ގދ.ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އެއަތޮޅު މަޑަވެލީ އުމުރުން 87 އަހަރުގެ ހަސަން އަހްމަދުގެ ސާމްޕަލް ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ. ނަމަވެސް އެކަން އަދި ސަރުކާރުން އިއުލާނެއް ނުކުރެއެވެ.

ހަސަން އަހްމަދުގެ ދަރިއަކު ވަނީ ހަސަން އަހްމަދުގެ ނަތީޖާ ނައްސި ވެފައިވާކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

ހަސަން އަހްމަދު ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ ފުއްޕާމޭގެއް ބައްޔަކަށެވެ. ނަމަވެސް ފަރުވާ ދެމުންދާތާ ދެދުވަސް ފަހުން އޭނާ އަށް ކޮވިޑް-19 ޖެހިފައި ހުރެދާނެ ކަމަށް ލަފާކޮށް ހޮސްޕިޓަލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭނާ ނިޔާވުމުން ވެސް އަމަލު ކޮށްފައި ވަނީ ހާއްސަ އުސޫލަކުންނެވެ.

ހަސަން އަހްމަދުގެ މޫނު ދެއްކީ ވެސް އާއިލާގެ ވަރަށް މަދު ބަޔަކަށެވެ. އޭނާ ވަޅުލާފައި ވަނީ ވެސް ހިނެވުމެއް ނެތި، ތަޔައްމަމު ކޮށްފައެވެ.

ހަސަން އަހްމަދު ނިޔާވީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނެގިތާ ދެދުވަސް ފަހުންނެވެ. ދެދުވަސް ވީއިރު ވެސް ޓެސްޓް ނުކުރެވި، އޭނާ ނިޔާވުމުން ހިނެވުމެއް ނެތި ވަޅުލި މައްސަލައިގައި އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަސަން އަހްމަދުގެ ދަރިއަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބައްޕަ އާއި އަދި އާއިލާ އާއި މެދު މުއައްސަސާތަކުން ކަންތައް ކޮށްފައި ވަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށާއި، މިކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.

ތިނަދޫގައި ނިޔާވި އުމުރުން ދުވަސްވީ އިތުރު މީހަކު ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 280 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހާ އަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނީ ނިޔާވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އަލިބެއްޔާ

  މާތްކަލާންގެ އާއި ވަކީލެ..

  39
 2. ޑިމޮކްރަޓިސްޓް

  ހެޔޮނުވާނެ އެފަކީރަށް އެހާލު ޖައްސާފަ ވަޅުލަން. ދުނިޔެއަށް އަލްވަދާއު ކިޔާފަ އެދިޔެއީ އެއްވެސް އިހުތިރާމެއް އެންމެ ފަހުވަގުތު ނުލިބި.

  42
  1
 3. ބާރީ

  ދެންވާނީ ކިހިނެއް؟

  30
 4. ޢާސީ

  ވާއެތި ބަލަން މަޑުން ހުރެބަލަ

  25
 5. އެކްޓަރ

  މިފަދަ ފަރުވާ ކުޑަކަންކަމުން ކުރިމަގުގެ ޕްލޭންތައް ރަގަޅުކުރުމަށް މަރު ފޯމްގައި ސޮއިކުރި ޑރ ގެމަށްޗަށް ކޯޓްގައި ދއުވާކުރަންޖެހޭ.. އަތޮޅު ހޮސްޕިޓަލްތަުގައި ޓެސްޓް ކިޓް ނެތީ ސަރުކާރުގެ ވަރަށްބޮޑް އިހުމާލެއް..އެންމެ 155 ނުވަތަ 123 ރ ލިބޭ ޓެސްޓް ކިޓްތައް ނުލިބިގެން މިފަދަ ދަށު ދަރަޖައިގެ ކަންތައް ހާސްވެ ކުރާނެތޯއެވެ... ބަލަ ޓެސްޓް ކިޓުން ޓެސްޓްކުރަން އެންމެ އާދައިގެ ލެބް ޓެކްނީޝަނުންނަށް އިނގޭނެ..
  ފުރަތަމަ ވައިރަސް ޑިސްކަވަރ ކުރީ 27 ޑިސެމްބަރ 2019 .
  ރާއްޖޭގައި ޓެސްޓްކުރެވޭފަދަ ލެބެއް ޤާއިމްކުރީ 20 މާޗްގައި.
  ކީއްކުރާނީ.. ރާއްޖެތެރެ ވީމަ ޓެސްޓް ކުރެވެން ނެތީތާ...
  ރާއްޖެތެރޭ މީހުން ހުރިހާކަމެއް ފުއްދަންޖެހެނީ މާލެއިންތާ.

