ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން، ޖަލުގައި ނުރައްކާތެރި ކަންކަން ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސަށް ލިބިފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު އެންމެ ނުރައްކާތެރި ކުށްވެރިން ތިބި އެއް ޖަލު ކަމަށްވާ ކ. މާފުށީ ޖަލުގައި ދާދި ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ގައިދީންނަށާއި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ އިންސާނީ ކާރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން- އިމްރާން

ހަމަނުޖެހުންތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވަނީ ކޮވިޑް-19 އާ ގުޅިގެން މުއައްސަސާތަކަށް ބާރުބޮޑުވެ ނާޒުކުވި ވަގުތުގައި ޖަލު ހަލަބޮލިކޮށްލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެކަންކަން ނާކާމިޔާބުކޮށްލާފައިވާ ކަމަށް އޭރު އިމްރާން ވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވި ގޮތުގައި، މާފުށީ ޖަލުގައި މި ފަހުން ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރެވުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ އޮފިސަރުންގެ ކުޅަދާނަ ކަމުންނެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ރިޔާޒް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާނެ ކަމަށެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ބައެއް މީހުން، ނުރައްކާތެރި ކަންތައްތަކެއް ރާވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒް - ފޮޓޯ: ޕީއެސްއެމް

ރިޔާޒް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރަނީ، އެކިއެކި މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކާ ގުޅިގެންނެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ފޯނުން މުއާމަލާތް ކުރަމުން ދަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އެގޮތުން މި އޮޕަރޭޝަންގައި ބަލައި ފާސް ކުރި ގޮޅިތަކުން ފަސް މޮބައިލް ފޯނާ ގުޅުން ހުރި ބައެއް އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރޭގައި ޗާޖަރާއި ޔޫއެސްބީ ވާގަނޑާއި އަދި ހަރުކަށި ފިކުރު ފެތުރުމާ ގުޅޭ ބައެއް ފޮތްތައް ވެސް ފެނިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މިކަމަކީ ވެސް އަޅުގަނޑުމެން މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައެއް،" ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލޭގައި ފުރަބަންދުގެ ހާލަތު އިއުލާން ކުރެވުނު ފަހުން، އާންމު ކުށްތައް ކުރާ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި މިވަގުތު ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ވައްކަންތައް ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އާންމުކޮށް ހުށަހެޅޭ މައްސަލަތައް ވަރަށް ބޮޑަށް މަދު ކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ ކުށް ކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބުމުން ކަމަށް ލަފާ ކުރެވެއެވެ. މާލެ އާއި ރާއްޖޭގެ އާންމު ސަލާމާތާއި ރައްކާތެރިކަމަށް ބަލާ އިރު، ބައެއް ބޮޑެތި މައްސަލަތަކެއް އައިސްފައިވި ނަމަވެސް ޖުމްލަ ކޮށް ސަލާމަތީ ކަންކަން ރާއްޖޭގައި ހުރީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިމްރާނު ދޖ

    ޖަލުގަ ތިބި މީހުންނައްކުރާ އަނިޔާ ފޮރުވަންވެގެން ހަރުކައްޓޭ މަޑު ކައްޓޭ ކިޔައި. ރައްޔިތުންނައް އޮޅުވާލަނީ

    28
    6
    • އީތޭން

      ޖަލުގަ މަސްތުވާތަކެތި ގެންގުޅޭވަރު ވެސްފޮރުވަން....

      15
  2. ކަނބުލޮ

    ހަރުކަށި ފިކުރުގެ މީހުން ނުރައްކާތެރި ކަންކަން ކުރަން ރާވާއިރު މަޑުކަށި ފިކުރުގެ މީހުން ރާވާ ލާދީނީ ކަންކަން ފާހަގަ ކުރުމުގެ ޤާބިލުކަން މިސަރުކާރުގައި ނެތީ ކީއްވެ ބާވައެވެ.

    34
    1
  3. Anonymous

    މީ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ ޢަބްދުﷲ ރިޔާޒު ކޮއްކޮއެއްބާ.
    އެޖެންޑާ 19 ފުރިހަމަ ކުރުމަށް ކުރާ މަސައްކަތް. ކޮންމެ ކަމެއް ހަރުކަށި ފިކުރު. ހަރުކަށި ނޫން ފިކުރެއް ދައްކަބަލަ.
    ﷲއާއި ރަސޫލާ އެންގެވި ގޮތާއި ޚިލާފަށް ޢަމަލުކުރުން އެއީ ހަރުކަށި ފިކުރު.
    ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް ޢަމަލުކުރުންވެސް އެއީ ހަރުކަށި ފިކުރު.

    23
    • މޯލްޑިވިޔަން

      މީހުން މެރުން އެހިމެނެނީ

  4. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އަޖައިބެއްނު. ތިތަނަށް މޯބައިލްފޯނު ނުވަންނަ ގޮތެއް ހަދަން ވެއްޖެއެއްނު. ތިޔަ ކުޅަދާނަ ޖަލުއޮފިސަރުން ތިއްބާ ފޯނު އެތެރެ ކުރާގޮތެއް އިމްރާނު އަޅެ މީޑިޔާއަށް ކިޔައިދީބަލަ.

