އެއީ ޢުމުރުން 31 އަހަރުގެ ޒުވާނެކެވެ. ނިޞްބަތް ވަނީ އައްޑު އަތޮޅަށެވެ. ބަލާބެލުމަށް ވަރަށް ބައްޔެވެ.

އެ ޒުވާނާ މަޑުކޮށްފައިގެން އިނީ، އަމީނީ މަގުގައި ހުންނަ "ކުޑަކުދިންގެ ބަގީޗާ" ގެ މައި ގޭޓު ކައިރީގައެވެ. ދެ ދަބަހާއި ކޮތަޅެއް ކައިރީގައި ބައިންދާފައި އިނެވެ.

ވެގެން އުޅޭގޮތް އޮޅުން ފިލުވައިދިނީ، "ކުޑަކުދިންގެ ބަގީޗާ" ކައިރި ހުރި މީހެކެވެ. އޭރުވެސް ދެ ފުލުހަކު ވެގެން އެ ޒުވާނާގެ އެކި އެކި މަޢުލޫމާތު ދިޔައީ ނަގަމުންނެވެ.

"މިއަދު މެންދުރު ގާތްގަނޑަކަށް 1:30 އެހާއިރު، މި ބަގީޗާގެ މައި ގޭޓް ކައިރިއަށް މަޑުކޮށްފި އެމްބިއުލާންސް އެއް. ދުއްވަން އިން ޑްރައިވަރުގެ އިތުރުން، އަންހެނެއްވެސް އޭގެ ތެރޭގައި އިން. ދެން އިނީ މީނަ." އެ ޒުވާނާއަށް އިޝާރާތް ކޮށްލަމުން، ވެގެން އުޅޭގޮތް ސާފުކޮށްދިނުމަށް އެ މީހާ މަސައްކަތް ކުރިއެވެ.

"އެމްބިއުލާންސް އައިސް މަޑުކޮށްފަ ބުނީ، ދަރުބާރުގޭގައި ޤާއިމުކޮށްފަ އޮތް، ރެޕިޑް ރެސްޕޮންޑް ޓީމުން ބުންޏޭ މީނަ މިތަނަށް ބާލާށޭ. ދެން ބުނީ މިއީ ހޯމް ލެސް މީހެކޭ. އެމީހުން ބުންޏޭ މިތަނަށް ބާލާށޭ. ދެން ވަރަށް ގިނަ ވާހަކަތަކެއް ދައްކަދައްކާފަ މިތަނަށް މި ސޮރު ބާލާފަ އެ ދިޔައީ. މި ޙާލަތުގައި ނުވާނެއް ނޫންތޯ މިހެން ކަންތައް ކުރާކަށް." އެ މީހާ ކިޔަދިނެވެ.

މާސްކެއް އަޅައިގެން އިން އެ ޒުވާނާ އެވަގުތުވެސް އުޅުނީ ވަރަށް ގަދަޔަށް މޭގަ ރިއްސާތީއެވެ. އޭރުވެސް ދެ ފުލުހަކު ވެގެން، އެކި ތަންތަނަށް ގުޅައި އޭނާގެ މަޢުލޫމާތު ހިއްޞާކުރުމުގައި އަވަދިނެތި އުޅެއެވެ. އަދި އޭނާގެ އައިޑީކާޑު ނަގައި މަޢުލޫމާތު ކަށަވަރު ކުުރުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ.

"އޭނަ ކައިރިން އަޅުގަނޑު ސާފުކުރިން މިކަން ހިނގި ގޮތް. އޭނަ ބުނީ، ވަރަށް ބޮޑަށް ބަލިވެގެންނޭ މިއުޅެނީ. އެންމެ ފުރަތަމަ ދިޔައީ ޝަހީދު ހުސައިން އާދަމް ބިލްޑިން އަށޭ. ދެން އެތަނުން ބުންޏޭ އައިޖީއެމްއެޗަށް ދާށޭ. ހަމަ މި ދަބަސްތައް ހިފައިގެން އެ ހުރިހާ ތާކަށްވެސް މި ދަނީ. ދެން އައިޖީއެމްއެޗަށް ދިޔައީމަ، އެމީހުން މި ބުނަނީ، ދާށޭ އިމާދުއްދީނަށް، ދެން އަނެއްކާ މި ދިޔައީ އިމާދުއްދީނަށް. އިމާދުއްދީނަށް ދިޔައީމަ އެތާނގަ ތިބި މީހުން މި ބުނަނީ ދާށޭ ދަރުބާރު ގެއަށް. ދެން މީނަ އައިސް ދަރުބާރުގެއަށް ވަތްތަނާ، މުޅި އެ ސަރަހައްދު ގޯޑައުން ކޮށްފި. ދެން އެމީހުން އެކި ކުރިކަމެއްކޮށްފަ، އެ ދެއްކި ވާހަކައެއް ދައްކާފަ އެމްބިއުލާންސް އަށް އަރުވައިގެން އެ ގެނައީ މިތަނަށް. މިހުރީ ކަންކަން ހުންނަގޮތް. މިއަށްވުރެ ރަނގަޅު އިންތިޒާމު ތަކެއް ހުންނަންވާނެ. ކޮންމެ ކަހަލަ މީހެއް ވިޔަސް، މި ޙާލަތުގައި އެމީހަކު ހާލުގަ ޖެހުނީމަ ދޫކޮށްލާކަށް ނުވާނެ. މީހުންނަށް އެހީތެރިވުމަށް ޤާއިމު ކުރެވިފަ ހުންނަ ތަންތަން މީ. އެހެންވީމަ މިއަށްވުރެ ޒިންމާދާރު ކޮށް މި ކަންކަން ކުރެވެން ވާނެ." އެ މީހާ ކިޔައިދިނެވެ.

