ފެނާއި ކަރަންޓު ބިލް ތައްޔާރު ކުރުމަށް މީޓަރުގެ ފޮޓޯއެއް ފެނަކަ އަށް ފޮނުވަން އެ ކުންފުނިން ރޭ އެދިއްޖެއެވެ.

ފެނަކަ އިން ރޭ ކުރި ޓުވީޓެއްގައި ބުނީ މިހާރު ގައުމަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިން ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި މި ކުންފުނީގެ މުވައްޒަފުންނަށް ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ.

އެހެންވެ، މީޓަރު ނަންބަރު ފެންނަ ގޮތަށް ފޮޓޯ އާއި ގޭގެ ނަމާ އެކު، ވައިބާ މެދުވެރިކޮށް ފޮނުވުމަށް ފެނަކަ އިން އެދެއެވެ.

އަދި މިގޮތަށް ރީޑިން ނުފޮނުވޭ މީހުން، ރީޑިންގ، މީޓަރު ނަންބަރު އަދި ގޭގެ ނަން ޖެއްސެއްވުމަށްފަހު އެސްއެމްއެސް ކުރުމަށް ފެނަކަ އިން ބުންޏެވެ.

"މިފަދަ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުންގެ ފަރާތުން މިކުންފުންޏަށް ދެއްވާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" ފެނަކައިގެ ޓުވީޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީކޮއި

    ކިހާބޮޑު ކަމެއްމީ، މިމީހުންނަށް ކޮވިޑު-19 އާ މަތިކޮށްފަ އެއްވެސްކަމެއް ވާކަމަކަށްނުވޭ، ބަލަ ހުޅުމާލޭ ފުލެޓްތަކުގަ ދިރިއުޅޭ މީހުންނަކަށް ނޭނގޭ އެމީޓަރެއް މިމީޓަރެއް، ގުރައުންޑުގެ ސިޑި ދަށުގަ ފޮއްޓެއްގެ ތެރޭ އަދި ކަވަރެއް އަޅުވާފަ ކުޑަމިނުން އެޕާޓުމަންޓުގެ ނަންވެސް ފެންނަން ނުހުރޭ މީޓަރުތަކުގަ، ފުލެޓްތަކުގަ އުޅޭ މީހުންނަށް ރައްކާތެރިތޯ ދުވާލު ދެދަޅައަށް މީޓަރު އޮޅުން ފިލުވަން އެތާ އެނބުރެން. ނުވަންޏާ ވާވަރުގެ ބަޔަކާ ހަވާލުކުރޭ.

    6
    1
    • ފަޠުޙުﷲ ބުޝްރީ ދީދީ

      ހުޅުމާލެ ފްލެޓު ތަ ކުގެ ރީޑިންގ ނަގަނީ ސްޓެލް ކޯ އަދި އެމް.ޑަބްލިއު.އެސް.ސީ އިން. ޢަލީ ކޮޔަ ކަށް ނޭނގޭތަ ފެނަ ކަ އަ ކީ ރާއްޖެތެރޭ ރަށްރަށަށް ޚިދުމަތްދޭ ތަނެއް ކަމެއް؟؟

      5
      1