    26
    1
  5. ޒަމީލް

    ޖަލުގައި ހިންގާ ހަމަނުޖެހުންތައް ހިންގަމުންދާއިރު ރާއްޖޭގެ އެންމެ ނުރައްކާތެރި މީހާ ހުރީ އެހުރިހާ ކަމެއް ރާވާ ހިންގުމަށްޓަކާ ގޭގައި ބަހައްޓާ ދީފައެއްނު. އެމީހާ އޮތީ ސަރުކާރާ ރައީސް މީހާއައި ބޮޑުތަނުން ޑީލް ހަދާފައި ތިމާގެ ވެރިކަން ކައްސާލަފާނެތީވެ. ލޯންޗެއް ގޮއްވާލާ އޭނަ ނައިބަކަށް ގެނަ މީހެއްގެ ބޮލަށް ފައިން އަރާއިރު ޑީލް ހެދިމީހާގެ ބޮލަށް ވައްޓާލާނީ ކިހާ ބޮޑު ގަލެއްކަން ނޭގިގެން އަދިވެސް އޭނަ ބަހައްޓާ ގޭގައި. ރާއްޖޭގެ ދިފާއީ ނިޒާމްގައި ނެތް ބޮޑެތި ޖަރީނާ ހިންގަަ މުޖިރިމުން ގޭގައި ބައިތިއްބާގެން ބެލެހެއްޓޭނެ ފެންވަރެއް. ޖަލުގައި ހިންގާ ކަންކަމުގެ ނަތީޖާ ހިތިކޮށް ފެނުމުގެ ކުރިން އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު އެޅޭތޯ ސަރުކާރުން ވެސް އެބަ ބަލަންޖެހޭ. ތަފާތު ކުރިން ނުފެންނަ ކަންކަން ޖަލުން ފެންނަން ފުރުސަތު ނުދީ

    16
  6. ޙުސޭނު

    ޖަލުތަކުން މީހުން މިނިވަންކޮށްފަ ކޮން ހަރުކަށްޓެކޭތަ މިކިޔަނީ

    22
    1
  7. ޢަލީ

    ހަމަ ހިނި އަންނަނީ.. ކުށް ކުރާމީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބުމުން ކަމަށް ފަހަގަ ކުރެވެޔޯ.. ދެން އެހެންވިއްޔާ ކޮވިޑްއަށް ބަންދު ކޮއްފަ ލޮކްޑައުން ނިމުނީމަ ދޫކޮށްލަނީތާ ދޯ..

    15
    1
  8. ޖަޒީރާމަނިކު

    ދެންބުނޭ މާފުށީޖަލުގައި ހަރުކަށި މީހުންލައްވާ މިކަންކުރުވަން ރާވަނީ ޖަލުގައި ހުރި ޔާމީނޭ.

    27
  9. ސަންގުމަރުމަރު

    ތިވާނީ ދިވެހިރާއްޖޭގެ 3 ލައްކަ މީހުންގެ ފިކުރުގެ މީހުންކަމަށް. އާނ ދިވެހިންތާ ދޯ އެތައް އަހަރެއް ވަންދެން އިސްލާމް ދީން ޤަބޫލުކޮއްލައިގެން މިތިބީ. ލާދީނީ ބައިގަނޑެއް އިއްޔެ އައިސް ހުރިހާ ކޮންޓރޯލެއް ނަގައިގެން ތިއްބާ އެނޫން ބަޔަކު ތިފަދަ ކަންތައްތައް ކުރަނީޔޭ ބުނީމާ އެބުނެވެނީ ދެންތިބި ދިވެހި ރައްޔިތުންގެ ވާހަކަތާދޯ. ނޫނޭ ސާބަހޭ ހިންގުންތެރިންނަށް.
    ވަރަށް ސަލާމް.

    10
  10. އަލިބޭބެ

    ވަރަށް މަޖާވާހަކައެއް ތިބުނަނީ ތިބޭފުޅުން ފޮޓަކަލާފަ ތަޅުލާފަތިބިބައެއް ތިބުނަނީ ކަނަކަން އެބަރާވަޔޯ ތިކަމުންވެސް ތިގެނީ ނާގަބިލުކަން ނުންތޯ އަދިވިލިފަ ތިބިނަމަ ތަންތަން ތިބުނާމީހުން އައިސް ހިފާފާނެނުން.. މޮޔަތިގޮވެނީ އަމިއްލައްށް...

  11. ޢަނީ

    ކޮންމެ ފަހަރަކު ސަރުކާރު ފޭލް ވާއިރު ހަރުކަށްޓޭ، ކިޔާފަ މީގެ ސްޓަންޓު ޖައްސާ.

    16
  12. ހަގީގަތް

    ތީ ވަރަށް ބޮޑު ތެދެއް. ޖަލުގައި ތިބި ބޮޑެތި ކުށްވެރިން އެމީހުންގެ މީހުންނަށް ގުޅައިގެން ކަންތައްތައް ރާވާ. އެމީހުންގެ ފޯނު ތަކެއް އަތެއްނުލާ އަދިވެސް. މިހާރުވެސް ބަރާބަރަށް މީހުންނަށް ގުޅަމުންދޭ. މީ ކޮން ބައެއްގެ އިހުމާލުން ވާ ކަންތައްތަކެއް. ބޮޑެތި ކުށްތަކުގައި ބަންދު ކޮށްފައި ތިބޭ މީހުންގެ އަތަށް ފޯނު ލިބެނީ ކިހިނެއް.

  13. މވމ

    ޖަލައް މަސްތުވާތަކެތި ވެއްދޭނީ އެތަނުގެ ފާ ރަވެ ރިން ނުވަތަ ވެ ރިންގެ އިހުމާލުން ނޫނީ ބައިވެ ރިވުމާއި އެކު. ވީމާ މި އެންމެން ތަހުގީގުކު ރަން ޖެހޭ.