އެ ޒުވާނާއަށް ގޮތެއް ހޯދައިދިނުމުގެ މަސައްކަތުގެ ތެރެއިން، އެމަގުން ދިޔަ ދެ ފުލުހަކު މަޑުކުރުމަށްފަހު، އޭނާގެ މަޢުލޫމާތު ދިނީވެސް، ކުޑަކުދިންގެ ބަގީޗާ ކައިރިއަށް އެ ވަގުތު އާދެވުނު މީހެކެވެ.

ކޮވިޑް-19 ގެ "ބިރުވެރި ތޫފާން" މި ވަނީ މި ކުޑަ ކުޑަ ރާއްޖެއާއި ވެސް ކުރިމަތިމަވެފައެވެ. މީހުންގެ އަތްމަތި ހުސްވެ، އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތްތައް މި ވަނީ ހުއްޓިފައެވެ. މުޅި ރާއްޖެ މި ވަނީ ފުރަބަންދުކޮށްފައެވެ. ކުލި ދައްކައިގެން ދިރިއުޅެމުން އައި ތަންތަން މި ވަނީ ދޫކޮށްލަން ޖެހިފައެވެ. އެ ތަންތަން ދޫކޮށް، ދާނެ އިތުރު ތަނެއްވެސް ނެތެވެ. ދާން އޮތީ އުފަން ރަށެވެ. ނަމަވެސް ފުރައިގެން އެއްތަނުން އަނެއް ދިއުންވެސް މި ވަނީ އިތުރު 14 ދުވަހަށް މަނާވެފައެވެ. އެހެންކަމުން، މިއަދު މުޅި ހުރިހާ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރެވޭނީ ސަރުކާރަށެވެ. ދަޢުލަތަށެވެ. އެހީއެއް ދެވޭނީވެސް، އަދި އެހީއެއް ވެވޭނީވެސް، ކަމާއި ގުޅުންހުރި ދަޢުލަތުގެ މުޢައްސަސާތަކަށެވެ.

ނަމަވެސް، އިޤްތިޞާދީގޮތުންވެސް ވަރަށް ބޮޑު އަނދަވަޅަކަށް ރާއްޖެ ވެއްޓިފައި މިވާ ދަނޑިވަޅުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތަކާއި، ޒަރޫރީ ބޭނުންތައް، ދަޢުލަތުގެ މުޢައްސަޞާތައް ނުކުޅެދިއްޖެ ހާލަތުގައި، ނިކަމެތި ރައްޔިތުމީހާގެ ޙާލަތު ހުންނާނެ ގޮތާއި މެދު ދެން ވިސްނަވާށެވެ. ދަޢުލަތުގެ އެހީއަށް އެންމެ ބޭނުންވި ދުވަހު، އެމީހަކަށް ކުޑަ ނަމަވެސް އެހީއެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެމީހާ މަގުމަތިކޮށް، އުޅޭނެ ޙާލެއްގައި އުޅެން ދޫކޮށްލައިފި ދަޢުލަތެއްގެ ބޭނުމެއް އެބަ އޮތްތޯއެވެ.

މާތްވެގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުން ގިނަ ކުރަން ޖެހެއެވެ. ފަގީރުންނަށް ނުވަތަ (ރަނގަޅު) ކަމަކަށް އެދި ބޭނުންވެފައި ހުންނަ މީހަކަށް އެހީތެރިވުމަކީ ވެސް ދެވޭ ޞަދަޤާތެކެވެ. މީގެއިތުރުން މުސީބާތެއް ޖެހިފައިވާ މީހަކަށް (ދިރިއުޅުމުގައި ބޮޑު މައްސަލައެއް ދިމާވެފައިވާ މީހަކަށް) އެކަމަށް ޙައްލެއް ނުވަތަ ޚިޔާލެއް ދިނުމަކީ ވެސް އެމީހަކަށް ދެވޭ ޞަދަޤާތެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

 1. Anonymous

  ފުލުހުންނަކީ ހައްލު ކަމަށް ވާއިރު ހައްލު ނުގެނުވުނީ ކީއްވެތޯ؟ ޢެންއީޢޯސީއަކީ ހަމަ މިބައިމީހުންނަށް ވާއިރު ލަދުނުގަނޭތަ

  95
  23
 2. މޫސުން

  މީދެން މި ހާރު ބޮޑުވަރު! މީ އަޅާލުން؟! މީ ތޯ ރައީސް ޞާލިޙު މި ބަށްޔާ ގުޅިގެން އެންމެން އެކަކު އަނެކާއަށް އަޅާލުމަށް ވިދާޅުވި ބަސްފުޅަކީ؟

  ކީއްތޯ ޒިންމާ ނަންގަވަންޖެހޭ ބޭފުޅުން ތި ކުރަށްވަނީ؟

  152
  28
 3. ޙަސަނު

  މި ލާދީނީ ސަރުކާރު ފެއިލް ވެއްޖެ

  149
  37
 4. ?

