ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" މިކަން ކަށަވަރު ކުރެވިފައިވާ އިރު، ބަލި ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެއް ކަަމަށްވާ އާމިނަތު އާދަމްއެވެ. އޭނާ ނިޔާވީ މިރޭ 7:10 ގައެވެ.

މިހާރު މިކަން ސަރުކާރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މި ކޭސް ގުޅިފައި ވަނީ މީގެ ކުރިން ފައްސިވި 126 ވަނަ ކޭސް އާއި ގުޅުން ހުރި ފަރާތަކާއި ކަމަށެވެ. ނިޔާވި އާމިނަތު އާދަމްގެ ސާމްޕަލް 27 ވަނަ ދުވަހުގެ ރޭ ދަންވަރު ނެގުނު ކަމަށް އަމީން ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާ ލިބުނުއިރު، އޭނާ ނިޔާވެފައިވާ ކަަމަށް އަމީން ވިދާޅުވިއެވެ.

"މިއަދު ހަވީރު އިރުއޮއްސުނުއިރު ނޭވާލާން އުނދަގޫވެގެން އެ މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު އޮތީ ނިޔާވެފައި" އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ އަމީން މިރޭ ވިދާޅުވީ، އޭނާ ހިނެވުމުގެ ކަންކަމާއި، ނިޔާވުމަށްފަހު ވަޅުލުމުގެ ކަންކަން ހަމަޖައްސާފައި ވަނީ އިލްމުވެރިންނާއި މަޝްވަރާ ކުރެވިގެން ކަމަށާއި، އޭނާ ހިނެވުމުގެ ކަންކަން ކޮށްފައިވަނީ ސިފައިންގެ އަންހެން ކަނބަލުން ކަމަށެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 280 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން 125 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ. މިހާރު މި ބަލިމަޑުކަމުގައި ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. އުސައިދު

    ??????????????????????????????

    61
    3
    • Anonymous

      ޏުލަފާ

  2. ސުވާލެއް

    މޮނިޓަރ ނުކުރެވުނުތާ

    98
    46
  3. މާމީ

    ދުވަސްވީ މީހެއް، މޮނީޓަރިންގަ އޮއްވާ މަރުވީ... ޢެންމެން ވެސް ކަންތަކާ ވިސްނާ...

    89
    8
    • މަ

      ހޫން ތިވީ ދެން ހުރިހާ ގައުމެއްގެ ވެރިން އިސްތިއުފާއަށް ގޮވާ...
      އެމީހާގެ ގައިން އަލާމާތެއް ނުފެންނަންޔާ އަންހެންމީހާގެ ހާލަތަށް ބަލާފަ މޮނިޓަރިންގަ ބަހައްޓފާނެ ދޯ ...

      42
      30
  4. ހަމްދު

    އިބޫ އިސްތިއުފާ ދޭންވީ. މަޖުލިސް އިސްތިއުފާ ދޭންވީ. އަންނި އަނގައިގަ ބޯލްޓު އަޅައި މަތަކުރަންވީ

    153
    38
  5. މަަައި

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    191
    2
  6. އަހުމަދު

    إنا لله وإنّا إليه راجعون

    164
  7. ??

    ﷲ އަކުބަރް

    115
  8. އަހްމަދު

    ކިތަންމެ ވަރަކަށް މޮނީޓާރ ކުރިޔަސް ވަގުތު އައިސް ޖެހުނީމަކާ ލަހެއް ފަހެއް ނުވާނެ. ??

    235
    9
  9. skm

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    107
    1
  10. ތުރިޕުލްއެލް

    މިހެންވެއޭ މަމިބުނަނީ ސަރުކާރެއްއޮތުމުގެ ބޭނުމެއް އެބައޮތްތޯ އިބޫސޯލިހު މިކަމައް ޖަވާބެއް ދީބަލަ ފިލާނޯވެ

    97
    24
  11. ޑީޑީ

    إنالله وإناإليه راجعون

    98
  12. skm

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    "Verily we belong to God, and verily to Him do we return."

