ކޮވިޑް-19 ގައި ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާ ރޭގެ ވަގުތެއްގައި މަރުވެގެން ދިޔައީ ރައީސް އިިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިހުމާލުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރޭ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހާއާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭ ކޮވިޑް-19 ޖެހިގެން ނިޔާވި 83 އަހަރުގެ އާމިނަތު އާދަމް އަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއްކަން އެނގިގެން ދިޔައީ އޭނާ ނިޔާވި ފަހުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި ބައެއް ބަލިތަކަށް ބޭސް ކުރަމުން ދާ އުމުރުން ދުވަސްވީ މީހަކަށްވެ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ގުޅުން ހުރި ފަރާތަކަށް އާމިނަތު އާދަމް ވީއިރު، އޭނާ ގޭގައި މޮނިޓަރިން އަށް ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނިޔާވި އާމިނަތު އާދަމްގެ ފަރާތުން ކޮވިޑް-19 ގެ އަލާމަތްތައް ފެނި ހާލު ބޮޑުވެގެން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ހެދުމަށް އާއިލާއިން އެދުނު ނަމަވެސް އެކަން ކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަން ފާހަގަކޮށް އިދިކޮޅުން ނެރެފައިވާ ބަޔާނުގައި ބުނީ މި ހިތްދަތި ހާލަތު ދިމާވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން އެކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާ ކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ. އަދި އެކަން އިދިކޮޅު ކޯލިޝަނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ގޮތެއްގައި ބަލިތަކަށް ބޭސް ކުރަމުން ގެންދާ ފަރާތްތަކާއި މެދު ހާއްސަ ސަމާލު ކަމެއް ދީ އެފަދަ ފަރާތްތަކުގެ ކިބައިން ވައިރަސްގެ އަސަރު ނުވަތަ އަލާމާތެއް ފެނިއްޖެ ނަމަ، އެފަރާތްތަކުގެ ފަރުވާގެ ކަންކަމުގައި ފަރުވާކުޑަ ނުކުރުމަށް ރައީސް ސޯލިހުގެ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ.

ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓު ކުރުމާއި، ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން މަޑު ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވީހާވެސް ގާތުން މޮނިޓާ ކުރެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، އެޅޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. މީގެއިތުރުން ލަސްނުކޮށް ރައްޔިތުން ޓެސްޓް ކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލުމެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރޭ ކޮވިޑް-19 ޖެހިގެން ނިޔާވި މީހާގެ ހަބަރު އެހީ ފުން ހިތާމައާއި އަސަރާއެކު ކަމަށް ބުނެފައެވެ. އަދި އެ ކޯލިޝަނާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައާ އެ ކޯލިޝަނުގެ ނަމުގައި އާއިލާއަށް ވަނީ ތައިުޒިޔާ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މައިކް

    ތިކިޔާސޯލިހް ފިލައިފި ބިރުން. ވީ އާރަށުގަޔޯ. ވަރައް ވަދު ސަރުކަރެއް

    43
    24
  2. އަލްޖިބްރާ

    ޔާމީނުގެ ވެރިކަމުގައި މަރުވި ނުވަތަ މަރާލި އެންމެން މަރުވާން ޖެހުނީ ކާކުގެ އިހުމާލުންތަ ؟ އޭރުގަ ވެރިކަމުގެ ހުރިހާބާރެއް އޮތީ ކަލޭމެންގެ އަތްމަތީގަ ! ނުފުރޮޅާ ގަލެއް ނުބާއްވާނަމޭ ކިޔައިގެން ހަޅޭއްލެވީ ކޮން ބައެއްތަ ؟ ކަލޭމެންގެ ލަދުހަޔާތޭ މިކިޔާ ސިފަ ހަމަ ނެތީ ! ދުނިޔޭގަ މިވައިރަސްޖެހިގެން މަރުވާމީހުންވެސް މަރުވަނީ މިސަރުކާރުގެ އިހުމާލުންނޭ ނުގޮވަނީ ކީއްވެތަ ؟ ލަދުކުޑަ !

    2
    2
  3. ޢިޔާބު

    ކޮވިޑް ރާއްޖެ ގެނައީވެސް ސަރުކާރުން.

    34
    12
  4. އުސައިދު

    ދެން ގޮވާ ޔާންޓޭ ޖަލުން ނެރެށޭ. އޭރަށް އޭނަ ކޮރާނާ ވައިރަސް ބަލިކޮށް ނައްތާލަނެއޭ ބަނޑުމުސާރައަށް ވައިރަހާ ބައްދައިގެންވެސް..