  ސީދާ ކަނޑަ އެޅިގެން ދޮގެއް

  55
  134
  • ކިބޫ

   ކަޑައެޅިގެން ދޮގެއްވިއްޔާމު ދެން ތެދައް ހަދާލަބަލ! އެސޮރުއެއިނީ ފިލްމެއްގެ ސޫޓިންއެއްގެތަ؟!

   95
   11
 5. ابنة الحكمة

  ދައުލަތުން އާޅާލާ ! މި ކޮމެންޓް ރައީސަށް ފޮނުވަދެއްޗޭ އިއްޒައްތެރި ރައީސް އަމިއްލަ ކޮޓަރިފުޅުވެސް ވަންނާނެ ތަނެއްނެތް މީހުންނަށް ދީ ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!ޕުލީސް!

  52
  5
 6. ކުއްލިނުރައްކާ

  މީކާކުކަން ވަގުތު މީހުންނަށް އެނގިހުރެ މިފަދަވާހަކަ ނޫހުގަޖަހަނީ ސަރުކާރާ ރައްޔަތުންގެ
  ޙިތުގާ ނަފުރަތު އުފައްދަން އެމީހާ އެއީވަރައް ނުލަފާ މަކަރުވެރިމީހެއް..

  25
  52
 7. އަލިދީދީ

  އަގަނގަ ތަޅަން މިވަރުގެ ސަރުކާރެއްނޯންނާނެ މިހާރު އެއުޅެނީ ޤައުމު ހިފަހައްޓާނުލެވިގެން ބަލިޖެހުނީ ކާކުކަމެއްނޭގެއި ޢަދަދު އިތުރުވެ އަމުރުތައް ރައްޔިތުން ދަނީ މުގުރަމުން

  45
  8
 8. ވަސީ

  ތީހަމަ ދިވެހި ރައްޔިތުން އަބަދުވެސް ތަހައްމަލް ކުރާކަމެއް ސަރުކާރުގެ އިދާރާއަކައް ކަމަކު ދިޔާމަ. ބުނާނެ މިވެނި އެވެނި ތަނަކައްދާށެ.. ދެން އެތަނައް ދިޔާމަ ބުނާނެ އަދި އެހެންތަނަކައް ގޮސް މިވެނި އެވެނި ކަމެއް ކުރާށޭ. މިއީ ކޮވިޑު ކަންތައް ނުފެށޭއިރުވެސް ހާލު.. މިފެންނަނީ އެންމެ ހާލުގައި ރައްޔިތުމީހާ ޖެހިގެން އުޅޭއިރުވެސް ހަމަ ސަރުކާރުގެ އާދަކާދައިގެ މަތީން ޢަމަލުތައް ހުންނަތަން.. މިއީ ކުލުނެއް ހުރި ރަސުކާރެއް ރައްޔިތެއް ތިބި ގައުމޭބާވަޔޭވެސް ހިތައްއަރާ. އަދި ގައުމެއްގެ ގޮތުގަ އަހަރެމެންނައް މިގޮތައް އަމަލުކުރަމުން ކިހާ ދުވަހަކު ވީރާނާވެ ހަލާކުނުވެ ތިބެވިދާނެއޭވެސް ހިތައް އަރާ. ކަންކަން ރަނގަޅުކުރަން ހެސް ކިޔާފަ ވެރީން އައްޔަން އެބަ ކުރެވޭ.. އެކަމަކު އެންމެ އަސާސީކަންކަންވެސް ކޮންޓުރޯލެއް ނުވޭ.. ރަނގަޅު ހަރުދަނާ މުއައްޒަފުންނެއްވެސް ނުގެންގުޅެވޭ.. ދެން ކީއްކުރާ ގައުމެއްތަ..

  39
  5
 9. މަރިޔަމް

  ޢިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ހަމަ ނެތީދޯ.އަދިވެސް ޤައުމަށް މިބޮޑު މުސީބާތް ކުރިމަތިވެފައި އޮތްއިރުވެސް އިސްލާހުވާންވެސް ހިތަށް ނާރާދޯ މިމީހުން.?

  44
  4
 10. ބަލޯލަކުޑި

  އަނެއްކާ ސަރުކާރު ފޭލުވަނީބާ.

  110
  19
  • ޥެއްޖެ

   ފެއިލް ވެއްޖެ

   64
   7
 11. ފައިސަލް

  އޭނައަށް އެހާލުޖެހުނު ސަބަބެއްވެސް ނޫސްވެރިޔާ އޮޅުންފިލުވާލިނަމަ. އޭރުންތާ ދޯ މީގެވީނުވީއެއް އެނގޭނީ. ނުހައްގުން އެއްވެސް މީހަކަށް ކުޑަވެސް އަނިޔާއެއް ލިބުމާ ދެކޮޅު.

