ރާއްޖޭގައި ކޮވިޑް-19 އަށް އިތުރު 72 މީހަކު ފައްސިވެއްޖެ އެވެ.
މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 72 މީހުންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނުންނެވެ.
މިރޭ ކޮވިޑް-19 އަށް ފައްސިވި އެންމެން ވެސް ނިސްބަތް ވަނީ އެއް ކްލަސްޓާ އަށެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވީ މި 72 މީހުންނަކީ "ސީސީސީ" ކްލަސްޓާގެ މީހުން ކަމަށެވެ.
މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އިން މިހާރު ދަނީ ކުރަމުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި 72 މީހުން ފެނިފައި ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ތަނަކުން ކަމަށެވެ. ބަލި އިތުރަށް ފެތުރިދާނެތީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަރިން ހާލަތަށް ގެނެސް އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
✳️ COVID-19 Update:
An additional 72 cases of Bangladeshis have been confirmed.
These samples were taken from individuals in isolation at a vulnerable house placed under police surveillance.
Total number of cases: 468
— Health Protection Agency (@HPA_MV) April 30, 2020
އިތުރު ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 468 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް މި ބަލި ޖެހުނު 468 މީހުންގެ ތެރެއިން 252 މީހުންނަކީ އެޤައުމަށް ނިސްބަތްވާ މީހުނެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރޭގައި 145 ދިވެހިން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ. އަދި 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައި ވަނީ މާލެއިންނެވެ. މުޖުތަމަޢުތެރެއިން މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، މާލެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ވެސް އެކެއްގެ ސާމްޕަލް މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އެހެންކަމުން މި ބަލީގެ ނުރައްކާ މާލެ ސަރަޙައްދަށް ވަނީ ބޮޑުވެފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން މަދު މަދުން ވޭދަނަތައް (ކޭސްތައް) ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިިވި ފަހުން މާލެ އިން ފެންނަ ވޭދަނަތައް ދަނީ އިތުރުވަމުންނެވެ.
މިއީ ސައްހަ މަޢުލޫމާތުތޯ
ބަންގާޅުން ދިން 100ޓަނު ދިން ވާހަކަ އަޑު އެހިން....ބަންގާޅަށް ސުކުރުރު ދަންނަވަން ފެނޭ 200000 މީހުން ފޮނުވީމަ.....
އަދިވެސް މި ރާއްޖޭގަ ވަގު ބޮންދުންތައްފަތުރާ ބިސްއަޅާ ދެން ކަލޭގެ އަންބޮނޑި ފުރެއްޖެތާ..!
ކަންތަކާ ޖެހުނީޔޭ ދެން... މިހުރިހާ ބޮންދުންނަށް ބޭސްކޮއް ނިމޭއިރު މިރާއްޖެއިން ހުރިހާ ބޭސްތައް ހުންނާނީ ހުސްވެފަ... ދިވެހިންނަށް ދޭނެ ބޭހެއްވެސް ނުހުންނާނެ
ބިދޭސީންނަކީވެސް ހަމަ އިންސާނުން، އެމީހުންނަށް ބަލި ޖެހިފައިވަނީ އެމީހުން ދިރިއުޅުމަށް ދިވެހިން ހަމަޖައްސާފަ ހުރި ގޮތުން، ކިތަންމެ ލާރިއެއް ހަރަދުކުރަންޖެހުނަސް ޕޮޒިޓިވްވާ ދިވެއްސަކަށް ދޭ ހުރިހާ ފަރުވާއެއް އެމީހުނަށްވެސް ލިބެންޖެހޭނެ.
މީ ގަސްދުގަ ސަރުކާރުން ކުރާކަމެއް އެންމެން އެއްތަނަކަށް އެޅީމަ ވާނީ އެހެން އެމީހުން ކުއްވެރި ނުކުރޭ ހަމަ ސަރުކާރުން ކުރާކަމެއް
ތިކަހަލަ ނާތަހުޒީބު މީހުން އުޅޭތީ މައްސަލައަކީ.
