ހުއްދަ ހޯދުމެއް ނެތި ރޭ ދަންވަރު ޑިންގީއެއްގައި ހދ. މަކުނުދޫން ހދ. ނޭކުރަންދޫއަށް ދިޔަ ބަޔަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ވިދާޅުވީ، ހުއްދައެއް ނެތި ރޭ ދަންވަރު 2:28 ހާއިރު މަކުނުދޫން ފުރައިގެން ނޭކުރެންދޫއަށް ކައިރިކޮށް އެރަށަށް އެރި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ފެނިފައި ވަނީ ނޭކުރެންދޫ ޕެޓްރޯލް ކުރަމުން ދަނިކޮށް ރަށުގެ ފުއްޓަރު ފަރާތު ފަޅު ތެރެއަށް ޑިންގީ ކައިރިކޮށް ރަށަށް ފައިބަނިކޮށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތިން މީހެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.