ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތަސް، ބާޒާރު މަތި ތޮއްޖެހިފައި އޮންނަ މަންޒަރު ފެނިފައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަމީން ވިދާޅުވީ ޒަރޫރީ ބޭނުމެއްގައި މަގުމައްޗަށް ނުކުންނަ އިރެއްގައި ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ބާޒާރުގައި މުދާ ވިއްކަން އިންނަ މީހާގެ ޒިންމާ އާއި މުދާ ގަންނަން ދާ މީހާގެ ޒިންމާ ވަކި ކުޑައެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި ގޭ ތިރިން ފިހާރައަށް ހިދުމަތެއް ހޯދަންދާ މީހާގެ ޒިންމާ ވެސް ކުޑަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިއަދު ވެސް ބާޒާރު މަތިން ފެނުނު ބައެއް ފޮޓޯތައް ފެނުނީމަ، އަޅުގަނޑު ހަމަ ދެރަވެ، ކަންބޮޑުވޭ،" އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަމީން ވިދާޅުވީ ސިފައިންނާއި ފުލުހުން މަގުމަތީގެ ކަންކަން އެވަރަށް ބަލަމުންދާއިރު ވެސް ބައެއް ފޮޓޯތައް ފެނުނީމަ އިންތިހާއަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ. މުދާ ގަންނަ މީހާ އާއި މުދާ ވިއްކަން އިންނަ މީހާ އަށް ސަރުކާރުން ދޭ އިރުޝާދުތައް އަޑު އިވިފައިވާނެ ކަމަށް ވެސް އަމީން ގަބޫލު ކުރައްވައެވެ.

އެކަމަކު، އަމީންގެ ކަންބޮޑުވެވަޑައިގެންނެވީ އެ އިރުޝާދުތަކަށް އެމީހުން ބޯނުލެނބުމެވެ. ކޮންޓެކްޓް ޓްރޭސިން ހެދިކަމުގައި ވިއަސް އެ މީހުން ބައްދަލުވި މީހުން އިންތިހާއަށް ގިނަ ވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ގިނަ ބަޔަކު ކައިރި ކައިރީގައި މަސައްކަތް ކުރަމުންދާ މަންޒަރެވެ. ގިނަ މީހުން މާސްކާއި އަންގި އަޅައިގެން ތިއްބަސް، އެ ފޮޓޯތަކުން ފެންނަނީ އިޖުތިމާއީ ގައިދުރުކަން އެއްވެސް ވަރަކަށް ނުގެންގުޅޭ ތަނެވެ.

ކަމާބެހޭ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ބިރުވެރިކަން އެންމެ ބޮޑަށް މިހާރު އޮތީ ބާޒާރު މައްޗަށެވެ.

"މިއީ ކުދި ކުދި ކަންކަމަށް ބެލުނު ކަމުގައި ވިއަސް މިއީ ހަގީގަތުގައި މި ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެން އަޅަންޖެހޭ މުހިއްމު ފިޔަވަޅެއް. އެ ޒިންމާ އަޅުގަނޑުމެން ފަރުދީގޮތުން އަދާކުރެވިއްޖެ ކަމުގައިވާ ނަމަ ރާއްޖޭގައި މި ބަލި ފެތުރިގެންދާ މިންވަރު މަދުކުރެވޭނެ،" އަމީން ވިދާޅުވިއެވެ.

މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ފައްސިވެފައއެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭ އިރު، އެ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތުގައެެވެ.

ރާއްޖެ އިން މިހާތަނަށް 280 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. އަދި މި ބަލީގައި ދިވެއްސަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

އަމީން ވިދާޅުވީ ކުއްލިއަކަށް ޕީކަކަށް ގޮސްފި ނަމަ، އެއްވެސް ގައުމެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ކޮންމެ މީހަކު ވެސް ގެއިން ނުކުންނަ އިރު، އެމީހަކު ނުކުންނަނީ އިރުޝާދުތަކަށް ބޯލަނބައިގެންތޯ ވިސްނަން ޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ފެއިލް

    ފިޔަވަޅުތަކާއެކު ބާޒާރު ތޮއްޖެހިފަ ދެއްތޮ؟ 2 މަސްކުރިން ތައްޔާރުވެފައި.

