ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގެންނެވުނު މައްސަލަ ސާފުކުރުމުގެ ފުލުހުންގެ ފަރާތުން ލިޔުމެއް ހޯދުމަށް ރައްޔިތުން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

މާލެ ފުރަބަންދުގައި އޮއްވާ ރިޔާޒު މާލެ ވަޑައިގަތުމުގެ ފުރުސަތު ދެއްވާފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، މިކަން ހިނގާދިޔަ ގޮތް ސާފުކުރަން މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

ސިރާޖު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މާލެ ފުރަބަންދުކޮށްފައި ވަނިކޮށް ރިޔާޒަށް މާލެ އާދެވުމުން މަޖިލީހުގެ މެމްބަރުންނަކީ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންކަން ކުރަމުންދާ ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ތިން މެމްބަރަކު ތިބީ ރަށުގައި ކަމަށާއި، އެ ބޭފުޅުން މިހާރުވެސް މާލެ އައުމަށް މަސައްކަތްކޮށް ނާދެވުނު ކަމުގެ މައުލޫމާތު ވެސް ލިބިފައިވާކަމަށް އެ ސިޓީގައި ވެއެވެ.

އެހެންކަމުން ރިޔާޒަށް މާލެ އަންނަން ހުއްދަ ދެވިފައިވޭތޯ އާއި ހުއްދަ ދެވިފައިވާނަމަ، ހުއްދަ ދެވިފައިވަނީ ކޮންމެހެން މާލެ އަންނަންޖެހޭ ކޮން ސަބަބެއް ދިމާވެގެންކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައި ސާފުކޮށްދިނުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ.

އަދި މިކަމަކީ މެންބަރުންގެ ސުލޫކާއި ގުޅޭ އަމަލެއް ކަމުގައި ދެކޭ ކަމަށް ސިރާޖުގެ ސިޓީގައި ވެއެވެ.

މިކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރިޔާޒަށް ހުއްދަ ދެއްވީ ފުލުހުން ކަމަށެވެ.

ރޭ ބޭއްވި އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމުގައި ރިޔާޒަށް މާލެ އާދެވުނު ގޮތް ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ފުލުހުންގެ ފަރާތުން ލިޔުމެއް ހޯދުމަށް އެދުނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ. ނާޒިމް ވިދާޅުވީ ފުލުހުންނާއި އެޗްޕީއޭ އިން އެކަމުގައި ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައި ދީފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮތް ހަމައެކަނި ގޮތަކީ ރިޔާޒަށް މާލެ އައުމުގެ ހުއްދަ ދިނުމަށް ފުލުހުން ދިން ލިޔުން ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމްގެ ހުށަހެޅުމަށް މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ. ރިޔާޒަށް މާލެ ވަޑައިގެންނެވުނު ގޮތާއި ގުޅިގެން ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް މަޖިލިސް މެންބަރަކަށް ވީތީ ވަކި ގޮތެއް އޮންނަ ކަމަށް ބުނެ އާއްމު ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައި ރިޔާޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އެމަންޖެ

    މިސަރުކާތަކީ އޮޅުވާލުންބޮޑު ސަރުކާރެއް.

    55
    2
  2. މާމީ

    ބޮޑު ޖަރީމާއެއް މީނައަށް ހުއްދަލިބުނު ގޮތަކަށް އެހެން މީހުނަށް ވެސް އާދެވެން ވާނެ..

    51
    4
  3. ސޒ

    ބަލަންޖެހޭތި މައްސަލަ....... އެޗުޕީއޭ އައް ގުޅީމަ ބުނި ރަށެއްގަ ހުރެފަ މާލެ އައްނައްޏާ 14 ދުވަހައް ވަރަންޓީން ވެސް ވާން ޖެހޭނޭ،،،،،،، އަޅެ ރިޔާޒު ހުއްނެވީ ކަރަންޓީނުގަތޯ އެޗުޕީއޭއާ ސުވާލު ކޮއްލާނެ ކުއްޖަކުވެސް ނެތީތަ....

