ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް މާލީ ގޮތުން އެހީވެވޭނެ ގޮތް ޖެންޑަ މިނިސްޓްރީން ހަދައިފިއެވެ.

ޖެންޑަ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެހީތެރިކަމަށް ބޭނުންވެފައިވާ އާއިިލާތަކާއި މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމު ފިނޭންސް މިނިސްޓްރީގެ "ބަނޑޭރި" އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައްޔިތުން ދެމުން އަންނަ އެހީތަކަށް ޖެންޑަ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖެންޑަ މިނިސްޓްރީން ބުނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވާން ބޭނުން ނަމަ، އެޕްލިކޭޝަނަށް ވަނުމަށް ފަހު، ފޯމެއް ފުރަން ޖެހޭނެ ކަމަށެވެ. އަދި އެހީ ދޭނީ ސޯޝަލް ސާވިސަސް ނުވަތަ އިޖުތިމާއީ ހިދުމަތަށް ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުންޏެވެ. އެ މައުލޫމާތުތައް ފުރިހަމަކުރުމުން ފައިސާ ދެއްކުމަށް އެދި އީމެއިލަށް މެސެޖެއް ލިބޭނެއެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި، މާލެ ސަރަހައްދު ފުރަބަންދު ކުރުމާ އެކީގައި ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. އަދި ހާލުގައި ޖެހުނު މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް ޖެންޑަ މިނިސްޓްރީން މިހާރު ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި ކާބޯތަކެތި ނުލިބި ހާލުގައި ޖެހުނު މީހުންނާއި ވަންނާނެ ގެދޮރެއް ނެތް މީހުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    ހުސްދޮގު މިދިޔަމަހުގެ 24 އަދި 26 ވަނަދުވަހު ގުޅިން އެކަމަކު އަދިވެސް އެއްވެސް ހަބަރެއްނުވޭ. ކާބޯތަކެތި އިންޕޯޓުނުކެވިގެން ލަސްވަނީދޯ؟

  2. ﷲއަށްބިރުވެތިވޭއަނިޔާވެރިނާދުރައްދޭ

    ސަރުކާރުން ފުރަބަންދުކޮށްފައިތިބޭ ރައްޔަތުންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދޭ ގޮތަށްހަމަޖެއްސި ހަބަރަކީ ވަރަށް ހިންހަމަޖެހޭ ގޮތްވެއްޖެ ހަމައެއާއެކު އަމަލީގޮތުން އެކަން ކުރުންމުހިންމީ ރާއްޖޭގެ އެކިރައްތަކުގައި ހައިހޫނުކަމުގައި މީހުންދަނީ އުޅެމުން ސަރުކާރާ ގުޅިގެން ކައުންސިލުތަކުން މިކަންވަރަށްގާތުން ބަލަހައްޓައިދީ އެހެންނޫނީ ރައްޔަތުން ހައިހޫނުކަމުގައި މަރުވެދާނެ

  3. ﷲއަށްބިރުވެތިވޭއަނިޔާވެރިނާދުރައްދޭ

    ސަރުކާރުން ފުރަބަންދުކޮށްފައިތިބޭ ރައްޔަތުންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދޭ ގޮތަށްހަމަޖެއްސި ހަބަރަކީ ވަރަށްއުފާވެރި ހިންހަމަޖެހޭ ގޮތްވެއްޖެ ހަމައެއާއެކު އަމަލީގޮތުން އެކަން ކުރުންމުހިންމީ ރާއްޖޭގެ އެކިރައްތަކުގައި ހައިހޫނުކަމުގައި މީހުންދަނީ އުޅެމުން ސަރުކާރާ ގުޅިގެން ކައުންސިލުތަކުން މިކަންވަރަށްގާތުން ބަލަހައްޓައިދީ އެހެންނޫނީ ރައްޔަތުން ހައިހޫނުކަމުގައި މަރުވެދާނެ