02:46

02:22

އެމްޑީޕީ ހަރުގެ - ވަގުތު އިމޭޖަސް: އަލީ ވިސާމް

02:22

އާޓިފިޝަލް ބީޗް ސަރަޙައްދު - ވަގުތު އިމޭޖަސް: އަލީ ވިސާމް

02:21

ކުނޫޒް ހުންނަ ސަރަޙައްދު - ވަގުތު އިމޭޖަސް: އަލީ ވިސާމް

02:18

މިހާރު މާލޭ އެއްވެސް ސަރަޙައްދެއްގައި އެއްވުން ކުރިއަށް ނުދޭ. ނަމަވެސް ފުލުހުން ދަނީ މަގުތަކުގައި ފޯރިމަރަމުން.

މަޖީދީ މަގު - ވަގުތު އިމޭޖަސް: އަލީ ވިސާމް

02:12

01:47

އެއްވުން ރޫޅާލުމަށް ފުލުހުން ޙަރަކާްތތެރިވަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

01:46

އެއްވުން ރޫޅާލުމަށް ފުލުހުން ޙަރަކާްތތެރިވަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

01:21

ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ދޫކޮށްފައި ދިޔަ ސައިކަލްތައް ޓޯ ކުރަމުން.

މަގުމައްޗަށް މުޒާހަރާގެ ބައިވެރިން ދޫކޮށްލާފައި ދިޔަ ވެހިކަލްތަކެއް ފުލުހުން ގޮސް ޓޯ ކުރަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

01:13

ފުލުހުން ދަނީ އެ ސަރަޙައްދުން ދަތުރުކުރާ ބައެއް ވެހިކަލްތައް މަޑުކޮށް އެ ވެހިކަލްތައް ބަލައި ފާސްކުރަމުން.

01:10

އެއްވުމުގެ ބައިވެރިން އެ ސަރަޙައްދުން ފޮނުވާލުމަށް އެސްއޯ ފުލުހުން ޙަރަކާތްތެރިވަމުންދާއިރު، ބަންދުކޮށްފައި އޮތުމަށްފަހު މަޖީދީމަގު ބޭނުންކުރާ ފަރާތްތަކަށް އެމަގު މިހާރު ވަނީ ހުޅުވާލާފައި.

އެއްވުމުގެ ބައިވެރިން ފޮނުވާލުމަަށް އެސްއޯ ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަލީ ވިސާމް

01:06

ކުނޫޒް ސަރަޙައްދަށް އެއްވި މީހުން ފަހަތަށް ޖައްސައިފި. އެސްއޯ ފުލުހުން އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސަން ފެށުމުން ގިނަ ބަޔަކު ވަނީ އެއްވުން ދޫކޮށް އެ ސަރަޙައްދުން ގޮސްފައި.

01:03

ކުނޫޒް ސަރަޙައްދުން، ޕެޕަރ ސްޕްރޭގެ އަސަރު ކުރި މީހަކު އެމްބިއުލާންސްގައި އައިޖީއެމްއެޗްއަށް ގެންގޮސްފި. ކުރިންވެސް ޕެޕަރ ސްޕްރޭގެ އަސަރު ކުރި ބައެއް މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާފައިވޭ. ފުލުހުން ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި ވަނީ، އެއްވެ ތިބި މީހުނަށް ފަހަތަށް ޖެހުމަށް ފުރުސަތު ދިނުމަށްފަހު، އަމުރަށް ނުކިޔަމަންތެރިވުމުން. އަދި ފަހަތަށް ނުޖެހިއްޖެ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ކުރިން ދިނުމުންވެސް، އެފަރާތްތަކުން އެ އަމުރަށް ތަބާ ނުވުމުން.

00:54

ބަންދު ކުރުމަށްފަހު ފުލުހުން ކުނޫޒް ހުޅުވާލައިފި. ކުރިން ފުލުހުން އެ ޖަގަހަ ބަންދުކޮށްފައި ވަނީ އެތެރޭގައި ތިބި ފަރާތްތަކަށް ބޭރަށް ނުނިކުމެވޭ ގޮތަށް. އަދި އެއްވެސް ފަރާތަކަށް ބޭރުން ގޮސް އެތަނުގެ ތެރެއަށް ނުވަދެވޭ ގޮތަށް. ފުލުހުން އެ ޖަގަހަ ހުޅުވި ނަމަވެސް، އެސްއޯ ފުލުހުން ދަނީ އެ ސަރަޙައްދަށް އެއްވެ ތިބި މީހުން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުން.

ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒް ކައިރީގައި ފުލުހުން ޙަރަކާތްތެރި ވަނީ

00:49

ކުނޫޒް ތެރެއިން ހަތަރު މީހަކު ނެރެގެން އެމްބިއުލާންސަށް އަރުވައިފި. އޭތެރޭގޭގައި ނޫސްވެރިއަކު ހިމެނޭ ކަމަށް މަޢުލޫމާތު ލިބޭ. މިރޭގެ މުޒާހަރާގެ ތެރެއިން ކުރިންވެސް ބައެއް ފަރާތްތަކަށް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދޭ. އޭގެތެރެއިން އެކެއްގެ އަތް ވަނީ ބިންދައިގެން ގޮސްފައި.

00:47

00:47

00:46

00:42

ސުލްޙަވެރި ކަމާއި އެކު ޝުޢޫރު ފާޅު ކުރުމަށް ކަމަށް ބުނެ މިއަދު އިދިކޮޅު ފަރާތްތަކުން ހަވީރުން ފެށިގެން ކުރިއަށްގެންދާ އެއްވުމުގައި، މިހާތަނަށް 23 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބޭ. އިދިކޮޅު ފަރާތްތަކުން ވަނީ އެއްވުން ފެށުމަށްފަހު މާގިނައިރުތަކެއް ނުވެ ހަމަނުޖެހުން ހިންގައި މިރޭ މި އެއްވުން ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައި. މި ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް މީހުނަށް ވަނީ އަނިޔާވެސް ވެފައިކަން ފާހަގަކޮށްލެވޭ.

00:39

ފުލުހުން ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒް ކުރިމަތީގައި ސަފަކަށް އެތުރިފައި. ފުލުހުން ވަނީ އެ ޖަގަހައަށް ޢާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައި.

ފުލުހުން ކުނޫޒް ކުރިމަތީގައި - ވަގުތު އިމޭޖަސް: އަލީ ވިސާމް

00:34

މުޒާހަރާގެ ބައިވެރިން މަޖީދީ މަގު ބްލޮކްވާ ގޮތަށް މަގު މެދުގައި ތިބުމުން، އެ ސަރަޙައްދު ފެށިގެން އައިކެއަރ އާއި ހަމައަށް ވަނީ ވަރަށް ބޮޑަށް ޓްރެފިކްވެ ތޮއްޖެހިފައި.

00:25

ފުލުހުންގޮސް މުޒާހަރާގެ ބައިވެރިން ދުރުކޮށް ހުއްޓުވި އެމްއެންޑީއެފްގެ ވެހިކަލް އެ ސަރަޙައްދުން ފޮނުވާލައިފި. ފުލުހުން ވަނީ އެސަރަޙައްދުން ދެ މީހަކު ހައްޔަރުކޮށްފައި.

00:23

މާވެޔޮ މަގު ސަރަޙައްދުން ހުއްޓުވި އެމްއެންޑީއެފްގެ ވެހިކަލްގެފަހަތުގައި ހުރި ސިފައިންގެ މީހާ ވެހިކަލްގެ ކުރިއަށް އެރުމުން މުޒާހަރާގެ ބައިވެރިން އެ ވެހިކަލްގެ ބިއްލޫރިގަނޑެއް ތަޅާލައިފި.

މުޒާހަރާގެ ބައިވެރިން އެމްއެންޑިއެފްގެ ވެހިކަލެއް ހުއްޓުވާފައި - ވަގުތު އިމޭޖަސް: އަލީ ވިސާމް

00:21

މާވެޔޮ މަގު ސަރަޙައްދަށް އެވެފައިވާ މީހުން އެ ސަރަޙައްދުން ދަތުރުކުރި އެމްއެންޑީއެފް ވެހިކަލެއް ހުއްޓުވައިފި. އެ ވެހިކަލްގައި ކޮންމެވެސް ވަރަކަށް ސިފައިން އެބަތިބި. މުޒާހަރާގެ ބައިވެރިން ދަނީ އެ ވެހިކަލަށް ގެއްލުން ދިނުމަށް ގޮވާލަމުން.

މުޒާހަރާގެ ބައިވެރިން އެމްއެންޑިއެފްގެ ވެހިކަލެއް ހުއްޓުވާފައި - ވަގުތު އިމޭޖަސް: އަލީ ވިސާމް

00:15

މުޒާހަރާ ކުރަމުންދާ ފަރާތްތަކެއް މާވެޔޮ މަގު ސަރަޙައްދަށް ޖަމާވަމުންދޭ. އެ ސަރަޙައްދުގައި ތިބެ އެފަރާތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން. މި ސަރަޙައްދުގައި އަދި ޙަރަކާތްތެރިވަމުން ދަނީ ހަމަ އެކަނި ޓްރެފިކް ފުލުހުން. މަގުން ދުއްވާ ފަރާތްތަކަށް ހުރަސް އެޅޭގޮތަށް އެއްވުމުގެ ބައިވެރިން މަގު މެދުގައި ތިބުމުން އެ ސަރަޙައްދުގެ ޓްރެފިކް ވަނީ ޖޭމްވެފައި.

މާވެޔޮ މަގު ސަރަޙައްދަށް އެއްވެފައި ތިބި މުޒާހަރާގެ ބައިވެރިން - ވަގުތު އިމޭޖަސް: އަލީ ވިސާމް

00:11

އާޓިފިޝަލް ބީޗް ސަރަޙައްދާއި ޖުމްހޫރީ ޕާޓީގެ ޖަހަގަ ކުނޫޒް ހުންނަ ސަރަޙައްދުގައިވެސް ކޮންމެވެސް ވަރަކަށް އިދިކޮޅު ފަރާތްތަކުން ޙަރަކާތްތެރިވަމުންދޭ. ނަމަވެސް ފުލުހުން ގޮސް މުޒާހަރާ ރޫޅާލިފަހުން ގިނަ ބަޔަކު ވަނީ އެއްވުން ދޫކޮށް ގޮސްފައި. އަދި މިރޭ އިދިކޮޅު ފަރާތްތަކުން އެއްވި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަޙައްދުގައި މިހާރު މުޒާހަރާގެ ބައިވެރިން ނެތްކަން ފާހަގަކޮށްލެވޭ.

