ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހާ ވަޅުލައިފިއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މީހަކު ނިޔާވި ފުރަތަމަ ފަހަރެވެ.
މިރޭ ނިޔާވެފައި ވަނީ އާމިނަތު އާދަމް ނަމަކަށްކިޔާ މީހެކެވެ. އޭނާ ނިޔާވީ މިރޭ 7:10 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ ހާލު ދެރަވުމުން އިއްޔެ ހަވީރު ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ވިދާޅުވީ، މި އަންހެން މީހާ ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިރޭ ކުރިޔަށްގެންދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ނިޔާވި މީހާ ވަޅުލާނީ މާލޭގައި ނިޔާވާ އެހެން މީހުންވެސް ވަޅުލާ ސަހަރާގައި ކަމަށެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން އެ މީހާ ވަޅުލާފައި ވަނީ މިރޭ 2:20 ހާއިރު އެވެ.
ހެލްތް މިނިސްޓަރ އަމީން މިރޭ ވިދާޅުވީ، އެ މީހާގެ ހިނެވުމުގެ ކަންކަމާއި، ނިޔާވުމަށްފަހު ވަޅުލުމުގެ ކަންކަން ހަމަޖައްސާފައި ވަނީ އިލްމުވެރިންނާއި މަޝްވަރާ ކުރެވިގެން ކަމަށާއި، އޭނާ ހިނެވުމުގެ ކަންކަން ކޮށްފައިވަނީ ސިފައިންގެ އަންހެން ކަނބަލުން ކަމަށެވެ.
I salute the brave, female MNDF jamaitherin who performed the last rites.
Despite the tragic news & though the number of MNDF frontline workers testing positive keeps increasing, the Maldivian people can rest assured that we will not falter & that we will fight COVID-19 head on. pic.twitter.com/OLR5H5gDde
— LTG Abdulla Shamaal (@CDFofMNDF) April 29, 2020
މިނިސްޓަރ އަމީން ވިދާޅުވީ، މިރޭ ނިޔާވި މީހާގެ ވޭދަނަ (ކޭސް) އަކީ މީގެ ކުރިން ފައްސިވި 126 ވަނަ ވޭދަނައާއި ގުޅުންހުރި ފަރާތެއް ކަމަށެވެ.
ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 280 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން 125 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ. އަދި މިހާރު މާލޭގައި ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢު ތެރެއިންކަން ވަނީ ޔަޤީންކުރެވިފައެވެ. އެހެންކަމުން މިހާރު މި ބަލިމަޑުކަމުގައި ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ.
ސުވާލެ...މިއީ ރާއްޖޭގަ ކޮވިޑްޖެހިގެން މަރުވި ފުރަތަމަ މީހާ ކަމުގަވަންޏާ ތިނަދޫގަ އިއްޔެ މަރުވި މަޑަވެލި މީހާއާމެދު ކީއްވެހޭ އަމަލު ކުރީ ކޮވިޑްޖެހިގެން މަރުވާމީހުންނާ އެއްއުސޫލަ ކުން...އެއާއިލާއަށް މަރުހޫމުގެ މޫނުބެލުމުގެ ފުރުސަތެނުލިބޭ ..އާއިލާއެއް ނި ކަމެތިގޮތަ ކަށް ރަށުގެ ފަޅުތެރޭގަ ރަށަށްނުއެރި ބޭތިއްބީ ކީއްވެހޭ... މިދުވަސްވަރު މަރުވާ ކޮއްމެމީހަ ކާމެދު އަމަލު ކުރެވޭނީ ކޮވިޑްޖެހިގެން މަރުވާމީހުންނާ އެއްއުސޫލަ ކުންހޭ.....
ތިނަދޫގައި ގައިމު އިންސާނިއްޔަތުކަން ހުރި ހޭ ޖެހޭ މީހުން އުޅޭނެ.. ދެ ރަށަކަށް ނިސްބަތްވިޔަސް އެއްބަނޑު އެއްބަފާ ބައެއް މި އަތޮޅުގަ މި އުޅެނީ.. ތިނަދޫ އާއި މެދު ދެކެމުން އައި ގޮތް މުޅިން ބަދަލު ވެއްޖެ..
ނައްސިވީ އެ މަރުހޫމާ...
ކޮވިޑް 19 ޖެހިގެން ފުރަތަމަވެސް މަރުވި މީހާ މަރުވީ ހަމަ ސީދާ ސަރުކާރު / އެޗް.ޕީ.އޭ ގެ އިހުމާލުން ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވެނީ... ދެން އެމްއެންޑީއެފް ގެ ޒިންމާދާރު ވެރިޔާ މިނާޒުކު ވަގުތު ކޮއްފައިން އެމޮޅު ޓުވީތުން ދޭހަވަނީ އެއަންހެން މީހާ ހިނަވަން ޖެހުނުން އެކަމާ އޭނާ ވަރަށް ބޮޑަށް ފަހުރުވެރި ވާކަމަށް...
