ކޮވިޑް-19 އާ ގުޅިގެން އެހެން ގައުމުތަކަށް ކުރިމަތިވި ހާލަތު ރާއްޖެއާ އަރާ ހަމަ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް 280 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، މި ބަލީގައި މިހާތަނަށް މަރުވެފައި ވަނީ އެންމެ މީހެކެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެތެރޭގައި މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ފުރަބަންދު ކުރުން ހިމެނެއެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ނާދެވޭ ގޮތަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ފަދަ ތަންތަން ބަންދު ކުރުން ހިމެނެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ފައްސިވާ މީހުން ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދާނެ ކަމަށެވެ. އަދި މި ބަލި ޖެހިގެން ސީރިއަސް ހާލަތަކަށް ގޮސް، ބައެއް މީހުން ދުނިޔެ ދޫކޮށްދާ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ މި ހާލަތު މިއީ ހުރިހާ ގައުމެއް ތަޖުރިބާކޮށްފައި އޮތް ހާލަތެއް، އަޅުގަނޑުމެންނަށް ވެސް މި ހާލަތު އަރާ ހަމަ ކުރާނެ،" އަމީން ވިދާޅުވިއެވެ.

ނަމަވެސް ހުރިހާ އިންތިޒާމުތަކެއް ތަރުތީބުކޮށްފައި ވަނީ ކުރިމަތިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައި އޮތް އިރު، މަސައްކަތް ކުރަމުން ދަނީ ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު، ހާއްސަކޮށް މާލޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުވުމާއި އެ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެއް ތަނެއްގައި ގިނަ ބަޔަކު އުޅުން،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މާލެއަކީ ވަރަށް ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށްވާ އިރު، ގިނަ ބަޔަކު ދިރިއުޅެން ޖެހިފައި ވަނީ ކުޑަ ތަނެއްގައެވެ. މީގެ ސަބަބުން ހުރި ގޮންޖެހުންތަކަކީ ކުރިން ވެސް ލަފާ ކުރެވިފައި ހުރި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ، މި ގޮންޖެހުންތަކާ އެކީގައި، މިވަގުތު އޮތް ފަރުވާއަކީ ގޭގައި މަޑުކުރުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މިއީ ބަލި އާދަޔާ ހިލާފަށް އިތުރުވެގެން ނުދިއުމަށް ކުރަން ޖެހޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"މިހާތަނަށް އާދެވުނު އިރުގައި އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުން ނަތީޖާ ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ. ކުރިއަށް އޮތް ތަނުގައި ލޮކްޑައުންގެ ހާލަތުގައި އަދި ކަރަންޓީންގެ ކަންކަން ރަނގަޅަށް ކުރެވިއްޖެ ނަމަ، އެއީ ގޭގައި ކަރަންޓީނު ކުރި ނަމަވެސް، ފެސިލިޓީގައި ކަރަންޓީން ކުރި ނަމަވެސް އަޅުގަނޑުމެންނަށް ނަތީޖާ ހާސިލް ކުރެވޭނެ،" އަމީން ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް ރާއްޖެއިން ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އެމީހާއަކީ ރާއްޖެއިން 126 ވަނަ އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވި ސާމްޕަލް ނަގާފައި ވަނިކޮށް މަރުވި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. Anonymous

    އެއީ މި ސަރުކާރުގެ އިހުމާލު

    45
    6
    • ފަޒުލް

      ސުންޕާ ބަލާވެރި ސަރުކާރެއް މިއޮތީ ގެނެވިފަ

      3
      1
    • ޞަބީ

      ރާއްޖެ ލޮކުކުރަން އާދެސްކުރި އިރު ސިޔާސީ މީހުން ރޯނު އެދުރު ހެދި ބީރު ކަންފަތެއް ދިނުމުގެ ނަތީޖާ މިފެންނަނީ

  2. ފަރުދެއް

    ކޮވިޑްގެ ސަބަބުން ވިޔަސް އެހެން ކަމަކާ ހެދި ވިޔަސ ނޭވާޔަށް އުނދގޫ ކުރާ މީހުން އެމެޖެންސީކޮށް ގުޅޭނެ ނަންބަރެއް މިހާލަތުގައި އިނުން މުހިއްމު ނޫންނަމަ ހޮޓްލައިންއަށް ގުޅައިގެން ހުރިހާ ކަމެއް ކުރަން ތިބޭއިރު މިއޮންނަނީ ބަލިމީހާ ފުރާނައަށް ނުރައްކާވެފަ...