23:35

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދުން އަނެއްކާވެސް ނޫސްވެރިންނާއި ދިމާލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި. ފުލުހުން ވަނީ، އެވަގުތު ވީޓީވީ އާއި ރާއްޖެޓީވީގެ ދެ ނޫސްވެރިއަކު ހައްޔަރުކޮށްފައި. ރާއްޖެޓީވީން ބުނެފައިވަނީ ހައްޔަރުކޮށްފައި ވަނީ ހުސައިން ހަސަން ނަމަކަށްކިޔާ ނޫސްވެރިއަކަށް ކަމަށެވެ. އަދި ފުލުހުން ރާއްޖެޓީވީގެ މައިކުވެސް ގެންގޮސްފައިވާ ކަމަށް އެ ޓީވީގެ ފަރާތުން ބުނެފައިވޭ.

23:25

23:19

23:15

23:10

މުޒާހަރާގެ ބައިވެރިން މޫދުގައި - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

23:09

އިދިކޮޅު މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

22:59

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.

22:53

އާޓިފިޝަލް ބީޗް ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އެއްވި ބައެއް ފަރާތްތަކުން ވަނީ މޫދަށް ފައިބާފައި. އެފަރާތްތަކުން ވަނީ "ކައިރިވެއްޖެ ނަމަ" ގަޔަށް ވެއްޔާއި ލޮނު ޖަހާނެ ކަމަށް ބުނެފައި.

މުޒާހަރާގެ ބައެއް ބައިވެރިން އާޓިފިޝަލް ބީޗުގައި

22:50

އަލީ އާރިފް: އެއްވެސް ޖަރީމާއެއްގައި ރައްޔިތުން ބައިވެރިވެ ވަޑައިނުގަންނަވާތި.

22:47

އަލީ އާރިފް: ރާއްޖޭގައި ހުޅު ޖަހަނީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގޭނެ. ރާއްޖޭގެ އެތަންމިތަނުގައި ހުޅުޖެހީ އެމްޑީޕީ މީހުން. މުޅި ރާއްޖޭގެ ރައްޔިތުން ދަންނާނެ އެމްޑީޕީ އިން ރާއްޖޭގެ ހަރުމުދަލުގައި ހުޅު ޖެހިކަން.

22:45

އަބްދުލްރަހީމް:މިގައުމުގައި ޙުކުމް ކޮށްފައި ތިބީ ނުވަ މީހުންނެއް ނޫން. އުމުރު ދުވަހުގެ ޙުކުމް އިއްވާފައި ތިބި މީހުން ވެސް އެބަތިބި. ނުވަ މީހަކު ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް.

22:44

އަބްދުލްރަހީމް:ސުޕްރީމް ކޯޓުން ކުރި ޙުކުމަކަށް މިހާރު އޮތީ 5 ފެބްރުއަރީގެ ޙުކުމް. ކުރިން ނެރުނު ޙުކުމްގެ ކަންކަން އޮތީ ބާތިލްކޮށްފައި. އެހެންވީމާ އެޙުކުމުގެ ވާހަކައެއް މިހާރު ނުދެއްކޭނެ.

22:42

އަބްދުލްރަހީމް:ގައުމު އަމާންކޮށްދެއްވުން އެދެން. މިކަމުގެ އަޑީގައި ތިބި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.

22:41

އަބްދުލްރަހީމް: ރައީސް ޔާމީން އިސްތިއުފާ ދެއްވަން ވީމާ އެނގޭނީ ރައީސް ނަޝީދަކަށް ނޫން.

22:40

އަބްދުލްރަހީމް: މިރޭ ތަންތަނުގައި އަލިފާން ރޯކޮށް ސައިކަލްތަކުގައިދާ މީހުންނަށް ވެސް ހަމަލާ ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި.

22:40

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި.

22:39

މުޒާހަރާގެ ބައެއް ބައިވެރިން ދަނީ، ފުލުހުންނަށް ޙަމަލާދޭނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދެމުން. މީގެ ކުރިންވެސް މިއަދު އިދިކޮޅު ފަރާތްތަކުން ކުރަން ރޭވި މުޒާހަރާގައި ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލައި ޙަމަލާ ދިނުމަށް ތައްޔާރުވަމުން ދިޔަކަން ވަނީ ހާމަވެފައި. އިދިކޮޅު ފަރާތްތަކުން މަގުތަކުގައި ހަމަނުޖެހުން ހިންގަމުން ދަނީ، ރާއްޖޭގައި މުޒާހަރާ ކުރުން މަނާކޮށްފައި ވަނިކޮށް.

22:35

އެސްއޯ ފުލުހުން އަނެއްކާވެސް އާޓިފިޝަލް ބީޗް ތެރޭގައި ތިބި މުޒާހަރާގެ ބައިވެރިންތަކެއް ފަހަތައް ޖެއްސުމުގެ މަސައްކަތް ފަށައިފި. އެ ސަރަޙައްދަށްވެސް ވެސް ކޮންމެވެސް ވަރަކަށް މީހުން އެއްވެފައިވޭ.

22:34

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަޙައްދަށް އެއްވެފައި ތިބި މީހުން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:33

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަޙައްދުން އަނެއްކާވެސް މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކޮށްފި. މީގެ ކުރިންވެސް އެ ސަރަޙައްދުން މީހަކު ހައްޔަރުކޮށްފައިވޭ.

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަޙައްދުން ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ - ވަގުތު އިމޭޖަސް: ވަގުތު އިމޭޖަސް

22:23

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ސަރަޙައްދަށް އެއްވެފައި ތިބި ފަރާތްތަކުން ދަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން.

22:21

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދުގައި އެސްއޯ ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:18

އިދިކޮޅު ޥޯމްއަޕް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:16

މުޒާހަރާގެ ތެރެއިން ސަންގުޓީވީގެ ކެމެރާމަނަށް އަނިޔާވެފައި - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:14

މުޒާހަރާ ކުރަމުންދިޔަ ސަރަޙައްދަށް ފުލުހުން ގިނަ ޢަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުން ބައެއް ނޫސްވެރިންނަށްވެސް އޭގެ އަސަރު ވަނީ ކޮށްފައި. އޭގެ ތެރެއިން އެއް ނޫސްވެރިއަކު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.

ނޫސްވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:12

ޗާންދަނީ މަގު ސަރަޙައްދަށް އެއްވި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

22:08

މަޖީދީ މަގު ޑައިންމޯ ކައިރިން ނޫސްވެރިންގެ ލޮލަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި.

މިރޭ ކުރިއަށްދާ މުޒާހަރާގެ ތެރެއިން، ޕެޕަރ ސްޕްރޭގެ އަސަރު ކުރި މީހެއް -ވަގުތު އިމޭޖަސް: އިބްރާހިމް ޝަބިލް

22:03

ޗާންދަނީ މަގު ސަރަޙައްދަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފި. އެ ސަރަޙައްދަށް މުޒާހަރާގެ ބައިވެރިން ދަނީ ޖަމާވަމުން.

ޗާންދަނީ މަގު ސަރަޙައްދުން ހައްޔަރު ކުރި މީހާ ފުލުހުންގެ ވެހިކަލަކަށް އަރުވާފައި - ވަގުތު އިމޭޖަސް: ހުސައިން ސިނާން

22:03

22:01

ފުލުހުންގެ ބެލުމުގެ ދަށަށް މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެންގޮސް، ފުލުހުންގެ ވެހިކަލްގައި އެ ސަރަޙައްދުން ގެންގޮސްފި.

22:00

އާޓިފިޝަލް ބީޗް ސަރަޙައްދުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހައްޔަރުކޮށްފި.

21:58

މުޒާހަރާގެ ބައިވެރިން މާލޭގެ އެކި މަގުތަކުގައި އަޑު އުފުލަމުންދާ ކަމަށް މަޢުލޫމާތު ލިބޭ. އެގޮތުން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދަށްވެސް މީހުން އެއްވަމުންދޭ. އެސްއޯ ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުން ޢާންމުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން.

މުޒާހަރާގެ ބައިވެރިންތަކެއް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަޙައްދުގައި - ވަގުތު އިމޭޖަސް: ހުސައިން ސިނާން

21:47

މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

21:46

އާޓިފިޝަލް ބީޗް ސަރަޙައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް އެސްއޯ ފުލުހުން ކުރަމުންދާއިރު، މުޒާހަރާގެ ގިނަ ބައިވެރިން މިހާރު ތިބީ ބްރޭކްވޯޓާ ރެސްޓޯރެންޓް ކައިރީގައި.

21:44

އެމްޑީޕީ ހަރުގެ ކުރިމަތީގައި ތިބި ހުރިހާ ފަރާތްތައް އެ ސަރަޙައްދު ދޫކޮށް ދިއުމަށާއި، އެތަނުން ނުދާ ހުރިހާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ދީފި. ފުލުހުން ވަނީ މަސްލަހަތު ނަގާނުލުމަށް އެއްވެ ތިބި މީހުނަށް އަންގާފައި.

21:43

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތް ފެށުމުން ދުއްވައިގަތް އަންހެނަކަށް އަނިޔާވެއްޖެ. ނަމަވެސް އޭނާއަށް ލިބިފައި ވަނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ. މީގެ ކުރިންވެސް އެ ސަރަޙައްދުން ދުވެފައި ދިޔަ ފިރިހެނަކު ވެއްޓި އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި. އޭނާގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބޭ.

މުޒާހަރާގައި ބައިވެރިވި އަންހެނަކަށް އަނިޔާވެފައި - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:36

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކުރަމުންދާ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:33

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:32

މުޒާހަރާގެ ބައިވެރިން އެ ސަރަޙައްދު ދޫކޮށް ނުގޮސްފިނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި.

21:32

ޝީލްޑްތަކާއި އެކު އެސްއޯ ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފަށައިފި. ކުރިން ފުލުހުން ވަނީ އެ ސަރަޙައްދުން މީހުން ދިއުމަށް ފުރުސަތު ދީފައި. ނަމަވެސް އެފަރާތްތަކުން ދަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަން ދައްކަމުން.

21:27

އެސްއޯ ފުލުހުންގެ ސަފުތަށް އާޓިފިޝަލް ބީޗުގެ ސްޓޭޖުމަތީ ރުކުވާލައިފި. ފުލުހުން ދަނީ އެ ސަރަޙައްދަށް އެއްވެ ތިބި މީހުން މިހާރު މިހާރަށް އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގަމުން.

