ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އިފުރު ޑޮމެސްޓިކް އެއާޕޯޓާއި އެރަށުގައި ތަރައްގީކޮށްފައިވާ އިފުރު ރިސޯޓު ވިއްކާލަން އިިއުލާނުކޮށްފިއެވެ.

އިފުރު ރިސޯޓަކީ "ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީ" އިން ތަރައްގީކޮށްފައިވާ ތަނެކެވެ. އެތަނަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. މި ރިސޯޓާއެކު އެ ކުންފުނިން ތަރައްގީކޮށްފައިވާ އިފުރު އެއާޕޯޓު އަދި ބ. އަތޮޅުގައި އޮންނަ ފުނަދޫ ކިޔާ ރަށެއް 50 އަހަރުގެ މުއްދަތަށް ވިއްކާލަން ވަނީ އިއުލާނުކޮށްފައެވެ.

އިފުރުގައި ތަރައްގީ ކޮށްފައިވާ ރިސޯޓަކީ 150 ބީޗް ވިލާ ހިމެނޭހެން ތަރައްގީ ކޮށްފައިވާ 56.52 ހެކްޓަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 300 އެނދު ހުންނައިރު އެ ރިސޯޓުގައި 6 ރެސްޓޯރެންޓު ހިމެނެއެވެ.

ރިސޯޓާއި އެކު ވިއްކާލާ ބ. ފުނަދޫ އަކީ 11.69 ހެކްޓަރުގެ ރަށެކެވެ. އެރަށުގައި 90 ވިލާ ތަރައްގީ ކުރެވޭނެއެވެ. އެކުންފުންޏަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓު މެނޭޖުމެންޓު ކުންފުންޏެވެ. އެކުންފުންޏަކީ އަމިއްލަފުށި ރިސޯޓުވެސް ހިންގާ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަންނި

    ޜައްޔިތުން ހީކުރީ އެއައޕޯޓް އަކީ ރައްޔިތުންގެ މުދާކަމަށް... މުޅިން އޮޅުާވަ އެހުރީ ޖަލުގާ. ޚުރިން ވަރަށް ގަދަރު ކުރިން

    8
    40
    • ޚިލްމީ

      އެއީ މައުމޫން ސަ ރުކާ ރުގަ ދިން ރަށެއް..

  2. މަހު

    މިފެންނަނީ މޯލްޑިވިޔަން ބަނގުރޫޓްވުމުގެ އަލާމާތްތައް.

  3. މާމީ

    އިފުރު އެއާރޕޯޓު ތަރައްގީކުރީ ނަޝީދުގެ ވެރިކަމުގަކަން ހަނދާންހުރި މީހަކު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެބަހުރިތޯ؟

    3
    2
  4. ާއަލީ

    އިފުރު އެއާރޕޯޓު ތަރައްގީ ކުރީ ކޯސްޓުލައިން ކުންފުނިން.

  5. ދާނަންދާނަން ބާރުލާފާ ވޯޓެއްލާން

    ރޔާމީން ރަށްތަކާއި ފަޅުތައް ވިއްކަނީޔޯ ހިގާށޯ އަވަހަށް ވޯޓަކުން މިފަހަރު ނިމަން އިބޫހޮވަމާ ހައްހައްހާ ދެން ދެކޮޑު ހުޅުން އަތްނެއްޓޭ ވަރަށް އަތްޖަހާ އިބޫހޮވަން ވޯޓުދިން ހުރިހާމީހުން ކިހާތާހިރު މިހާރު ފެނޭތަ ވާގޮތް ދެންއަތްޖަހާ!

    11