  76
  4
 12. ޙާމް

  ގަވާޢިދާ ޙިލާފަށް މިޤައުމަށް ވަދެގެން އުޅޭ ބިދޭސީންނަށް ހިލޭ ތުރީސްޓާރއިން ފެށިގެން މަތީ ފެންވަރުގެ އެކޮމަޑޭޝަން ފުލްބޯރޑުކޮށް ދެވެންޏާ، ދިވެހި ބިމަށް އުފަންް ރައްޔިތުމީހާާ، ވަންނާާާާނެ ތަނެއް ނެތިގެން ބޯހިޔާާވަހިކަަމަށް އެދި އާދޭސް ކުރީމަަ ނުރަކަށީގައި އަތްޅާ ކޮއްޕާލެބިގެން ނުވާނެ. ޢޭނާ އަކީ ކުރިމިނަލް އަކަށް ބޮޔަސް މިބިމަށް އުފަން ފި ދިވެއްސަކަށް ވަންޏާާ ސަރުކާރުން އޭނާގެ ހައްގުތައް ހިމާޔަތް ކުރަން ޖެހޭނެ.

  52
  4
 13. ޓީވީއައްއަރާރޮއޭ.

  މިފެންނަނީ ފޭލިޔާރ ނޫނީ ދެން ކޯޗެއް. ސަަރުކާރާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ފޭލިޔާ ނޫން ދެން ކޯޗެކޭ މިޔައް ކިޔާނީ..

  41
  6
 14. ابنة الحكمة

  އިއްޒައްތެރި ރައީސް ! ރައީސްގެ އަމިއްލަ ކޮޓަރިފުޅު މިވަގުތު މިކަހަލަ ނިކަމެތިންނަށް ހަދިޔާކުރައްވާ ! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް! ޕުލީސް!
  މި މެސެޖު ރައީސަށް ޕާސްކޮށްދީ

  37
  6
 15. ފަސްމާވަލު

  ޜައްޔިތުން ގެނައި ސަރުކާރަކުން ތިޔަހެން ކަންކަން ކުރާނެބާ ؟؟؟ ބަންގްލާދޭޝް ބޭފުޅެއްނަމަ އެމްބަސީވެސް ހުންނާނެ! މިއީ މައްދިވެއްސެއް! ކޮބައިތޯ އެއްކަލަ ކަރާތައް ފަޅަމުން ވީ ތައްޔާރީ؟

  28
  5
 16. އެމަންޖެ

  މިސަރުކާރުވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ.

  36
  5
 17. ކުޑޭ

  ޔަޤީން މީ ރާވައިގެން ކުޅެފައޮތް ޑްރާމާއެއް

  24
  36
  • މިއީ ކާކު

   ޙާގީގާތް ބަލަން ބޭރަށް ނުކުމެލަންޥީނުން

   22
 18. ނަން

  ރައީސްގެ އަމިއްލަފުޅު ކޮޓަރިފުޅު ޟިފަދަ ނިކަމެތިންނަށް ހަދިޔާ ކުރަންވީ ވަގުތަކީ މިއީ ޕުލީސް!ޕުލީސް!ޕުލީސް!
  މި މެސެޖު ރައީސަށް ފޮނުވާ

  23
  6
 19. ސެކު

  ގޮސް ރަށުގަ އޮތްނަމަ ތިހާލެއްގަ ނުޖެހުނީސްއެއްނު. ކޮންމެ ހާލެއްގަ އުޅެންޖެހުނަސް އާސް މާލޭގަވިއްޔަ އުޅެންވަނީ

  21
  67
  • ޢަހަރެން?

   ޢެޔޭ ހުރިހާ ޙިދުމަތެއް ލިބެން އޮތް ތަނަކީ، އަހަރެެމެން ކަހަލަ މާލެ މީހުން ބުނާ ގޮތުންނަމަ ރާއްޖެތެރޭ ނިކަމެތި މީހުން ދާން ޖެހެނީ ތި ކޮންކުރިޓު ޖަންގައްޔަށޭ??
   ތިގޮތަށް ހަގީގަތް ނޭނގޭއިރު އަނގަ މައިތިރި ކުރުން އެންމެ ރަނގަޅުވާނި.

   6
   1
 20. ފަޑުއްކަތަކުރު

  ގަންޖާބޭބެ އިންނާނެ މިހާރު ކައުންޓް ކުރަން ، ދޫވިހަ ސޮރެއް ، ބުނުން ލަސް ވާނީ ، ބަލަބަލަ ތިއްބާ ގައުމެއް މި ހަލާކު ކޮއްލީ ،

  41
  7
 21. ށަވިޔަނި

  ބޮޑު ތަނުން ފެއިލް ވެއްޖެ.. ތި ވައިރަސް ފެނުނީމަ ނޫނީ ނޭންގުން ގައުމް ލޮކްޑައުން ކުރާކަށް. ތިއޮތީ ރަނގަޅަށްވެސް ސަރުކާރު އަތަށް ގޮވާފަ

  42
  4
 22. އިބޫއޮތީފިލާ

  ތަނެއް ދޮރެއް ނުދަންނަށް މީހުންނަށް ގައުމު ހިންގަން ހަވާލުކުރީމަ ވާނެގޮތް މިހާރު މިވަނީ. ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް.