21:26

އިދިކޮޅު މުޒާހަރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުން - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:23

އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ ސްޓޭޗް މަތީގައި އެސްއޯ ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:22

މުޒާހަރާކުރާ ފަރާތްތަކުން އަޑު އުފުލަމުންދާއިރު، ފުލުހުން ދަނީ އެފަރާތްތައް ފަހަތަށް ޖެއްސުމަށް ތައްޔާރުވަމުން.

21:21

މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވެފައި - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

21:19

މުޒާހަރާގެ ބައިވެރިން އަނެއްކާވެސް އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވާން ފަށައިފި

20:07

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

20:07

އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސާލައި އާޓިފިޝަލް ބީޗް ސަރަޙައްދު އެކީހެން ހުސްކޮށްލާފައިވާއިރު، މީޑީއާތައް ވެސް އެ ސަރަޙައްދުން ދިއުމަށް ފުލުހުން މިހާރު ވަނީ އެދިފައި.

20:02

އެސްއޯ ފުލުހުން އަނެއްކާވެސް ގްރޫޕްތަކަށް ބެހިލުމަށްފަހު، އާޓިފިޝަލް ބީޗް ސަރަޙައްދުގެ އެކި ތަންތަނުގައި މަޑުކޮށްލައިގެން ތިބި މީހުން އެ ސަރަޙައްދުން ފޮނުވާލުމަށް މަސައްކަތް ފަށައިފި. އެގޮތުން އަށިތަކާއި ބްރޭކްވޯޓަރ ރެސްޓޯރެންޓް ކައިރީގައި ހުންނަ ޕާކު ތެރޭގައި ތިބި މީހުންވެސް އެ ސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުން.

އެސްއޯ ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހަރަކާތްތެިރވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:56

މުޒާހަރާގެ ތެރެއިން އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:54

ފުލުހުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން އުޅުނު ވަގުތުގައި، އެ ސަރަޙައްދުން ފިލަން ދުވި މީހަކަށް އަނިޔާވެގެން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފި. ބައެއް ފަރާތްތަކުން ބުނާގޮތުގައި އޭނާގެ ހޮސްޕިޓަލަށް ގެންދިޔައީ އަތަށް ތަދުވާތީ.

19:51

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކޮށްގެން ގެންދަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

19:44

އާޓިފިޝަލް ބީޗް ސަރަޙައްދުގައި މިއަދު ހަވީރުން ފެށިގެން މުޒާހަރާ ކުރަމުންދިޔަ މީހުން އެތަނުން ފަހަތަށް ޖައްސައި ފޮނުވާލުމުން، މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް މަދުވެފައި. އެފަރާތްތަކުން ވަނީ އަމިއްލައަށް އެއްވުން ދޫކޮށް ދާން ފަށަފައި.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

19:40

އެސްއޯ ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހަރަކާތްތެިރވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:39

މުޒާހަރާގެ ބައިވެރިން، ޕީޕީއެމް އޮފީހާއި ހަމައަށް ފަހަތަށް ޖެއްސުމަށްފަހު ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ ސްޓޭޗް މަތީގައި ކޭޕް ޖަހައިފި.

އެސްއޯ ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހަރަކާތްތެިރވަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:38

މުޒާހަރާގެ ބައިވެރިންތަކެއް އާޓިފިޝަލް ބީޗް ސަރަޙައްދުގައި - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:36

ވެހިކަލްތަކަށް ދުއްވޭ ގޮތަށް މަޖީދީމަގު މިހާރު ވަނީ ހުޅުވާލާފައި. މީގެ ކުރިން، މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުން މަގު ބޭނުން ކުރާ ފަރާތްތަކަށް ދަތިވާނެހެން މަގުމައްޗަށް ނިކުމެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވަމުން ދިއުމުން އެ ސަރަޙައްދުގެ މަގު ވަނީ ބަންދުކޮށްފައި.

19:35

އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވި އެންމެން ފަހަތަށް ޖައްސައި ފުލުހުން އެ ސަރަޙައްދު އެއްކޮށް ހުސްކޮށްލައިފި

އާޓިފިޝަލް ބީޗް ސަރަޙައްދު - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:33

އެސްއޯ ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހަރަކާތްތެިރވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:32

ޑްރަގް އެންފޯސްމަންޓްގެ ފުލުހުންވެސް، މާލޭގައި މުޒާހަރާ ކުރިއަށްދާ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން އެބަދޭ.

19:31

ފުލުހުން ޑައިންމޯ ހުންނަ ސަރަޙައްދުން ފެށިގެން ބްރޭކް ވޯޓާ ރެސްޓޯރެންޓާއި ހަމައަށް، އެއްވެ ތިބި މީހުން ފަހަތަށް ޖައްސައި އާޓިފިޝަލް ބީޗް ސަރަޙައްދު ހުސްކޮށްފި

އާތިފިޝަލް ބީޗް ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:29

ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ޝީލްޑާއި އެކު އާޓިފިޝަލް ބީޝް ސަރަޙައްދުގައި އެއްވެ ތިބި މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފަށައިފި.

އެސްއޯ ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހަރަކާތްތެިރވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:27

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

19:23

ފުލުހުން މީހަކު ހައްޔަރު ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:22

ފުލުހުން އެއްވެ ތިބި މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރަނީ

19:19

އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވެ ތިބި، މުޒާހަރާގެ ބައިވެރިން އެ ސަރަޙައްދުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފި.

19:17

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

19:15

މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ފުލުހުންނާއި ކުރިމަތިލުމަށް މަސައްކަތް ކުރަމުންދަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

19:14

ފުލުހުން އެމްޑީޕީ ހަރުގޭގައި ތިބި ޢާންމުން އެތަނުން ބޭރުކޮށް، ހަރުގެ ބަންދުކޮށްފި

އެމްޑީޕީ ހަރުގެ ބަންދުކޮށްފައި - ވަގުތު އިމޭޖަސް: އަލީ ވިސާމް

19:13

އެސްއޯ ފުލުހުން މާލޭގައި މުޒާހަރާކުރާ ސަރަޙައްދަށް އައިސްފި. ފުލުހުން ދަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުން ފެށިގެން ބައިވެރިން ފަހަތަށް ޖައްސަމުން.

19:11

އެމްޑީޕީ ހަރުގެ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:11

ފުލުހުން އެމްޑީޕީ ހަރުގެއިން މީހުން ނެރުމުގެ މަސައްކަތް ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:10

ފުލުހުން އެމްޑީޕީ ހަރުގެއިން މީހުން ނެރުމުގެ މަސައްކަތް ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

19:08

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ އެތަނުގައި ތިބި މުޒާހަރާގެ ބައިވެރިން ބޭރަށް ނެރެން ފަށައިފި. ކުރިންވެސް އެ ހަރުގެއަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށްފަހު 18:00 ހާއިރު ވަނީ އަލުން ހުޅުވާފައި.

18:54

18:37

މުޒާހަރާގެ ބައިވެރިންތަކެއް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ނަމާދު ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

18:36

މުޒާހަރާގެ ބައިވެރިންތަކެއް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ނަމާދު ކުރަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

18:33

ފުލުހުން ގޮސް އިދިކޮޅު ފަރާތްތައް ފަހަތަށް ޖައްސަން ފެށުމުން، އާޓިފިޝަލް ބީޗް ސަރަޙައްދުގައި ނަމާދުކުރަން ފަށާއިފި. ނަމާދުގައި 40 ވަރަކަށް މީހުން ބައިވެރިވަމުންދޭ.

18:32

ފުލުހުން އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވެ ތިބި، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފަށައިފި.

18:31

އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުރި ގެތަކުގެ ދޮރު ލެއްޕުމަށް ފުލުހުން އަންގައިފި. މީގެ ކުރިން ފުލުހުން ވަނީ އެއްވެ ތިބި މުޒާހަރާ އާއި ނުނގުޅޭ އަންހެނުންނާއި ކުޑަކުދިން އެ ސަރަޙައްދު ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައި.

18:23

18:30 ގައި މާލެގައި ކުރިއަށްދާ މުޒާހަރާ ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފި.

18:20

އާޓިފިޝަލް ބީޗު ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

18:17

ނަމާދު ވަގުތުތަކަށް ވެސް މުޒާހަރާ މެދުކަނޑާނުލާ ކުރިއަށްގެންދާ ގޮތަށް އިދިކޮޅު ޕާޓީތަކުން ނިންމައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަރާތްތަކުން ދަނީ އެއްވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އެކު ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން.

18:16

މުޒާހަރާ އާއި ނުގުޅޭ އަންހެނުންނާއި ކުޑަކުދިން މާލޭގައި މުޒާހަރާ ކުރިއަށްދާ ސަރަޙައްދު ދޫކޮށް ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި.

18:04

މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

18:03

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ތިބި އާއްމުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

17:42

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

17:40

މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

17:35

ރަސްދޫގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން

17:34

ހިންނަވަރުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

17:33

މަޑަވެލީގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

17:32

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، އެފަރާތްތަކުގެ މި އެއްވުން ސިލްސިލާ ގޮތެއްގައި މިރޭވެސް ކުރިއަށްދާނެ ކަމަށް.

17:30

ޝީލްޑާއެކު ފުލުހުން ވަނީ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އެތުރި، އެއްވެ ތިބި މީހުންނަށް މަގުމައްޗަށް އެއް ނުވެވޭނެހެން އެ ސަރަޙައްދު ބަންދުކޮށްފައި.