    45
    2
  2. ރަޔާން

    ގިނައިން އެތިބީ ބަންގަލަދޭޝް މީހުން، ސަރުކާރުން ބާޒާރު މަތީގަ އުޅޭ މީހުންނާ މެދު ފިޔަވަޅެއް އަޅައިގެން ތިކަން ހައްލު ވާނީ...

    54
    2
  3. ދެރަކަމެއް

    މި ވައިރަސްގެ ނުރައްކާ އެނގޭނަމަދޯ. ބޭރަށް ބޯވެސް ދިއްކޮށްނުލާނެ. މިނިސްޓަރ އަޅުގަނޑުވެސް ހިތާމަކުރަން. ޔާﷲ ކޮރޯނާ ވައިރަސްގެ ވަބާއިން އަޅަމެން ސަލާމަތްކުރައްވާނދޭވެ. އާމީން! ?

    26
    2
    • އަޔާން

      އާމީން.

  4. އިއްބެ

    ތިޔަފޮޓޯނެގިމީހާއައްމުޅިބާޒާތުގަ ނެގިފަތިހިރަފޮޓޯއަކީ އެތަނައްސަޕުލައިއާގަޑީގަ އެތާމަސެއްކައްކުރާމީހުންތައްހެލިފެލިވެއުޅުނުތަން ތިގޮތައްދޮގުނަހައްދަވާ މިހާރުމީހުންބޮނޑިވެނޫއުޅެ މަގުމަތީގަވެސްގިނައިންއުޅެނީ އެންމެފަހުންސަރުކާރުންދޫކުރި މީހުން ދެންބިދޭސިން އެމީހުންވެސްގިނައިންއުޅެނީ ރޯދަވިއްލަން ތަކެތިހޯދަން އެހެންނޫނީ އެމީހުންރޯދަވީއްލަނީ މިސްކިތުން

    12
    3
    • އައްމަޑޭސަމީރު

      އެ ފޮޓޯއެއީ އަމީންގެ އެދިވަޑައިގަތުމަކަށް ވަކިބޭނުމަކަށް
      ސެލެކުޓް ކުރެވިފައިވާ ފޮޓޯއެއްކަމަށް ލަފާކުރެވެނީ.
      އޭރުން އަމީނަށް ބުނެވޭނީ ރާއްޖޭގައި ކޮވިޑު ފެތުރުނީ ރައްޔިތުން އިހުމާލްވެގެންނޭ. ތިމާއާއި ރައްޔިތުން ހަވާލްކުރި ޒިންމާއިން ސަލާމަތްވާން މިއައްވުރެ މޮޅުގެތެއް ނޯންނާނެދޯ ؟

  5. ދެން

    ދެން ކޮންހާ ހާސަރެއް ދަމާކަށްތޯ. ފިޔަވަޅު އަަޅުއްވާ! މި ދަނޑިވަޅުގައި އާދޭސް ނުކިރައްވާ
    ފިޔަވަޅު އަޅުއްވައިގެން ވެސް ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯއްދަވަން ތިކުރައްވާ މަސައްކތްޕުޅު ކުރިޔަށް ގެންދަވާ!

    16
  6. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    2019 ޑިސެމްބަރ މަހުން ފެށިގެން ސަރުކާރުން ގޮވެލިފަތި ގޮވަމުން ދިޔައީ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރޭ. ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންގެ ބަސް ސަރުކާރުން އަޑުނާހާ ޤައުމީ ބޯޑަރު ބަންދު ނުކުރުމުގެ ނަތީޖާ މިއީ. މިކަމުގެ ޤާނޫނީ ޒިންމާ ދައުލަތުގެ ވަލިއްޔުލް އަމްރު ނަގަން ނުޖެހޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ދިވެހިރައްޔަތުން މިދަނީ މަރުވަމުން. ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން. ދޯހަޅި ނާޤާބިލް ސަރުކާރު އިސްތިއުފާ ދޭންވީ ހަމަމިހާރު. ދިވެހިންގެ ޚަޒާނާ ދަވާލި ސަރުކާރުގައި މިވައިރަސް ކޮންޓްރޯލް ކުރެވޭނެ ޤާބިލްކަމެއް ނެތްކަން އެނގިއްޖެ. އިތުރަށް ބޭކާރުވާހަކަ ދައްކާނެ ކަމެއްނެތް.