އެެއީ ކަލޭގެ އިހުމާލުން ވީކަމެއް! އެގިއްޖެ!!!!
ޔާމީނު އެމްއެމްއޭގެ ރިޒާވަށް ގާތގަޑަކަށް 800 މިލިއަންޑޮލަރު ބެހެއްޓީ މިކަހަލަ ދުވަހެއް އަތުވެދާނެތީއެވެ.ނަމަވެސް މިފޮނިކަޑާ ކިބޫސަރުކާރުން އެރިގޮތަށްއަރާ އެކައިހުސްކޮށްފިއެވެ.
ކޮބައިތޯ ފުންނާބު އުސްވެގެން އުޅޭ ބޭފުޅާ. ޕީ ޖީ ކަަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަން އެނގެނޭ ދަޢުވާ ނުއުފުލނީސް ސާބިތުވާކަމށްވެސް ު ބުނާނެ.
ތަޙްޤީޤު ކުރުމަށް ގޮވާލަން އިންޒާރުދޭން ފަށާނެ.
ތަޙްޤީޤު ކުރަންވާނެ ެެެެިެެެެެެެެިެެެެެެެިެެެެެެެެިެެެެެެިެެެެެެެެިެެެެެެެިެެެެެެެެ އިހުމާލު އޮތްނަމަ ދަޢުވާވެސް ކުރަންވާނެ.
ސަރުކާރުން އެބަ ޖެހޭ ޖަވާބު ދޭން.. ތިނަދޫގައި ނިޔާވި މަޑަވެލީ މީހާ އާއި މެދު ކޮރޯނާ ޖެހިފަހުރި މީހަކާ މެދު ޢަމަލުކުރާ އުސޫލުން ކަންތައް ކުރީ ކީއްވެހޭ؟ ނުހިނަވާ ވަޅުލީ ކީއްވެހެ؟ އެ ޢާއިލާ މީހުންނަށް މޫނު ނުދެއްކީ ކީއްވެހޭ؟ ތިނަދޫ އަށް ނާރުވާ ފަޅުގަ ދޯނީގަ ޢާއިލާ މީހުން ބޭތިއްބީ ކީއްވެހޭ؟ ކޮންމެ އިހުމާލަކީ އަނިޔާއެއް.. މި މާތް ރޯދަ މަހުގަ ތިނަދޫ މީހުން ތި ކުރީ ކޮންފަދަ އަނިޔާވެރި ކަމެއް.. އަދިވެސް އެނަމާ ބޯޓުން ކަނޑުވި މީހުން ނުނަގާ ދިޔަ ދޯނީގެ ވާހަކަ ދައްކާތި..
ކޮންމެމީހަކީވެސް މަރުވާނެ މީހެލެވެ ކޮންމެަސްދުވަކުއެވެ ކަންބޮޑުވަންވީ މަރުވެދާނެތީއެއްނޫނެވެ ތިމާއަށްކުރެވުނުހެޔޮ އަމަލުތަކާމެދުގައެވެﷲގެ ރުއްސެވުން ލިބޭނެ މިންވަރަކާމެދުގައެވެ. ކޮވިޑް ޖެހުނަސް ނުޖެހުނަސް މަރުވާނެކަން ދަނެ ކޮއްތުދަރާ ބޯފެނާ ހިފައިގެން ފުރަން ތައްޔާރުވާށެވެ ތިބާގެ ފުލައިޓް ޖެއްސުމުގެކުރިން ސުވަރުގޭއިން ޓިކެޓް ބުކް ކޮށް ކަށްވަޅު ގައި ދިއްލާނެ ވޮށެއްވެސް ލިބޭތޯ ބަޅާށެވެ
ސަރުކާރުން ވިދާޅުވީ، މި އަންހެން މީހާ ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ
ހާދަ ހަމަނުޖެހޭ ވާހަކައެއް.
މީހަކު ހާލުދެރަވެގެން ގުޅާނީކިހިެނެއް ވަތަނިޔާ ދިރާގުން ފޯނުކާޑު ހުސްވީތަ
މި އާއިލާ އަށް ކެތްތެރިކަން ދެއްވާށި އަދި މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން... ސަރުކާރަށް ތާއިދު ކުރައްވާ ބައެއް ފަރާތްތަކުން މި އާއިލާ ޔާ ދިމާލައް ޓުވިޓަރ ގަ އެއްޗެހި ކިޔާ ދިމާ ކުރުމަކީ ހާދަ ދަށުދަރަޖައިގަ އަނިޔާވެރި އަމަލެކޭ... އިންސާނިއްޔާތާ ކަމެއް ނެތް ކަން ތި ދައްކައިދެނީ... އަޅުގަނޑަށް މި އާއިލާ ނޭގުނަސް ހިތާމައިގަ ބައިވެރިން...