އުތުރުގެ ބައެއް ރަށްރަށުން ކޮވިޑް-19 އަށް ފައްސި ވެފައިވާ މީހުން ފެނި ބަލި ފެތުރެމުން އަންނާތީ ކުޅުދުއްފުށި ސިޓީގެ ފުރަބަންދު މުއްދަތު އިތުރު ކޮށްފިއެވެ.

އެ ރަށު ކައުންސިލުން ބުނީ، މާދަމާ އިން 07 މެއިގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅެވޭނީ ހެނދުނު 06:00 އިން ހަވީރު 03:30އަށް ކަމަށެވެ.

އަދި މި ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލައި ބޭރަށް ނުކުމެ އުޅުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެެއް ކަމަށްވެސް ބުނެފައި ވެއެވެ. މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅާނެ ކަަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

ކުޅުދުއްފުއްޓަކީ އިތުރުގެ ސަރަހައްދުގެ އިޤްތިސާދީ، ސިއްހީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހޭކަމަށް ކައުންސިލުން ބުނެފައެވެ.