    52
    1
  3. ކިހާ ދެރަ ކަމެއް

    އަންނިގެ އަނގައިގަ އެކަންޏެއް ނޫން ވީ ބޮޑުތަޅު އަޅުވަން... އަމީންގެ އަނގައިގަ ވެސް ވީ ތަޅުއަޅުވަން...އެކަކު މިހާރު އަނގަ ބޮޑުކަމުން ރާއްޖެއަށް ކޮވިޑް އަރުވައިފި...އަނެކަކު މިހާރު އެކިޔަނީ އެހެން ޤައުމު ތަކުގެ ހާލަށް ވެއްޓޭނެޔޯލަ...ހެޔޮނުވާނެ ދޯ މިފަދަ ވާހަކަ ދައްކަން.....

    52
    4
  4. ހައްވަ

    އެހެން ވިދާޅު ނުވޭ. ﷲ އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެެ. އިންޝާ ﷲ

    68
  5. ވާނޭގޮތްނުބުނާތި

    ވާން ނޭދޭ ކަންކަން ވާނެކަމަށް ބުނުމަކީ އެއީ ދޫ ނުބައިކަމެއް. ޢެއީ މުސްލިމުންގެ ގޮތެއް ނޫން. ތިމަންމެނަށް މިވެނި ދެރައެއް ލިބޭނެއޭ. ޢެއީ ބުންނަ އެނގޭ ކަމެއް ނޫން. އަމީން އަށް ވަނޭ ގޮތް އެނގުނީ ކޮން އިރަކު.
    ޜޭގަ އަވަހާރަވީ ދައްތަ އަވަހަރަވީ ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކީގަ. ކޮންމެ 200 އަކުން 1 މަރުވާ ކަމަށް ވަންޏާ ކޮބާތޯ ތިޔަބޭފުޅުންގެ ފޮމިއުލާ. އެޔާ ދިމަލެއް ނުވެއެއް ނޫންތޯ.

    ދެލޯފުޅާ އަމީން. އަމީން މެނަކަށް ބަލި ފެތުރޭނެ ގޮތް އެއީ އެނގޭނެ ކަމެއް ނޫން. ފޮމިއުލާއަކާއި އެއްވެސް ގުޅުމެއް ނީންނާނެ ބެލިފެރުރުމާއި މަރުވާ އަދަދު ހޯދުމުގައި. ﷲ ގެ ނިޔާފުޅު ނޫން އެހެން އެއްވެސް ކަމެއް މިކަމުގައި ނެތް.

    57
  6. ބާރީ

    ކޮވިޑް ފްރީ ގައުމޭވެސް ގޮވި. މިހާރު މިވީ ކިހިނެއް...

    36
    1
  7. ސާއލާ

    އެހެން ޤައުމުތަކަ އަރާ ހަމަކުރާނެ ބުނެގެން ނުވާނެ. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާއޭ ބުނަން ޖެހޭނީ.

