ސަރުކާރުގެ ބަންދު މުއްދަތު މެއި 14 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަަމަށް ސަރުކާރުން ވިދާޅުވެއްޖެެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިގޮތަށް ނިންމަވަފާއި ވަނީ، ވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަފާއިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި، ކޮލެޖް އަދި ޔުނިވާސިޓީތައް ބަންދުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ސަރުކާރު ބަންދު ކޮށްފައި އޮތް އޮތުން އިތުރުކޮށްފައިވާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ، ވެރިކަންކުރާ މާލޭގައި ވައިރަސް ފެތުރެމުންދާތީ މިހާރު މުޅި މާލެ ސިޓީ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 280މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ކޮވިޑް-19 ޖެހުނު މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ.މ

    ތި ހުރިހާ ކަމެއް ނިންމަމުން ދާއިރު ވެސް މާލޭ ގަ ތާށި ވެފަ ތިބި މީހުނަށް ގޮތެއް ނުނިންމެ..މީ ކިހާ ދެރަ ކަމެއް....

  2. ސިޒޫ

    އަޅުގަނޑައް ހީވަނި މުޅި މަހަށް ބަންދު ކުރުންހެންއެންމެ ބުއްދިވެރީ....