ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބަންގްލަދޭޝް މީހުންގެ ތެރެއިން 300 އެއްހާ މީހުން އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާއި ހިލާފަސް ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ މީހުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފައިވާ ކަމަށެވެ. އެ ފުރުސަތުގައި 800 އަށްވުރެ ގިނަ މީހުން އެނބުރި ގައުމަށް ދިއުމަށް ރަޖިސްޓްރީވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެތެރެއިން ގިނަ މީހުންނަކީ ރަސްމީ އެއްވެސް ލިޔެކިއުމެއް ނެތް މީހުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ވަރަށް އަވަހަށް ރާއްޖެއަށް އިތުރު ފްލައިޓެއް ބަންގްލަދޭޝް ސަރުކާރުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ފްލައިޓުގައި 300 އެއްހާ މީހުން އެނބުރި ފޮނުވާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާއި ހިލާފަށް އުޅޭ މީހުން އެނބުރި ގައުމުތަކަށް ފޮނުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެކަން ކުރަން ޖެހެނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެގޮތުން ޕާސްޕޯޓެއް ހެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕޮލިސް ރިޕޯޓްތަކަކާއި އެއްޗެހި ހައްދަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބަންގްލަދޭޝް އެމްބަސީއާ އެގައުމުގެ ސަރުކާރުގެ އެއްބާރުލުން ލިބިގެން އެންމެ އަވަހަށްވެސް ޕާސްޕޯޓެއް ލިބެނީ ހަތަރު މަސް ނުވަތަ ހަ މަސް ދުވަހުން ކަމަށެވެ.

ދާދިފަހުން ބަންގްލަދޭޝް ސަރުކާރުގެ އެހީގައި ރާއްޖެ ގެނައި ދިވެހިންނާއި އަދި ރާއްޖެއަށް ބަންގްލަދޭޝް ސަރުކާރުން ހަދިޔާކުރި ބައެއް ސިއްހީ ސާމާނުތައް ހިފައިގެން އައި އެގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި 60 އެއްހާ ބަންގްލަދޭޝް ރައްޔިތުން ވަނީ އެނބުރި ގައުމަށް ފޮނުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ފަހީމްބެ

    އެއްފަހަރާ ނުފޮނުވުނަސް މަހަކު ވަކިވަރަކަށް މީހުން ފޮނުވަމުން ގޮސް އަހަރެއް ތެރޭގައި މި ބަންގްލަދޭޝް ގެ ލޭބަރުން ގެ ކަންކަން ހަމައަކަށް އެޅުވިދާނެ ބޭނުން ވަނީ މަސެއްކަތުގައި އިޙްލާސް ތެރިކަން އަޒުމަކާއި އެކު މަސެއްކަތް ކޮށްފިނަމަ މިކަންވާނެ

    26
  2. ހުސޭނުބޭ

    އެންމެ 300 މީހުން؟ ތި ހީނުވާނެ ބޮލުން އިސްތައްޓެއް މަދުވިހެނެއްވެސް!

    20
    1
  3. ުއުނދުޅި

    ސާބަހޭ ވޭތުވެދިޔަ އެއްވެސް ސަރުކާރަކައް ނުވިކަމެއްތީ.
    މީ ރައްޔިތުންގެ ސަރުކާެު

    7
    17
  4. ފެކްޓް

    ކަންކުރަން ފަސޭހަ ނުވުން މާނައެއް ނޫނެއްނޫންތޯ ސަރުކާރުތަކުން ކަންފަސޭކަ ކޮއްލާފަ ތިބުން. މިއީވެސް މިނިވަން ދައުލަތެކޭ! ދައުލަތަކުން އެފަދަ ކަެއް ކުރަން އުޅެގެން ނުކުލުރެވި އޮންނާނެތޯ! ކުރަންބޭނުންވާ ކަންތައްތައް އެބަކުރެވޭ ނޫންތޯ! 2005 ވަނަ އަހަރުންފެށިގެން 2020 އާ ހަމައަށް ދައުލަތުން ތިކަންކަމަށް އިހުމާލުވެފައޮތް މިންވަރު މިއަދު ތިފެންނަނީ! އެމީހުނާ އެތެރެ ކުރާ މީހާއާމެދު މިދާހަމައަށްވެސް ފިޔަވަޅު އެޅެންނެތް! އެއިންވެސް އެނގެނީ ތިކަމުގަ ސަރުކާރުތަކުގެ ހިއްސާ އޮންނަ ކަން! ހައްލު ކުރެވޭނެ. ޙައްލު ކުރެވެން ޖެހޭނެ

    13
  5. ދިވެހި ޤައުމުގެ ޚައްޤުގައި

    ހަމައެކަނި 300 ތަ؟ މި ގައުމަށް. ޤަވާއިދާ ޚިލާފަށް އައިސް ތިބި ހުރިހައި ބިދޭސީން މި ހާރުން މިހާރަށް މި ގައުމުން އެބައެއްގެ ޤައުމަ ކަށް ފޮނުވާލަން ސަރު ކާރަށް ގޮވާލަން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

    18
  6. ސަޓޯ

    އާނ... ސަރުކާރު އެބަ ރަގަޅުވޭ

    6
    2
    • ފެއިލް

      ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައިވެއެވެ.

  7. ޤައްދާރު

    ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ 20000 ވުރެ ގިނަ ބިދޭސީ މީހުންކޮބާތޯ؟ މިފަދަ ދަޑިވަޅެއްގައި ޤަވާއިދާހިލާފަށް ތިބި ބިދޭސީން މިރާއްޖޭގެ ބޭތިއްބުން އެއީ އެންމެއް ރަގަޅުގޮތްބާ؟ އެމީހުން ވަޒަނަށް ނުފޮނިވެގެން އުޅެނީ ކީއްވެގެންތޯ؟ އެމީހުންގެ ޑިޕްސިޓް ފައިސާ ނެތިގެންތޯ؟ ސަރުކާރުގެ އިހުމާލުން ނޫނީ އެޖެންސީންގެ އިހުމާލުންތޯ؟ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިއުވާ ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފަރުވާ ކުރަނީ ސަރުކާރުގެ ފައިސާއިންތޯ؟ އަވަސް ޖަވާބެއް ބޭނުން އެތައް ސުވާލުތައް؟؟؟ހައްލުވާނެބާ؟؟؟

  8. ކުޅިދުއްބޭބެ

    ގަވައިދާ އެއްގޮތަށް ވިޔަސް އެއްގޮތަށް ނޫނަސް ކުރާނެ މަސައްކަތެއް އާމްދަނީ ލިބޭނެ ގޮތެއް ނެތް މީހުން އަނބުރާ ގައުމަށް ފޮނުވާލާ އަހަރެމެންގެ ޓެކްސް ފައިސާ އިން އެމީހުންނަށް ކާންދީ ފެންވަރުވާ ފުއްޖައްސާ ހަދާނިކަމެއް ނެތް.

  9. ފެއިލް

    ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ލަފާ ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯރކްޕާމިޓް ފަދަ ރަސްމީ ލިޔެކިޔުމެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައިވެއެވެ.

  10. އ.އ

    ހަމަނޭވާ ހަމަ ލެވޭއި ރަށް ފް ރީވިސާގަ އަންނާނެ. އެޖެންޓުން ތިބޭނެ މާލޭގަ.