    57
  8. ސަމް

    މި ބައްޔަކީ ކޮން ކަހަލަ ބައްޔެއްކަން ބަލީގެ މައުލޫމާތު ހޯދާ ބަލާ މީހުންނަށް އެނގޭނެ. މި ގައުމު ގައި ކަން ހިނގާނީ އެހެން ގައުމުތަކުގައި ކަން ހިނގާނެ ގޮތޭ ކިޔާފައި އެ ގޮތަށް ކަން ވުމަށް ދޫކޮށްލައިގެން ނުވާނެ. އެހެން ގައުމުތަކުގެ ތަޖްރިބާގެ އަލީގައި އެގައުމުތަކަށްވީގޮތް ނުވެ ސަލާމަތްވުމަށް މަސައްކަތް ކުރަންވީ. މިގައުމުގައި މުސްކުޅިން މަދު. އެހެން ކަމުން މުސްކުޅިން ޝީލްޑު ކުރުމުގެ ސިޔާސަތެއް ގެންގުޅެންވީ. މިހާރު މިގެން ގުޅޭ ސިޔާސަތަކީ ކޮންޓެކްޓް ޓްރޭސިންގ އައިސަލޭޝަން އެއީ ކޮންޓެއިންމަންޓްގެ ސިޔާސަތު. އޭގެ ބަދަލުގައި މުސްކުޅިންނާ އެހެން ބަލިތަކުގައި ތިބި މީހުން ޝީލްޑް ކުރުމުގެ ސިޔާސަތެއް ނެރެ ބަލި މިޓިގޭޓްކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް ހަރޑް ހިމިއުނިޓީގެ ސިޔާސަތު ކުރިއަރުވަންވީ. ފިޒީޝަނުންގެ ބަދަލުގައި ތަޖްރިބާ ހުރި އެޕިމިޑިއޮލޮޖިސްޓުންގެ ލަފާ ހޯދަންވީ. ތަންކޮޅެއް ހަރު އެޕިމިޑިއޮލޮޖިސްޓެއް ރާއްޖޭގައި ނެތީބާ.

    31
  9. Anonymous

    މީ މިނިސްޓަރުގެ ބަސް ކަމުގައި ވެގެން ނުވާނެ
    އެހެން ގައުމުތަކަށް ކުރިމަތިވި ހާލަތު ރާއްޖެއާ އަރާ ހަމަ ކުރާނެ: އަމީން.
    އެންމެ ފަަހަރަކުވެސް އިންޝާﷲ އެހެން ޤައުމުތަކުގައި ކުރިމަތިވި ޙާލަތު ރާއްޖެއަށް ކުރިމަތިނުވާނެ އެހެން ނުބުނެވެ. މީތޯ ފެންވަރަކީ

    43
  10. އަޙްމަދު

    މީ ސަރުކާރުން ރައްޔިތުމީހާގެ ބަސް ނޭހުމުގެ ގެއްލުން. ރައްޔިތުން ބުނަމުންދިޔައީ އެއާޕޯރޓު ބަނދުކުރަން. ސަރުކަރުން އެކަން ކުރީ ބޭރުގެ ގިނަ ޓުއަރިސްޓުން ރާއްޖެ އަންނަ ހުރިހާ އެއާޕޯޓެއް ބަނދުކުރުމުން އެންމެ ފަހުން. މަދު ފައިސާ ކޮޅެއްގެ ދަިހިވެތިކަމުގައި ރައްޔިތުން ނުރައްކަލަށް ހުށަހެޅީ ސަރުކަރުން. ރައްޔިތުންގެ ބަސްނެހީ ސަރުކަރުން. ތިމަންމެން ތައްޔާރޭ ތިމަންމެން ތައްޔާރޭ. ކޮން ތައްޔާރީއެއް ވެފައި އޮތީ. ލޮކްޑައުންއަކަށް ހިގައްޖެނަމަ ލައްކައަކށްވުރެ ގިނަ އާބާދީގެ މައްޗަށް އެކުލެވޭ މާލޭގެ ރައްޔިތުންގެ ކަންކަންވެސް ފަހަރަކު ކަމެއް ކުރެވެމުން ދިޔަތަން ފެނުނީ. ޑެލިވަރީ ފެއިލްވީމަ ސިފައިން ނެރުނީ.އެވަރުންވެސް ފެއިލވީމަ 1 ގަޑީރު ދިނީ. 1 ގަޑީރު ދިނީ އަވަސް އަރުވާލަ ކަމަށް ރޭގަ ފުލުހުން ޕްރެސްގައި ބުނި. މީތޯ މިހާލަތަށް ތައްޔަރުވެފަ އޮތް ގޮތަކީ. ދެންވެސް ނުބުނާތި ތައްޔާރަށޭ އޮތީ.