ބަލަ ސަޓޯ، އެއީ ވެސް އަހަރެމެންކަހަލަ އިންސާނުންނޭ...ބަޔަކަށް އެއްޗެއް ދީގެން ކަމެއަކޮށްދީގެނެއް އެއްޗެއް މަދެއްނުވާނެ...ވަންޏާ ވާނީ ގިނަ
އިތުރަށް ކަޓު ނުނަގާ ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ފޮނުވާލަބަލަ
ޤަވާއިދާ ހިލާފައް އުޅޭ ބޭރުޤައުމު ތަކުގެ މީހުން އެމީހުންނައް ހޭދަވާ ދިވެހި ސަރުކާރުން ހަރަދު ކުރާވަރު ނުވަތަ ހޭދަވާވަރު އެޤައުމެއްގެ ސަރުކާރާ ގުޅިގެން ހޯދުން ނުވަތަ ލިބޭތޯ ބެލުމަކީ ރަނގަޅު ކަމެއްކަމުގާދެކެން. އަދި ބަލިޖެހޭ އެހެނިހެން ޤައުމުތަކުކެ މީހުންގެ ތެރެއިން ހުރިހާ ލިޔެކިއުންތައް ފުރިހަމަ ކޮށްފަވާ މީހުން އެމީހުންގެ ޒިންމާގަވާ ފަރާތްތަކާގުޅިގެން ނުވަތަ އިންސިއުރެންސް ހަދާފަވާނަމަ އޭގެތެރެއިންވެސް ހިނގާ ހަރަދު ހޯދިދާނެ. ދިވެހިންނަށް އާސަންދަ ލިބުމަކީ ﷲ ހަމްދު ކުރާކަމެއް. ނަމަވެސް މުސްލިމުންނައްވެ އަނެއްމުސްލިމް އަޙާއައް ދެރަގޮތެއް ވިޔަދީގެން ނުވާނެ ހުރިހާމީހުންނައްވެސް މިފަދަ ޙައްސާސް ދަނޑިވަޅެއްގަ ފަރުވާ ލިބެންވާނެ.
މިހެން މިބުނެލީ އަހަރުމެން ދިވެހިންނަކީ އެންމެ އަސާސީ ތަކެއްޗައް ދަންދެން އިންޕޯޓް ކުރަންޖެހޭ އަމިއަލަ ބާރެއް އޮތް ބަޔަކައް ނުވުމާ ހިނގާނެ ހަރަދު ބޮޑުވެ ދަރަނިވެރިވެ ނޭވާނުލެވޭ ހަލަތުގަވާ ބަޔަކައްވާތީ.
މިފަދަ ގޮތަކަށް އަމަލު ކޮއްފިނަމަ ޤަވާއިދާ ޙިލާފައް އަންނަ މީހުން އެބައެއްގެ ސަރުކާރުގެ ޕުރެޝަރާހުރެ އައުން މަދުވުން އެކަޝީގެންވޭ. އަދި މިފަދަ ދަނޑިވަޅެއްގަ ޤަވާއިދާ ޙިލާފައް އުޅޭމީހުން އެމީހުންގެ ސަރުކާރާ ވާހަކަ ދައްކާ އަވަހައް ފޮނުވާލެވޭތޯ ބެލުންވެސް ވ.ރަނގަޅު
ﷲ އަޅަމެނާ އެންމެހާ މުސްލިމް ތަކުންނާ މިއުންމަތް ކޮވިޑް 19 އިން ސަލާމަތް ކުރައްވާޝި އަދި މިބަލީގެ ޝިކާރަޔައްވެ ދުނިޔެ ދޫކުރި އެންމެހާ މުސްލިމް ތަކުންނައް ފާފަފުއްސަވާ ރަހުމަތް ލައްވާށި އާމީން.
މިހާރު ދެން އެންމެނަސް ވެސް ބޭސް ދޭންވަަނެ، މަދެން ނުވާނެ..... ބޭރުމީހުން ވަގަން އުޅޭ މީހުނަ ފޮނުވަން ވާނެ. ޜަށުކައުންސިލްގެ މީހުންގެ އާއިލާ މީހުން ގިނައިން އުޅޭ ވަގުމީހުން ގެނެސް ގެން
އިތުރަށް ފެތުރިދާނެތީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން މޮނީޓަރިން ހާލަތަށް ގެނެސް އެތަންތަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުން ކިތަންމެވަރަކަށް ބެލިޔަސް އެތެރޭގަ އެތައްބަޔަކު ބައިތިއްބަންޏާ ބާނީ ކިހިނެއް ވިސްނާލަބަލަ މޮޔަކަންތައްނުކޮއް ދެން އެމީހުންނަށް ކެއުމާއި ބުއިން
އަދި ނޭގޭ ތިލަފުށީގައި ޕްސިޓިވްވީ އަދަދު.