  41
  4
 6. ރޮބަރޓް

  ރައީސުލްޖުމްހޫރިއްޔާ އެ އާއިލާގެ ކިބައިން މައާފަށް އެދެން ޖެހޭނެކަމަށް ދެކެނީ.

  56
  2
 7. ބުރޯ

  ނަފްސާނީގޮތުން އާއިލާ އަށް ލިބުނުގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަންޖެހޭނެ އަދި އިހުމާލު ވިފަރާއްތަކަށްފިޔަވަޅު އަޅަންޖެހޭނެ.

  53
  1
 8. ޖައިލަމް

  ސަރުކާރުން އެއާއިލާ ގާތުން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ....

  44
  1
 9. يمنى حبيب

  Positive vias, jamaaiytherin rakkaatheri hedhun alhaigen, mayyithaa hinavaa kafun kurumugai massalaeh ovegen nuvaane. Virus hunnaanee hashigadu ge ethereyga. Maruvefa onna meehaa neyvaa nulaane. Kibisseh naalhaane. Droplets eh kaireega thibey meehunge gayah dhiumuge chance eh noannaane. Jamaaiytherin rakkaatherive thibeema hashigaduge beyruga virus eh huttas naaraane. (geyah genna thakethives dhove saafukoffa, aiy dhovuneema, hama ragalhu. Mikamuga Thafaathu kuranee meehun birugannavan).
  Hinavaa kafun kurumah fahu gaaiy thimaage meehunnah ves gaidhurukan bahattaigen moonu dheken nudhevenvee sababevves neiy. Hudhdha nagaigen fihaara thakah dhevey. Maarukeytah dhevey. Mayyithaage moonu dheken nudhevey.
  Hinavaa, kafun koh, sandhoakah lumah fahu, dhen valhulumuge kankamuga ulhey meehun ehaa gadhayah rakkaatheri hedhun alhan jehey sababeh ves neiy. Hiyeh nuvey kafunaa, sandhoah foo alhuvaalaafa virus nikumedhaanehen. Maaleyga niyaavi meehaa valhulan saharaa gai jamaaiytherin thibi gothuge foto thah fenuneema hithah eri rayyithunnah biruverikan ihusaas kuruvan ves mee boduvarey.
  Umurun dhuvasvee meehaku test kuran hatharu fas dhuvas. Hospital ah dhaa umurun dhuvasvee meehaa avves khaassa number eh dhoourey. Mifadha nurakkaatheri bayyeh ulheyiru,adhi dhoshee umuruge meehunnah nurakkaa vakin bodu iru, mi anhen beyfulhaa ah khaassa gotheh nubehettunu.
  Konme meehakuves maruvaane. Ekamaku bali meehaa ah dheynvaa samaalukan dhee dhee thibbaa niyaavumaa, kuran jehey kankan kuran kuran thibbaa niyaavumaa varah thafaathu.
  Nuhurevigen hama bunelee.

  31
 10. ?
 11. އަލެކްސް

  އަނެއްކާ ރެކެންވެގެން ރިޕޯޓް ވައަތަށް އަޅާލީ ނޫންބާ

 12. ބޯގޯސް

  ވެރިން އިސްތިއުފާ ދޭކައްނޫންތަ ވީ ލާރި ބަނޑުއަޅަން ތިބެންވީކީނޫން މަރުވެ ގެން ދާ ކޮންމެ މީހަކައްވެސް މިހާލު ކަންނޭން މިވެރިކަމު ގަ ޖައްސާނީ

  5
  1
 13. މުހައްމަދު

  ވަގުތު ނިއުސްކާސްޓަރ ، ނިއުސް ކޮންފުރެސް ގައި ސުވާލު ކުރާއިރު ފައްސި އާއި ނަސި ބޭނުން ނުކުރަނީ ކީއްވެތޯ؟

  4
  4
 14. Anonymous

  މީސްތަކުންގެ ހަމްދަރުދީ ހޯދާ އަނިޔާލިބޭ ( ވިކްޓިމްކާޑް) މީހާކަމަށް ދައްކައިގެން ޤާނޫނަށްފިލައި ވެރިކަން ވައްޓާލުމަށް ބަޣާވަތް ހިންގީ އަނިޔާވެރިކަމޭ ކިޔާ ބުހުތާނު ދޮގު ހަދައިގެން. ބުހުތާނު ދޮގު ހަދައިގެން. މޭޑޭގައި ހިންގާފައިވަނީ ޢުދުވާނެއް ޚިޔާނަތެއް.. މީ އަޅުގަނޑު ދެކޭގޮތް..

  #ކޮވިޑް
  #ރަށްވެހިކޮވިޑް
  #ޖަޒީރާކޮވިޑް
  #އެޖެންޑާކޮވިޑް