    33
  11. އަހްމަދު

    ކަލޭމެން ބޭނުންވަނީ މިރާއްޖެ އެހާލަތަށް ވައްޓާލުމަށް. އެކަން ކަލޭމެންގެ ވާހަކަތަކުން ފިސާރި ރަނގަޅަށް ސާފުވޭ. އެކަމަކު އަހަރެން ދުޢާ ކުރަނީ މާތްﷲގެ އިރާދަފުޅުން އެފަދަ ހާލަތަކަށް މިރާއްޖެ ނުދިއުމަށް.

    28
    1
  12. ޢާސީ

    ހާދަ އަވަހަށޭ ތިޔަ އުންމީދު ދޫކޮށްލީ ތިޔަގޮތައް ވަޒީފާދޫކޮށްލަން ކެރޭނެބާ؟؟؟

    29
  13. މުސްލިމް

    ބަލަ އަމީނޫ. ދެންވެސް ކުރަންވީ ކަމަކީ ދެދުވަހަކަށް ކޮންމެ ގޭބިސީއަކަށްވެސް ފުުރުސޮތު ދޭންވީ ދެމަހަކަށްވާވަރަށް ކޮންމެހެންބޭނުންވާ ކާބޯތަކެތި ގޭގެއަށްހޯދުމަށް އޭގެ ފަހުން ހަމަ އެއްވެސް މީހަކަށް ބޭރަށް ނުދެވޭ ގޮތަށް ދެމަހަށް ލޮކްޑައުން ކުރަންވީ ވަރަށްހަރުކަށިކަމާއެކު މިދުވަސްވަރު ލޮކްޑައުން ބަލަހައްޓަންވީ. ﷲއިރާދަ ކުރެއްވިއްޔާ މިދެމަސްތެރޭގައި މުޅިން ބަލި ކޮންޓްރޯލްވާނެ.

    22
    1
  14. ޢައިޝް

    މި ހާލަތުތޯ؟ ޢެހެންވީމާ ރާއްޖޭގެ އާބާދީ 2ލައްކަ އަށް ތިރިވާނެތާ؟ ޙެޔޮނުވާނެ އަމީން. ދޫ މައިތިރި ކުރޭ.

    މިހާތަނަށް އެމެރިކާގައި ޖުމްލަ 105992 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ. އޭގެތެރެއިން މިހާތަނަށް ޖުމްލަ 61508 މީހަކު ވަނީ މަރުވެފައި. އެމެރިކާއަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމުވެސްމެ.

    15
    2
  15. Anonymous

    ﷲސުބްޙާނަހޫ ވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން އެފަދަ ޙާލަތެއް މިދިވެހިރާއްޖެއަށް މެދުވެރި ނުކުރައްވާނދޭވެ. އާމީން. ހުރިހާ ބޭފުޅުން ﷲއަށް ދުޢާދަންނަވާ! މިބަލިމަޑުކަން ފިއްލަވާތޯ

    29
  16. އައްމަކަޅޭ

    ހީހީ ހަލާކު

    7
    1
  17. މުޙައްމަދު

    ގޭގައި ކަރަންޓީން ކުރާ މީހުންގެ ސާމްޕަލް ނުނެގޭ، މީހާގެ ފުރާނަ ދާ ފަހުން ސާމްޕަލް ނަގާ ކިރިޔާ ޓެސްޓް ކުރެވެނީ.

