ކޮވިޑް-19 ޖެހގެން ނިޔާވި އަންހެން މީހާ ހިނެގުމުގެ ކަންކަން ކުރާނީ ސިފައިންގެ އަންހެން ކަނބަލުންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެެ.

ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެއް ކަަމަށްވާ އާމިނަތު އާދަމްއެވެ. އޭނާ ނިޔާވީ މިރޭ 7:10 ގައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، އެ މީހާގެ ހިނެވުމުގެ ކަންކަމާއި، ނިޔާވުމަށްފަހު ވަޅުލުމުގެ ކަންކަންވެސް އިލްމުވެރިންނާއި މަޝްވަރާ ކުރެވި އިންތިޒާމްތައް ހަމަޖެހިފައިވާ ކަަމަށެވެ.

"މިރޭ ހިނެވުމުގެ ކަންތައްތައް މި ކުރިއަށް ގެންދަވަނީ ސިފައިންގެ އަންހެން ބޭކަނބަލުން، އެ ކަނބަލުންނާއި، ސިފައިންގެ މިކަމަށް ތަމްރީނުވެ ތައްޔާރުވެފައި ވަނީ". އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ސިފައިންގެ ބޭފުޅުން ކޮވިޑް-19 އަށް ފައްސިވިއިރު، ސިފައިންގެ ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްވަރާއި،ސާބިތުކަމާއި އެކީގައި މި ކޮވިޑްގެ ހާލަތާއި ކުރިމަތިލުން ފާހަގަކުރާ ކަމަށެވެ.

"އަދި ދާދި ދެންމެޔަކު ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްއާވެސް ވާހަކަދެއްކިން، އަދި މުޅި ސިފައިން މިކަން މުޅި ހިތްވަރާއެކީ، ކުރިއަށް". އަމީން ވިދާޅުވިއެެވެ.

އަމީން ވިދާޅުވީ، ނިޔާވި އެ މީހާއަކީ ކޮވިޑް-19 އަށް ފައްސިވި 126 ވަނަ ވޭދަނަ (ކޭސް) އާއި ގުޅުން ހުރި ފަރާތެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 280 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި 125 ދިވެއްސަކާއި 152 ބިދޭސީއަކު ހިމެނެއެވެ. މިހާތަނަށް ބަލީގެ އެންމެ ގިނަ ވޭދަނަ ފެންމަތިވެފައި ވަނީ މާލެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    Dhivehi sifainge anhen kabalunah salute kuran♥️

    43
    1
  2. ޝާން

    މާތްރަސްކަލާންގެ ތިޔަ ކަނބަލުންނައް ހެޔޮރަހުމަތް ލައްވާނދޭވެ. ސާބިތުކަންމަތީ ތިއްބަވާ ޝުކުރުދަންނަވަން ދިވެހި ސިފައިންނަތް ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ގަދަ ކީރިތިވަންތަ ﷲ އެވެ. ކޮންމެ މީހަކުވެސް ޔަގީނުން ވެސް ކުރިމަތިލާނެ ދުވަސް ތީ ހިތާމަ ނުކުރޭ އާއިލާގެ މެންބަރުން ނަތް ކެއްތެރިކަން މިންވަރު ކުރައްވާނދޭއެވެ.

    23
  3. ރޮބަރޓް

    ތީދެން ބޮޑުވަރު ކަމެއްކުރާކަން އަންގަންވެގެން ތިވަރު އަރުވާލަންޖެހޭތަ؟؟