ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވާ މީހުން ތަޔައްމަމު ކުރަން އިސްލާމިކް މިނިސްޓްރީން ފަތުވާއެއް ނެރެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންނާއި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ވަޅުލާނީ ތަޔައްމަމު ކުރުމަށް ފަހު ކަމަށެވެ.
ރޭ ނިޔާވި މީހާ ވެސް ކަފުންކޮށް ވަޅުލީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމުގެ ކުރިން ޑޮކްޓަރުންނާއި ރާއްޖޭގެ އިލްމުވެރިން ވަނީ ކޮވިޑް-19 ރާއްޖޭގައި ފެތުރި، މީހަކު ނިޔާވެއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންނާއި މެދު ކަންތައް ކުރާނެ ގޮތަކާއި މެދު އެކި އިލްމުވެރިންގެ ރައުޔު ވަނީ ތަފާތު ވެފައެވެ. އަޒުހަރު ޔުނިވަސިޓީން ނެރެފައިވާ ފަތުވާއެއްގައި ބުނެފައި ވަނީ "މުސްލިމު މައްޔިތަކާމެދުގައި ޢަމަލުކުރަންޖެހޭ ގޮތަކީ، އޭނާ ހިނަވައި، ކަފުންކޮށް، ކަށުނަމާދުކުރުމަށްފަހު ވަޅުލުމެވެ. ނަމަވެސް ނުރައްކާތެރި ވަބާއެއް ފެތުރިފައިވާ ދުވަސްވަރެއްގައި އެފަދަ ބައްޔެއްގެ ސަބަބުން ނިޔާވާ މީހާގެ ގައިގައި ބީހުމަކީ ސަލާމަތުންތިބި ބަޔަކަށް އެ ބަލީގެ ނުރައްކާއޮތް ކަމެއްކަމަށް އިތުބާރުކުރެވޭ ޑަކްޓަރުންގެ ބަހުން ސާބިތުވާ ޙާލަތުގައި، މައްޔިތާ ހިނެވުމުގެގޮތުން، މައްޔިތާގެ ހަށިގަނޑުގައި އަތްނުލައި، މުޅި ހަށިގަނޑަށް ޢާއްމުވެގެންދާގޮތުގައި ފެންއަޅައިލުމުން ފުދޭނެއެވެ. މިގޮތުން ހިނަވާމީހުން ތިބެންވާނީ ރައްކާތެރިކަމުގެ ހެދުންއަޅައި، ސަލާމަތީގޮތުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅައިގެންނެވެ. ހިނަވާ ނިމުމަށްފަހު އެ ކަމަށް ބޭނުންކުރިތަނާއި މުޅި ކޮޓަރިވެސް ރަނގަޅަށް ޑިސްއިންފެކްޓު ކުރަންވާނެއެވެ." އަޒުހަރުގެ ފަތުވާގައި ވެއެވެ.
ރޭގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އަލީ ލަތީފް ވިދާޅުވި އެމްބިއުލަންސް ގައި ގެންދިއުމުގައި ވެސް ބަލި އެރުމުގެ ފުރުސަތެއްނެތޭ އެމްބިލަންސް ގަތިބި މީހުން ވާނީ ލޯރިސްކް ކޮންޓެކްޓްސް އައްށޭ ދީނީ މީހުން މިއުޅެނީ ކުރާނެ ނުކުރާނެ ކަމެއްްނޭގިގެން އެއްފަހަރު ބުނާނެ ވީ އެންމެ ރަގަޅަކަށް ކަންކަން ކޮށޭ ވަޅުލާނީ އަދި ރާއްޖޭގެ ހާލަތު ތަޔައްމަމް ކޮށް ވަޅުލާ ހާލަތަކަށް ނުދޭ ޕީޕީއީ އެބަހުރި ތަންކޮޅެއް ވިސްނުންތެރި ކަމާއި އެކުކަންކަން ނިންމަންވެއްޖެ
އިސްލާމްދީނުގައި ތަޔަމްމަމް ކުރެވެނީ ހަމައެކަނި ފެންނުލިބޭހާލަތުގައެވެ. ކަލޭމެންބޭނުން ހާގޮތަކަށް ދީނުގެކަންތައްތައް ބަދަލުކޮށް އާގޮތްގޮތް ހަދަނީކީއްވެ؟
ދީނީ ދަންނަބޭކަލުންނަށް ވުރެވެސް މޮޅުވީ އުތަ.
ތަޔައްމަމް ކުރަމަކުން ކޮވިޑް ނާރާނެ. ހިނަވައިފިއްޔާ ކޮވިޑް އަރާނެ. ކަފުން ކޮށްފާ އޮންނަ ގަބުރެއްގެ މޫނު ބަލައިލިއަސް ކޮވިޑް އަރާނެ. ރައްކާތެރި ކަމާ އެކީ ތިމާގެ މީހުން ޖަނާޒާގާ ބައިވެރި ވިއަސް ކޮވިޑް އަރާނެ. އަރަތެއް.
ތަޔައްމަމް ކުރާ އިރު ކޮވިޑް ނާންނާނެ ަކއިރިރިޔަށް... ދުރުގަ ތިބެގެން ސައިބޯނި ފެން ޖެހިޔަސް ވައިރަސް ފުންމައިއިގެން އަނނާނެ...އެ ކި ނަންނަމުގަ ފާސް ތައް ދީފަ ބާޒާރާ ފިހާރަތައް ތޮއްޖައްސާފަ އޮތަސް ވައިރެސް ބަސްއަހާނެ.. މިސް ކިތްތަކުގަ ނަމާދު ނު ކުރަންޏާ،،، ރައްޔުތުންނޭ ލާދީނީ ސަރު ކާރާއެ ކު ކޮވިޑާއެ ކީ އުޅެން ދަސްކުރަމާ...
..
މަޖިލީހުން އެއްޗެކޭ ނުބުނޭތަ
ޚޮވިޑް 19 ކައްވަޅަށް ކޮލޮރިން އަޅަން ނޔހެހޭނެތަ؟
މި ގައުމުގަ މުފްތީންނާ މުޖްތަހިދުން އުޅޭކަމެއް ނޭގެ.ތ ބޭނުން ގޮތަކަށް ގިޔާސް ކޮށްލަނީ މީ މާފައްކާ ދީނީބަޔެއް...ގޭގެޔަށް މުދާ އުފުލަން ފިހާ ރަތަކަށް ވޮލެންޓިއަރުންނަށް 300 ޒުވާނުންނާ ދައުލަތުގެ މުއައްސަސާ ތަކުގެ މުސްކުޅި މުވައްޒަފުންނަށް ފާސްދީފަ ނެ ރެވުނު ގޮތަށް ކިފާޔަތުގެ ފަ ރިޟެއް އަދާކު ރަން ވޮލެންޓިއަ ރ ކު ރާނެ ރެޑް ކް ރެސެންޓް ކުއްޖެއްވެސް ނުވީތަ؟ .