    21
    3
  7. ނާދިރާ

    ސަރުކާރު ފެއިލްވެފަ. އިބޫ އިްސްތިއުފާދީ.

    24
    4
  8. ައަމީން

    ކޮބާހޭ ނާޑް ޕްރައިވެޓް ލިމިޓެޑް އަށްދިން ފައިސާ އާއި ވެންޓިލޭޓރ

    13
  9. ޭަެެޢަކް

    ޢެކަން ހައްލު ކުރާނީ ޢާމުންތަ ނޫނީ ސަރުކާރުންތަ؟ މާލެ ފުރާ މީހުން މަގުމައްޗަށް ނެރެފަ ބައިތިއްބާ...

    15
  10. ޖޯން

    ރައްޔިތުންގޭބަންދުކުރުމަކުން ނުފުދޭނެ. ކިހިނެއްތޯ ބަނޑަށްމަރުވާން ގޭގައޮންނާނީ. ސަރުކާރުގެ އެއްވެސްޕްލޭނެއްނެއް މުދާރަތްޔިތުންނަށް ފޯރުކޮށްދިނުމަށް. މިދަނޑިވަލުގަ ސަރުކާރުގައިތިބި ނުފޫޒްގަދަމީހުން އެތިބީ މުޅިދައުލަތް ފެލާލަން ފޫގަޅައިގެން. އަނެއްކާ މިފަހަރު ނުކުންނާނީ ސޯލިހް ސްޓީލިން ޕެރަޑައިސްތޯ.

    13
    1
  11. އެމަންޖެ

    ސަރުކާރު ނުކުޅެދޭކަން މިކަންކަމުންވެސް އެނގިހާމަ ވަމުން މިދަނީ.

    15
    1
  12. ކަންތައްބޮޑުވޭ

    މަނިކުފާނެވެ. ތިޔަ ނޫން ދުވަސްވަރެއް ދިޔަތޯ؟ ރަށްރަށު މީހުން މާލެއަށް އައިސް އެއްބޯޓުން އަނެއް ބޯޓުން ގޮސް ހައެއްކަ ބޯޓު ހުރަސްކޮށްފައި ހައިންޗީގެ ފިލައެއްގެ މަތީގައި ބަސްތާއަރުވައި މުދާ އަރުވައި ބާލާ ހަދާއިރު ފެނުނު އިންސާނަކު މި ގައުމުގައި ވެރިކަން ކޮށްފިތޯ؟ މައުމޫން މާލޭ ބަނދަރުތައް ހެދީމާ ހައްލުވާނެ ކަމަށް ހީކުރިން. އެކަމަކު ހެދި ބަނދަރަށް އަންނި ޖެޓީ ކިޔުން ފިޔަވައި އިތުރު ކަމެއްވީތަން ދުށީ ކާކުތޯ؟ ގައިމު ޒަމާނީ ފެންވަރަށް ގުދަން ހަދާފައި ކުދިކުދި ކެރޭނު ހަރުކޮށްފައި ކޮންމެ ބޯޓަކަށް އަންނަ މުދާ ވަކިން ބަހައްޓާފައި މުދާ އަރުވަންވީމާ ބަނދަރަށް ކައިރިކޮށް އެއްފަހަރާ ހުރިހާ މުދަލެއް ކެރޭނުން އަރުވަން ހެދިނަމަ މިއަދު މިހާލެއް ނުޖެހޭނެ ނޫންތޯ. މާލޭ ލޯކަލް މާރުކޭޓު ބުރިބުރިއަށް ހަދާފައި ގުދަން ހަދާފައި ބެހެއްޓިނަމަ ގެންނަ ހުރިހައި މުދަލެއް ގުދަން ކޮށްފައި ވިއްކޭނެ ނޫންތޯ. މާލޭ މަސްމާރުކޭޓު ޒަމާނީ ފެންވަރުގައި ހަދަނިއްޔޭ ކިޔާތާ މިހާރު ދިހަބާރަ އަހަރުވަނީ. އެކަމަށް މަސްމާރުކޭޓު ކުރިމަތިން ހިއްކިތަނުގައި ފިޔަފާޅިއެއް ޖަހައިގެން ވިޔަފާރިކުރާތާ ކިހާ ދުވަހެއް ވެއްޖެތޯ. ވިޔަފާރިވެރިން ފިހާރަތުން ހޯލްސޭލްކޮށް ގަންނަ މުދާ އަރުވާނެ ބަނދަރެއް ހުޅުމާލޭގައިވެސް ހެދިދާނެ ނޫންތޯ. ބޯޓު ފުލްވަންދެން މުދާ ބަހައްޓާނެ ގުދަން ނެހެދޭނެތޯ. މިހާރު ބްރިޖްމަތިން މުދާތައް ގެންގޮސް އެގުދަންތަކުގައި ބެހެއްޓުން އެއީ ދަތިކަމެއްތޯ. މާލޭގައި ލޮރީއާއި ޕިކަޕް މަދީތޯ. ދެންވެސް ކަމެއް އައިމައެއްނޫން ހިތާމަކުރަންވީ. މިހިރަ ކަންކަމަކީ އިސްލާހު ނުކުރެވޭނެ ރަނގަޅު ނުކުރެވޭނެ ކަންކަމެއް ނޫން. ކުރަންވީ ނޫންތޯ.

