ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި މީހެއްގެ މައްޗަށް ސިވިލް ކޯޓު އަމުރެއއް ނެރެފިއެވެ. ދެންމެ ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނުމަށް އަމުރު ކުރާކަމަށެވެ.

ސިވިލް ކޯޓުން ވިދާޅުވީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވަނީ ކަރަންޓީނު ފެސިލިޓީއެއްގައި މި ވަގުތު ހުރި މީހެއް ކަމަށެވެ.

އޭނާގެ ސާމްޕަލް ނަގަން ނެރުނު އަމުރުގައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވެސް އަމުރުގައި އަމުރުކޮށްފައިވެ އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އެދިގެން ސިވިލް ކޯޓުން ނެރުނު ފަސްވަނަ އަމުރެވެ.

މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ސިވިލް ކޯޓުން އަމުރު ނެރެގެން މީހުން ކަރަންޓީނަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި އޮސްޓްރިއާ މީހެއް ވެސް ހިމެނެ އެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 396 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރޭގައި 180 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ. ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން އަންހެނަކު އިއްޔެ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސމްޕަލް

  އޭނަ ދޭން ބޭނުން ނުވަންޏާ ބޮޑު އަގެއް ހުށަހަޅައިގެން ގަންނަން މަށަށް ފެންނަނީ.

  • ދިވެހިން

   ހިއް ހިއް ހިއް

 2. ދިވެހިން

  ކަރަންޓީނުގަ ދިގުމުއްދަތަކަށްބަހައްޓާ