    29
    32
  5. ކުޅިކާޖާ

    ސަ ރުކާ ރުން ބުނަމުން އައީ ހު ރިހާ ރިހަ އަކަށް ބަތް އަޅަން ތައްޔާ ރު ވާހަކަ ވަ ރަށް
    މީ ރުވާނެޔޯ ? ދެއި ރު ދެދަޅައަށް ހުސްފޮނި ބާސާ

    33
    9
  6. ުއުނދުޅި

    މަރަކީ ސަރުކާރަކައް މީހަކައް ހުއްޓުވޭނެ ކަމެއްނޫ.
    މިދުވަސްކޮޅު ބޭކާރުވާހަކަނުދައްކާ މަޑުންތިބޭ ދުލުން ހެޔޮއެއްޗެއް ކިޔޭތޯބަލާ
    ވެރިކަމެއް ނުލިބޭނެ

    2
    2
  7. ނަމަ

    އަނެންކާ އަދުރަމެޓިސް ހިސާބު ޖަހައިގެން ހޯދީބާ

    4
    4
  8. ސަރުބަތު

    އަދުރޭ ބުންޏަސް ވާނީ ތެދަ ކައް. ދުނިޔޭގެ ހުރިހާ ގައުމަ ކުން ކޮވިޑް ޖެހިގެން މީހުން އެމަރުވަނީ އެގައުމުތަ ކުގެ އިހުމާލުން. މިހާރުން މިހާރައް އަދުރެއާ ސަރު ކާރު ހަވާލު ކުރަން ފެނޭ.

  9. ސިޒޫ

    މިއޮއް ހާ ދުހު މިމީހުންގެ ވެސް އަނގައެއް ނެއްދޯ

    3
    3
  10. ޙަަަސަނު

    އެ ކަމުގަ ސަރުކާރުގެ އިހުމާލް އެބަ އޮތް

    6
    4
  11. ދިވެހިބިން

    ކަލޭމެންތިބޭ ފިތުނައިގެ ވިދެއް ފެނުނަސް ބާގަނޑަކަށް ހަދަން ތައްޔާރަށް. މިއޮށްބޮޑު ބިރުވެރިކަން މުޅިދުނިޏެއަށް ދިމާވީމަވެސް ފިތުނަ އުފަށްދައިގެން ވެރިކަން ލިބޭތޯ އަނެއްކާވެސް ޤަޢުމު ދަވާލަން! މިއޮއްމާތް މަސްވަރުގަވެސް ވެރިކަން! ވެރިކަން! ވެރިކަން!

    1
    3
  12. ޜަނާ

    ޙެޔޮނުވާނެ މިފަދަ ނާޒު ކުވަގުތުގަ ފިތުނަ އުފައްދަން މަސައް ކަތް ނު ކޮށް މަޑުން ތިބެ ﷲ އަށް ދުޢާ ކޮށްބަލަ މި ބަލިމަޑު ކަމުން ސަލާމަތް ކުރައްވާތޯ

  13. Anonymous

    އަދުރޭ ނިޔާވި ބޭފުޅާއަކީ ގިނަބަލިތަކަށްބޭސް ކުރަމުން އަންނަ މީހެއް. މަރުހޫމުގެ ފިރިކަލުން
    ނަކީވެސް އެތައްބައްޔަށް ބޭސްކުރަމުން އަންމީހެއް/ އެމީހުންނަށް ކޮވިޑް ޖެހުނީ އެމީހުންގެ ހިއްސާއޮންނަށް (މާލޭގެ ޒަމާންވީ ބޮޑުފިހާރައެއް)އެ ފިހާރައިގައި ތިބޭ ބިދޭސީން ގެ ފަރާތުން
    އަދުރޭ މެންވެސް ވާހަކަ ދައްކާއިރު މިގައުމުގައި އެހެންމީހުންވެސް ތިބިކަން ހަނދާ ކުރާނަމަ ރަނގަޅުވީސް/ އެހާބަލިމީހަކު ޕޮޒިޓިވް ވިކަން ކަށަވަރު ނުވަނީސް އެކަހެރި ކުރިނަމަ ބިރުންވެސް ދެރަގޮތެއްވުންކާރި ކަމަށްދެކެން/ ދުނިޔޭގެ ކުރިއަރާފައިވާ ސިންގަޕޫރު ފަދަ ގައުމުތަކަށް ވެސް ކޮވިޑު 19 އަކީ ގޮންޖެހުމެއް /ފިތުނައަކީ ކޮވިޑަށްވުރެން ދެރަކަމެއްބާ؟ މޮނިޓަރިންގ އަށް ލާފަ އޮއްވާ އެގެއަށް ޒިޔާރަތް ކުރި އާއިލާވެސް އެއްކޮށްހެން ޕްޒިޓިވީ ސަރުކާރު ގެ އިހުމާލުންބާ؟

    1
    2