ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ނެރުނު އެލާޓްގައި ވަނީ، ވ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ސަރައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަވެހޭނެކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އިން ވަނީ ވިދާޅުވެފައެވެ.

މެޓް އިން އެލާޓް ނެރެފައި ވަނީ މިރޭ 1:00 އިން މާދަމާ ހެނދުނު 7:00 އާ ހަމައަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.