ހދ. ހަނިމާދޫ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓް، ހުސްނުބާން އަބްދުއްރަހްމާން ނިޔާވެއްޖެ އެވެ.
މިކަން ހާމަކޮށް އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުސްނުބާން އަބްދުއްރަހްމާން ނިޔާވެފައި ވާއިރު، އޭނާ އަކީ ހަނިމާދޫ ކައުންސިލް ގޮނޑިއަށް ވާދަކުރައްވަން އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފައިވާ ކެންޑިޑޭޓެއް ކަމަށެވެ.
އެމްޑީޕީން ވަނީ ހުސްނުބާން ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި އާއިލާއަށް "ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ، ހުސްނުބާން އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާ" ކަމަށް ވެސް އެމްޑީޕީން ބުނެފައި ވެއެވެ.
HDh.Hanimaadhoo council gondi ah vaadhakuravvan MDP ticket libivadaigenfavaa Husnubaan Abdul Rahmaan niyaavumaa gulhigen Husnubaan ge aailaa ah thauziyaa dhannavaa, libifavaa fun hithaamaiga baiverive, Husnubaan ah suvarugeyge dhaimee niumaiy minvaru kurevvun edhi dhua dhannavan pic.twitter.com/KiMLvJbdB5
— MDP Secretariat (@MDPSecretariat) May 1, 2020
ހުސްނުބާން ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް ދަނީ އޭނާގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވާކަން ހާމަކުރަމުންނެވެ.
ކައުންސިލް އިންތިޚާބަށް އެމްޑީޕީން ނެރޭ ކެނޑިޑޭޓަކު ނިޔާވެފައި ވާއިރު، މި އިންތިޚާބު ވަނީ ފަސްކޮށްފައެވެ. ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމާފައި ވަނީ ރާއްޖެއިން ކޮވިޑް-19 ފެނި މި ބަލި ފެތުރެމުންދާތީ އެވެ.
ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމިއެވެ. އެހެންނަމަވެސް ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަނުން ވަނީ އެކަމާއި ގުޅިގެން އިންތިހާބު މުއްދަތެއް ނެތް ގޮތެއް ފަސް ކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް މި މަހުގެ 13 ވަނަ ދުވަހު ކަނޑައަޅާ އެކަން އިއުލާން ކޮށްފައެވެ.
ޥަރައް ދެރަވި..??? މަރުހޫމާ އައް ސުވަރުގެގޭގެ ދާއިމީ ނިޔުމަތް މިންވަރު ކުރައްވާށި... އާމީން...
އަނެއްކާ ކޮވިޑް ގައިބާ؟
އިދިކޮޅަށް ޖައްސާ ވާހަކަ މުޣްނީވެސް ކީދޯ
ކީކޭ ބުނާނީ، ގައުމު ހިންގާ ޕާޓީގެ ވެރިންގެ ހުރި އިޙްލާސްތެރިކަން ކޮބާ،، ގައުމުގަ ބޮޑު ބައްޔެއް ފެތުރި ވެރިން މި ބަލީގެ ކަންތައް ތަކުގަވެސް އިހްމާލުވެ ބަޔަކު ނިޔާވެގެން އެކަމާ ދެރަވެ އެއްވެސް އެއްޗެކޭ ނުބުނެ ޕާޓީ މީހަކު ނިޔާވެގެން ހީވަނީ އެހެންފަދަ ކަމެއްހެން،،
މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި އެވެ އާމީން.