    86
    1
  13. އައިޝާ

    إنا لله وإنّا إليه راجعون

    80
  14. ޔޔ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    67
  15. ަލީން

    إنا لله وإنّا إليه راجعون

    67
  16. ބޭކާރު

    ޢަދިވެސް މީހުން ގޭގަ ބައިތިއްބާނަމަ ބަލިޖެހަެމީހުން އިތުރުވާ ހާލަތަށް ނިމުމެއް އަބްނާނެތަ

    59
    6
  17. ޢަހްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    68
  18. ަައެއްމެން

    މިބަލިމަޑު ކަމުން ސަލާމަތް ކުރައްވާށި.

    141
  19. ޙފ

    ޢެއްމެ މީހަކު މަރުވި އިރަށް ހޭބަލިވެގެން އިސްތޮއުފާއައް ގޮވަމުން ތި ދުވަނީ ރާއްޖެއިން އެހެން ގައުމް ތަކާ ބަލާ ހާސް ގުނަ ރައްޖެ ރަނގަޅު ..ގޭގއޮންނނ ގޮވީ މިހާލަތައް ދާން ބޭނުން ނުވާތީ އެކަމް އެކަންވެސް ނުވިތީ މިހާލަތައް މި ދިޔައީ

    67
    89
    • ދޮންކަލޯ

      ބަލަ އެހެން ގައުމުތަކަށް ވުރެ މިގައުމުގެ އާބާދީގެ ނިސްބަތުން މީހުން މަރުވެދާނެ ސަބަބުތަކާމެދު ވިސްނާލިންތަ؟ އެއުޅެނީ އަދި ފުރަތަމަ ކަމަކަށް ރިޕޯރޓް ކުރާ ބަލިމީހާ ގާތަށް ނުދެވިގެން.. ކަލޯއަށް އެނގޭތަ؟ އިކުއެޑޯ ގެ މަގުތަށް މަތީގަ އެތަށް ސަތޭކަ މީހުން މަރުވެ ކުނިވެފައި ތިބިކަން އެއީ ކީއްވެކަން. މިގައުމު މިދާރޭޓުން ދަންޏާ އެހެން ނުވެދާނެއޭ އެއްވެސް މީހަކު ނުބުނާނެ. ﷲ އިރާދަފުޅުން އެހެން އެކަންތަށް މެދުވެރި ނުކުރައްވާނެ.

      125
      5
    • އޭއާރު

      ސަރުކާރު ނުހުއްޓުވޭނެ ކަމައްބުނެ ޓުއަރިސްްޓުން އެތެރެކުރީ ވިޔަފާރިވެރިންގެ ބަހައްހެއްލިގެން. މިއަދު ގައުމައް ފަތުރުވެރިޔަކައްވެސް ނާދެވި މުޅިމާލިއްޔަތު މިކަމައްހުސްވެ ރައްޔިތުންގެ ފުރާނައިން އަގުދައްކަން ފެށުނީމި. ސިޔާސީ ފަރާތަތަކުން މިކަމުގެ ޒިންމާ ފުރިހަމަޔައްނަގަން ޖޭހޭނެ. މަރުހޫމާއައް ސާބިތުކަންދެއްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި.

  20. ކކކކ

    އަހަރުމެންގެ މަންމަމެން ބައްޕަމެން ކާފަ މާމަ މެން ގެ ފުރާނައަށް ނުރައްކާ ވިއަސް ވަރިހަމަކޮށްލާފަ ބޭރުގަ ތިބި ދިވެހި ޒުވާނުންކޮޅު ގެނައީ.

