ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ތަރާވީސް ކުރުން އިސްލާމިކް މިނިސްޓްރީން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

މި މުއްދަތު އިތުރުކޮށްފައި ވަނީ 14މެއި ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން، ޓުއަރިޒަމް މިނިސްޓްރީއަށާއި، ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އެންގީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި މެއި 14 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދާއި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުުރުމަށް އެެދޭ ކަމަށް އެ ސާކިއުލާގައި ވެއެވެ.

އަދި މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.

ރާއްޖެއިން މިހާތަަނަށް 280 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އަދި އެ ބަލި ޖެހިގެން މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

  ރޯދަ މަސް ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓަރ އަންގަވާފައިވަނީ ރޯދަވީއްލަން މިސްކިތްތަކަށް އެއްވެސް ބަޔަކު އެއްޗެއް ގެންދިޔުމަކީ މަނާކަމެއް ކަމުގައެވެ. ހެޔޮއެދޭފަރާތްތަކުން ރާއްޖޭގެ ރަށްރަށުގައްޔާއި މާލެއާއި މާލެސަރަޙައްދުގައި ހުރި ހުރިހާ މިސްކިތްތަކަށް ވެސް ރޯދަ ވީއްލާ ސާމާނު މީގެ އެތައް އަހަރެއް ކުރިއްސުރެން ވެސް ގެންދެއެވެ. އެއްވެސް ސަރުކާރަކުން ރޯދަވީއްލަން މިސްކިތަށްދާ މީހުން ހަދިޔާކުރާ ތަކެތި މަނަލެއް ނުކުރެއެވެ. މީގެކުރީގެ ހުރިހާ ސަރުކާރަށްވުރެން މިސަރުކާރުގައި ޢަދާލު ޕާޓީގެ ސްލޮޓެއްގައި ހުރި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު އަށް ތަންދޮރު އެނގި ތަޖުރިބާ ހުރެމެ، ދީނީ ޝިޢާރު އުފުލުމަށާއި މިނިސްޓްރީ ހިންގެވުމުގައި ނާކާމިޔާބުވެފައިވަނީ އެމިނިސްޓްރީގެ ހުރިހާ ބާރުތަކެއް އޮންނަނީ ރައީސް އޮފީހުގެ މޭޒުކޮޅުމަތިން ކަމުގައިވާތީއެވެ. މިހާރު މިއޮތީ އެކަންވެސް އޮޓޯއިން ހުއްޓިފައެވެ. ﷲ އާއި ވަކީލެވެ.

 2. ނަޖީ

  ނަމާދުވިއުނަކަ ނުދޭނެކަން މާކުރީގަވެސް އެގޭ

  3
  4
 3. ޢަބްދުއްލަޠީފު

  އަވަސް އަރުވާލައިގެން އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ﷲ ގެ ގޮކޮޅުތައް ތިޔަ ބަނދުކުރަނީ ބަލި ނެތް ސަރަޙައްދާ އޮތް ޞަރަޙައްދު ތަފާތު ކުރުމެއްނެތިކަން ފާހަގަ ކޮށް ހިތާމަ ކުރަން. ދުނިޔޭގެ ގައުމުތަކާމެދު ކުރެވެމުން ދިޔަ ދަތުރުތައް ހުއްޓުނީމަ ދެން ދުނިޔެ ނުކިޔާބަލަ. ދުނިޔެއަކާ އަހަރުމެނާ ކޮން ބެހޭކަމެއްތަ މިހާރުގެ ޙަލަތައް ބަލާނަމަ. ބަލި އޮތް ސަރަޙައްދު ބަންދު ކުރަންވާނެ. ބަލި ނެތް ސަރަޙައްދުގަ އުޅޭ މީހުން ބަލި އޮތް ތަނަށް ދިއުމާ ބަލި އޮތް ސަރަހައްދުގާ އުޅޭ މީހުން ނެތް ސަރަޙައްދު ތަކަށް ދަތުރު ކުރުން މަނާ ކުރީމަ ނިމުނީނު. ކަމާނުބެހޭ މީހުންނަށް ދުއްތުރާ ކުރީމަ ބަލި ނުފެތުރޭނެބާ؟ ބަލި ފެތުރުން ހުއްޓުވުމަށްޓަކާ ނަބީ ޞައްލައްﷲ ޢަލައިހިވަސައްލަމަ ދެއްވި އިރުޝާދުން ބަޔަކަށް ޢަމަލު ކޮށްފަ އަނެއްބަޔަށް އަޅާނުލާ ތިމާމެނަށް ފެންނަގޮތަކަށް ހަދަމުން ދަނީ. މިކަހަލަ ދެފުއްކެހެރި އުޞޫލުން ކަންތައް ކުރީމަ ބަލާނުގަނެވޭނެ. ގިޔާމަތް ދުވަހު މިސްކިތްތައް ވިސްނާލުމެއްނެތި ތިޔަގޮތަށް ބަންދު ކުރީމަ ޖަވާބު ދާރީ ވާންޖެހޭނެކަން މިނިސްޓަރަށް ހަނދާން ކޮށްދެން. އަދި އަހަރުމެންނަށް ކަމަކާނުލާ ތިޔަ ކުރާ ދުއްތުރާ ހުއްޓާލުމަށްވެސް ހަރުއަޑުން ގޮވާލަން. އަދި ކުޅޭކުޅިވަރެއް ހެން ތިޔަ ގޮތަށް މިސްކިތްތަކާ ފިހާރަތައް ތަޅުއަޅުވައިގެން ބައްޔަށް ރައްކާތެރިވުމަށޭ ބުނުމަކުން އަދި ސަލާމަތެއްނެތް. އެތައްބައެއްގެ ޙައްގުތަކުގެވާހަކަ އަދި ކަލޭމެންގެ ހުރި ބޯ ގަމާރުކަމުގެ ވާހަކަ މިދައްކަނީ. ވީމާ ކުޅިވަރު ކުޅުންހުއްޓާލުމަށާ ހައްގު މިންވަރަށް ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދެން

  5
  3