    46
    3
  4. ގު ބޯ

    ތީފޭކު އެއްކަމެއްވެސް ނުކުރާނެ ކޮންމެހެ މައަޅަން އުޅޭނެ ކަމެއްނެތް:

    32
    2
  5. ޕުޗުސް ޕުޗުސް

    ހަމަ ނުލަފާ ކަމުން އައީ އޭއްޗެކޭ މީއްޗެކޭ ކިޔާފަ ނުބައިކޮޅަށް މާސްކް އަޅައިގެން. ބޭފުޅާ ދެން ފަހަރަކުން ވަގަށް ތިކަހަލަ މޮޅު ކަންތައް ކުރެވޭތޯ ބަލާ. މޮޅުވާން ދެއްކެން ވެގެން އުޅުނީމަ ވީ ގޮތްމީ. އެކަމު މަށަށް ޔަގީން މަކަރު ހަދައިގެންކަން އާދެވުނީ ފަޅާ އެރިޔަސް މިމީހާ ހުންނާނީ ހަމަ ސަލާމަތުން ހެވި ދިއްލިފަކަން.

    33
    4
  6. ޢަލީ ސައިފުއްދީން

    މާބޮޑަށް ސިޔާސީވެގެން ތިއުޅެނީ

    17
    10
  7. ވަގުތު މޭން

    ބުރޯޒް. ތިތަންކޮޅެއް އަވަހަށް ކޮމެންޓުތައް ޕޯސްޓް ކޮށްބަލަ.

    22
    1
  8. ދަރަނި ދަންތުރަ

    ހަމަ އޮވޭ ހަމަ އޮވޭ ހަމަ އޮވޭ ހަމަ އޮވޭ މެންބަރުންނަށް އޮންނަ ބާރުގެ ބޭނުން ކޮންގެން ރިޔާޒު އައީ އޭނަ އެހެރީ މާލޭގައި ، އަލުން ތިމަރަފުއްޓަށް ފޮނުވާލަ ބަލަ ނަސީދުގެ ވަރެއްހުރިއްޔާ

    33
    4
  9. ސިމްޕަލް

    އެ މަނިކުފާނަށް މާލެއަށް އާދެވުނީ ލޯންޗެއް އޮވެފައި އޭގައި ޕެޓްރޯލް ހުރެފައި ދުއްވާނެ މީހަކު ހުރީމާ އިނގޭތޯ. މިއީ ސިމްޕަލް ކަމެއް ނޫންތޯ. ސުލޫކީ މައްސަލައެއް ނެތް މީހަކު ތިތާކު ނެތް. ދީނަށް ފުރައްސާރަކުރާ މީހުން އެބަތިބި. ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި އޮންނާނެ ޤައުމީ މަސްލަހަތަށް އިސްކަންދީގެން ވާހަކަ ދެއްކުމަށް. އެކަމަކު އެކަކު މާލެވެފައި އަނެކަކު ރާއްޖެތެރެވެފައި ނަސްލީ ތަފާތު ކުރުމުގެ ވާހަކަ ކިތައްފަހަރު ދައްކައިފިތަ. އަދި 103 ވަނަ މާއްދާގައި އޮންނާނެ މަގާމުގެ ހައިސިއްޔަތުން ލިބުނު މައުލޫމާތެއް އަމިއްލަ ފައިދާއަކަށް ބޭނުންކޮށްގެ ނުވާނެ ކަމަށް. އެކަމަކު ސަރުކާރުން ކުރާ ކަމަކާބެހޭ މައުލޫމާތެއް ލިބޭއިރަށް ޕޮލިޓިކަލް ބޭނުމަށް މަޖިލީހުގެ ރައީސް އެވާހަކަ ދައްކަނީ ކީއްވެ؟ މަރުކޮމިޝަނުން ކުރި ތަޙްގީޤަށް ރިޕޯޓް މަޖިލީހަށް ނުފޮނުވަނީސް މަގާމުގެ ނާޖާއިޒު ފައިދާ ހޯދައިގެން ކަންކުރި ގޮތް ހަނދުމަ ނެތްތޯ. ގާނޫނުއަސާސީއާ ޚިލާފުވުމަށްވުރެ ބޮޑު ސުލޫކީ މައްސަލައެއް އޮވޭތަ.