  32
  8
 23. Anonymous

  ހާލުގައި ޖެހުހުނު މިހާ މިދިޔަ ދުވަސްތަކުގާ އުޅުނު ތަނެއް ކީވެތޯ މި އާރިޓިކަލް ގަ ނުލިއުނީ؟

  43
  2
 24. އަހު

  ވަގުތު ނޫހުން ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެ. ޙަމައެކަނި އެމީހާ ނުވަތަ ސިފައިންގެ މީހާގެ ވާހަކައަށް ބަރޯސާ ވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ. ސަރުކާރުންވެސް އެވަރު ވިސްނާނެ. ކަމެއް ގޯސްކޮންވެސް ވެދާނެ. ޢެހެން ނަމަވެސް ކުުރެވޭ މަސައްކަތްތައް ބަލަިގަތުމުގެ ރިވެތި ސިފަ ހުންނަން ޖެހޭ

  42
  16
 25. ޝާން

  ކަމުގެ ހަގީގަތް ބަލާަބަލަ

  35
  3
 26. ވާނުވާ

  މިސަރުކާރު މިއޮތީ ރަނގަޅަށް ވެސް ފެއިލްވެފަ...ވާނުވާ ނޭގޭ ބައެއްގެ އަތްމަށްޗައް ދިޔާމަ ވާނެގޮތް މި ފެންނަނީ..

  25
  9
 27. ބޭޗާރާ

  އެތު ކަންފަތްދަށުގައި ރީ އެޅި ވާހަކައެކޭ މިގައުމުގައި ނިކަމެއްޗަކު ދައުލަތުގެ ތާކުން ކަމެއް ހޯދަން އުޅުމެކޭ އެއްގޮތްވާނެ. މި ކޮވިޑްގެ ތެރޭގައި ތިޔަ ފުލުސް އޮފީހަށް ކަމެއް ސާފުކުރުމަށް ސާޅީހަކަށް ފަހަރު ގުޅިން. ފުލުހުން ބުނި ތަންނަތާ އެއަށްވުރެ ގިނަ ފަހަރު ގުޅިފައި ހުންނާނެ. ކޮންމެ ތާކުން ބުނަނީ އެއީ އެތަނާ ބެހޭ ކަމެއް ނޫންކަމަށް. އަދި އަދަށްދާނދެންވެސް ބެހެނީ ކޮންބަޔަކު ކަމެއް ނޭނގެ.

  22
  3
 28. ޙހހހ

  ހެޔޮ ވެރިކަމުގެ ނަތީޖާ މި ފެންނަނީ....

  19
  3
  • ދިވެހިން

   ހެޔޮވެރިކަމުގެ ނަމުގައި ކުރަނީ ހުސްވައްކަން

   5
   1
 29. ޑެއިލް

  މިނިސްޓަރަކު އަވަނެތި އުޅެނީ ކޮންމެވެސް ރިސޯޓެއް ފެސިލިޓީއަކަށް ހަދައިގެން ޖީބަށް އެއްޗެއްލެވޭތޯ. އަނެކަކު ވެންޓިލޭޓަރުތަކެއް ކުންފުންޏެއް މެދުވެރިކޮށް ލިބޭތޯ. ރައްޔިތުން މަގުމަތިމިވަނީ. އޯގާތެރިކަމުން ހަނާމިވަނީ.

  24
  3
 30. ލަމްޔާ

  ވަރަށް ދެރަ.. އެކުއްޖާޔަށް އެހެން ހަދާކަށް ނުވާނެ... ?????.... ސަރުކާރުން ހާދަ އިހުމާލެއް ތިވަނީ.... ވަރަށް ވަރަށް ދެރަ

  25
  4
 31. އެކްޓަރ

  ވަގުތަކީ ކަންކަން ރަގަޅަށް ބަލާ ރަގަޅަށް ދިރާސާކުރާ މައުލޫމާތު ޝާއިރުކުރާ ނޫހެއް..ވާއިރު މިފަދަ ޚަބަރެއް ހަމަ ޖަހާނެތޯ.... ރާއްޖޭގައި ތިބި ބިދޭސިން ހިމާމަތްކުރުމަށް މަސައްކަތްކުރާގޮތަށް ދިވެހިން ބާކީވާންޖެހެނީ ކީއްވެ... 40 އަހަރުގެ ބޮޑް ޕްލޭނެއްގެ ދަށުން މައުމޫނުގެ ނުލަފާ ސަރުކާރުން ހިންގި މަސްތުވާތަކެތި ޕޮރޮމޯޓްކުރުމުގެ ޕޮރްގްރާމްގެ ތެރެއިން ރާއްޖޭގެ ޒުވާނުންވަނީ ހަލާކުކޮށްފަ..
  މިޒުވާންނަކީ ޤައުމުގެ މޫނުމަތި އަޅާލާ އެހީތެރިވާންޖެހޭ...
  މިފަދަ ގޮތަކަށް ދިވެހިބޮމުގައި ދިވެހިން ނިކަމެތިކޮށްނުލައްވާ..
  މާދަމާ ތިވެރިންތައް ޖަލުގަ ތިބެންޖެހިދާނެ... މިޒުވާނާއަށް ވީހާއަވަހަކަށް އެހީފޯރުކޮށްދީ... ތިނަދޫގައި ގުތުރަތީ މަރަކުން މަރުވި ހަސަންބެއްޔާ ވަޅުލާފަ ދޮގްހަދާ ހުރިހާކަމެއް ފޮރޮވާހެން ކަންކަން ނުކުރެވޭނެ....

