.

01:49

ޓެގްގެ ލީޑަރު ޑރ. އަލީ ލަތީފް: މިހާރު ހުރި ކޮމްޕްލިކޭޝަން ރޭޓް މައްޗެއް ނޫން. އައިސީޔޫގައި މިހާތަނަށް ބޭއްވީ ފަސް މީހުން. އެމީހުންގެ ހާލު ރަނގަޅު. އެހެން ބަލިތައް ހުންނަ ނަމަ، ފުރާނަ ގެއްލުން ފަދަ ކަންކަން ދިމާވާނެ.

01:49

01:48

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: އެމީހާ ހިނެވުމުގެ ކަންކަން ކުރިއަށް ދާނީ ސިފައިންގެ އަންހެން ކަނބަލުން. ސިފައިންގެ ބައެއް މީހުން ވަނީ ޕޮޒިޓިވްވެފައި. އެކަމަކު ސިފައިން ހިތްވަރާ އެކީގައި ކޮވިޑް-19 އަށް ކުރިމަތިލާ ކަން ފާހަގަ ކުރަން. ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަބްދުﷲ ލަތީފް އާ ވާހަކަ ދެއްކިން.

01:47

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: ނިޔާވި ކޭސްއާ ގުޅިފައި ވަނީ ކޭސް 126 އާ. ނިޔާވި މީހާގެ ސާމްޕަލް ލިބުނު އިރު އޮތީ ނިޔާވެފައި. މިއީ ނުރައްކާތެރި މަރުހަލާއެއް މި ފެށިގެން ދިޔައީ. އަޅުގަނޑުމެންނަށް ލަފާ ކުރެވޭ އަދަދުތައް އެބަހުރި. އެކަން ހާމަ ކުރާނަން.

01:45

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން: މިއަދު އިރުއޮއްސުނު ވަގުތުގައި ނިޔާވެފައި ވަނީ އައިމިނަތު އާދަމް 83، މި ހިތާމައިގައި ސަރުކާރުން ބައިވެރިވަން.

01:44

ކުއްލި ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

01:41

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓުވީޓު. މަހްލޫފް މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަންގައި.

01:36

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ﷲ ސުބްހާނަހޫ ވަތައާލާ މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާ އަށް ކެތްތެރިކަން ދެއްވާށި.

01:35

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު ނިޔާވި ޚަބަރު އަޑު އެހީ ފުން ހިތާމައާއެކު. ނިޔާވި ފަރާތަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. މާތްﷲ އަޅަމެން އެންމެންނަށް މި ބަލިން އަވަހަށް ސަލާމަތްތެރިކަން ދެއްވާށި.

01:31

ފަލަސްތީނުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 344 އަށް އަރައިފި. މިހާތަނަށް މި ބަލީގައި އެޤައުމުން ދެމީހަކު މަރުވެފައިވޭ.

01:31

ނޭޕާލް އިން އިތުރު 3 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 57 މީހަކަށް މި ބަލި ޖެހިފައިވާއިރު، އަދި މި ބަލީގައި އެޤައުމުން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެއް ނުވޭ.

01:31

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް: ﷲ ހެޔޮ ރަހްމަތާއި ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި. އާއިލާއަށް ކެތްތެރިކަން ދެއްވާށި. މިއީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރަންވީ ވަގުތު.

01:30

ލަންކާ އިން އިތުރު 30 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 649 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 7 މީހަކު ވަނީ މަރުވެފައި.

01:30

މިސްރުން އިތުރު 226 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 21 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5268 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 380 މީހަކު ވަނީ މަރުވެފައި.

01:29

ބަންގްލަދޭޝް އިން އިތުރު 641 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7103 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 163 މީހަކު ވަނީ މަރުވެފައި.

01:28

ޔޫއޭއީ އިން އިތުރު 549 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 11929 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 98 މީހަކު ވަނީ މަރުވެފައި.

01:28

އަޔަލޭންޑުން އިތުރު 376 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 31 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 20253 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 1190 މީހަކު ވަނީ މަރުވެފައި.

01:27

01:24

އެމެރިކާއިން އިތުރު 2304 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު 18401 އަށް އަރައިފި. މިހާތަނަށް އެޤައުމުން ޖުމްލަ 1054166 މީހަކަށް މި ބަލި ޖެހިފައިވޭ.

01:23

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 262 މީހަކު މަރުވެ، މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން މަރުވި މީހުންގެ އަދަދު 1743 އަށް އަރައިފި. އެޤައުމުން މިހާތަނަށް މި ބަލީގައި ޖުމްލަ 61009 މީހަކު ވަނީ މަރުވެފައި.