    31
    3
  10. ނޭނގޭ

    މީކީ މިހާރު ކުރަންޖެހޭނެ ކަމެއްނޫން. މިއުޅެނީ ކުރަނެކަމެއް ނެތިގެން އުޅޭ ބައިގަނޑެއް. މި މުުސީބާތެއް ވަކި ކުޑައެއްްް ނޫން

    26
    1
  11. އިންސާފު

    މިމަޖިލިސްގަ ކުރާނެ މަސައް ކަތެއް ނެތިއްޔާ ގޭގަ މަޑުން ތިބެބަލަ

  12. ޖަރީމާ

    ކޯވިޑް ގެ ނުރައްކާތެރި ޙާލަތުގައި އިނގިރޭސި ވިލާތުގައި ތިބި އެއްބަޔަކު ރާއްޖެ ގެނައި އިރު އަނެއް ބަޔަކު ނުގެނެސްދިން ވާހަކަވެސް މީހުން ކިޔާ. އެއީ ތެދެއްބާ? ތެދަކަށް ވާނަމަ އެކަން އެހެންވީ ސަބަބު, ނުވަތަ އެއީ ދޮގެއް ކަމުގައި ވާނަމަ އެކަންވެސް ރައްޔިތުންނަށް އެނގެން ޖެހޭ.

  13. ާއަލީ

    ނަޝީދު އަކަށް ނުކެރޭނެ އަބުދުﷲ ރިޔާޒު މާލެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއައި ގޮތެއް ބަލާކަށް ބިރުގަންނާނެ ވިއްޔާ..

    13
  14. އާދަމުގެދަރި

    ޢަބްދުﷲ ރިޔާޟްގެ ސުލޫކީ މައްސަލައެއް މިއަކުން ނުފެނޭ. ޢަބްދުﷲ ރިޔާޟް މާލެއަށް އެރީ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން ހުއްދަ ހޯދައިގެން. ހުއްދައަށް އެދުނީ މާލޭ ސިޓީ ކައުންސިލް ފޭލްވެގެން އަމިއްލައަށް ގަވާއިދު ހަދައި ހިންގައި ތަންފީޒުކޮށް ޖޫރިމަނާކޮށް ހަދަމުން ދިޔަ ޕޮލިހުން. ނުލިޔެ ގެޒެޓް ނުކޮށް އަމިއްލައަށް ގަވާއިދު ހަދައި ހިންގުމުގެ ބާރު ލިބިފައި ތިބި ބަޔަކު އޭރަކު ހިތަށް ފެންނަ ގޮތަށް ގަވާއިދު ހެދޭނެ ނޫންތަ! އެބަޔަކަށް ފެންނަ ގޮތަކަށް ގަވާއިދު ހަދައި ހުއްދަ ދީގެން ޢަބްދުﷲ ރިޔާޟްއަށް މާލެއަށް އެރުނީމާ ސްލޫކީ މައްސަލައެއް އޮތްކަމަށް މިވީ ޢަބްދުﷲ ރިޔާޟްގެ. ފޭލްވި ކައުންސިލާއި ގަވާއިދު ހަދައި ހިންގާ ޕޮލިހުން ކަމެއް ކުރި ކަމަކަށް ނުވޭ. އެއިން ތަނަކުން މީހަކު ހާޒިކޮށް މިހެން ހެދީ ކީއްވެގެންތޯ ބެލުމުގެ ބަދަލުގައި ޢަބްދުﷲ ރިޔާޟްގެ ހަން މިދަމަނީ ޕޮލިޓިކަލް ބޭނުމަށް ފިޔަވައި ދެން ބޭނުމެއްގައިތަ؟

