ގއ، ކަނޑުހުޅުދޫގައި ވަޅަކަށް ވެއްޓިގެން ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައި ވަނީ 4 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.
"ވަގުތު" އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކުއްޖާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި މިކަން ހިނގާފައި ވަނީ މިއަދު ހެނދުނު 11:00 ޖަހާހާއިރު ކަަމަށް އޮފިޝަލް ވިދާޅުވިއެެވެ.
މިހާރު ފުލުހުން ދަނީ މިކަން ބަލަމުންނެވެ.
މާތްﷲ ގެ ހަޟްރަތުން މި ގައުމާއި އަދި މިއިސްލާމީ އުންމައި އަބަދުމެ އަބަދައް ދެމިއޮންނާނެ ?
ޝަހުދު ޙަސަން (މުގާބޭ)ގެ ގޯތި ކުއްޖެއްތަ
ނުނޭ. އެއީ އެހެން ގޯތީ ކުއްޖެއް. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. ކުޑަކުޑަ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް ލައްވާ އާއިލާޔަށް ކެއްތެރިކަން ދެއްވާށެ. ?
އާމީން.
ތަފްސީލް ކޮށްދެއްވުން އެދެން
މިފަދަ ހާދިސާ ތައް ހިނގަނީ ބެލނިވެރިންގެ އިހުމާލުން
އެ ހުރީ އެ ވަޅުގެ ތުންފަތް ހުރި ލެއް ތިރިކަން އެއްފަރާތު ތަށިމުށި ޖަހާފައި ހުރުމުން ކައްސާލައިގެން ވެއްޓުން ވެސް އެއީ ނުވެ ނުދާނެ ކަމެއް. ކުޑަކުއްޖަކަށް އެވަރު ނުވިސްނުނަސް ބޮޑެތި މީހުން މިއަށްވުރެ ހޭލުންތެރި ވާންޖެހޭ.
އަޅެތިގޭގަ އުޅޭ ބޮޑެތި މީހުންގެ ބޯހުންނަނީ ފުނާއަޅަންތަ؟ ވާނުވާނޭންގޭވަރުގެ ކުޑަކުއްޖަކަށް ތިހާ ހިތްދަތިކޮށް ދުނިޔެއިން ނެތި ކޮށްލަން ކެރުނީތީ ދެރަވެ އަންތަރީސް ވެއްޖެ! ޢެކުއްޖާފަކީރަށް ﷲ ސުވަރުގެ މިންވަރުކުރަށްވާނޭކަން ޔަގީން! ޢާމީން!
ވަރަށް ދެރަވެއްޖެ ތި ހަބަރު ލިބުމުން.
އާއިލާއަަށް ކެތްތެރިކަން ދެއްވާށި.
ކުޑަކުޑަ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި.
އެއީ ފެންވަރާވަޅެއް ހެނެއް ހިއެއްނުވޭ އެތާމަތީގައި ހުރެގެން ކިނެއް ފެންވަރާނީ އަޅެ ތިރަށު މީހަކު އެކަން ސާފުކޮށް ލަދީބަ!