17:29

މުޒާހަރާގެ ބައިވެރިން މިވަގުތު ތިބީ އާޓިފިޝަލް ބީޗު ސަރަހައްދުގައި

17:25

މާލޭގައި ކުރިއަށްދާ އިދިކޮޅު މުޒާހަރާގައި، މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްްމަދު މުސްތަފާ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

17:24

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މުޒާހަރާގައި ބައިވެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

17:24

އައްޑޫ ސިޓީގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

17:23

މިއަދުގެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

17:23

އައްޑޫ ސިޓީގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން

17:20

އައްޑޫ ސިޓީގައި ވެހިކަލް ބުރެއް ކުރިއަށްދަނިކޮށް ފުލުހުން ނިކުމެ ހުއްޓުވައިފި. ޝީލްޑް ހިފައިގެން ތިބި ފުލުހުން ނިކުމެ ވެހިކަލް ބުރު ހުއްޓުވީ ލިންކް ރޯޑުން

17:19

އެމްޑީޕީ ހަރުގެ ސަރަޙައދުގައި ތިބި މުޒާހަރާގެ ބައިވެރިން މަގުގެ އެއްފަރާތަކަށް ޖެއްސުމަށްފަހު، ފުލުހުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަނީ

17:18

އއ. ތޮއްޑޫގައި ކުރިއަށްދާ އިދިކޮޅު މުޒާހަރާގެ ތެރެއިން

17:17

މާލޭ އާޓިފިޝަލް ބީޗް ސަރަޙައްދަށް އެއްވެ ތިބި މުޒާހަރާގެ ބައިވެރިންތަކެއް

17:16

ބ. ތުޅާދޫގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާ

17:15

17:08

ރ.މާކުރަތުގައި އިދިކޮޅު މުޒާހަރާ ކުރިއަށް ދަނީ

17:07

ހޯޑެއްދޫގައި އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާގެ ތެރެއިން

17:03

ގދ.މަޑަވެލީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިއަށް ގެންދަނީ

17:02

ހއ.ދިއްދޫގައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާ

17:02

 

17:00

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ތިބި އާއްމުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

16:58

އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން ދިން އިންޒާރުގައި ވަނީ އެއްވުން ރޫޅާމުގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް.

16:57

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

16:56

މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

16:53

ފުލުހުން ދަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް އާއްމުންނަށް އަންގަމުން.

16:50

މުޒާހަރާ ކުރާ ސަރަހައްދަށް އެސްއޯ ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި. އަދި އެމްޑީޕީގެ ހަރުގެ ވެސް މިހާރު ވަނީ ހުސްކޮށްފައި.

16:48

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ: މިވަގުތު ފުލުހުން އަޅުގަނޑުމެންގެ ސައުންޑް ސިސްޓަމް ކަނޑާލައިފި. މިކަން ނިމުމަކަށް އަންނާނެ.

16:43

ޝީލްޑާ އެކު އެސްއޯ ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެއްޖެ.

16:43

މިއަދު ހަވީރު 5 ޖަހާއިރު ފުލުހަށް ހާޒިރުވާން އަންގާފައި އޮތުމުން މަހުލޫފް މުޒާހަރާ ކުރާ ސަރަހައްދު ދޫކޮށް ގޮސްފި.

16:40

އެސްއޯ ފުލުހުން އެ ސަރަޙައްދު ދޫކޮށް ގޮސް މިހާރު ތިބީ މަޖީދީ މަގު ކަންމަތީގައި.

 

16:37

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިހާރު ދަނީ މުޒާހަރާގައި ވާހަކަދައްކަމުން.

16:36

މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފި. އެގޮތުން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބެލެވޭ.

16:36

އެސްއޯ ފުލުހުން އެމްޑީޕީ ހަރުގެ ސަރަހައްދު ވަށާލައިފި.

16:35

އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު ބާގިރު: އަޅުގަނޑުމެންގެ ތެރެއިން ބައެއް އިލްމުވެރިން ރުޅި އައިސްގެން އުޅެނީ ޝެއިޚް އިމްރާން ޖަލުގައި އޮންނެވީމަ. ޝެއިޚް އިމްރާން ޖަލަށްލީ ގޭގައި އިންނަވަނިކޮށެއް ނޫން. މިއީ ދުވަހަކުވެސް އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުވެސް އަޑު އެހިން ޝެއިޚް އިމްރާން އެ ދުވަހު ގަނޑުތަކެއް އުފުލާ ޑރ. އަފްރާޝީމް މަރާލިކަމުގެ ހެކި އޭ. މިއަދު ހުތުބާގައި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ނޯންނާނެ.

 

16:33 - އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު ބާގިރު: ހުތުބާ ފާސްކުރާނީ، ދީނީ ފަސް އިލްމުވެރިންގެ ކޮމިޓީއަކުން. އަޅުގަނޑުގެ ހިތެއް ނުބުނޭ އ އިލްމުވެރިން ގޯސް ހައްދަވާފާނެ ކަމަށް.

16:32 - އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު ބާގިރު: އަޅުގަނޑުމެނަށް ދީނުން އެނގެން ޖެހޭ އެއްޗަކީ، ހަމައެކަނި ހައިޟުނިފާސް އާއި ދެ އަތްބަށް ކައިވެނި ކުރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް އިލްމުވެރިންނަށް މިހާރު އެނގޭ ކަންތައް.

16:27 - އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒިޔާދު ބާގިރު: މިއަދު އަޅުގަނޑުމެން ވަރަށް އުފާވެއްޖެ. ހުތުބާއަށް ރައްޔިތުން ދިން ސަމާލުކަން ލިބުނު ވަރު. އެއީ އަޅުގަނޑުމެން ހަދައިގެން ދިން އެއްޗެއް ނޫން.

16:26 - ޕީޕީއެމްގެ ތަރުޖަމާން، އަލީ އާރިފް: ހުތުބާ އެއީ އަޅުގަނޑުމެން ބުނާ އެއްޗެއް ނޫން. ހުތުބާގައި އައީ ﷲގެ ކަލާމްފުޅު، ރަސޫލާގެ ބަސްފުޅު. އެއީ އަޅުގަނޑުމެން ނޫނީ އިސްލާމިކް މިނިސްޓްރީން ކިޔާ އެއްޗެއް ނޫން. ހުތުބާގެ މަގުސަދަކީ ކޮބައިތޯ. ހުތުބާގެ މަގުސަދަކީ އޭރަކު ހިނގާ ކަންތަކަށް ހޭލުންތެރި ކުރުވުން.

16:25 - ޕީޕީއެމްގެ ތަރުޖަމާން، އަލީ އާރިފް: މިމީހުންނަށް ކަމުނުދަނީ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާންދީން އޮންނަކަން. މިމީހުންނަކީ ދުވަހަކުވެސް ދިވެހިރާއްޖެއަށް ހަމަޖެހުމެއް ގެންނަން އުޅޭ ބައެއް ނޫން.

16:18 - ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު، އަހްމަދު ނިހާން: އަޅުގަނޑުމެން ދިން ނަސޭހަތް ޤަބޫލުކޮށް މާލޭގެ ހަމަނުޖެހުމަށް ނައަންނަން ގޮވާލުމުން، ނައުމުން ޝުކުރު އަދާކުރަން. މާލޭ ހަލަބޮލި ކުރުމަކީ ކެނަރީގެ ނަޝީދުގެ އެޖެންޑާގެ ތެރެއިން ކުރާކަމެއް.

16:16 - ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ): އަޅުގަނޑުމެން ޝުކުރު އަދާކުރަން އަޅުގަނޑުމެންގެ ގޮވާލުމާ އެއްގޮތަށް ރައްޔިތުން މާލެ ނާންނާތީ.

16:14 - ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ): މިހާތަނަށް ލިބުނު މައުލޫމާތުން ބޮޑު އެއްވުމަކަށްވި ތައްޔާރީތައް ވަނީ ސައިބޯނި ބޮތްކަކަށް ވެފައި. މާލެ އަންނަން ގޮވާލުމުން ވެސް މީހަކު ނާދޭ.

16:12 - ވެރިކަން ކުރާ ޕީޕީއެމް އިން ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި.

16:09 -

އައްޑޫ ސިޓީގައި މުޒާހަރާ ފަށަން ހަމަޖެހިފައިވާ ސަރަހައްދު

16:08 -

މާލޭގައި މުޒާހަރާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސަރަހައްދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

16:01 - މި މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވާއިރު ކުއްލި ނުރައްކަލުގެ ޙާލަތުގައި ގާނޫނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މިއަދު ނުދޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައި.

އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ކުރަން ހަމަޖެހިފައިވާ މުޒާހަރާގެ ކަވަރޭޖަށް މަރުހަބާ!

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ކުރިއަށްގެންދާ މި މުޒާހަރާ އަކީ އެ ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާ އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މުޒާހަރާއެކެވެ. ބޮޑު މުޒާހަރާ ބާއްވާނެ ތާރީހެއް އިދިކޮޅު ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް މި މުޒާހަރާ ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. Anonymous

    މިއީ މުޅި ގައުމު ފަސާދަކޮށް ހަލާކުކޮށްލުމަށް ނަޝީދު ދައްޖާލު ކުރާކަންތައް.

  2. Anonymous

    4 ޖަހާ އިރު ފަށާ މުޒާހަރާއަށް މީހަކު ނެތް ނުކުމެފައެއް. ރ.ޓީވީ ބަންދު ކުރޭ.

  3. Anonymous

    ރައީސް ޔާމީނަކީ މިގައުމަށް ލިބިފައިވާ ނިއުމަތެއް. މިއީ އަހަރެމެން ގަބޫލު ކުރާ ގޮތް. ކަލޭމެނަށް އެނގޭތަ. ހެޔޮލަފާ ދަރިންނަކީ މައިން ބަފައިންނަށް ލައްވާ ރަހުމަތް. ދީނީގޮތުން ބުނެވޭ އެއްޗެއް މިއީ. ފަލާހަކީ ﷲ އަށް އީމާންވާ މީހެއްބާ. އިލްމުގެ މިންވަރެއް ނެތް މީހުން ދީނުގެ ކަންތަކާ ވާހަކަ އެއް ނުދެއްކޭނެ.

  4. Anonymous

    ހިންނަވަރުގަވެސް ނެތް މީހަކު ނުކުމެފައެއް. ނަޝީދު ބޭނުމެއް ނެތޯ ރައްޔިތުން ބުނަނީ.

  5. ބަސްއަހާތި

    އަނިޔާވެރި ވެރިންނަކީ ނިއުމަތެއް ނޫން ކަމަށް ދީނުގެ މުއްލާ އަކު ބުނާނަމަ އެއީ ރަނގަޅު ވާހަކަ އެކޭ އަނިޔާވެރި ވެރިއެއް މިރާއްޖޭގައި ކަނާތަށް ނޭތި ވާތުން މިރާއްޖެ އިންޑިއާގެ ކޮރަޕްޓް ކުންފުނި ތަކަށް ވިއްކާލާ ކަޓް ކާލައިގެން މަޖްލީސް މެމްބަރުން ބްލެކް މެއިލް ކޮށްގެން އުޅުނޭ އެއީ އޭ އަނިޔާވެރި ވެރިންނަކީ އޭނާ ވަނީ ތިން އަހަރު ދުވަސް ތެރޭގައި މިގައުމުގެ ރައްޔިތުންނަށް ގައްދާރުވެ ފައި ބަތާހަރާމީ ދަހަރާމްކޯރު އުސޫލުން މިގައުމު ހިންގާފައޭ ނަމަވެސް މަމެން ޕިންކީންގެ ވެރިކަމުގައި ރާއްޖެ މިވަނީ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކޮށް މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އަޅާފައޭ. މީ އޯގާތެރި ތެދުވެރި މޫރިތި ވެރިންނަކީ. މިފަދަ ވެރިންނަކީ އެއީ ހާކިމާ އިން ނަކީ. ހާކިމާ އަންގާ ގޮތަށް ކިޔަމަން ވުމަކީ އެއީ ބޮޑުވެގެންވާ ނިއުމަތެކޭ ކުދިންނޭ.