  15. ވ

    ސަރުކާރެއް ހިންގުމަފޭލްވެއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާ
    މައްސަލަތަކާއި އުނދަގޫތައް ވަރަށް ގިނާވާނެއެވެ އަދި
    އެ ހުރިހާކަންކަމެއްގެ އަގުވެސް ދައްކަންޖެހޭނީ ރައްޔިތު މީހާގެ ޖީބުންނެވެ މިކަންކަންމިހެން ދިމާވާނެކަން މިކަންކުރި ބަޔަކަށް އެނގެންވާނެއެވެ.

  16. ދިދަ ދަނޑި

    ރިޔާޒަކަސް ކާސިމަކަސް އާދެވިގެން ނުވާނެ.. ކުޑަކުޑަ ކުދިން ކައިރިއަށް މައިންބަފައިންނަށް ނުދެވޭއިރު މިދެން ކާކުތަ މިތަނަށް ގެންނަން.. ވަގުހުއްދައިގަ މި ރިޔާޒެއް ގެނައި ތާކަށް ގެންދޭ..

  17. ފިރުޝާން

    ހުސް ދޮގު ހަދާ ބަޔެއް.. ދައުލަތުގެ ނަމުގައި ލޯނުނަގައިގެން ދައުލަތުގެ ބަޖެޓުން މަހަކު ކުރާ ޚަރަދު އަންދާސާކޮށްލީމަވެސް މިދަނީ ފިއްކަޑައިގެން..

    މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް
    މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް
    މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ

    ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ..

    30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..

    • ޙައްގުބަސް

      މި ވަކަރުގޭގެ ކުދިންގެ މުސާރަ ކުޑަކޮށްގެންނުވާނެ!! މަގުމަތީގަ ހޭކެނޑެންދެން ވަށްވަށް ޖަހަމުން ދުވި ވަކަރުގޭ ކުދިން ތިޔަ ވަކަރުގޭގައި ގިނައީ!! ވަކަރުގޭ ކުދިން ދައުލަތުގެ މާލިއްޔާ ބަނޑު އަޅާ ހުސްކުރަނީ ވަކަރު ގޭގައި ތިބެގެން އަމިއްލައަށް މުސާރަ ބޮޑުކުރަން ގާނޫނާއި ވަކަރުގޭ ކުދިންނަށް ބޭނުންހާ ގޮތަކަށް ވަށްވަށް ޖަހަމުން އުޅެވޭގޮތަށް އިމްތިޔާޒް ބިލް ފާސްކޮށްގެން!! ވަކަރުގޭގެ ބޮހަކީ ކުޑައިރުއްސުރެން ދޮގުހަދާ ކުއްޖެއް!! އޭނާއަކީ ސޯޓްކުރާ މީހެއް!!

  18. ހުވަދޫޫބައްޑާ

    ގދ. ތިނަދޫ އުތުރު ދާއިރާގެ މެމްބަރުވެސް މާލެ ދިޔަގޮތް ބަލަންޖެހޭ. ރިޔާޒަށްވުރެ ފަހުން މާލެދިޔައީ. ދިޔަގޮތެއް ނޭނގޭ.

  19. ޢަލީ މާހިރު

    އިދިކޮޅު މީހު ން ފަހަތު ން ދުވެވޭތޯ ބަލާތި. އެމްޑީޕީ އަކީ ބަދަލުހިފުމާއި ޒާތީ ހަސަދައި ން ފުރިފައިވާ ޝައިތާ ނީ ބައިގަޑެއް

  20. ޑަރޭ

    މާރަ ނގަޅު ވާ ނެ މިތަ ނަށް ގި ނަވެގެ ން އުޅޭ ބިދޭސީ ން އައި ގޮތަކާ ފޮ ނުވައި ނުލެވިގެ ން އުޅޭ ސަބަބު ހޯދު ން....އެކަމަކު ތިމަޖިލިސްެި ން ތާކު ން ތާކު ޖެހޭކަމެެއް. ނުކުރާ ނެ ވިއްޔާ.

