ކޮވިޑް-19 ޖެހިގެން ރޭ ނިޔާވި އަންހެން މީހާގެ ފިރިމީހާ މި ވައިރަސް އަށް ފައްސިވެއްޖެ އެވެ.

"ދުވަސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޔާވި މީހާގެ ފިރިމީހާގެ ހާލު ދެރަވެ ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އެ ނޫހުގައި ބުނެފައިވަނީ، އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ރޭ ނިޔާވި އަންހެން މީހާގެ އާއިލާގެ ފަރާތަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އޭނާގެ ފިރިމީހާ މިއަދު އައިސީޔޫއަށް ބަދަލު ކުރިއިރު ހާލު ދެރައެވެ.

މިކަމާއި ގުޅިގެން އަދި ސަރުކާރުގެ ރަސްމީ އިދާރާއަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހިގެން ރޭ ނިޔާވެފައި ވަނީ އާމިނަތު އާދަމް ނަމަކަށްކިޔާ، އުމުރުން 83 އަހަރުގެ މީހެކެވެ. އޭނާ އަކީ މި ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވި މީހާއެވެ. އޭނާ ނިޔާވެފައި ވަނީ، އިއްޔެ ހަވީރު ނޭވާލާން އުނދަގޫވެ ހާލު ދެރަވުމަށްފަހު އެވެ. ސަރުކާރުން ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް އެ އަންހެން މީހާ ފައްސިވެފައިވާކަން އެނގިފައި ވަނީ އޭނާ ނިޔާވި ފަހުންނެވެ. އޭނާ އަކީ މީގެ ކުރިން މި ބަލި ޖެހުނު މީހަކާއި ބައްދަލުވެފައިވާ މީހެކެވެ. މިކަމާއި ގުޅިގެން އޭނާ ދިރިއުޅޭ ގެ ވެސް ހުރީ މޮނީޓަރިންގެ ހާލަތުގައެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 396 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރޭގައި 180 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކީއްވެބާ މާލެ ލޮކްޑައުންކޮއްފައޮއްވާ ތިބުނާ ދިވެހި ސަރުކާރުން މާލޭގަތިބި އައްޑޫ މީހުން ފުލައިޓެއްގަ އައްޑޫއަށް ފޮނުވައިގެން އުޅެނީ !ސީދާ މާލޭތިބެފަ އިނގޭތޯ !ކީއްވެބާ ކަރަންޓީނުނުކުރީ މިތާތިބިމީހުންނަށް ބަލިޖައްސަންތޯ ނޫނޭ މިއޮތީ ވާ ދިވެހި ސަރުކާރެއް

    53
    7
  2. Anonymous

    ތިމާމެން ބޭނުންވާ ބަޔަކު ފޮނުވަނީ!އެވަރިހަމަ ލޮކްޑައުންކޮއްފަ އޮތަސް މިހާރުވެސް އައްޑޫގަ އެބައުޅޭ މާލެއިން އައިސްގެން އުޅޭ ރިސޯޓް ބޯއިސް!ރަށައްފޮނުވިއަސް ކަރަންޓީނުނުކޮއް މާލެތެރޭގައުޅެފަ އެއައީ ދެން ރިސޯޓުގަ ކަރަންޓީނުވެތިބެފަ މާލެގޮސް އެތާ މިތިއްބާ ސަރުކާރުން ފޭވާކުރާ ބަޔަކު މިފޮނުވަނީ!ހެޔޮވާނީކިހިނެތް މިމީހުން އަނެއްކާ ޖެހޭނެނޫންތަ ކަރަންޓީނުކުރަން!ބަލިއޮތްތަނެއްގަ އުޅެފަވިއްޔާއެއައީ!މިސަރކާރު ކުރާ މިފަދަ ވާނުވާ ކަންކަން އައްޑޫގެ ގިނަމީހުނައް ވަރިހަމަވާނެ!ކޮވިޑުއައިސް މުޅިރަށައް ފެތުރުނަސް ބާރަށް އަތްޖެހުމުގަ!މީކޮންފަދަ ބީތާ ބައެއް މިބައިގަނޑަކީ

    44
    7
  3. Anonymous

    ބޮޑު ފުލައިޓެއްގަ މާލޭގަތިބި ބައެއްމީހުން އައްޑޫއަށް ގެނެއްސި!ނުކުޅެދޭ ސަރުކާރު މިއޮތީ ބޮޑުތަނުން ފެއިލްވެފަ!މިހާރުމިއުޅެނީ މިތަނައްވެސް ބަލިޖައްސަން!