    18
    1
  18. ސުޢޫދު

    ތިހެންބުނި ގޮތައް އިސްތިއުފާވެސް ދިއްނަމަ އެން ގައުމުތަކުން ވެސް ބޮޑުތަނުން ފެއިލްވެ ރައްޔިތުން މަރުވާހިސާބައްދިއައީމަ ދެނީ އިސްތިއުފާ 200 ވެންޓިލޭޓަރުންވެސް އިސްތިއުފާދޭންޖެހޭ ބިޑުކުރުމެއްނެތި އަވަސްކުރަންށޯ މޮޅެންނުން އަވަސްކުރަން ޗައިނާއިން ފެކްޓުރީއެއްވެސް ގަނެލިނަމަ ތިބޭފުޅުންނާ އަރާހަމަ ކުރާނީ ގާނޫނު

    13
    2
  19. ޙި

    ވަރަށް ވަރުގަދަ ފިޔަވަޅުތައް؟ އެކި ގައުމުތަކުގަ މިބަލި ފެތުރެން ފެށީމަވެސް ބޭރުގައުމުތަކުން މިތަނަށް މީހުންގެނައީ. 14 ދުވަހުގެ ކަރަންޓީނަށްފަހު އެއްވެސް ޓެސްޓެއް ނުކޮށް މީހުން ދޫކޮށްލީ މުޖުތަމައަށް. މިބައްޔަަަކީ ބަލި ޖެހޭ މީހާއަށްވެސް އެބަލި ޖެހުނުކަން ނޭނގޭ ފަދަބައްޔެއް. ކީއްވެތޯ އޭރު ކަރަންޓީނުން ދޫކޮށްލިމީހުން ސެލްފް އައިސޮލޭށަން އަށް ނުފޮނުވީ. ރަނގަޅުފިޔަވަޅުތައް ނޭޅުނީމަ މިހުރިހާ ކަމެއް މިވަނީ. ކޮންމެ މީހެއްގެ ފަހަތުގައެއް ފުލުހެއް ނުބެހެއްޓޭނެ. ކޮންމެ މީހަކީ ފަރުދީ ޒިންމާ އަދާކުރާ ބައެއްވެސް ނޫން. އެހެންވެ ނޫންތޯ ގާނޫނޭ ކިޔާ އެއްޗެއް މިއޮންނަނީ. ބަސްނާހާ މީހުން މިޖެހެނީ ގަދަ މަޖުބޫރުން ކަންތައް ކުރުވަން ހުރިހާ ރައްޔަތުންގެ ސަލާމަތަށް.

    13
  20. ޖީ ބީ

    ތިޔަވުޒާރާގައި ވަޒީރަކު ހުރުމުގެ ބޭނުމަކީ ކޮބައިކަން އޮޅިއްޖެ!ބިޑަކާ ނުލައި ވެންޓިލޭޓަރު ގަންނަން އެކަނި! ތިކަހަލަ ބޯގަޅި ވާހަކަ ދެއްކީމާ ކުޑަކުއްޖަކުވެސް ގަބޫލެއް މިހާރަކު ނުކުރާނެ! ޜައްޔިތުންނަށް މިހާބޮޑަށް މީނަ އިހުމާލުވަމުންދާއިރު މިމަގާމުގައި މީނަ ބަހައްޓާމީހާގެ ކުޅެދުންތެރިކަމާމެދު ސުވާލު ނުއުފުދޭތޯ!

    1
    1
  21. ފަރީޝާ

    އޭގެ ކުރީން ނުވޭތޯ މަޖިލީހުގެ މުސާރަ 30ހާހަށް ކުޑަކުރަން.. އިންގިރޭސިވިލާތަށް ވުރެން މުސާރަ ބޮޑު.. މިފައިސާ މިހޯދަނީ ދަރަޏަށް ނަގައިގެން..

    ޓީ.ބިލް ވިއްކުމަކީ ދަރަނި ނެގުން.. ހެޔޮނުވާނެ ލޯންނަގައިގެން މިހާބޮޑު މުސާރަ ދޭކަށް.. އެހެން ނޫނަސް މިތަނަކީ އެއްވެސް މަންފާއެއް ކުރާތަނެއް ނޫން