  6. Anonymous

    ފަލާހު މިއީ ދީނީ ކަންތަކުގަ ވާހަކަ ދައްކަން. އެއްވެސް އެއްޗެއް އެނގޭ މީހެއްނޫން. ތައުލީމު ނެތް ދީނެއް ނެތް މީހުން ހުތުބާގެ ވާހަކަ ދައްކަން. ކަލޯމެން ހޭބަލިވެބަލަ. ޔާމީނަކީ މިގައުމަށް ލެއްވި ރަހުމަތެއް. އަހަރެމެންގެ މިނިވަންކަން ދިފާއުމިވީ ޔާމީންގެ ހިކްމަތް އަމަލީއިން.

  7. ނިކަމެތި އަޅާ

    މަވެސް ބައިވެރިވާނަން

  8. Anonymous

    ކަލޯފަލާހް. ކަލެއަށް އެނގޭނެ އެއްޗެއް އެބައޮތްތަ. ނަޝީދު އޭ ތިކިޔަނީ ތަސްބީހައަކަށްވެސް. ﷲ ގެ ނަންފުޅުގަތް ދުވަހެއް ނޭނގެ. ޔާމީނަކީ މިގައުމުގެ ތަރައްގީގެ ބާނީ. ހުރިހާ ރަށެއްގަ ނަރުދަމާ. ހުރިހާ ރަށެއްގަ ބަނދަރު. ސިއްހީ ހިދުމަތް ޔޫރަޕް ފެންވަރަށް.

  9. Anonymous

    ރައްޔިތުން ނުނުކުންނާނެ. އެމީހުން ބޭނުމެއްނުވޭ ފެއިލަރ ނަޝީދުއެއް. އާ ކެންޑިޑޭޓެއް ބޭނުމީ.

  10. Anonymous

    ނަޝީދު ވެރިކަމަށް ގެނައެކޭ ކިޔާފަ ރައްޔިތުންނަށް ލިބޭނީ ކޯނޗެއް؟ އިންޑިޔާގެ އަޅުވެތިކަނ؟ ބޭނުމެއްނޫން އެއެއް.

  11. ނަަހަދާތި

    ކެނެރީގެ ނަޝީދު އަކީ އެއީ ބަތާހަރާމީ އެކޭ އޭނާ ބުނުމުން އޭނާ އަށް ވެރިކަން ހޯދާ ދޭން މަމެން ވެސް މަސައްކަތް ކޮށް ޚަރަދު ކުރީމޭ އެކަމަކު އެ ބަތާހަރާމީ ވީ މަމެންނަށް ވެސް ހަރާމްކޯރޭ މަމެން ބުނީމޭ އެހަރާމްކޯރު ގާތު ހުޅުލެ އެއާރޕޯރޓް އިންޑިއާގެ ކޮރަޕްޓް ކުންފުންނަކަށް ވިއްކާ ނުލާށޭ ދެންޏާ ދިވެހި ކުންފުންނަކަށް ވިއްކާލާށޭ އެމެންނަށް އެހެން ކުންފުންނަކަށް އެތަން ނުވިއްކޭ ގޮތަށް ހަދާ 100 އަހަރު ދުވަހަށް. އެގޮތް ވެސް ގަބޫލު ނުކޮށް އެބަތާހަރަމީ އޭނާ އާއި ކާޅު ރަންރީނދޫ ޓްވިޓަރޭ މެން ދަގަނޑު ވޯޓަރ ޕްރޫފް ޖަނގިޔާލައިގެން ކަނޑު ފައްތާ ފިލްމް ކުޅެން ކަޓް ކާލައިގެން އެއާރޕޯރޓް ވެސް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލީއޭ ކެނެރީގެ ނަޝީދު އަކީ އެއީ ދަ ބަތާހަރާމީ އަކީ އަދި ދަހަރާމްކޯރަކީ އޭނާ ބުނާ ގޮތަށް ނަހަދާތި ރާއްޖޭގެ އެކަކު ވެސް.

  12. Anonymous

    މިއަދު މުޒާހަރާއަށް ނުކުތުމަކީ ހައްޔަރު ކުރެވޭނެ ކަންތައް. ނަޝީދު އަށްޓަކައި އާއިލާ ދޫކޮށްލަންބޭނުމިއްޔާ އެތަނަށް ދާންވީ.

  13. ލާދީނީ

    ނަސީދު ބޭނުންވަނީ މިތަން ފަސާދަކޮށް މިތާލާދީން ފަތުރަން.........ގަންޖާބޯ މުޅިގައުމް ފަސާދަކޮއްފި.......

  14. Anonymous

    މަހުލޫފޫ މިއަދު މިއޮތީ ވާރމް ޑައުންއާވައްތަރުވަނީ. އައްޑޫ ހިތަދޫގެ 34 ހާސް އާބާދީން 30 މީހުން ނުނުކުމޭ މުޒާހަރާއަށް. މީގެ މާނަ އެނގޭތަ؟ ކަލޭމެން ގައުމު ތިވިއްކާވިއްކުން ރަނގަޅެއް ނޫނޭ!

  15. މާސް

    ޢަހަރެމެން ނެތީމު ނުކުންނާކަށް

  16. ނަޝީދާ

    ނަޝީދު ދެން މީ ކާކުތަ މިޤައުމު ހަލާކުކުރަން.

  17. މަރިއްތަ

    ރާއްޖޭގެ އަމަން ނަގާލާ ރާއްޖޭގަ ހުރި ހަމަނުޖެހުން ދުނިޔެއަށް އަންގާ ބޭރުގެ ނުފޫޒު މިގައުމަށް ވެއްދުމަށް ރައްޔިތުން ލައްވާ މަކަރާ ހީލަތުން ޖަހާމަޅިއެއް ތި މުޒާހަރާއަކީ

  18. ޖައްސާތި

    ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނި ކޮށް ދެން ތަމެންނަށް ބައާވާތެއް ގެންނާނެ ކަމަށް ހީކޮށް މާލޭގައި ކެނެރީގެ ނަޝީދު ދަ ބަތާހަރާމީ ދަ ހަރާމްކޯރު އުސޫލުން ގައުމަށް ގައްދާރުވާ ދެ ބޮޑު ހުކުމޭ އަށް ފައިސާ އަޅައިގެން ދަ ނަހަލާލު ކޯޓް އަމުރެއް ނެރުނަސް ދެން އެކަން އެގޮތަށް ނުވާނެއެެވެ. ދެން ތަމެން ޖެހޭނީ ހަމަ ފަހަތަށް ޖެހެން އަދި މިއަދު އުފުރާލާނަން ރަންރީނދޫ ޓްވިޓަރޭ އަށް ދަންދެން. އެއިރުން ހުންނާނެ ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ.

  19. Anonymous

    ވަރމް ޑައުން މުޒާހަރާ ހާދަ ކަޑައޭ. 100 މީހުން ހަމަނުވޭ. ެމރަށަކުނއ މީހަކުނައި. ވަޅޯވެފަ ތިއޮތީ.

  20. އެ ޑީ ޕީ ގެ ހަލާކު

    އަންނި އޭ ކިޔާ އެތި އަންދާލާ އެއީ ކާފަރެއް ގައްދާރެއް

  21. Anonymous

    ފުލުހުންނަށް ސެލިއުޓް. ގައުމުގެ އަމަން ބަލަހައްޓ ގައުމު ވިއްކާލަން މަސައްކތް ކުރާ ހާއިނުންނަށް އިންޗިއެއްވެސް ނުދޭތި. ﷲ ތިޔަބައިމީހުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން.

  22. މަހަށްދޭބަލަ

    އިދިކޮޅު އެއްވުން ފެށުމާއި އެކު ފުލުހުން ހުރަސް އަޅައިފިނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެމްޑީޕީން ބޮޑު ކުށްވެރި އެއް ކަމަށްވާ ކެނެރީގެ ނަޝީދު ރާއްޖޭގެ ވެރިކަށް ފާކުރަން ވެގެން އެމެން އެގޮވާ އަބޫޖަހުލު ގޮވެލި ތަކަކީ މިހާރު ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ އަމުރެކޭ ދެން ހުންނާނެ ކެނެރީގެ ނަޝީދަށް އަބޫޖަހުލު ތިއަރީ ރާއްޖޭގައި ކުރި އެރުވިފައި. މަހަށް ދޭބަލަ މަހަށް މަހަށް ދޭބަލަ.

  23. Anonymous

    މަކިލުހެއް ނޫހެއް ނޯންނާނެ. ނުކުރަން ބުނާކަންތައް ކުރީމަ އަދަބު ލިބޭނެ.

  24. މުންނީ

    ހައްޔަރުކުރާނެ މިއަދު މުޒާހަތާ އޮތީ މަނާކޮށްފަ. ގެއަށްދޭ. މިގައުމު ހަމ ނޭވާލިޔަދީ. މިއަހަރު އޮންނަ އިންތިހާބުގަ ކުރިމަތިލާހާ ހިތްވަރުނެތިއްޔާ މައިތިރިވެ ތިބޭ. ސަރުކާރުގަ ބާރު ހުންނާނެ. ރައްޔިތުން ހޮވާފަ ހުރި ވެރިއެއް މަގުމަތިން ނުވެއްތޭނެ.

  25. މުންނީ

    މިއިންތި މިކިޔަނީ ކީކޭތަ؟ ގައުމު މިހާލަތަށް މިވައްޓާލީ ނަޝީދު ވެރިކަމަށް ގެންނަންތަ؟ ނުވާނެ ޔާﷲ މިއިދިކޮޅު ބަލިކުރައްވައި ނިކަމެތި ކުރައްވާށި.އާމީން.