    100
    7
  21. މުހައްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    66
    1
  22. ނަފްސާން

    މިތިބަ އެޗްޕީއޭ ގެ ގަމާތުންތަކާ އެވެ. ދުނިޔޭގެ މިބައްޔާއި ބެހޭ ތަޖުރިބާކާރުން އެއް އަޑަކުން އެގޮވަނީ ޓެސްޓްް ތަށް ގިނަކުރުމަށް އަދި ނަތީޖާތަށް އަވަސްކުރުމަށް. އެހެން ނޫނީ މާބޮޑަށް ގައުމުތަކުން ހިތްދަތިކަމާއި ކުރިމަތީލާން ޖެހޭނެ ކަމަށް. އެކިޔާއެއްޗެއް އަޅެ ފަހުމް ނުވަނީތަ.؟

    81
    9
    • އަލިބެއްޔާ

      ދުވާލަކު 400 ޓެސްޓް ހެދުމުގެ ޤާބިލުކަން އެބަހުއްޓޭ އެބަކިޔާ.. 2 ހަފްތާ ވީ އިރު ނަތީޖާ ނުލިބުމަކީ ކާކުގެ އިހުމާލެއް؟

    • Liush

      އޭ ތިހިރި ބޮލުރޮދު ކެނޑިފަ ހުރި ގަމާރާ، ކެޕޭސިޓީ ހުރި ވަރަކުން ހިދުމަތް އެދެނީ! ކަލެއަށް ވާނެ ކަމަކީ މީހުން ކުރާ ހުރިހާ ކަންކަމަށް ފާޑު ކިޔުން! ވޮލަންޓިއަރިންގްއަށް ހުޅުވީމަ ވެސް ކަލާ ދިޔައިންތަ! ނޫނީ މިނެޓަކުން ނަތީޖާ ލިބޭ ކިޓެއް ކަލޭ އުފައްދަން ވީނު! އެމެރިކާ އިން ވެސް ގެންގުޅެނީ އެއް ޓެސްޓިން ޕްރޮސީޖާއެއް!

  23. ރަށުމީހާ

    އަދިވެސް މޮނިޓަރިންގައި ބާއްވާ..މބުރޫކު އިތުރުފުޅު ހައްދަވާ ހައްދަވާ ސަލާމަތްނުވާޙިސާބައް ދާކަން އަހަރެމެން ލޮކްޑައުންގައި ޓީވީ ބަލަން ތިބޭއިރުވެސް އެނގޭ<<<. އަސްލު ފަރުވާތެރިވާންވީ ވަރަކަށް ބަލި މީހުންނާ ބަލި އަރާފާނެ ކަމށް ފެންނަ މީހުންނަށް ސަމާލުކަން ނުދެވޭކަން އެނގޭ އެކަހަލަ ސުވާެއް ނޫސްވެރިއަކު ކުރިއަސް މަބުރޫކު އެމީހަކެއްގެ ވާހަކަ ހުއްޓުވާ.... ބެލެނީ ލާރިކޮޅު ކައްވާލަން ތަންތަން ހެދޭތޯ..... އަލީވަހީދު ހެލިކޮޕްޓަރުގައި އުދހި އުދުހފއި ބޮޑުކަނޑަން ޓީވީގައި ވާހަކަ ދައްކާއިރު ހީވަނީ މީ މީނާ ޖައްސާފައި ފިލުވަންވީމާ ފިލުވޭ ބައްޔެއްހެން... އިރާދަފުޅަކާ ނުލައި ޙަމްދު ކުރުމަކާ ނުލައި މަބދެ ވާހަކަ ދައްކައިގެން މި ނުރައްތެރި ފައްތަކުން އަރައެއް ނުގަނެވޭނެ..... މާތް ﷲ އަށް ޙަމްދުކޮށް އެކަލާންގެއާ ވަކީލުކޮށް އެކަލނާގެ މިބްވަރު ފުޅާ އިރާދަފުޅާ ލައިގެން ކަނަކަން ފަހިވާކަމަށް ޤަބޫލުކުރޭ.... ޢަމަލާ ބަހުން

    93
    5
  24. ާބޭކާރު

    މިކަން މިހިގަނީ ނަސީދު ބޭނުންވާގޮތަށް

    68
    10
  25. އިންސާނާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    54
  26. ދެރަކަމެއް

    ހިސާބަށްވުރެ ފަރުވާކުޑައީ. ސިފައިންނާ ޕޮލިލުންނާ ރައްޔިތުންކޮޅު މިތިބަދަނީ ރާސްލާފަ ބަރި ބަރިއަށް. މާލެއަށް ބަލި އަންނަން ޖެހުނުގޮތެއްވެސް ނޭގުނު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމައްމައްޓަކާ ފުރުސަތުވެސް ލިބުނު އެކަމު މުހިންމު ވީ ޑޮލަރާ އެހެންކަންކަން.