  20
  4
 32. އ.މ

  ގޮތެއް ނުނިންމެ ގަސްތުގަ ދޫކޮށްލާ ކަންތައް ތައް..14 ވަނަ ދުވަހު މާލެ އައިސް ލޮކްޑައުން ވީ އަރު ރަށަށް ނުދެވިފަ މިތިބީ...މިހާރު އެއް14 ނިމުނީ ..މާލެ އައީ ދެދުވަހަށް ކަމުން ކާނެ އަންނައުނާ އެއްޗިހި ނުގެން ނަން..ހުއްދަ ނުލިބިގެން އެގޮތް މިގޮތަށް އެނބުރެވެނީ..މިގޮތަށް އެއް14 ނިންމާ އަނެއް14 ފެށީ އަދިވެސް މިހެން..ޒިންމާ ނަަގާނެ ބަޔަކު ނެތްބާ ކަންކުރަންވީ ގޮތް އެގޭ ފަރާތެއް ވެސް ނެތް..،،?

  29
 33. އ.މ

  ގޮތެއް ނުނިންމެ ގަސްތުގަ ދޫކޮށްލާ ކަންތައް ތައް..14 ވަނަ ދުވަހު މާލެ އައިސް ލޮކްޑައުން ވީ އަރު ރަށަށް ނުދެވިފަ މިތިބީ...މިހާރު އެއް14 ނިމުނީ ..މާލެ އައީ ދެދުވަހަށް ކަމުން ލާނެ އަންނައުނާ އެއްޗިހި ނުގެން ނަން..ހުއްދަ ނުލިބިގެން އެގޮތް މިގޮތަށް އެނބުރެވެނީ..މިގޮތަށް އެއް14 ނިންމާ އަނެއް14 ފެށީ އަދިވެސް މިހެން..ޒިންމާ ނަަގާނެ ބަޔަކު ނެތްބާ ކަންކުރަންވީ ގޮތް އެގޭ ފަރާތެއް ވެސް ނެތް..،،?

  13
 34. މަންމަ

  ރައްޔިތުން ފޭލް ވީ.. ގޭގައި ބުންޔަސް ނުތިބެވޭ

  21
  4
 35. މަކުރޫބު

  އަޅުގަނޑު ބަލާލަދޭނަން ވީގޮތް

  13
  2
 36. އަބުދުބޭ

  ކޮބާ ރާއްޖޭގެ ސޭކުންކޮޅު ނެތްތަ މިކަމަށް ރަގަޅު ނަސޭހަތް ކޮޅެއް

  14
  4
 37. އަދޫ

  ނޫކަށި ފުރައިގެ ޒުވާނުން މިހާލަތަށް ދާންޖެހުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ. މި ބަލިމަޑުކަން މާލ ތެރެއަށް ފެތުރި މާލެ ލޮކްޑައުން ވުމުގެ ކުރިން ވަންނާނެ ތަނެއް ނެތް މީހުން އަމިއްލަ ރަށަށް ދާން ބުނީމާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެހެން ބުނި މެންބަރު ވައްޓާލީ ހޫނު ފެނަށެވެ. ކޮންމެ ކަމެއްވެސް ދިވެހިންނަށް ވިސްނޭނީ ވަގުތު ފާއިތު ވުމުން.

  22
  6
 38. ނަން

  ޢެތާގަ އިން ސަބަބެއް ލިޔުމަކުން ނުފެނުނު

  18
  1
 39. ބާބުލްކެދުއާއޭ

  ހަތަރުއުދަރެސް ފެނުޖެހިފަ އިން އައްޑޫ ގޮލައެއްތަ

  6
  5
 40. މަނިކު

  މާލެ ލޮކްޑައުން ކުރި ފަހުން، އޭނާ މިވީހާތަނަށް ކޮންތަނެއްގައި އުޅުނީ؟

  11
 41. ޖިރްޖާ

  100% މުސްލިމުގައުމެއްގައި ވަންނާނެތަނެއްނެތިފައި ތިބޭމީހުން ތިބުމަކީ ބޮޑު ލަދެއް!
  މިމީހުނަށް ނޭނގެނީބާ ހިފާރޯދައަކުންނާ ކުރާ 5ނަމާދަކުން އެގައުމެއްގައި ފަޤީރުން ނުވަތަ ވަންނާނެތަނެއް ނުލިބިފައިތިބޭ މީހުންނަށް ޙައްލެއްނުގެނެވުމަކީ އެކުރާ ނަމާދާއި އެހިފާ ރޯދައިން ފައިދާއެއްނުވާނެ ކަމެއްކަން؟!
  ޢުމަރުގެފާނުގެ ސީރަތުކިޔާލީމަ އެނގޭނެ މިބުނާ ވާހަކައިގެ މާނަ..