  26. ނޫހު

    އަހަރެން އެމްޑީޕީ މީހަކަށް ވެ ހުރެ ލަދު ގަންނަނީ ޔާމީނު ގެނައި ތަރައްގީ ގެ މަތީގަ މުޒާަރާ ކުރަން ޖެހުމުން.
    ކޯޒްވޭ ތަކުގަ އާ ތާރަ ގަނޑު މަތީ ތިބެ ކުރާކަށް މަށަކަށް ލާހިކެއް ނޫޏް
    ގޫގުލް މުތަރުޖިމު

  27. ޢަސްތާ

    މާލެ ނޫން އެހެން ރައް ރަށުގައި ވަރައް ބައި ބޯ ކަމައް ފެނޭ

  28. ކޮބާހޭ

    ބާރުގެ ބޭނުންކޮށް އިދިކޮޅު އެއްވުން ރޫޅާލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. އަސޭ މިރުސް ދުން މުޅި އެމްޑީޕީ ހަރުގެ ހުރި ދިމާލަށް އަޅައިގެން ނަމަވެސް މައިދާން ކްލިއަރ އައުޓް ކުރުން އެއީ މިގައުމުގެ މިނިވަން ކަން ދިފާއު ކުރުމަށް ޓަކައި ނަމަވެސް ކުރަން ޖެހޭނެ ކަމެކޭ އެކަން ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަންކަން ކޮށް ބްލޫސް ކުދިން މިކަމަށް ގުރުބާންވާްންވީއޭ. މިއަދު މިކަމުގައި ގުރުބާންވާ ބްލޫސް ކޮންމެ ކުއްޖަކަށް މާލެ ސަރަހައްދުން ފްލެޓެއް ލިބޭނެ ކަމުގެ ޔަގީން ކަން މަމެން ދެމޭ އަދި ކޮންމެ ފުލުހެއްގެ ދަރި އަކު ރާއްޖޭގެ ސްކޫލް ނިމުމުން ލޯން ދީގެން ފޮނުވާލާނީ ސީދާ ސިންގަޕޯރ އަށޭ ކިޔަވަން އެއިރުން ކިހާ ރަނގަޅުވާނެ އެއް ނޫންތޭ. މިއަދަކީ މީ ބޮޑު ދުވަހެކޭ ޖައްސާށޭ ޖައްސާށޭ ޖައްސާށޭ ލާރޖް ކޮށް. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނި ކޮށް މާލޭގެ މަގުމައްޗަށް މުޒާހަރާ ކުރަން ނިކުންނަ މީހުންނަކީ އެއީ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފަށް އެމެން އެއްވާ އެއްވުމެކޭ އެގާނޫނު..

  29. ބަލާތި

    އިދިކޮޅު ޕާރޓީ ތަކުން އިންތިޒާމް ކޮށްގެން މިއަދު އެބޭއްވީ އެއީ އެމެން ކަށިން ހިތް ވަރު ނަގައިގެން މީހުން އެއް ކޮށްގެން އެމެން ހިތުން ރާއްޖޭގެ ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ބޭއްވި އެއްވުމެކޭ. ކެނެރީގެ ނަޝީދު އަކީ އެއީ ބޮޑު ކުށްވެރިއެކޭ. ސްޕްރީމް ކޯޓުން 1 ފެބް 2018 ގައި ނެރުނު ދަ ނަހަލާލު ކޯޓް އަމުރަކީ އެއީ މިހާރު ބާތިލް އަމުރެކޭ ދެން ކޮން އަމުރެއްތޭ ތަމެން ތަންފީޒު ކުރަން ތިޔާ ގޮވާ ކަނޑުކޮސް ތިއޮތް ގެން ގޮވަނީ ކުށްވެރިން ތަކެއް ދުލެއް ކޮށްލަން ހުންނަ ތަނެއް ނޫނޭ ސްޕްރީމް ކޯޓަކީ ތަމެން ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ ކުށްވެރިން ދޫކުރަން އޮންނާނެ ބިއުރޮކްރަޓިކް ސިސްޓަމް އެއް ހަމަ ޖައްސާފައި މަޖްލީހުން ގާނޫނަކުން. އޭގެ ދަށުން ކުށްވެރިން ދޫކުރަން ޖެހޭނީ. ބޮޑު ކޯޓުގައި ތިބި ކޮރަޕްޓް ދެ ހުކުމޭ މެންނަށް ކަޓް ދިނީމާ އެމެން ނަށް ފެންނަ ގޮތަށް ގާނޫނުގެ ބޭރުން ކުރާ އަމުރު އެއީ ރައްޔިތުން ވެސް އަދި ސަރުކާރުން ވެސް އެ މައްޗަށް އަމަލު ކުރަން ޖެހޭނެ އެއްޗެއް ނޫނޭ ދެން ތަމެން މަހަށްދޭބަލަ.

  30. 333

    ކޮބައިތަ ނޭކުރެންދޫ ގާނޫނީ މުހައިމިނު....

  31. ާައަލިފުޅު

    ހިންނަވަރު މަޑަވެލީގެ މުޒާހަރާފެނި މަ ހޭނުނެތުނީ ކިރިޔާ.

  32. ދިވެއްސެއް

    އަޅެމިގައުމުގަ އަނިޔާ ލިބެމުންދަނީކާކަށްތަ؟ ކޮންމެދުވަހެއްގެ ހެނދުނުއިރުއެރީއްސުރެ އޮއްސުމާ ހަމައަށްއަދި އޭގެފަހުންވެސް ހަމަގަދައަޅާ ދިރިއުޅުމައް ބޭނުންވާ އެއްވެސްކަމެއް ދަތިއުނދަގުލަކާނުލާ ހަމަޖެހެނީ ކުރާމަސައްކަތުން .އެއިންއެއްވެސްކަމެއްކުރާކައް އެއްވެސްހުރަހެއް ނޯވޭ މިނިވަންކަމާއެކު މަގުހިނގާއުޅުމައް ދަތުރުފަތުރުކޮށް އުޅުމަކައް ހުރަހެއްނެތް. ޞޭނުންވަގުތަކު ބޭނުންއެއްޗެއް ކައިބޮއެ އުޅެވޭ. ތިމާކުށައްއަރައިގަތުމުން ދޭއަދަބަކީ އަނިޔާ އެއްނަމަ އެކަންގަބޫލުކުރާމީހުން ޖަ ްގަލީބޯގައުމަކައްހިޖުރަކޮށް އެތަނެއްގަ އުޅެންދޭ!! މިގައުމުފަސާދަ ކޮށްހަލާކުކުރަން އުޅޭނެކަމެއްނެތް .

  33. ވޭކްމީއަޕް

    ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނި ކޮށް އެއްގޮތަކަށް ވެސް އިދިކޮޅު އެމްޑީޕީ އަށް މާލޭގައި މުޒާހަރާ އެއް ނުކުރެވޭނެއޭ އަދި އިންތިޒާމެއް ވެސް ނުކުރެވޭނެއޭ އެއީ ފުރަތަމަ އެމެން އެ އޮތީ ލައިން އޮފް ފަޔަރ ކްރޮސް ކޮށްފައޭ. ހައު ކޭން ޔޫ ސޭ ތަމެން މުޒާހަރާ ކުރާނަމޭ މަމެން ކުއްލި ނުރައްކަލުގެ ހާލަތު ޖައްސާފައި ވަނި ކޮށް ވޭކް މީ އަޕް އިންސައިޑް މައި ސޯލް ނައު. ވޭކް މީ އަޕް އިންސައިޑް ވޭކް މީ އަޕް އިންސައިޑް ވޭކް މީ އަޕް އިންސައިޑް އުފުރާލާ އުފުރާލާ އުފުރާލާ މައިދާން ކްލިއަރ ކުރޭ ހަމަ މިހާރު ގާނޫނު އެޕްލައި ކުރަން ޖެހޭނެއޭ އެއީ ޕްރައިރިޓީ ނަމްބަރ ވަންގެ ގޮތުގައި. ވޭކް މީ އަޕް ވޭކް މީ އަޕް ވޭކް މީ އަޕް އިން ސައިޑް ވޭކް މީ އަޕް އިން ސައިޑް ވޭކް މީ އަޕް ވޭކް މީ އަޕް ވޭކް މީ އަޕް....

  34. ނަގާތި

    ބާރުގެ ބޭނުންކޮށް އިދިކޮޅު އެއްވުން ރޫޅާލައިފި ނަމަވެސް އަދިވެސް މައިދާން ކްލިއަރ ނުވެއޭ މިހާރު މާ ބޮޑަށް ލަސްވެއްޖެއޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި ވަނީ ނަމަ މާލެ އަކީ އެއީ ވެރިކަން ކުރާ ރަށް ކަމަށްވާއިރު މާލޭގައި މުޒާހަރާ ނުކުރެވޭނެއޭ އެއްވެ އުޅުމާއި ބެހޭ ގާނޫނު ގެ ދަށުން މަނާ ކަމެކޭ އެއްވެ އުޅެން ޚާއްސަ ކޮށް ފައިވާ ތަނަށް ނޫން އެހެން ތަން ތަނަށް އެއްވުމަކީ ކަން މިހެން ހުރުމުން ހަމަ މިހާރުން މިހާރަށް އެމްޑީޕީގެ ހަރުގެ އެއް ކޮށް ބަންދު ކޮށްލާށޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި އޮތްހާ ހިނދަކު އެ ގޭގެ ވެރި ފަރާތަށް ނަން ގަނެގެން ނަމަވެސް އެމްޑީޕީ އަށް ދޫކޮށްފައިވާ އެބިން އެމެން އަތުން ސަރުކާރުން އަތުލަން އެބަޖެހެއެއް ނޫންތޭ ދިރިއުޅުމުގެ ބޭނުން ތަަކަށް ދޫކޮށްފައިވާ ބިމެއް ދިރިއުޅުމުގެ އެއްވެސް މަސައްކަތެއް އެތަނުގައި ނުކުރާތީވެ އެބިން އަތުލާ އެގޭގެ ވެރިފަރާތަށް ދޭންވީއޭ ހުޅުމާލޭން އެގޯތީގެ ތިން ގޯތީގެ ބޮޑު މިނުގެ ގޯއްޗެއް ވަޒީރުންގެ މަޖްލީހުން ނިންމައިގެން..

