ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުނު މައްސަލަ ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މާލެ ފުރަބަންދުގައި އޮއްވާ ރިޔާޒު މާލެ ވަޑައިގަތުމުގެ ފުރުސަތު ދެއްވާފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިކަން ހިނގާދިޔަ ގޮތް ސާފުކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ސިރާޖު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މާލެ ފުރަބަންދުކޮށްފައި ވަނިކޮށް ރިޔާޒަށް މާލެ އާދެވުމުން މަޖިލީހުގެ މެމްބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރަމުންދާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ތިން މެމްބަރަކު ތިބީ ރަށުގައި ކަމަށާއި، އެ ބޭފުޅުން މިހާރުވެސް މާލެ އައުމަށް މަސައްކަތްކޮށް ނާދެވުނު ކަމުގެ މައުލޫމާތު ވެސް ލިބިފައިވާކަމަށް އެ ސިޓީގައި ވެއެވެ.

އެހެންކަމުން ރިޔާޒަށް މާލެ އަންނަން ހުއްދަ ދެވިފައިވޭތޯ އާއި ހުއްދަ ދެވިފައިވާނަމަ، ހުއްދަ ދެވިފައިވަނީ ކޮންމެހެން މާލެ އަންނަންޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައި ސާފުކޮށްދިނުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.

އަދި މިކަމަކީ މެންބަރުންގެ ސުލޫކާއި ގުޅޭ އަމަލެއް ކަމުގައި ދެކޭ ކަމަށް ސިރާޖުގެ ސިޓީގައި ވެއެވެ.

މިކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރިޔާޒަށް ހުއްދަ ދެއްވީ ފުލުހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދުންތަރި

    ތިޔަ މަޖިލީހޭކިޔާ ޖެނެރީ ޕްރައިވެތް ލިމިޓެޑާ އެކުންފުނީގެ މެމްބަރުން އެތިބީ ތިޔަ މައްސަލަ ބަލާހިތުން ކެއް މަދުވެފަ އަވަހަށް ކެނެރީ ކޯޓުން ތިޔަ މައްސަލަބަލާ ޙުކުމްކޮށް ހުކުމް ތަންފީޒުކުރޭ ދިވެހި ރައްޔިތުން މި ބަލިމަޑޫކަމުގަ ހަނާވަމުންދާއިރު އެނެރީކުންފުނިން ހޭބޯނާރާ ޖަލްސާތަކާ ކޮމެޓީތައްބާއްވައި ކަންކަން ފާސްކޮށް ޙުކުމްތައްކޮށްނިންމަނީ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށްކުރަމުންދާހާކަމަކަށް ފައިންއަރާ ބޭރުކުރަނީ ހާދަ ހެވެކޭ ރައްޔިތުންނައެދެނީ ކެނެރީ ކުންފުނީގެ މެމްބަރުން

  2. ޖޯން

    ކޮން އަބްދޯރިޔާޒެއް އެއީމަތިންފައިބާފަހުރި މީހެއްތަ؟ މިގައުމުގާ ހުރިހާ ހަމަނުޖެހުމަކަށް ފުލުހުން މަގުފަހިކުރާނެ. އަދި ފުލުހުންވަރަށް ބޮޑުވެފަރ ބުނެފިއެންނު ހުއްދަދިނީ ތިމަންނަމެންނޭ.

    5
    2
  3. މީހުން

    ސަރރު ކާރު ބޮޑުން ގެ މައްސަލަ އެއް ނުބަލާނެ. އަބަދުވެސް ކުއްވެރި ވަނީ މިސަރު ކާރުގަ ނި ކަމެތި މީހާ . މިތާ މިހާރު އިންސާފެއް ނެތް

  4. އާއްކޮ

    ތިމަރައޭ ނުކިޔާތި! 5 ތި މަރަ ފުށި ކުދިންވެސް ހިމެނޭ، އަޑުގަދަ މީހާ ރުއްގިނަވާނެ، ތިމަރަ ހޫނު ކުރިވަރަކައް ދިޔާވާނެ، ހިހޫވާލެއް އަވަސްވާނެ ، ވަގުތުން ހަރުވާނެ، މޮޅުމީހުނައް މޮޅު ގޮތް އަބަދުވެސް،

  5. މޫސުން

    މަޖްލިސް ޗުއްޓީ ކެންސަލް ކުރެއްވީ މި ބާވަތުގެ މައްސްލަ ބަލަން ކަމަށް ވަނީ! ވަރަށް މުހިންމު! ކުރިއަށް އަޅުގަނޑުމެންގެ މަޖްލިސް!

    2
    1
  6. ލޮކް

    ކުރާނެ މަސައްކަތެއް ނެތިގެން ކުޅޭޑްރާމާއެކެވެ. ޕޮލިހުންގެ އިޚްލާސްތެރި ބުރަމަސައްކަތުގެ ވަގުތުގައި އެމީހުން ކުއްވެރި ކުރުމުގެ ވިސްނުމުގައިމިފަދަ ކަންކަންނުކުރާށެވެ. މިހާރު ހުރިހާ ގައުމެއް ފުރަ ބަންދުގައިއޮތުމުން މަޖްލިސް ޗުއްޓީގައިދާނެ ތަނެއް ނެތިގެން ވައިވިޔަސް މިކަހަލަ ކަންތައްހުއްޓާލާފައިއެހެން ޑްރާމާއެއްކުޅެބަލަ

  7. ސަޓޯ

    ވެރިކަން ވެއްޓުނު ދުވަހު އަންނި ލައްވާ ސޮއިކުރި އިސްތިއުފާ ސިޓީ ހިފައިގެން ދުވީވެސް މިކަލޭއެއްނުދޯ... މިއީ ވަރަށް މަތީ ބޭފުޅެއް..

  8. ސެލްވިޔާ

    މިސަރުކާރަށް ޕްރެޝަރުބޮޑުކޮށް ވެރިކަން ހުއްޓުވާ ރިޔާސީ އިންތިހާބެއްް ބާއްވާ އިންޑިޔާ ލައްވާ މަކަރެއް ވިއްޔާ ހަދައިި ..އިންތިހާބު ކާމިޔާބުވެ ވެރިކަން ކުރާން ނަޝީދު ނުވިސްމާތި. މިހާރު ހުރި ފައިސާއުންރިން އުޅެން ދަސްކު؛ރޭ

  9. ސަގަރު

    ރިޔާޒަށް މާލެ އައުމަށް ހުއްދަދިން ފަރާތް ހައްޔަރުކޮށް ޖިނާއީ ދައުވާ ކުރެވެންޖެހޭނެ ނޫނީ ޕީޖީ އިސްތިއުފާ ދެއްވަން ޖެހޭނެ

  10. ކިނބޫ

    ތިއީ ވަރަށް ބޮޑާ ކިބުރުވެރި ނުބައި ނުލަފާ މީހެއް، ފުލުހުންގެ ވަޒީފާއިން ވަކިވާން އަހަންނަށް މަޖުބޫރުވީ ތި މީހާގެ މިދެންނެވި ސަބަބާހުރެ