    14
  13. ޑެއިލް

    އެންމެ ގޯސްހާލަތަށްވެސް ތައްޔާ ރުކަމަށްބުނި. ވަރަށް ވަގުތު ލިބުނުކަމަށްވެސްބުނި. މިހާރުތިކިޔާ އެއްޗެއް ނޭނގުނު.

    14
    1
  14. ވިޔަފާރިވެރިޔާ

    އިއްޒަތްތެރި ހެލްތް މިނިސްޓަރެވެ. މަނިކުފާނުގެ އަތްޕުޅުގައި އޮތް ފޯނުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް ބަލައިލެވޭނެ. ބައްލަވައިލައްވާށެވެ. ވިޔަފާރި ރަޖިސްޓަރީކުރުމާ ބެހޭގޮތުން ހެދިފައި ހުރި ގަވާއިދުތައް ހަދާފައި ހުރީ ކޮން ދުވަސްވަރެއްގައިތޯ އޭގައި އޮތް އެއްޗަކާ އެއްގޮތަށް މިޒަމާނުގައި ކަމެއް ކުރެވިދާނެތޯ ބަލައިލަބަލާށެވެ. އެއިން ގަވާއިދެއް ކިޔާ މީހަކު ވަލަކަށް ވަނުންނޫން ކަމެއް ނުވާނެ. ގަވާއިދުގައި ލިޔެފައި އޮތް އެއްޗެއް އެ މިނިސްޓްރީގައި އުޅޭ މީހަކަށް އެނގޭތޯ ބަލައިބަލާށެވެ. ވިޔަފާރި ރެގިއުލޭޓްކުރުމަށް ފަސްއަހަރުން ފަސްއަހަރުން އެމިނިސްޓްރީގެ ނަން ރީތިކޮށްފައި ރީތި މިނިސްޓަރަކު ލުމުން ފުދޭނެތޯ؟ އޭގެ ނަތީޖާ މިއަދު މަނިކުފާނު ތިޔަ ދެކެވަޑައިގަންނަވަނީ އިނގޭތޯ.

    14
  15. ގަޅި ރާއްޖެ

    ތޮއްޖެހޭނެ ދޯ، ލާރި ހޯދަން މީހުން ކުރާ މަސަތްކަތް ހުއްޓައެއްނުލާނެ ދެރަ ނިކަމެތިން ބިކަނުވާން ކުރާ މަސައްކަތް، އެހެންނޫނަސް ޑެލިވަރީ ކުރުމާ މިތާ ގޭގޭގަ ތާށިވެފަ މިތިބަ އެންމެންނަށް ކާންދީ ކާނާ، ބޭސް، ގެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭން ކޮންމެސް ބަޔަކު އުޅޭނެ ދޯ، މީގަ ރައްޔިތުން ކުއްވެރިކުރުމުގެ އެއްވެސް ހައްގެއް އަމީން އަކަށް ނެތް