    49
    12
  4. Anonymous

    ދެންބުނާނެ އަޖަލުޖެހުނީމަ މަރުވާނެޔޯ އެއީ މިސަރުކާރު ކުރާނެކަމެއްނޫނޯ ދެން އެހެންވިއްޔާ ކީއްކުރަންބާ ލޮކްޑައުންކުރަނީވެސް މިތިބަ ގަމާރުން ކަމެއްވެއްޖިއްޔާ ގަޟާގަދަރާ މަތިކޮއްފަ މިތެޅިބާލަނީ ބޮޑުތަނުން ސަރކާރު ފެއިލް

    127
    9
  5. ނަގުލު ފިއްތި

    ބަލަ މޮޔަ ބޮލަށް އަރައިގެން ނުއުޅެ ބަލަ އެމީހުން ގެނެސް 14ދުވަސް ވަންދެން ކަރަންޓީންގަ ކެނެރީފް ރިސޯޓްގަ ބައިތިއްބަނީ ވާނުވާ ނޭނގެންޔާ އަނގަމަޑުން ލައިގެން ތިބެބަލަ. ތިން ހަތަރު މަސްވަންދެކަށް ކިހިނެއް އެމީހުން މާލޭގަ ހައްޔަރު ކޮށްގެން އުޅެވެނީ. މިހާރުވެސް ދެމަސް ވެއްޖެ އެމީހުން އެހާލުގަ އުޅޭތާ. ބަލަ އެއީވެސް އައްޑޫ ރައްޔިތުންނޭ ހޭބަލިވެގެން އުޅެނީ. އެމީހުންވެސް ބޭނުންވާނެ އެމީހުންގެ އަނބި ދަރީންނާއި އާއިލާ ކައިރިޔައް އަންނަން

    7
    9
  6. ބޮޑު ފަރަންޖީ

    ބަލަ މޮޔަ ބޮލަށް އަރައިގެން ނުއުޅެ ބަލަ އެމީހުން ގެނެސް 14ދުވަސް ވަންދެން ކަރަންޓީންގަ ކެނެރީފް ރިސޯޓްގަ ބައިތިއްބަނީ ވާނުވާ ނޭނގެންޔާ އަނގަމަޑުން ލައިގެން ތިބެބަލަ. ތިން ހަތަރު މަސްވަންދެކަށް ކިހިނެއް އެމީހުން މާލޭގަ ހައްޔަރު ކޮށްގެން އުޅެވެނީ. މިހާރުވެސް ދެމަސް ވެއްޖެ އެމީހުން އެހާލުގަ އުޅޭތާ. ބަލަ އެއީވެސް އައްޑޫ ރައްޔިތުންނޭ ހޭބަލިވެގެން އުޅެނީ. އެމީހުންވެސް ބޭނުންވާނެ އެމީހުންގެ އަނބި ދަރީންނާއި އާއިލާ ކައިރިޔައް އަންނަން

    2
    6
  7. މި ދެން ބޮޑުވަރު

    މަލެއިން އައްޑުައަށް މީހުން މި ފޮނުވަނީ ކީިއްވެ. ލޮކްޑައުން އެކޯ ..

  8. އައްސި

    ކުރިންވެސް އަހަރުމެންބުނިން އެ އަންހެން މީހާގެ ރިޕޯޓް އެއޮތީ އައްސުވެފައޭ، އެކަން މިއެގެނީ އޭނަގެ ފިރިމީހާ ފައްސިވީމަ!

    10
    1