    89
    6
    • ރައްޔިތުމީހާ.

      އައީ އެއަރޕޯޓުންކަން އެނގޭ ފުރަތަމަ ޖެހިގެން ފެނުނު މީހުންގެ ލިސްޓް ބެލީމަ. ޢެއަރޕޯރޓް މުވައްޒަފުން އެތަނުގައި ބައިތިއްބައިގެން އުޅެންވެސް ނޭނގުނު. ޜޭވުންތެރިކަން ހުރިވަރު މި އެގެނީ އެހެން ވީމަ.

      66
      4
  27. ާަތުވްރަަަަޮ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    46
    1
  28. ބޭކާރު

    ސައްކު ކުރެވޭ އެންމެން އެކަހެރި ނުކުރެވެނީސް ބަލި ފެތުރުމަށް ހުއްޓުމެއް އަތުވެދާނެތަ؟

    33
  29. ދިވެހިން

    ތިނަދޫއިންމަރުވިމީހާ މަރުވީވެސް ކޮވިޑު ޖެހިގެން ނޫންތަ؟ އެހެންވީމަ ތިޔައީ ދެވަނަމީހާ.

    25
    5
    • ނުރަބޯ

      ޖެހިގެނެއް ނޫން.

  30. ވމޗމ

    އެހެންވީމާ ޓެސްޓު ނަތީޖާލިބެންދެން ކަލޭމެން ތިބެނީ އަތްއުރާލާގެންތާ.؟ ތިއީ ކޮވިޑުން ނިޔާވިމީހެއްނޫން..ތިޔައީ ކަލޭމެންގެ ފަރުވާކުޑަކަމުން ނިޔާވި މީހެއް.

    22
    7
    • ޑޮކްޓަރ2

      އެހެނެއް ނޫން ޑޮކްޓަރ ވިދާޅުވީ. ޑރ ވިދާޅުވީ ބަލީގެ އަލާމާތް ތަކަށާ ކޮންޓެކްޓް ރިސްކަށް ބަލާފައޭ ފަރުވާ ދެނީ. (ޓެސްޓް ނަތީޖާ ލިބުނަސް ނުލިބުނަސް).

      ޓެސްޓުވެސް ހަދާނެ. އެއީ ޔަޤީން ކުރުމުގެ ގޮތުން. ޑޮކްޓަރުން ތިބެނީ ކޮވިޑް ކޭސް އެއް ކަމަށް ވެދާނެކަމަށް ތައްޔާރީ ފިޔަވަޅު އަޅައިގެން! ނަރުހުންވެސް!

      26
      1
  31. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    21
  32. ާަަަަá

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    19
  33. ތަރަބެ

    އެހާ އުމުރުން ދުވަސްވީ މީހަކު ހައި ރިސްކު މީހަކަށް ނުވާންވީ ސަބަބެއް ނުވިސްނުނު. ވަރަށް ބޮޑަށް އިހުމާލު އޮތްކަމަށް ފާހަގަކުރެވޭ.

    25
    3
  34. ޢައިބާ

    83 ވީމާ އެހެރީ އުމުރުގެ ފަހުކޮޅުގެ ، ދެން އެންމެ އަވަސްވާނީ މަރު ، ފާޑުފާޑުގެ ބޭކާރު ކޮމެންޓް ކުރާމީހުން ބިރުވެތި މަރަށްތައްޔާރު ވާންވީ

    10
    29
  35. އިދިކޮޅު

    މިސަރުކާރު ހަމަ ރަގަޅަށް ވެސް ފޭއިލް ވެއްޖެ މިރޭ 9:30 ބޭވި ނޫސް ވެރިންގެ
    ބައްދަޅުވުމުގަވެސް 87 އަންެހެނެއް ނިއާވެގެން އުޅޭ ވާހަކަ އެއް ނުދައްކާ ހަމަ ރަގަޅަށް މަބްރޫކް އަށް އިގޭނެމިކަން އެ އަންހެން މީހާ ނިއާވީ އިރުއޮސުނުފަހުން
    އަޅެއެބަ މިސަރުކާރުން ރައްޔިތުންނަށް ކަންތަށްތަކެއް އެބަ ސިއްރުކުރޭ.