  21. ފަހީމްބެ

    މި ކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަން ކުރާކަށް ނޫން ތިމެމްބަރުން ނަށް ބޮޑެތި މުސާރަ ދެނީ އަބަދުވެސް ކޮންމެވެސް މީހަކާއި ޒާތީ ވެގެން މިޔަށް ވުރެން ރަގަޅު ހަމައެއްނެތި ބޮޑެތި ޕްރޮޖެކްޓް ތަށް އެވާޑް ކުރެވިގެން ދިޔަގޮތް ބަލާ އިގްތިސާދީ ގޮތުން މިލިބެމުން މިދާ ގެއްލުން ތަށް ބެލިއަސް 74 މިލިޔަން ދީފަ ސްކޫލެއް ބިނާ ކުރުމަށް ވުރެން ހާލުގަ ގައުމު އޮތީ އަދި އެވެސް އެންމެ 41 ކްލާސް ރޫމް އަށް

  22. ސަމީލް

    ވެނިމިފަ އޮތްކަމެއް، މިދަނޑިވަޅު ދެން ކޮންކަމެއް ކުރާކަށް. މިއައްވުރެ މިދަނޑިވަޅަށް ކުރަންހުރި ކަންކަން ބައިވަރު. ބޭކާރު މަސައްކަތް ކުރުން ސަރުކާރުން ހުއްޓާލަންވެއްޖެ.

    3
    1
  23. ރަންކަނޑާ

    ރިޔާޒު މަލެއަކީ މާލެ ލޮކްޑައުންގައިއޮށްވައި، މިކަމާ މުޅިދިވެހިރައްޔިތުން ހިތްހަމައެއްނުޖެހެއި ވީމާ އެކަން އޮޅުވާލައި ރައްޔިތުން ގުނބޯހައްދައި މައިތިރިކުރަން ވެގެން މަޖިލީސް މިކަމުގެތެރެއަށް ވަދެގެން އުޅޭކަމަށް މަޢުލޫމާތުލިބެއި

    3
    1
  24. އިކުލީލް

    ބަަގަވާތް ނޫން އެއްޗެއް ނޭނގޭ! ބޯހަލާކު.. ޤައުމު ފުނޑާލައިގެން ނަމަވެސް އަމިއްލަ އެދުން.

  25. އަހްމަދު

    ދެންކޮންތަހުގީގަކާ ހާޖޭނެއްހަދާކަަށްތަ މިސަރުކާރުގަ ތިނޫގޮތަކަށްހިނގާއެއްވެސްކަމެއްނޯންނާނެ މުސްކުޅިންބުނާހެން މަރުވީމަމަހާނަމައްޗަށް މަޑިއަކަށްޖެހެންވީކީއްކުރަން ރިޔާޒުއެހެރީމާލޭގަ

  26. ހުވަދު އަތޮޅުން: ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙްމަދު އާބެ

    ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އެމްޕީ ޢަބްދުﷲ ރިޔާޒް މާލެ އެރުއްވި ގޮތެއް ބައްލަވާކަށް ބުއްޅަބޭއަކަށް ކެރިވަޑައި ނުގަންނަވާނެއެވެ. އެހެނީ، ބުއްޅަބެ ކުރިއަށް ކުޅުއްވާ 1 ކުޅިން ބުއްޅަބެ މޮޅުވެއްޖެނަމަ، ހަމަޔަޤީނުންވެސް ޢަބްދުﷲ ރިޔާޒް 6 ކުޅި ކުރިއަށް ކުޅުއްވާނެއެވެ. ބުއްޅަބެއާއި ޢަބްދުﷲ ރިޔާޒް އާއި އަރާއަރަފޯދި ނުވަނީ މިހެންވެގެންނެވެ. والله أعلم