  35. ވޮޗިންގް

    ބާރުގެ ބޭނުން ކޮށްގެން އިދިކޮޅު އެމްޑީޕީން އިންތިޒާމް ކުރި މުޒާހަރާ ލާރޖް ކޮށް ޖައްސާ ހައްސައިން މީހުން ކޮޅެއް ހައްޔަރު ކޮށްލާ މައިދާން ކްލިއަރ އައުޓް ކޮށްލާ އެމްޑީޕީ ހަރުގެ ހުންނަ މެދުގައި ބޮޑު ސޯފާ ސެޓެއް ބަހައްޓަން ޖެހޭނެއޭ މިރޭ މަމެން ޕިންކީން އެ ސޯފާ ސެޓް ގައި ޖައްސާލާ އަރާމު ކޮށްލަން ދާން ހަނދުވަރުދޭ ރެ ތަކުގައި ސޯފާ ގައި އޮށޯވެ އޮވެގެން ކްލިއަރ ބްލޫ ސްކައި ފެނޭތޯ ބަލާލަން ދޯ. އޭއި ރަންރީނދޫ ޓްވިޓަރޭ ތަމެން ހަމަ މިހާރު ގެއަށް ކަނޑާލަންވީއޭ މިހާރު މިއޮތީ މަމެން ވަރަށް ލާރޖް ކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައޭ މަމެންނޭ މިއަދު ހާކިމާ މެންގެ މަގާމް ގައި މިޔާތިބީ ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ހުކުރު ޚުތުބާ ގައި ވެސް ކީ ހާކިމާ ގެ އަމުރު ތަކަށް ތަބާވުމަކީ އެއީ ލިބޭ ނިއުމަތެކޭ ތަމެން ތަބާވާށޭ މަމެން ބުނާ ގޮތަށް އެއީ ތަމެންނަށް ލިބޭ ނިއުމަތެކޭ ބޭބީ ބޭބީ ޕްލީޒް. އެވްރީ ސްޓެޕް ޔޫ ޓޭކް ވީ ވިލް ބީ ވިދް ޔޫ އޯއް ކާންޓް ޔޫ ސީ. ޑާންސް ޑާންސް ޑާންސް ޑާްންސް..

  36. ފާތިމަ

    ނަމާދު ވަގުތު ޖެހުނީމަ ނަމާދު ކުރީ 40 މީހުން. ދެންތިބި މީހުން ނެށީ

  37. އެވްރީ

    ތަމެން 45 މީހުން ވަކި ވެގަންނަން މަސައްކަތް ކޮށްގެން ގޮސް ތަމެންނަށް އިމާމު ވެ ނަމާދު ކުރުމުގެ ލައިސަންސް ނެތީސް ތަމެން ތިޔާ ކަން ކުރަނީ ތިއެއް ނޫނޭ ތިޔާ ކަން ކުރަން އޮންނަ ގޮތަކީ. މަމެން ޕިންކީން ނޭ މިގައުމުގައި މިހާރު ހާކިމާ އިން ނަކީ މަމެން އޮންނާނީ ތަމެންނަށް އަންގާފައި ނޫންތޭ އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކޭ ވަކިވެ ގަތުމަކީ ނިކަމެތި ކަމެކޭ ދެން ތަމެން ޖެހޭނީ މަމެން ޕިންކީން ޔައުނީ ހާކިމާ އަންގާ ގޮތަށް އަމަލު ކުރަން އޭ އެނޫން ތަމެން ނަށް ހުރި ހަލާކެއް ގެ ބޮޑު ކަމާއޭ. އެއްވެސް ހާލެއްގައި މުޒާހަރާ ކުރާ މައިދާނުގައި ނަމާދު ކުރާނެެ ކަމެއް ނެތޭ އަވަހަށް ދަގަ ނޫރު މިސްކިތަށް ނަމާދު ކުރަން އިނގޭތޭ. ތަމެން ދެން އަނެއް ކޮޅުން މިހާރު ވުޖޫދު ގައި ނެތް ކޯޓް އަމުރަކަށް ކޮން ތަންފީޒު ކުރުމެއްތޭ ތިޔާ ގޮވަން ފެށީ. ތިޔާވެސް ބާތިލަށް ގޮވުން ނޫން ދެން ކޯއްޗެއްތޭ ޗަކަސް ޗަކަސް ވިސްނުން ދޯ ކެނެރީގެ ނަޝީދު ދަ ބަތާހަރާމީ ތަމެންނަށް ވިސްނާ ދެނީ. އެހެންވީމަ އޭ މަމެން ޕިންކީން މިބުނަނީ މަމެން މީ ހާކިމާ އިންނޭ ތަމެން ހަމަ މިހާރުން މިހާރަށް ގެއަށް ކަނޑާލަންވީއޭ ކުއްލި ނުރައްކަލުގެ ހާލަތު މިއޮތީ ލާރޖް ކޮށް ޖައްސާފައޭ. އަވަަހަށް ދަގަ ގޯއްޗަށް. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ހާކިމާ ބުނާ ގޮތަށް އަމަލު ކުރުމަކީ އެއީ ލިބޭ ނިއުމަތެއް ކަން އަދި ހިތަށް ފިނި ކަން ގެނެސް ދޭނެ ކަމެއް ކަން. މިކަން ނޫންތޭ ތަމެން ކުރަންވީ ހޭވައްޓާލާފައި ނަމަވެސް. އެވްރީ ސްޓެޕް ޔޫ މޫވް އެވްރީ ލޯ ޔޫ ބްރޭކް އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ބޮންޑް ޔޫ ބްރޭކް އެވްރި ވޯރޑް ޔޫ ސޭ އެވްރީ ގޭމް ޔޫ ޕްލޭ އައި ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. އޯއް ކާންޓް ޔޫ ސީ އިޓް ބޭބީ ބޭބީ ޕްލީޒް ގެއަށް ދޭ އަވަހަށް ގެއަށް ކަނޑާލާ ކަނޑާލާ ޕްލީޒް ޕްލީޒް ޕްލީޒް އޯއް ޕްލޭ ދަ ބޭސް ގިޓަރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ ޔޫ ބެޓަރ ލީވް ދިސް މުޒާހަރާ މައިދާން ފޯރ އަސް ޕިންކީސް..

  38. ނިދާލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ބަތާހަރާމީ އުސޫލު ކުރިއަށް ނެެރެގެން މިހާރު ބާތިލް ކޮށްފައިވާ ސްޕްރީމް ކޯޓުގައި ތިބި ގައްދާރު ދެ ހުކުމޭ މެން ކުރި އަމުރު ތަންފީޒު ކުރަން ރައްޔިތުންނަށް އޮޅުވާލައިގެން ހަރާމްކޯރު އުސޫލު ކުރިއަށް ނެރެގެން އުޅުނަސް ތަމެންނަށް އެކަން ކާމިޔާބު ނުވާނެއޭ ބިކޮޒް ފުރަތަމަ ކަމަކީ ފެށުމުގައި ވެސް ތިޔާ އަމުރަކީ އެއީ ބާތިލް އަމުރެއް ކަން ގާނޫނުގެ އަލިފުބާ ވެސް ދަންނަ ކޮންމެ މީހަކު ބުނާނެ އެއް ނޫންތޭ. މިހާރު މިގައުމުގެ ހާކިމާ އިން ނަކީ އެއީ މަމެންނޭ އެެހެން ކަމުން މަމެން ބުނާ ގޮތަށް ތަމެން ރަންރީނދޫ ޓްވިޓަރޭ ހެދުން އެއީ ތަމެންގެ މައްޗަށް ވާޖިބު ކަމެކޭ ހަމަ މިހާރު ސަރުކާރާއި ދެކޮޅަށް ޓްވީޓް ކުރުން ހުއްޓާލާ އަތާއި ފައި ދޮވެގެން އެނދަށް އަރާ އޮވެ ނިދަންވީއޭ ކުރުސި ކިޔައިގެން އިނގޭތޭ. އަވަހަށް ނިދާލާ ނިދާލާ ނިދާލާ.

  39. ހިދުކޮޅު

    ޢައްޑޫސިޓީ ހިތަދޫގަ ތިބީ ރަށައް ތަރައްގީގެންނަން މަސަތްކަން ކުރަންއެގޭ ބައެއްނޫން އެހެންވީމަ ފޭދޫއައް
    ގިނަކުރިއެރުންލިބެނީ

  40. ރައްޔިތުން

    .ފިލްމު ޝޫޓިންތަކެއް މުހައްމާ ކުޅެނީ. .ކޮބާ ރީކޯ

  41. ބޯލަނބާތި

    އާޓިފިޝަލް ބީޗުން ވެސް މީހުން ހުސްކޮށްފި، އެކަކަށް ބޮޑުު އަނިޔާއެއް ލިބުނީ އެއީ އެމެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނި ކޮށް އެތަނަށް މުޒާހަރާ ކުރަން ދިޔައިމާ ނޫންތޭ. މިއަދުގެ ހުކުރު ޚުތުބާ ގައި ވެސް އެކިޔަނީ ހާކިމާ ގެ އަމުރު ތަކަށް ތަބާވުމަކީ އެއީ އެންމެހާ ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެކޭ ދެން ތަމެން އެންމެންގެ މައްޗަށް މަމެން އޭޒް އަ ހާކިމާ އެއް ގެ ހައިސިއްޔަތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައިވަނިކޮށް މިއަދު މުޒާހަރާ ބޭއްވުން އެއީ ތަމެން އެވަނީ ލޯ ބްރޭކް ކޮށްފައޭ. އެވްރީ ރޫލް ޔޫ ބްރޭކް އެވްރީ ލޯ ޔޫ ބްރޭކް އެވްރީ ވެލިޔު ޔޫ ބްރޭކް އައި ވިލްބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ. އޯއް ކާންޓް ޔޫ ސީ އިޓް. ވީއާރ ދަ ހާކިމާ އިނގޭތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ތަމެން ތިޔާއީ ނޮން ހާކިމާ އިނގޭތޭ. ހަމަ މިހާރު މަމެން ބުނާ ގޮތަށް ތަމެން ބޯލަނބާ ކިޔަމަން ވާހުށި ކަމޭ. ސްޓޭންޑް އަޕް ސިޓް ޑައުން. ސްޓޭންޑް އަޕް ސިޓް ޑައުން. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  42. ދިވެއްސެއް

    އިސްލާމީ ގައުމެއްގައި ފަސާދަ ކުރާމީހުން ނިމޭއިރު ތިބޭނެ ގޮތް އެންމަތީގައި އިން މުހަންމާގެ ފޮޓޮއިން ވަރަށް ސާފެވެ. ވިސްނާ ބަޔަކަށް އިބުރަތެއް ލިބޭނެ އެވެ.