 42. ބިސް އަލިބެ

  4.4 ބިލިއަން ރުފިޔާ ނަގައިގެން ކޮބާތަ ރައްޔިތުން އައް ކޮދެވުނު ކަމެއް؟ އެއްމެ ދެރަމިނުން ފެން އަދި ކަރަންޓު ވެސް ހިލޭ ނުކޮއްދެވުނު. ރައްޔިތުން ދެކެ މާ ލޯބިވާ ބަޔަކައް ހެދިގެބް މަޖިލިސް މެންބަރުން ކިހިނެއް ތި ހަދަނީ؟ ކަލޭމެން އުފަލުގަ އުޅުނަސް ރައްޔިތުން މި ހަނާވަނީއޭ. މިއީ ޖަނަވާރުންތަ؟ ބޭނުން ގޮތެއް ތި ހަދަނީ ؟

  14
 43. ޙެޔޮ އެދޭ ފަރާތެއް

  ޢަޅޭ ހިތަކައް އޮތީ ގަލެއްތަ!
  ތިޔަހެން އިންސާނުންނަށް ހަދާކައްވެސް ނުައާނެއްނު??
  ?????????
  ސަރުކާރައް ލާރި ލިބެނީ ބޮޑުން ޖީބައް އިތުރުކުރަން ރައްޔިތުމީހާ ހުސްކުރާން...
  ﷲ އަށް ބިރުވެތިވޭ..
  މީ އެއް ނުން ހަމަ އެކަނި އުޅެން އޮތް ދުނިޔެއަކީ

  13
  1
 44. ފިލާވަޅު

  ކީކުރަން ދައްކާ ޓެކްސްއެއްތޯ ފުލުުހުންވެސް ގާނޫން ތަންފީޒުކުރުމުގަ ސެލެކްޓިވް ، މިހެން މިދައްނަވަނީ މުޅި މާލެ ތޮއްޖައްސާފަ ވެހިކަލްތައް ޖާގަޔައް ނުކަތާވަރައް ގިނަކޮއްފަ ބާއްވާނެ ތަނެއް ނެތިކޮއްފަ ކޮޅެއް މެދެއް ނުދައްކާ ސްޓިކާ ޖަހާފަ މިބުނަނީ ވާޖިބު އަދާކުރެވުނީއްޔެ.. ރާއްޖޭގަ ގަވައިދާ ޙިލާފައް އުޅޭ މީހުން ގިނަވެ އެމީހުން މިގައުމުން ބެރުކުރާ ފައިސާ އޯކޭ. މިމީހުންގެ މައްޗަކައް ގާނޫން ތަންފީޒެއް ނުކުރެވޭ ލާނެ ކުރާނެ ތަހުޤީގެއްވެސް ނޯވޭ އެކަމަކު ވާޖިބު ޒިންމާ ގެންދާނެ ކޯޓެއްވެސް ނޯވޭ. ޓެކްސް ނުގަދައްކާ ނުވަތަ ސްޓިކާ ފައިސާ ނުވަތަ ޖުރުމަނާއެއްވެސް ނުދައްކާ އޮފިނަމަ އެވެސް އާއްމުރައްޔިތަކު ކޮށްފިނަމަ ތަހުގީގުކޮށް ނިމޭއިރު ޖަލުގަ. ކުއްކުރާމީހުން ވަނީ ނިސްބަތުން ގިނަ ޕްރިވެންޓްއެއް ނުކުރެވޭ މިވެސް ޖަރީމާ ޖަލުތައް ވިޔަފާރުކުރާ ހާއްޔަކައް ވެފަ ކެއުމުގެ ކޮންޓްރެކްޓް ފުލުހުންގެ ކޮޓާ އިތުުރުވުން. މިއީދައުލަތެއްތޯ ؟ ނޫނި ކުންފުންޏެއްތޯ؟ މިއީ އިންސާފުތޯ؟ ޙިޔާލު ފާޅުކުރުމުގެ މިނިވަކަން އެބައޮތްބާ ނީނި މަވެސް ގޯޅިޔައްބާ؟

 45. ޙީޓަލް

  ކޮބާތޯ އައްޑުއައް ނިސްބަތްވާ މެންބަރުން ރާއްޖޭގަ ނޫޅުއްވަނީތޯ.....؟

 46. ކަރުނަޔާނުލާ

  ސޯލިހޫ އަދިވެސްކަލޭ ޓީވީއަށް އަރާފަ ރަށްޔަތުންދެކެވާ ލޯބި ދެއްކުމުގެ ނަމުގައި ނުރޯށެވެ ތިކަމުންދޭހަވަނީ ގެރިލޯތްެވެ ކަލެޔަކީ ހެޔޮ ވެރިކަން ކޮށްދެވޭނެ މީހެއްނޫނެވެ އަވަހަށް ރައީސް ޔާމީނާ ވެރިކަންހަވާލު ކުރާށެެވެ.