  36. ސަމާ މާލެ

    މިހާރުވެސް މި ބަލީގެ އަލާމާތްތައް ފެނިގެން އެޗްޕީއޭއަށް ގުޅީމާވެސް. އެޗްޕީއޭއިން އަޅައެއް ނުލާ. ސަރުކާރުން މިކަމަކަށް ތައްޔާރެއް ނުވޭ. ފޮނި ވާހަކަތައް ދެއްކީ.

  37. ފާތިން

    މަރުހޫމާއަށް ސުވަރުގޭގެ މަތިވެރި ނިޔުމަތް ދެއްވާށި.
    މީހަކު ނިޔާވީމަވެސް ތި ބަލަނީ ސިޔާސީ ކިރެވޭތޯ ނުވަތަ ބަޔަކަށް ބުލޭމް ކިރެވޭތޯ. ވަގުތު އައިސް ޖެހުނީމަ އަހަރުމެން އެންމެން މަރުވާނެ. ރަނގަޅު! ރައްކާތެރިވުމަކީ އޮންނަކަމެއް. އެކަމް މަރުގަ ކާކަށްތޯ އަތް އެޅޭނީ ؟
    حسبنا الله و نعم الوكيل

  38. އަލީރާޖާ

    ކޮވިޑް ޖެހިންގެ 185 ގައުމުން 2 ލައްކަ 27 ހާހަށްވުރެ ގިނަމީހުން މިހާތަނަށް މަރުވެއްޖެ. މިއީ ސަރުކާރެއްގެ ނުވަތަ ބައެއްގެ އިހްމާލުން މަރުވި ބައެއް ނޫން. ކޯވިޑުޖެހުމުން އޭގެ ތެރެއިން %3 ވަރު މަރުވުން މިއީ އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމުތައް އޮތް ގައުމުތަކުގައިވެސް ކަން ހިގާ ގޮތް. ބައެއް މީހުންނަށް ހީވަނީ އިހްމާލެއް ނެތިއްޔާ ދެން ކޮވިޑް ޖެހުނަސް މަރެއް ނުވާނެއޭ! މި ބަލި ނުވެސް ޖެހޭނެއޭ! އެ ހުރިހާ ގައުމަކަށް ވީގޮތް މިތާވެސް ވާނެ!

  39. އަލިބެއްޔާ

    ސަރުކާރުން އެބަ ޖެހޭ ޖަވާބު ދޭން.. ތިނަދޫގައި ނިޔާވި މަޑަވެލީ މީހާ އާއި މެދު ކޮރޯނާ ޖެހިފަހުރި މީހަކާ މެދު ޢަމަލުކުރާ އުސޫލުން ކަންތައް ކުރީ ކީއްވެހޭ؟ ނުހިނަވާ ވަޅުލީ ކީއްވެހެ؟ އެ ޢާއިލާ މީހުންނަށް މޫނު ނުދެއްކީ ކީއްވެހޭ؟ ތިނަދޫ އަށް ނާރުވާ، ފަޅުގަ ދޯނީގަ ޢާއިލާ މީހުން ބޭތިއްބީ ކީއްވެހޭ؟ ކޮންމެ އިހުމާލަކީ އަނިޔާއެއް.. މި މާތް ރޯދަ މަހުގަ ތިނަދޫ މީހުން ތި ކުރީ ކޮންފަދަ އަނިޔާވެރި ކަމެއް.. އަދިވެސް އެނަމާ ބޯޓުން ކަނޑުވި މީހުން ނުނަގާ ދިޔަ ދޯނީގެ ވާހަކަ ދައްކާތި..