    އެކަކު އަނެކަށް ޢީބަ ބުނުމާއި ހަޑިއެއްޗެއްހި ކިއުން ނޫންނަމަ،

    އަޅުގަނޑަށް ފެންނަގޮތް ކިއުން އެގޮތަކީ އިންސާނުންނަށް ގަބޫލުނުކުރެވޭ ފަދަ ގޮތެއްވިޔަސް ހެޔޮ
    އެއްވެސް ތަނެއް ދޮރެއް ނުދަންނަ ނުކިޔަވާ ތިބި ބީހުންގެ 90% އޮތްތަނަކުން ނެރޭ ގާނޫނުގެ އޮށްޓަރާއި މެދުގައި ސުވާލެއް ނުކުރަން.. ހަމަވާނީވެސް އެހެން

    އަނެއްކަމަކީ ކެއުމުގެ ނަމުގަިއ އެކުރާ ބޮޑު ޚަރަދު މިވެސް ހުއްޓާލަން ޖެހޭ ކަމެއް.. ދައުލަތުގެ އެހެން އޮފީސްތަކުގައިވެސް ކެއުމެއް ނުދޭ.. އަމުދުން މިފަދަ ކޮސްގޮވާ ގެއަކަށް ކާންދޭނީވެސް ކޮހުންދޯ.

  22. ޢަންސާރު

    ސަން ޓްރެވެލް ޝިޔާމް ގެ ސަން އިރުވެލި،ވިލުރީފު،އޮޅުވެލި .އެމެރަލްޑް އަދި އަދާރަންގަ ތިބި އައްޑޫ،ހުވަދޫ،ތާ އަތޮޅު،ލ.އަތޮޅު އަދި ފުވައްމުލަކުގެ ދިވެހި ސްޓާފުން ވަނީ އޮޅުވެލި ސަޕްލައިގަ ފޮނުވާލާފަ.އެއްވެސް ވަރަކަށް މި ސްޓާފުން ޓެސްޓް ކޮށްފައެއް ނުވޭ..ދޯންނަށް ދަތުރަށް ވާ ވަރަށް ކާނާއާ ބޯ ފެން ވެސް އަރުުވާފަ ނުވޭ.ރިސޯޓުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ބުނަނީ ތިންކް ޕޮސިޓިވް އޯ..ޝިޔާމު އިއްޒަތުގަ ރިސޯޓުގަ.ބަޔަކަށް ގުލާނު ވެފަ ތިބެގެން ވެރިންނޭ ކިޔައިގެން ތިބި މަކަރުވެރިން ހިންގި ޖަރީމާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި .ފުރިހަމަ ތަހުގީގަކަށް މިދަނީ ތައްޔާރުވަމުން...އިންޝާ ﷲ

  23. ށަބީ

    ސަދަގާތް ދިނުމަކީ ޝިފާއެއް(ހަދީސް)

  24. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ބަލަގަ މިހުރި ގދ. ގައްދޫ އަމީނޫ. ކޮވިޑް މިތަނަށް ގެނައީ ކާކުހޭ؟ މިވައިރަސްއަކީ އުދުހިފައި އައި ކޮތަރެއް ވައްޓާލި ބިހެއް ހެއްޔެވެ؟ ނިކަން ޖަވާބު ދީބަލާށެވެ. ދިވެހިރައްޔިތުން ތިބާމެންގެ މައްޗަށް ޖިނާއީ ދަޢުވާކުރާނެއެވެ. ދުނިޔެ ނުނިމި އޮތިއްޔާ ޖަލުގެ ހުރަގޮޅިއަށް ތައްޔާރުވެ ތިބޭށެވެ. ދިވެހިމާލިއްޔަތު ދިރުވާލާ ވެންޓިލޭޓަރުތަކުން އަންނަ މަހު އެންމެ 38 ވެންޓިލޭޓަރޯ ގެނެވޭނީ ދެއްތޯ؟ ވެންޓިލޭޓަރު ނުރޭވިގެން އުޅެނިކޮށް ޑަޒަން ޑަޒަނަށް މީހުން މަރުވާން ފެށީމާ، ތިބާމެން ބުނާނީ މިކަމުން އަރައިގަނެވޭނޭ... . ކޮންކަމަކުންތޯ؟ މާލިއްޔާގައި 5 ލައްކަ މީހުންނަށް ޓެސްޓް ކިޓް ގަނެވޭ ވަރަށް ޓެސްޓް ކިޓަކަށްޖެހޭ 6 ޔޫ.އެސްޑޮލަރަށްވާ ފައިސާ ދިރުވާލީތޯއެވެ؟ ހަމަގައިމު ވެސް ޔާމީން ވެރިކަމުން ފޭބިއިރު މާލިއްޔާގައި 800 މިލިޔަން ޑޮލަރާއި ގާތްކުރާ ޢަދަދަށް ފައިސާ ހުރިކަން ދިވެހިރައްޔިތުން ދަންނަކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ.