    14
    2
  16. އޭޖެންޓް

    ރާއްޖެއިން ބޭރުން މާލެއަށް އަންނަ ބޯޓުފަހަރުގެ ކަންކަން ކުރަން މާލޭގައި އޭޖުން ތިބޭގޮތަށް ރަށްރަށުން މުދާ ބަލާ އަންނަ ބޯޓުފަހަރުގެ އޭޖެންޓުން ތިބޭ ގޮތަށް ގަވާއިދު ހަދަންވީ ނޫންތޯ. އޭރުން ކޮންމެ ބޯޓެއް މާލެ އަންނައިރު އެ ބޯޓަކަށް ބަރުކުރާނެ މުދަލާއި މާލެއަށް ވަންނާނެ ވަގުތާއި ބަނދަރުން ޖާގަ ލިބޭނެ ވަގުތާއި މުދާ ބާލާނެ ވަގުތާއި މިހެންގޮސް ބޯޓާ ބެހޭ ހުރިހާ ކަމެއް އޮންނާނީ ހަމަޖެހޭ އިންތިޒާމެއްގެ ތެރޭގައި ނޫންތަ! މުޅިމާލެ ތޮއްޖެހި އެކެއްގެ ބޯމަތިން އަނެކެއްގެ ކޮނޑުމަތިން ފަސްހަބޯޓާއި ހައެއްކަ ދޯނި ފަހަނަޅައިދާ ފަހުން މުދާކޮޅު ބޯޓުން ބޭލުމާއި އެރުވުން އޮތްއިރުވެސް އިންތިޒާމެއް ހަމަނުޖައްސައި މިތިބީ މިއީވެސް ރައްޔިތުންގެ ޒިންމާއެއްތޯ. ވެރިންގެ ޒިންމާއެއް ނެތްތޯ. މާލޭ ސިޓީ ކައުންސިލުގެ ޒިންމާއެއް ނެތްތޯ. ޕޯޓްސް އޮތޯރިޓީގެ ޒިންމާއެއް ނެތްތޯ. ކަމެއް ޖެހޭއިރަށް ހުރިހާ ކަމެއް ފުލުހުންގެ ބޮލަށް ކަނޑާލާފައި ފުލުހުންނަށް ނުބެލެހެއްޓުނީއޭ ބުނެ ޒިންމާއިން ރެކިގަތުމަކީ ހައްލުތޯ.

  17. Anonymous

    މިއްދު ރައްޔިތުންގެ ބޮލުގަ އެ ކިޒިންމާއަޅުވާ ގައުމުހިންގުމާ ހަވާލުވެތިބީން ޒިންމާއިން ރެ ކެން ހުއްޖަތްދެއް ކީމަ ނިމުނީތޯ؟
    އެންމެފުރަތަމަ ދުވަހުވެސް ސިއްހީދާއިރާގެ ކަން ކަން އެނގޭ ފެންވަރުހުރި މީހުންގެ ބަހައް ގޮންޖަހާ ފުރަގަސްދިނުމުގެ ހިތިނަތީޖާމިފެންނަނީ. ރައްޔިތުން އެމީހުންގެ އަނބިދަރީންގެ ޒަރޫރަތްތައް ފުއްދާދިނުމައް ނިހާޔަތައް ބޭނުންވެފާމެ ކެތްތެރިކަމާއެ ކު ގެތަ ކުގަ މިތިބެނީ ހިތާދެ ކޮޅަށް . އެއީ މުޅިގަ އުމާ ރައްޔިތުންގެ ހައްގުގަ. މިގުރުބާނީން ނުފުދި ރައްޔިތުންނާ ދިމާލައް އިނގިލި ދިއް ކުރާނަމަ ތިޔްބުނާ ބަސްހައްގެނޫން.

  18. އައްމަޑޭސަމީރު

    މޑޕގެ ޢިއްތިހާދުގެ ވެރިންގެ ހުންނަ ސިފަޔަކީ އެމީހުންގެ އިހުމާލުން ކަންކަންކުރެވި އެމީހުން ކުއްވެރިވާހިސާބުން ދެންއެކަމުން ބަރީއަވާން ރައްޔިތުންނަށް އެމީހުންގެ ކުށުގެ އަސްލު އޮޅުވާލާ މޮޅު ސުޓަންޓެއްޖައްސާ ރައްޔިތުން ގުނބޯ
    ހައްދާލާނީ. މި ކަންކަމާ އަތްޖަހާ ބަޔަކުވެސް ތިބޭނެ