  43. ސުފީނު

    ސްޓޭޓް އޮފް އިމަރގެންސީ އިއުލާނުކޮއްފަ އަދި މުޒާހިރާކުރުން މަނާކޮއްފަ އޮތްދުވަހަކު ހަމަ ފޮޓޯކޮޅެއްހޯދާލަން ނޫން ދެން ކޮންބޭނުމެއްގަތަ ތިޔަ އުޅެނީ؟

  44. 8888

    ގެއަށް ފޮނުވާލާ. ކޮންފަދަ ބޮޑު ނޮހޮރުއްޕާނެއް އަހަރެމެންގެ ގައުމަށް މިޖައްސަނީ

  45. Anonymous

    މަހުލޫފު މިއީ އަންނިގެ ބޯއިތަ؟ އެގޮލާ 16 ހާއްސަ ކޮށްލަންބުނީ ބޯއީ ނުކުމެ އާދޭސް ގެޅީ

  46. ޖައްސާތި

    އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެއްޖެނަމަ ދެން އެމެން ހާވިޔާވީއޭ ދެން އެމެން ފަހަރަކު މީހަކު އުުފުރަމުން ދަނި ކޮށް ހުންނާނީ ރަނގަޅަށޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް ފައި ވަނި ކޮށް އެއް ގޮތަކަށް ވެސް އެޒާތަށް މާލޭގެ މަގުމައްޗަށް އެއް ނުވެނެއޭ އެއީ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ވެސް ޚިލާފު ކަމެކޭ އެކަން ޖެހޭނެއޭ ބްލޫސް ކުދިން ހަމަ މިހާރުން މިހާރަށް މަައިދާން ކްލިއަރކުރަން. އުސޫލެއްގެ ގޮތުން މަގުމައްޗަށް ނިކުމެ އުޅޭ އެންމެންނަކީ މިހާރު ގާނޫނާއި ޚިލާފުވެފައިވާ މީހުންނޭ އެހެން ކަމުން އެއެންމެން ޖެހޭނެއޭ ހައްޔަރު ކުރަން އަދި އެމެންގެ މައްޗަށް ޖެހޭނެއޭ ކޯޓް އަމުރު ވެސް ނެރެ އަދި އޭގެ ފަހުން ހުކުމް ވެސް ކުރަން އެޒާތަށް މާލޭގައި ދަ ރާއްޖެތެރޭ މީހުންނަށް އައިސް ބޭނުން ގޮތަށް އުޅެން ފުރުސަތު ދީގެން ނުވާނެއޭ ސަރުކާރުން. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. ސިޗުއޭޝަން ޖެހޭނެ ކޮންޓްރޯލް ކުރަން ހަމަ މިހާރުން މިހާރަށް ބާރުގެ ބޭނުން ކޮށްގެން.

  47. ދިސްއިޒްއިޓް

    ވަގުތީ ސަރުކާރަކާއެކު އިންތިހާބު ބާއްވަން ކެނެރީގެ ނަޝީދަށް ގޮވާ ނުލެވޭނެއޭ ސަބަބަކީ ރާއްޖޭގެ ރައްޔިތުންގެ ފައިސާ އިން ބޮޑު އިންތިޚާބެއް ބާއްވާ އެ އިންތިޚާބުން ވޯޓް ލީ ރައްޔިތުންގެ %85 ވަނީ މަމެން ޕިންކީންގެ ސަރުކާރަށް 5 އަހަރު ދުވަސް ދީފައޭ މިހާރު މަމެންނަށް އޮތް ތާއީދު ބޮޑު ކަމުން ކެނެރީގެ ނަޝީދުގެ ބަތާހަރާމީ ދަ ހަރާމް ކޯރު ސިފަ ކުރިއަށް ނެރެގެން އޭނާ އަށް ރާއްޖޭގެ ވެރިކަން ނުލިބޭތީވެ ރާއްޖޭގެ ވެރިކަން ފުރޮޅާލަން އޭނާ އަށް ނުބުނެވޭނެއޭ އަވަސް އިންތިޚާބެއް ބާއްވަން ސަބަބަކީ މިގަައުމުގައި އޮތީ އެއީ ކެނެރީގެ ނަޝީދުގެ އަމާބަފާގެ ތަރިކަ މުދާ ކަމަށްވާ ދިވެހި ވެރިކަމެއްނޫނޭ އެކަން އޮންނަން ޖެހޭނީ ވެސް އެގޮތަށޭ ދިސް އިޒް އިޓް.

  48. ޑާޑާޑާޑާ

    ކެނެރީގެ ނަޝީދު ހޭބަލި ވި ނަމަވެސް މިހާރު މިގައުމަކު ނޯންނާނެއޭ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރަން ޖެހޭ. އެއަމުރު މިހާރު ވަނީ ބާތިލް ކޮށްފައޭ ހަމަ އެ އަމުރު ނެރުނު ކޯޓުން. ގައުމަށް ގައްދާރުވެފައިވާ ދެ ހުކުމޭ އަކު ދެން އިދިކޮޅު ބޮޑޭ އަތުން ކަޓް ނަގައިގެން ކުރާ ދަ ނަހަލާލު އަމުރު ތަންފީޒު ކުރަން އޭނާގެ އަމިއްލަ އެދުން އޭގެ ކުރީގައި ބާއްވައިގެން ރާއްޖޭގެ އިގްތިސާދު ފުނޑާލައިގެން އިންޑިއާ މީހުންނަށް ރާއްޖެ ވިއްކާލައިގެން ނަމަވެސް ރާއްޖޭގެ ވެރިކަމަށް ފާވާން ވެގެން އޭނާ އެކުރާ މަސައްކަތަކީ އެއީ ދިވެހިރާއްޖެއަށް އެއްވެސް ފައިދާ އެއް ކުރާނޭ ކަމެއް ނޫނޭ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ. އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑީޑަޑަޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާ..

  49. ޑާޑާޑާޑާ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިއަދު ކުރިއެރުމެއް ލިބޭނެ ކަމަށް ހީކޮށް މާލޭގެ މަގުމަތީގައި މުޒާހަރާ ކުރާ ނަމަ އެކަން އެކުރެވެނީ އެއީ އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފަށޭ އަދި ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައި އޮތްވާ އެ ގާނޫނާއި ވެސް ޚިލާފަށޭ ދެން ތަމެން ކޮން ސްޕްރީމް ކޯޓުގެ އަމުރޭ ކިޔަންތޭ ތަމެން ތިޔާ ބުނާ އަމުރެއް މިހާރު ނުވެސް ނެތޭ އެ އަމުރު ވަނީ ބާތިލް ވެފައޭ ދެން ތަމެން އަބަހައްދަވެގެން ބުމަރެއް އެނބުރޭ ގޮތަށް ނޭބުރުން ރަނގަޅު ވާނެއޭ. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ތަމެންގެ ހާކިމާ އަކީ މަމެން ޕިންކީން ކަން ހާކިމާ ބުނާ ގޮތަށް ތަމެން ހަދަން ވާޖިބު ވާނެއޭ ހަމަ މިހާރު ގެއަށް ކަނޑާލަންވީއޭ ނޯ މޯރ ވޯމް އަޕް މުޒާހަރާ މުޒާހަރާ އޮޅާލާ އޮޅާލާ އޮޅާލާ. އައި ކާންޓް ޓޭކް ދިސް ބަތާހަރާމީ މުޒާހަރާ ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  50. ކުރާތި

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން ޕިންކީން ކަން މީހާކިމާ ކަން ތަމެން ތިޔާއީ ނޮން ހާކިމާ ކަން. ތަމެން ޖެހޭނީ މަމެން ހާކިމާ ބުނާ ގޮތަށް ބޯ ލަނބާ ކިޔަމަންވާށޭ މިހާރު ކޮއްޅަށް ތެދުވޭ އާން ރަނގަޅު ކޮއްޅަށް ތެދުވީ ދޯ ޓްވިޓަރޭ އިށީނދޭ ދެން އާން އިށީނީ ދޯ. ރަނގަޅު. އެބަ ރަނގަޅުވޭ ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ ހާކިމާ ގެ އަމުރަށް ތަބާ ވުމަކީ އެއީ ތަމެންގެ މައްޗަށް ވާޖިބު ކަމެއް ކަން އެހެން ކަމުން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަމެން ހާކިމާާމޭ މެން ބުނާ ގޮތަށް ބޯލަނބާ ކިޔަމަންވާ ހުށި ކަމޭ.

  51. ޢަރީފް

    އެހެންވީމަ މި އެނޮނީމަހެއްތާ އެކި ނަންނަމުގަ މި ކޮމެންޓް ކުރަނީ ދޯ.. ދެން މަވެސް އުފާ ވާނީ

  52. އިސްލާހު.

    ސުބުހާނަށް ﷲ . "Anonymous " ގެ ކޮމެންޓު ހުސް.??

  53. Anonymous

    ކޮންމެ މަހަކަށް ވިއްޔާ ކީއް. އެމީހެއްގެ ވަރުން އެމީހަކު ދީނަށްޓަކައި ޖިހާދު ކުރާނީ. އެންމެ ލޭ ތިއްކެއް ހުއްޓވެސް ލާދީނީ މީހަކަށް މިގައުުގެ މިނިވަންކަމާކުޅުމުގެ ފުރުސަތެއް ނުދޭނަން. ވެރިކަމާހެދި މިގައުމު ވިއްކާލުމުގެ ފުރުސަތެއް ނުދޭނަށް.

  54. ހާކިމާއޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެބް ސޯޅައިގައި މުޒާހަރާ ކޮށްގެން މަމެންގެ ވެރިކަން ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ވެއްޓުނުތޭ ނޫން ނުވެއްޓޭ ދޯ. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ މަމެން މީ ހާކިމާ ކަން ތަމެން ތިޔާއީ ނޮން ހާކިމާ މެން ކަން. ނޮން ހާކިމާ މެން ޖެހޭނީ ހާކިމާ މެން ބުނާ ގޮތަށް ހަދަން އިނގޭތޭ. ހާކިމާގެ ބަސް އެހުން އެއީ ވާޖިބެކޭ އިނގޭތޭ. ކޮއްޅަށް ތެދުވޭ މިހާރު. އިށީނދޭ. ކޮއްޅަށް ތެދުވޭ އިށީނދޭ. ގުޑް ގުޑް. މަމެން މީ ތަމެންގެ ހާކިމާ މެންނޭ އިނގޭތޭ ހާދަ ބާރުގަދައޭ މަމެން ދޯ ހާއްހަހަހާހާހާ ހާހާހާހާހާ ހޮހޮހޮހޮހޮ...