  25. އަލްޖިބްރާ

    ބިދޭސީން ގިނަވުމަކީ މިހާރު ޖެހިގެންއުޅޭ ވައިރަސްއިން ސަލާމަތް ވުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކޭ ބުނެވިދާނެ ! ނަމަވެސް ޙަޤީޤަތަކީ ތިޔަ ބީދޭސީން ގިނަވެގެން އެވާހަކަ ބަޔަކު ދައްކާތާ ޒަމާންތަކެއް ވަނީ ފާއިތުވެ ގޮސްފަ ! އެކަމަށް ފަރުވާކުޑަކުރީ ފައިސާވެރިންނާއި އިމާރާތް ކުރާ ކުންފުނިތަކާއި ރެސޯރޓް އޯނަރުން ފަދަ ބައެއް ! ދިވެހިންނަށް ރަގަޅު މުސާރަ އާއި އިނާޔަތް ތަށް ނުދޭންވެގެން ފައިސާވެރިން ހޯދީ " ޗީޕް ލޭބަރ " އެއީ ދިވެހިންނަށް ރަގަޅު ކުރިއެރުމެއް ހޯދާދޭން އެބައިމީހުން ޤަބޫލު ނުކުރާތީ ! އެކަމުވެސް ގޮވަމުން ދިޔައީ ދިވެހިންނޭ ، ޤައުމޭ ! މީއަޅުވާ އަދުނެއް ! ދިވެހިންގެ ކަންތަށް ދިވެހިން ކުރަންނުފަށާހާ ދުވަކު ދިވެހިންނަށް އަދިވެސް މިފަދަ ދަތިތަކާ ކުރިމަތީ ލާން ޖެހުމަކީ ދުރުގައިވާކަމެއް ނޫން ! ކޮންމެ މީހަކު ކޮންމެ އެއްޗެއްކިއަސް ބިދޭސީން މިރާއްޖޭގައި ގިނަކުރީ މިސަރުކާރަކުން ނޫން ! މިސަރުކާރަށް މިވަނީ 2 އަހަރު ! ރާއްޖޭގަ ބިދޭސީންގެ އަދަދު އުޅެނީ60000 ހާހުން މަތީގަ !

  26. ބޮޑުތާ

    ބޮޑުތާޖެހިފަ މިއޮތީ. ! ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ. ތިމާމެން މާމޮޅުވެގެން ރާއްޖެ ސޭފް އޭ ކިޔައިގެން ތިބެވިއްޖެ އެއްނު. ސަރުކާރު ފެއިލް އެއްމީ! ގައުމު ހިންގޭނެ ބަޔަކާ ހަވާލު ކުރޭ. ރޔ !

  27. ާއެއީ އެއްކަލަ

    ﷲ ފިޔަވައި އެންފަރާތަކަށް ނޭނގޭނެ، ކުރިމަތިވާނީ ކޮންހާލަތެއްކަމެއް. ކޮންމެމީހެއްކަމަކު ތިޔަ ދަޢުވާ ކުރެވޭނީ ޣައިބު އެނގޭކަމަށް! މިފަދަ ބަހެއް ބުނުމުގެ ޙައްގު އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވޭ!

  28. ކެޔޮޅު

    މަޖިލީހުގެމެމްބަރުންކައިރީދަންނަވަންއަމީނުގެއިތުބާރުނެއްކަމަށްވޯޓުނަގައިމަޤާމުންދުރުކުރުމަށް