72 މީހުން ފައްސިއެއްނުވާނެ، އެއަށްވުރެ ބޮޑަށް ތައްޔާރުވެފަ އަދި ގާބިލްވެރިންމިތިބީ ވެރިކަމުގައި، މިހާރު ކިބުލުގެ ލަސްކަރު ފޮނުވައިފިއެއްނޫންތޯ ރަށްރަށަށް އެހެންވެ ކިނބޫ އެހިފެނީ ރަށްތަކުން
ބަންގްލަދޭޝް އަދި އިންޑިޔާކައިރީ އެދުމުން އެމީހުންގެ މީހުން ގެންދިޔުމަށް އެދުމުން ދިނީ ކާޑުގެ ބާވަތް ކޮޅެއް. މިހުރިހައި އެންމެނަށް ބޭސްކުރުން މިތާގެ ސިއްހީ ސިސްޓަމް އަށް ކިހިނެއް ކަތާނީ. އަވަހަށް އެތަންތަނަށް ގުޅާފައި ބުނޭ އެހީބޭނުން ވެޔޭ. އައި ސީ ޔޫ ފުރި ބާރުވީމައި ފަރުވާ ލިބިމުގައި ތަފާތު ކުރުންތައް އަންނާނެ ދިވެހިންނާއި ބިދޭސީންނާއި ދޭތެރޭ. ޑިޕްލޮމެޓިކް ނައިޓްމެއަރ އަކަށް ވުމުގެ ކުރިން ގުޅާ. ރާއްޖޭގެ ސިއްހީ ކެޕޭސިޓީ އިތުރު ކުރަން އެގައުމުގެ އެހީ ބޭނުންވާނެ މިވަގުތަށް.
ސީސީސީ އޭނުކިޔާ ރީއްޗަށް ބުނެބަލަ! އަދިވެސް ފޮރުވަން! ބަލަ މިއީ އަނގަޔާ ނޭފަތާ ދޭތެރޭ ތަންކޮޅެކޭ! ކިހާ ދެރަކަމެއްމީ!
ކިހާ ދެރަ ވެއްޖެ ކަމެއް ދެން މީ. މިއެއްމެން ވެއްޖެ އެއްނު ގައުމަށް ފޮނުވާލަން. ހޕއ އިން މިއޮށް ހާ ދުވަހު ބެލީ ހޮޓާ ބަދިގެ ސާފުތާހިރުކަން އެކަނި. މާލޭ މީހުން އެޅޭ ތަންތަން ފުޅަ އެޅި އިރުވެސް ހަރާން.
ކޮބާ ސީސީސީ ކްލަސްޓަރ އަކީ؟
ނިކަން ތި މީހުން މަސައްކަތް ކުރާ ތަނުގެ މައުލޫމާތު ހާމަަކޮށްބަލަ. ސީސީސީ ކްލަސްޓަރ އަކީ ކޮބާތަ؟
ދިވެހިން ބަލިވާއިރު ބޭނުން ކޮށްލާނެ ވެންޓިލޭޓަރެއް ވެސް ނުލިބޭނެ... މި ގަުމުގަ އިސްކަން މިދެނީ ބޭރުން ގަވާއިދާ ހިލާފަށް ޓޫރިސްޓް ވިސާގަޔާ އހެން ގޮތުން އަރާތިބި ބަނުލަދޭޝް ގެ މީހުންނަށް... ކޮން ގައުމެއްގަތޯ އަމިއްލަ ގައުމުގެ މީހުން ބާކީ ކޮށްފަ ނުގަވާއިދުން އުޅޭ ބޭރު ބަޔަކަށް ހިމާޔަތްދީ ރައްޔިތުންގެ ޓެކުސް ލާރިން ހަރަދު ކުރަނީ.. ސުއްބޫހުން ގުއްދޫސް
އަ މިއްލަވަ އްތަރު މީހުން ބޭރުކުރަންވީ އެ އީ އަ މިއްލަ މަސަތްކަތްކުރާ އެއްވެސްތަނެއްގަނޫޅޭ މީހުން.