 47. އަޒާ

  ދިވެހިރާއްޖެއިން މިހާރު މިފެންނަނީ ދައުލަތެއް ފެއިލް ވެގެން ފެންނާނެ ހުރިހާ މަންޒަރެއް، އެމީހަކާ އެމީހެއް، ސަރުކާރުން ރައްޔިތުންނަށް ވީ އެހީއަކީ ހާރަކަސް، ތަރާވީހަކަސް، ރޯދަ ވީއްލުމަކަސް އެއްޓަނުގެ ފެން..

 48. ބޯކިބާ

  މާލޭގެ ބޮޑުގަބީލާއެއްގެމީހަކު ޖަލަށްލައިފިއްޔާ ނޫނީ މަގުމަތިކޮށްފިއްޔާ އައްޑޫމީހުން އުޅޭނީ ހުރިހާ މަސައްކަތެއް ހުއްޓާލާފަ އެކަމާ. އައްޑޫމީހަކަށް ކޮންމެގޮތެއް ހެދިއަސް އަޅާލާނެމީހަކުނުހުރޭ.

 49. ދދދދދ

  މިފަދަ ހާލަތެއް ނޫންނަމަ އަހަރެން ބުނާނީ ތިގޮތް ރަނގަޅޭ. ވީހާލެއްގަ ވާން އަންނާށޭ އެމީހުން ގޮވާލާއިރަށް ބުނާހާ ކަމެއް ކޮށް ހެދި މީހުން މިއަދު ކީކޭބާ ދެން ބުނާނީ!

 50. ާއަހްމަދު

  ތީ ބޭކާރުވާހަކަ އޭނާ ފުލުހުން އިމާދުއްދީން އަށް ވެސް ގެމްދިޔަ އރތާނުހުން ނަންވެގެ ނިކުތީ

  1
  2
 51. އެހީތރރިޔާ

  އަހަރެމެންވެސްބޭނުންއެހި

 52. ޢަދުރޭ

  ދެފަރާތުގެ ބަހެއް ހޯދާފަ ގޮތް ނިންމުން ރަގަޅު...

  3
  1
 53. ދިވެހިން

  ދިވެއްސަކަށްވީމަ ތިގޮތަށް ތިހެދީ، ބަންގާޅިއެއްނަމަ ހުޅުމާލޭގެ ފުލެޓަކަށް ބަދަލުކުރާނެ ވަގުތުން ވަގުތަށް. ސަރުކާރު ފެއިލްވެއްޖެ

 54. ރަދީފް ހުސެން

  ސަރުކާރުން އިންތިޒާމު ކޮއްފަ ހުރިލެއް ފުރިހަމަ ކަމުން އެޅިފަހުރި ފިޔަވަލުތައް ފުރިހަމަ ކަމުން ހިތްފުރިގެން ބުނާނެ އެއްޗެއްނޭގިފަތިބި 67 ރީނދޫ ރަބަރު ސްޓޭޕް ކޮބާތަ؟ އެތައްމިލިޔަނެއް ރައްޔިތުންގެ ޖީބުފެލައިގެން މާމޮޅުތައްޔާރި ތަކެއްވީއިރު ހިޔާކުރި ތަނަކުން ފެންވެހުން ނުހުއްޓެ.

 55. އައްޔު

  ދިވެހި ރައްޔިތެއްވާނީ ދިވެހި ރައްޔިތަކަށް އެންމެން ހައްގުތަކުގައި ޤާނޫނު އަސާސީގައި ހަމަހަމަ ކަމަށް ލިޔެފައި އޮތަސް ފެނިގެން މިދަނީ ކުޑަމީހާއަށް ކުޑަކޮށް ބޮޑުމީހާއަށް ބޮޑުކޮށް ހައްޤުތަށް ލިބިގެންދާތަން ވަރަށް ދެރަ ސަރުކާރުގެ ޒިންމާއަކީ އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ޙައްޤުތަށް ލިބޭތޯ ކަށަވަރުކުރުން ނޫންތޯ؟

 56. ޔާނުބޭ

  މިއީ ދޮގެއް. ޔާނުބޭ ޓީމުން ޖެއްސި ޑްރާމާއެއްގެތަންކޮޅެއް. ހިރިޔާ ސްކޫލްގައި ތިފަދަމީހުނަށް ތިބެވޭނެ އިންތިޒާމް ހަމަޖެހިފައިވޭ.

  5
  2
 57. ހޫތު

  ތިމީހާ ފޮނުވާ ދޫވެހި 10ވަނަ ފަންގިފިލާއަށް؛ އެވެސް ރައްޔިތުންގެ ފައިސާއިން ތަރައްގީ ކުރާ ގަނޑުވަރެއް. ވަގު ތު ނުވާނެ ރަގަޅެއް.

  2
  2
 58. ޙިވަ މިހެއް

  މިކަން ކުރި މިހުން ކޮބަ