01:21

01:20

01:16

01:09

ސަރުކާރުން ބާއްވަން ނިންމި ކުއްލި ނޫސްވެރިންގެ ބައްދަލުވުން 1:30 ލަސްވެއްޖެ.

01:07

ކޮވިޑް-19 ޖެހިގެން ސްވިޑެން އިތުރު 107 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2462 އަށް އަރާފައި. އެ ގައުމުން އިތުރު 681 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 20302 އަށް އަރާފައި

01:07

ކޮވިޑް-19 ޖެހިގެން ނެދާލެންޑުން އިތުރު 145 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4711 އަށް އަރާފައި. އެ ގައުމުން އިތުރު 386 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 38802 އަށް އަރާފައި

01:06

ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 170 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7501 އަށް އަރާފައި. އެ ގައުމުން އިތުރު 525 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 47859 އަށް އަރާފައި

01:05

ކޮވިޑް-19 ޖެހިގެން ކެނެޑާއިން އިތުރު 125 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2984 އަށް އަރާފައި. އެ ގައުމުން އިތުރު 1205 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 51231 އަށް އަރާފައި

01:04

ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 89 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 5957 އަށް އަރާފައި. އެ ގައުމުން އިތުރު 1073 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 93657 އަށް އަރާފައި

01:03

ކޮވިޑް-19 ޖެހިގެން ތުރުކީން އިތުރު 89 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3081 އަށް އަރާފައި. އެ ގައުމުން އިތުރު 5841 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 99399 އަށް އަރާފައި

00:54

00:54

00:49

ކޮވިޑް-19 ޖެހިގެން ފްރާންސް އިތުރު 427 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 24087 އަށް އަރާފައި. އެ ގައުމުން އިތުރު 1607 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 167518 އަށް އަރާފައި

00:48

ކޮވިޑް-19 ޖެހިގެން އިޓަލީން އިތުރު 323 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 27682 އަށް އަރާފައި. އެ ގައުމުން އިތުރު 2086 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 203591 އަށް އަރާފައި

00:47

ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިތުރު 453 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 24275 އަށް އަރާފައި. އެ ގައުމުން އިތުރު 4771 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 236899 އަށް އަރާފައި

00:45

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 1481 މީހަކު ވަނީ މަރުވެފައި، މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 60747 އަށް އަރާފައި. އެ ގައުމުން އިތުރު 16097 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1051862 އަށް އަރާފައި

00:22


ރާއްޖެ އިން މިއަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ ތެރޭގައި ދިވެހިން އެހެން ދުވަސްތަކަށް ވުރެ ގިނައިން ހިމެނިއްޖެއެވެ. މިއަދު މިހާތަނަށް 28 މީހަކު ފައްސިވެފައި ވާއިރު އޭގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެންނަކީ ވެސް ދިވެހިންނެވެ. މިއަދު ފައްސިވި ދިވެހިންގެ ތެރޭގައި 14 ސިފައިން ވެސް ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ ވަނީ 278 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި ބަންގްލަދޭޝްގެ 115 މީހަކާއި އިންޑިއާގެ 17 މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާންގެ ތިން މީހަކާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ މީހެއްގެ އިތުރުން އިތުރު ތިން މީހެކެވެ. އެތިން މީހުންގެ ގައުމު ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އިން މިއަދު ލިބިފައިވާ އިތުރު ޚަބަރުތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ 80 އަހަރުގެ މީހާގެ ހާލު އިތުރަށް ގޯސްވެފައިވާކަން މިރޭ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވީ ތިން މީހެއްގެ މަރާއި ކޮވިޑް-19 އާއި ގުޅުމެއް އޮތްތޯ ބަލަމުންދާ ކަމަށް ވެސް މިރޭ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަހަރު އޯލެވެލް އިމްތިހާން ނުބާއްވަން މިރޭ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ގޮތުގައި މިއަދު 4419 މީހަކުގެ މައުލޫމާތު ހާމަކޮށްފައި ވެއެވެ. އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު މިހައި ބޮޑަށް އިތުރުވެފައި ވަނީ ކޮވިޑް-19 ފެތުރެން ފެށިފަހުން ހޮސްޕިޓަލްތައް ފިޔަވައި އެހެން ތަންތަނުން މަރުވި ކޮވިޑް-19 ގެ ބަލި މީހުންގެ މައުލޫމާތު މިއަދު ފުރަތަމަ ފަހަރަށް ހާމަ ކުރުމުންނެވެ.

ޖުމްލަކޮށް ދުނިޔޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު އަދިވެސް މަދުވަމުން ނުދާކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު